މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އާދަޔާ ޚިލާފަށް ދާހިއްލުން |
|
|
| ދިވެހި - ތިމާވެށި | |||
| 17 ޖެނުވަރީ 2011، 12:05 ހޯމަ | |||
|
ތަރުޖަމާކުރީ: އަޙްމަދު ރަޝީދު އާދަޔާ ޚިލާފަށް ދާހިއްލުން ކޮންޓްރޯލް ކޮށް ދާހިއްލުމުން ކުރިމަތިވާ ލަދުވެތިކަމުން ސަލާމަތްވުން ތިން ފިޔަވަޅެއް އަޅައިގެން ނުވަތަ ތިން ކަމެއް ކޮށްގެން ފަސޭހަ ކަމާއެކު އާދަޔާ ޚިލާފަށް ދާހިއްލުން ހުއްޓުވިދާނެއެވެ. ނަމަވެސް މި ލިޔުމުގައި އަލިއަޅުވާލާ ކަންތައްތަކުން ކަމެއް ކުރުމުގެ ކުރިން ދެ ސަބަބަކަށްޓަކައި ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދު ހޯދުމަކީ ކޮންމެހެންވެސް މުހިންމު ކަމެކެވެ. ފުރަތަމަ ސަބަބަކީ މިލިޔުމުގައި ބަޔާންކުރާ ކަންތައް ތަކަކީ ތިބާއާއި ގުޅޭ، ތިބާއަށް ރައްކާތެރި ކަންތައްތަކެއްތޯ ޔަޤީން ކުރަން އެބަޖެހެއެވެ. ދެވަނަ ސަބަބަކީ އާދަޔާ ޚިލާފަށް ގައިން ދާހިއްލުމަކީ ތިބާއަށް ބޮޑު ބަލިމަޑުކަމެއް ޖެހިފައިވުމުން ކަމަށްވެސް ވެދާނެއެވެ. ފަހަރުގައި އެކަން ތިބާއަށް ނޭނގިވެސް ހުރެދާނެއެވެ. އެގޮތުން ތިބާގެ ލޭގެ ތެރޭގައި ހުންނަންޖެހޭ ހަކުރުގެ މިންވަރު ހުންނަލެތް މަދުވުން، ހަކުރުބަލި ހުރުން، ލިވަރ ނުވަތަ ފުރަމޭގައި ބައްޔެއް ހުރުންފަދަ ކަމެއްވެސް ކުރިމަތިވެފައި އެކަން ނުއެނގި ހުރެދާނެއެވެ. މީގެ އިތުރުން އިއްދައިން ކެނޑުމަކީވެސް އާދަޔާ ޚިލާފަށް ދާހިއްލާ ކަމެކެވެ. އެހެންކަމުން، އާދަޔާ ޚިލާފަށް ދާހިއްލާގޮތް ވާނަމަ އެއީ ކީއްވެގެން ވާކަމެއްކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. ތިބާއާއި އެންމެ ގުޅޭ ފަރުވާއެއް ދެނެގަނެވޭނީ އޭރުންނެވެ. އެހެންކަމުން ޑޮކްޓަރެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ހަދަންޖެހޭ ކުދިކުދި ޓެސްޓްތައް ހަދައި ކަމުގެ އަސްލު ސަބަބު ދެނެގަތުން ބުއްދިވެރި އެވެ. މާބޮޑަށް ކަންބޮޑުވުމާއި ހާސްވެ ފިކުރުބޮޑުވެ އަބަދު ހާސްކަންމަތީގައި އުޅެން ޖެހުމަކީވެސް އާދަޔާ ޚިލާފަށް ދާހިއްލާ ކަމެކެވެ. މިފަދަ ކަމަކާއި ގުޅިގެން އާދަޔާ ޚިލާފަށް ދާހިއްލާނަމަ، އެކަން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ފަރުވާއަކީ ޚުޞޫޢަތްތެރިކަމާއެކު ފަސްވަގުތު ނަމާދުކޮށް ޤުރުއާން ކިޔެވުމެވެ. ހަމަ އެހެންމެ ޔޯގާގެ ކަސްރަތުފަދަ ކަސްރަތެއް ކުރުންވެސް އިޚްތިޔާރު ކުރެވިދާނެއެވެ. ދާހިއްލުމަކީ ސިއްޚަތު ސަލާމަތުން ހުރުމަށް ބޭނުންތެރި ކަމެއް ދާހިއްލުމަކީ ޠަބީޢީގޮތުން ހަށިގަނޑުގެ ފިނިހޫނުމިން އެއްވަރެއްގައި ހިފެހެއްޓުމަށް ލައްވަވާފައިވާ ނިޒާމެކެވެ. މާބޮޑަށް ދާހިއްލުން ނުވަތަ އާދަޔާ ޚިލާފަށް ދާހިއްލުމަކީ ބައެއްފަހަރަށް ޖެނެޓިކް ނުވަތަ ވިރާސީ ކަމެކެވެ. ތިބާ ބޭނުންވަނީ ދާހިއްލުން ކޮންޓްރޯލް ކުރުމަށް ނުވަތަ އާދަޔާ ޚިލާފަށް ދާހިއްލުން ކޮންޓްރޯލް ކުރުމަށް ހެއްޔެވެ؟ ދާހިއްލުމަކީ ކުރިންވެސް ދެންނެވި ފަދައިން ޠަބީޢީގޮތުން ހަމަ އާދައިގެ ކަމެކެވެ. އެއީ ގޭތެރޭގައި އުފެދޭ ކުނިބުނި އުކާލުން ފަދައިން ހަށިގަނޑުގައި އުފެދޭ ބޭކާރު ބައެއް ބައިތައް ބޭރުކޮށްލުމަށް އުފައްދަވާފައިވާ ނިޒާމެކެވެ. ހަށިގަނޑު ފިނިކުރުމަށް މަސައްކަތްކޮށްދޭ ނިޒާމެކެވެ. ނަމަވެސް އާދަޔާ ޚިލާފަށް ދާހިއްލުމަކީ ޠަބީޢީ ކަމެއް ނޫނެވެ. އާދަޔާ ޚިލާފަށް ދާހިއްލާ ގައިން ނުބައިވަސް ދުވުމުން އަނެކުން ތިބާއާއި ދުރުހެލިވެއެވެ. މީހާ އެކަނިވެރި ކޮށްލައެވެ. އަނެކުންގެ ލޯބި ލިބުމުން މަޙްރޫމް ވެދެއެވެ. ނަމަވެސް ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނަ ފަދައިން މިކަމަށް (އާދަޔާ ޚިލާފަށް ދާހިއްލުމަށް) ވެސް ހައްލެއް އޮވެއެވެ. މި މަޒުމޫނުގެ މައިގަނޑު މަޤުޞަދަކީ އެކަމުގެ ހައްލުތަކެއް އޮޅުން ފިލުވައިދިނުމެވެ. މި މަޒުމޫނުގައި ހިމެނިފައިވާ މަޢުލުމާތުގެ ބޭނުން ހިފައިފިނަމަ، އާދަޔާ ޚިލާފަށް ދާހިއްލުމުގެ މައްސަލަ ކުރިމަތިވާ މީހުންނަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދޭނެއެވެ. ހައިޕަރހިޑްރޮސިސް (އާދަޔާ ޚިލާފަށް ދާހިއްލުން) އާދަޔާ ޚިލާފަށް ދާހިއްލުމަކީ ކިހާ މިންވަރަކަށް ދާހިއްލުން ބާވައެވެ. އެކަމުން ނަޖާ ވެވޭނީ ކިހިނެތް ބާވައެވެ. ހައިޕަރހިޑްރޮސިސް އަކީ އާދަޔާ ޚިލާފަށް ގައިން ދާހިއްލުމެވެ. އިންސާނާގެ ނާރުތަކާ ބެހޭ ނިޒާމަކީ ގައިގެ ހަމުގައި ހުންނަ ކުދިކުދި ލޯވަޅުތަކުން ދާހިއްލާ މިންވަރު ކޮންޓްރޯލް ކޮށްދޭ ނިޒާމެވެ. ނަމަވެސް މިފަދަ ނިޒާމެއްގައި ހިމެނޭ ނާރެއް ނުވަތަ ނާރުތަކެއް ކޮންޓްރޯލުން ނައްޓައިފިނަމަ އެއީ ސުވާލު އުފެދޭނެ ކަމެކެވެ. އޭގެ ސަބަބުން އާދަޔާ ޚިލާފަށް ދާހިއްލާގޮތް މެދުވެރި ވާނެނެއެވެ. އާދައިގެ ވަރަކަށް ހައިޕަރހިޑްރޮސިސް ހުރުން (އާދަޔާ ޚިލާފަށް ދާހިއްލުން) މިއީ ޢާއްމުގޮތެއްގައި ބޮޑެތި މީހުންނަށާއި ފުރާ އުމުރުގެ ކުދިންނަށާއި ބައެއް ފަހަރަށް ކުޑަކުދިންނަށް ދިމާވާ ކަމެކެވެ. މިއީ ވަރަށް ގިނަގިނައިން ކުރިމަތި ކުރުވާ ކަމެކެވެ. މީގެ ބައެއް ސަބަބު ތަކަކީ މާބޮޑަށް ކަންބޮޑުވުން، މާބޮޑަށް ހޫނުގަދަވުން އަދި ބައެއް ފަހަރަށް މާބޮޑު ސަބަބެއް މެދުވެރި ނުވެވެސް މިކަން ކުރިމަތި ކުރުވައެވެ. މިގޮތަށް ދާހިއްލުމުގެ މިސާލަކީ ކިހިލިފަތް ދޮށުން ދާހިއްލާ ލައިގެން ގަމީސް ފޯވެ އެކަން ފާހަގަ ކުރެވޭ ވަރު ވުމެވެ. ފުދޭވަރަކަށް ބޮޑަށް ހައިޕަރހިޑްރޮސިސް ހުރުން (އާދަޔާ ޚިލާފަށް ދާހިއްލުން) މިކަން ކުރިމަތި ކުރުވަނީ ތައިރޮއިޑްގެ މައްސަލަހުރުމުން، ޕްރޮސްޓްރޭޓް ކެންސަރަށް އެންޑޯކްރައިން ފަރުވާ ހޯދަމުން އަންނަ ދުވަސްވަރު، ކެންސަރުގެ އެހެނިހެން ވައްތަރުތައް، އިއްދައިން ކެނޑުން، މާބޮޑަށް ފަލަވުން، އިންޓެންސް ސައިކިއޭޓްރިކް ޑިސޯޑަރ ފަދަ ކަންކަން ހުރުމުންނެވެ. އާދަޔާ ޚިލާފަށް ދާހިއްލުން ކޮންޓްރޯލް ކުރުން ފިޔަވަޅު #1 ހަމަ އެކަނި ޚާލިޞް ސައިބޯނި ބޭނުން ކުރާށެވެ. މިހާރަކަށް އައިސް ލިބެން ހުންނަ ތަފާތު ވައްތަރު ވައްތަރުގެ ސައިބޯނި ބޭނުން ކުރުމަކީވެސް އާދަޔާ ޚިލާފަށް ދާހިއްލުން އިތުރު ކުރުވާ ކަމެކެވެ. މިހެން ދިމާވާ ސަބަބަކީ މިދެންނެވިފަދަ ސައިބޯނިތަކުގައި ޒާތްޒާތުގެ ގިނަގުނަ ކެމިކަލްތައް ހިމަނާފައި ހުރުމެވެ. ނަތީޖާއެއްގެ ގޮތުން ހަމުގައި ހުންނަ ދާއުފައްދާ ގްލޭންޑްސްތަކާއި ލޯވަޅުތަކުން ދާ ނުކުންނަ މިންވަރު އިތުރު ކޮށްދެއެވެ. މިތާނގައި މި ފާހަގަކުރާ ޚާލިޞް ސައިބޯނި ނުވަތަ ޕިޔޯ ސޯޕަކީ ޤުދުރަތީ މާއްދާތައް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ސައިބޯންޏެވެ. މިސާލަކަށް ހަކީމީ ސައިބޯނި ނުވަތަ ތަންކޮޅެއް ބާރުދެރަ ސައިބޯންޏަކުން ފެންވެރުމުން ދާހިއްލުން ކުޑަކޮށްދޭނެއެވެ. ފިޔަވަޅު #2 ގައި އުނގުޅުމަށް ތޮރާ ނަރުގަނޑު (ލޫފާހ ސްޕޮންޖް) ބޭނުން ކުރާށެވެ. އާނއެކެވެ. ސުރުޚީގައި އެވަނީ ތޮރާ ނަރުގަނޑުގެ ވާހަކައެވެ. އާދަޔާ ޚިލާފަށް ގައިން ދާހިއްލާ މީހުން ގައި އުނގުޅުމަށް ލޫފާހ ސްޕޮންޖް ނުވަތަ ތޮރާ ނަރުގަނޑު ބޭނުން ކުރުމުން ދާހިއްލުން ކޮންޓްރޯލް ކުރެވެއެވެ. މިސާލަކަށް ކިއްޕަތި އުނގުޅުމަށް ނުވަތަ ގައިގެ އެހެނިހެން ހިސާބެއް އުނގުޅުމަށްވެސް ތޮރާ ނަރުގަނޑު ބޭނުން ކުރެވިދާނެއެވެ. ހަނދާން ކުރާށެވެ. ފުރަތަމަ ފަހަރަށް ގައި އުނގުޅާ ސާފުކުރުމަށް ބޭނުންކުރާނީ ޚާލިޞް ސައިބޯންޏެކެވެ. އެއަށްފަހު ތޮރާ ނަރުގަނޑުން ގައި އުނގުޅާށެވެ. ލޫފާހ ސްޕޮންޖުން ނުވަތަ ތޮރާ ނަރުގަނޑުން ގައި އުނގުޅުމުން ގައިގެ ހަންގަނޑުގެ މަތީ ފަށަލައިގައި މަރުވެފައި ހުންނަ ހަމުގެ ސެލްތައް ނެއްޓިގެން ދާނެއެވެ. މިއަށް އިނގިރޭސި ބަހުން ކިޔައި އުޅެނީ "އެކްސްފޯލިއޭޓް" ވުމެވެ. އެފަދަ ސެލްތައް ނެއްޓުމުން އޭގެ ބަދަލުގައި އައު ސެލްތަކެއް އުފެދި ހަންގަނޑު ތާޒާވެއެވެ. މިދެންނެވި ފަށަލަތައް މަޑުމަޑުން ނެއްޓެމުން ދިއުމުން އަތުގެ ކިހިލިފަތްދޮށް ނުވަތަ އެހެންވެސް ހިސާބެއްގައި ބަންދުވެފައި ހުންނަ ދާ އުފައްދާ ބޭރުކުރާ ގްލޭންޑް ރަނގަޅަށް ހުޅުވި ރަނގަޅަށް މަސައްކަތް ކުރަން ފަށައެވެ. ނަތީޖާއަކަށްވަނީ އާދަޔާ ޚިލާފަށް މާބޮޑަށް ދާހިއްލާގޮތް ނުވުމެވެ. ތޮރާ ނަރުގަނޑު ބޭނުން ކުރަން ޖެހެނީ ގައިގެ އުނގުޅާ ތަނެއްގައި ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތު ވަންދެނެވެ. މިގޮތަށް ތޮރާ ނަރުގަނޑު ބޭނުންކުރާނީ ދުވާލަކު އެއްފަހަރުއެވެ. ތޮރާ ނަރުގަނޑުން ގައި އުނގުޅާއިރު އެއްވެސް ވައްތަރެއްގެ ސައިބޯންޏެއް ބޭނުން ނުކުރާށެވެ. ލޫފާހ ސްޕޮންޖް (ތޮރާ ނަރުގަނޑަކީ) އަކީ ކޮބާ؟ ލޫފާހ ސްޕޮންޖަކީ ގައި އުނގުޅަން ބޭނުންކުރާ ސްޕޮންޖް ނުވަތަ ނަރުގަނޑެވެ. މިފަދަ ނަރުގަނޑެއް ނުވަތަ ސްޕޮންޖް އިޚްތިޔާރުކުރަން އެންމެ ރަނގަޅީ ތޮރާ ނަރުގަނޑެވެ. މިއީ ޒަމާނުއްސުރެން ދިވެހިންވެސް ގައި އުނގުޅަން ބޭނުންކުރާ އެއްޗެއްކަން ފާހަގަކޮށްލެވެއެވެ. އާދަޔާ ޚިލާފަށް ދާހިއްލުން ކޮންޓްރޯލް ކޮށް ދާހިއްލުމުން ކުރިމަތިވާ ލަދުވެތިކަމުން ސަލާމަތްވުން މަޢުލޫމާތު www.sweatinghelp.info މި ލިޔުން: ފޮނުވުން: އަލްފާޟިލް އަޙްމަދު ރަޝީދު އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ) ޝާއިޢުކުރުން: '' ''
|
| ހަމަ މި ގަލަމުން |
|---|