މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދިވެހިރާއްޖޭގައި އުޅޭ ބައެއް ބޮލި (1) |
|
|
| ދިވެހި - ތިމާވެށި | |||
| 03 ފެބްރުވަރީ 2010، 00:02 ބުދަ | |||
|
އަޙްމަދު ސަމީޢު ބޮއްޔޭ ބުނުމުން އަޅުގަނޑުމެން ކޮންމެ ދިވެއްސަކަށް ވެސް އެނގެ އެވެ. ނުވަތަ އަޅުގަނޑުމެން ކޮންމެ މީހަކަށް ވެސް އެ ނަން ވަރަށް ފަރިތައޭ ހީކުރެވެ އެވެ. ނަމަވެސް ބޮލި މިބަހަކީ ވަރަށް ބޮޑު އާއިލާއަކަށް ކިޔާ އާންމުނަމެވެ. އެހެންކަމުން ވަކި ކަހަލަ ބޮއްޔެއް، ނުވަތަ ވަކި ބަވަތެއްގެ ބޮއްޔެއްގެ ނަންބުނުމުން ވަރަށް ގިނަ ފަހަރަށް އެނަމަކާމެދު އަޅުގަނޑުމެންނަށް އޮންނަނީ ގޮތެއް ނޭނގި ފަ އެވެ. ކުޑަކޮށް ހުއްޓުން އަރައިލާގޮތްވެފަ އެވެ. ޚާއްޞަކޮށް ޒުވާން ދިވެހި ޖީލަށެވެ. ރާއްޖޭގައިވެސް ވަރަށް ގިނަވައްތަރު ވައްތަރުގެ ބޮލި އުޅެވެ. ނަމަވެސް ދިވެހިރާއްޖޭގައި އުޅޭ ބޮލީގެ ތެރެއިން ދިވެހިން އެމީހުންގެ ބޭނުން ތަކަށް ބޭނުން ކޮށްފައިވަނީ ވަރަށް މަދުބާވަތެއްގެ ބޮއްޔެވެ. ދިވެހިން އާންމުކޮން ބޮލި ބޭނުން ކުރަމުން އައިސްފައިވަނީ ރާއްޖޭންބޭރަށް ވިއްކަން ގެންދާ މުދަލެއްގެ ގޮތުގައެވެ. އެއީވެސް 2 ނުވަތަ 3 ބާތެކެވެ. އަޅުގަނޑު މިލިޔުމުގައި ކިޔުންތެރިންނަށް ހުށަހަޅާ ލެވޭތޯ މިމަސައްކަތްކުރަނީ ދިވެހިރާޖޭގައި އުޅޭ ބައެއް ބޮއްލި ، ސަންގު ، ހައް ، ގޮޅާ ، ރިނދަލި ، ފޫއެނބުރި ފަދަ ތަކެތީގެ ނަމާއި އެތަކެތީގެ ފޮޓޯއެވެ. މަޤުޞަދަކީ، އަޅުގަނޑުމެންގެ ހެދިބޮޑުވަމުން އަންނަ ޒުވާނުންނާއި ކިޔަވާ ކުދިން، ދިވެހި ބޮލީގެ ވެށްޓަށް އަހުލުވެރި ކުރުވުމެވެ. ދަރިވަރުންގެ ހިތުގައިވާ ބޮލީގެ ބަސްކޮށާރު މުއްސަނދިކުރުމަށް އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބެލުމެވެ. އަޅުގަނޑު މިލިޔުމުގައި މި ހުށައަޅާދޭ ބޮލީގެ ލިސްޓަކީ މ. ޝަފިޤުގޭ އަލްފާޟިލް އަޙްމަދު ސަފީޤު، ''ރަސްއައިން'' މަޖައްލާގެ އެގާރަވަނަ ޢަދަދަށް ލިޔުއްވާފައިވާ މަޒުމޫނެއްގައިވާ ލިސްޓެކެވެ. އަދި އަލްފާޟިލް އަޙްމަދު ސަފީޤު ބައެއް ބޮއްޔަށް ދެއްވާފައިވާ ތަފުސީލާއި، ދިވެހި ބަހުގެ ބަސްފޮތުގައި ބޮއްޔާބޭހޭގޮތުން ހުރި ބައެއް މަޢުލޫމާތެވެ. ފޮޓޯތައް ހޯދީ އިންޓަރނެޓްގެ ތަފާތު ސައިޓްތަކުންނެވެ. 01 ހާބޮލި Distorsio anus![]() 02 ހަނދުވަރުގޮޅާ neritina gagatesގޮޅާގެ ބާވަތެއް. ގިނައިން މިނުކުމެ އުޅެނީ ހަނދުވަރުދޭ ރޭރެއަށެވެ. (ބފ)ސައިޒު : މިހާތަނަށް ހިފުނު އެންމެ ބޮޑު 22 އެމް އެމް ![]() 03 ހަކިގޮޅާ Nodilittorina australisގޮޅާގެ ބާވަތެއް. މިގޮޅާގެ ބޭރުގައި ނުސާފު ހުދުކުލައަކާއި ފެހިމުށި ކުލައަކާއި، ކަޅާއި އަދި ދަނބުކުލައަކުން ކުރެހުން އެޅިފައިވެއެވެ. އަނގަމަތި ހުންނަނީ ހުދުކުލައިގައެވެ. (ބފ)![]() 04 ހަކުރު ބޮލި Cypraea isabellaބޮލީގެ ބާވަތެއް. ގަދަމުށިކުލައިގެ ތިކީގެ ރޮނގުތަކެއް ވަރަށް ހިމަކޮށް މިބޮލީގެ ބޭރުގައި ހުރެއެވެ. ބަނޑުދަށްފަރާތް ހުންނަނީ ހުދުކޮށެވެ.(ބފ). ބުރަކަށިމަތީގައި މުށިކުލައާއި ގާތް ދޮންކުލައެއް ހުރެއެވެ![]() 05 ހިރުބޮލި Cypraea talpa(1) ބޮންތިއާއި އަސާގެ މަތީކޮޅުގައި ހުންނަގޮބު. (2) ކަސަބުބޯ ވަޅުގައި ކާއްތާ އޮމާންކޮށް އޮފުއެރުވުމަށް ބޭނުންކުރާ ދޮންކުލައިގެ ބޮއްޔެއް. (ބފ)![]() 06 ހިޔަމަރިނދަލި spondylus wrightianusރިނދަލީގެ ބާވަތެއް މިރިނދަލީގައި ހުންނާނީ ނުސާފު ހުދުކުލައެކެވެ. ރިނދަލީގެ ބޭރުގައި ދިގު ފައިކަށިތަކެއްހެން އެކިވަރުގެ އުންތަކެއް ހުރެއެވެ. (ބފ)![]() 07 ހޮއިބޮލި bulla ampullaބޮލީގެ ބާވަތެއް. މިއީ ތުނިކޮށް ވައްކޮށް ހުންނަ ފޫއެނބުރިއެކެވެ. ކުލައަކީ ކަޅު މުށިކުލައެވެ. (ބފ)![]() 08 ހުދުދަތްބޮލި cypraea leucodon 09 ހުދުފޫއެނބުރި conus virgoފޫއެނބުރީގެ ތެރޭގައި ހުންނަ ހުދުކުލައިގެ ބާވަތެއް (ބފ)![]() 10 ހުދުގޮޅާ nerita plicataގޮޅާގެ ހުދުބާވަތް. (ބފ)އެނބުރިފޫޅު (އުތުރުގެ ބައެއް ރައްތަކުގައި) ފެނަގޮޅާ (ހުވަދުއަތޮޅު) (ނުނިމޭ)..............
|
| ހަމަ މި ގަލަމުން |
|---|
ދެން ފެށުމުގައި ގެންނަވާފައިވާ ވާހަކަޔާމެދު އަޅުގަނޑު ދެކޭގޮތް ހާމަކޮށްލާނަމެވެ. އަޅުގަނޑު ހަމަ ހިތަށް އަރާ އަދުގެ ޒުވާން ޖީލަށް މިހުރިހާ ނަމެއް ދަސްކޮށްގެން ވާނީ ކޮން ފައިދާއެއްބާއެވެ. މިހާ ތަފްޞީލީ މަޢުލޫމާތު ބޭނުންވާނީ ކަނޑުގެ ދިރާސާކުރައްވާ ޢިލްމުވެރިންނަށް ނޫންތޯއެވެ. ޢާންމު ދިވެއްސަކަށް "ބޮއްލި ، ސަންގު ، ހައް ، ގޮޅާ ، ރިނދަލި ، ފޫއެނބުރި" ފަދަ މައިގަނޑު ނަންތަކަށް އެނގުމުންވެސް އަޅުގަނޑުގެ ނަޒަރުގައި އެއީ ބޮޑުވަރެކެވެ. ބައެއް ބަސްބަހުގެ މުހިންމުކަން ޙާލަތާއި ވަޤުތާއި ގުޅެގޮތުން ބަދަލުވެއެވެ. އެގޮތުން މިހާރު މަތީގައިވާހާ ތަފްޞީލުކޮށް މިހުރިހާ އެއްޗެއްގެ ނަން އެނގުން އަދުގެ ޒުވާން ޖީލަށް މުހިންމުބާއެވެ؟ ނުވަތަ އެއަށްވުރެއް ބޮޑަށް މުހިންމީ އައި.ޓީ އާ ގުޅޭ އައު ދިވެހި ބަސް އުފައްދާ ޢާންމުކުރުންބާއެވެ؟
ދެވަނަ ބައިގެ އިންތިޒާރުގައި...