މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދިވެހިރާއްޖޭގައި އުޅޭ ބައެއް ބޮލި (2) |
|
|
| ދިވެހި - ތިމާވެށި | |||
| 20 ފެބްރުވަރީ 2010، 00:03 ހޮނިހިރު | |||
|
އަޙުމަދު ސަމީޢު 05 ހިރުބޮލި (Cypraea_talpa ) މިބޮލީގެ މަތީފަރާތް ހުންނާނީ ދޮންމުށިކުލައަކާއި ފަނޑު ފަނޑު ހުދުކުލައަކުން ހުރަސްގަޅިޖަހާފައެވެ. ވަށާ ކައިރިއާއި ދަށްފަރާތް ކަޅުކުލައެއްގައެވެ. ހިރުބޮލީގެ ދެވައްތަރެއް ހުރެއެވެ. ސައިންޓިފިކް ނަންވެސް ތަފާތެވެ. އަޅުގަނޑު ބޭނުން މި ކުރަނީ އޭގެ ރީތިވައްތަރެވެ. [ރަންހިރުބޮއްޔެވެ.] އަދި ދިވެހިން އެންމެގިނައިން ބޭނުންކުރާ އަގުހުރި ވައްތަރެވެ. މިއީ ދިވެހި ސަރަހައްދުތަކުގައި މާ އާންމު ބޮއްޔެއް ނޫނެވެ. ފުރިހަމަ ބޮޑުމިނަކަށް ވަނީ 9 ސ މ އެވެ. މިއީ ދިވެހި އަންހެނުންގެ ޚާއްޞަ އެއްޗެކެވެ. [ ކަސަބު] ބޯވަޅުގެ ޒަމާންތަކުގައި ކަސަބުންގަތާ ހުރިހައި ހިރުތައް އޮމާންކޮށް އޮފުއަރުވާ ހަދަނީ އަދި ބޯވަޅު އަޅާފައި އޭގެ އޮރިބޮރި ފިލުވައި އޮމާންކޮށް އޮފުއަރުވަނީ މިބޮލި ކާއްތައިގެންނެވެ. ވަރަށް ގިނަފަހަރަށް މި ބޮލި ފުރަތަމަ ހޯދައިދީފައިވަނީ ލޯބިވެރިއެކެވެ. މައިމީހާގެ ޒުވާންކަން ކެނޑި މަސައްކަތުން އަތްދޫކޮށްލާ ދުވަހު އޭނާގެ އެންމެ މަސައްކަތްތެރި އަންހެން ދަރިފުޅަށް އެބޮލި ހަދިޔާކުރާނެއެވެ. އެންމެދުރު މާމައަކާ ހަމައިން މިބޮލި ވާރުތަވީ އަންހެން ދަރިއަކަށް ވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެކެވެ. ފަޚްރެކެވެ. (އަޙްމަދު ޝަފީޤް (ރަސްއިން 12 ) ބޮންތިއާއި އަސާގެ މަތީކޮޅުގައި ހުންނަގޮބު. (2) ކަސަބުބޯ ވަޅުގައި ކާއްތާ އޮމާންކޮށް އޮފުއެރުވުމަށް ބޭނުންކުރާ ދޮންކުލައިގެ ބޮއްޔެއް(1)(ބަސްފޮތް) 11 ހުދުކޮކާބޮލި ( cypraea tigris )![]() ހުދުކޮކާބޮލި މިއީ ކޮކާބޮލި އާއިލާގެ ބޮއްޔެކެވެ. މީގެތެރޭގައި ކުލަވަރަށް ތަފާތުކޮން ހުންނަ ބޮލި ހުރެއެވެ. ބޮޑުމިނަކަށްވަނީ 13 ސމ އެވެ. ބޮލީގެ މަތީފަރާތް ހުންނާނީ އެކިވަރުގެ ކަޅުދަނބުކުލައެއްގެ ތިކިތަކަކުން ފުރާލެވިފައެވެ. އޭގެބޭރުން ބޮލީގެ އަސްލު ކުލައަކަށް ފެންނާނީ ވަރަށް މަޑު ވައިލެޓްކުލައެއް ފާއްދާ ހުދު ކުލައެކެވެ. ބައެއްބޮލި މުޅިން އެހެން ބޮއްޔެކޭ ހީވާހާ ގަދަ ކުލައެއްގައިވެސް ހުރެދެއެވެ. ބަނޑުދޮށް(ދަށްފަރާތް ) ހުދުކުލައެއްގަ އެވެ. ދިވެހިންގެ ތެރޭގައި މިއީ ޚާއްޞަ ބޮއްޔެކެވެ. ދެތިން ގޮތަކުންނެވެ. އަތްތެރިމަސައްކަތުގެ މީހުން ސަމުސަލާއި އެކިފާޑުގެ ކުޅޭއެއްޗެހި މި ބޮލިން ހަދައެވެ. ޒީނަތުގެ ގޮތުން ތަންތާ އަތުރަންވެސް ބޭނުންކުރެއެވެ. އަދި މިއީ ދިވެހި ރަސްރަނީން އަދި އެންމެ މަތީ ދަރަޖައިގެ ވެރިން ބޭރު ޤައުމުތަކުގެ ވެރިންނަށް ކުރައްވާ ވެދުމުގެ ތެރޭގައި ހިމެނޭ ޚާއްޞަ ބޮއްޔެކެވެ. ދުނިޔޭގެ އެންމެމަތީ ޢިއްޒަތްތެރިޔާއަށް ވެދުންކުރުމުގެގޮތުން ކްއީން އެލިޒަބަތަށް މި ބޮލި ހިމަނައިގެން ތިންފަހަރެއްގެމަތިން [ވެދުންފޮށިކޮޅު] އަރިސްކުރެވުނެވެ. އެއީ އެ ކަމާނާގެ ކައިވެނިފުޅަށާއި ، ސިލޯނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައެވެ. އަދި އޭގެފަހުން އެކަމަނާ މި ރާއްޖެއަށް ވަޑައިގަތް ފަހަރުގައެވެ. (އަޙްމަދު ޝަފީޤް (ރަސްއިން 12 ) 12 ހުނިބޮލި tonna perdix![]() 1 ބިލެތްހުނި އަޅަން ހަދާފައިވާ އެއްޗެއް . 2 ބޮލީގެ ބާވަތެއް މިއީ ހުދުކުލައާއި މުށިކުލައިގެ ރޮނގުތަކެއް ފާޅުކޮން އެނގެންހުންނަ ބޮއްޔެކެވެ. 3 (ސ) ދޮންއަނގަ (ބަސްފޮތް) ހުނިބޮލި 13 ހުނިހައް (harpa articularis )![]() ފޫއެނބުރީގެ ވައްތަރެއް މިއީ ދޮންކުލައިގައި ހުންނަ ވަރަށް ތުނި ބޮއްޔެކެވެ. (ބަސްފޮތް) 14 ހުންކާބޮލި ( Morula granulata )![]() މި ބޮއްޔަކީ ފޫއެނބުރީގެ ވައްތަރެކެވެ. ބޮލި އިންނާނީ މެދަށް ފަލަކޮށް ދެކޮޅަށް ހިމަކޮށެވެ. މުޅިބޮލީގެ ވަށައިގެން (ގާތްގާތުގައި) އުންތަކެއް ހުރެއެވެ. އުންތައް ކަޅުކޮށް ހުންނައިރު އުންތަކުގެ ބުޑުދޮށާއެކު ބޮލީގެ ކުލައަކީ ހުދުކުލައެވެ. މި ބޮލީގެ ފުރިހަމަ އިސްކޮޅަކަށް ބޮޑުމިނަކަށް ވަނީ 3 ސމ އެވެ. މިބޮއްޔަކީ އިހުގެ ބައެއް ދިވެހިން ބައެއްކަހަލަ ފަންޑިތައިގައި ބޭނުންކުރާ އެއްޗެކެވެ. މީހުންނަށް އަމުދުން ކުޑަކުދިންނަށް ގަދަހުންޖެހިގެން ނުވަތަ ހުން ދިގުލައިގެން އެކަމަށް ކޮންމެވެސް ވައްތަރެއްގެ ދުއްޔެއްގައި ނުވަތަ ކަރުދާސްކޮޅެއްގައި ތަވީދުލިޔެފައި މިބޮލީގެ އަނގަޔަށް ވައްދާ ބާރުކޮށް އޭގެމަތިން ލާއަޅާ ބަންދުކޮށް ، ނުވަތަ އުށް އަޅައިގެން ބަންދުކޮށް ކަޅުރޮދިފަށެއް އޭގައިޖަހައި ހުން އަންނަ ކުއްޖާގެ ކަރުގައި ފައްޓަރެއްހެން އަޅުވައެވެ. މިބޮއްޔަށް ނުވަތަ ފޫއެނބުރިއަށް [ހުންކާބޮލި ] ކިޔުނީ މިހެންވެގެންކަމަށް ބުނެވެއެވެ. (އަޙްމަދު ޝަފީޤް (ރަސްއިން 12 ) 15 ނަގުލަންދާށި ރާކަނި ( lambis scorpius ) ![]() ނ. ނަގުލަންދާށީގެ ސިފައިގެ ރާކަނި (ބަސްފޮތް) 16 ރާކަނި ( Lambis lambis ) ނ.ކައިރިފަށުން އިނގިލި ބުޅިތަކެއް ފަޅައިފައި ހުންނަ ބޮއްޔެއް މީގެ މަސްކައިއުޅެއެވެ. (ބަސްފޮތް) 17 ރަންބޮލި ( cypraea globulus ) ![]() ނ. (އ.) ރަންކުލައިގެ ކުޑަބޮއްޔެއް . މިބޮލީގައި އެއްވެސް ކުރެހުމެއް ނުހުރެއެވެ. މިއީ ވަރަށް އޮފުގަދަ ބޮއްޔެކެވެ. ޢާންމުގޮތެއްގައި މިބޮލި އެންމެގިނައިން ފެންނާނީ އުރަފަށުގައި ހުންނަ ބިޔަގާތައް ނައްޓައިލާއިރު އެގާތަކުގެ ދަށުންނެވެ. (ބަސްފޮތް) 18 ރަނިކަބޮލި cypraea stolida ![]() 19 ރަސްފޫއެނބުރި cymbiola imperialis (ނުނިމޭ.........)
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ. ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ. ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ. ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ. ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ. އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ. ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ. |