މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހުވަންޏަކީ . . . . |
|
|
| ދިވެހި - ތިމާވެށި | |||
| 07 މެއި 2009، 03:12 ބުރާސްފަތި | |||
|
އަޙްމަދު ސަމީޢު ށ.މިލަންދޫ ހުވަނި ނުވަތަ ހުވަންޏަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް އުޅޭ ޚާސަކޮއް ވަރަށް ކުރީ ޒަމާނުން ފެށިގެން ރާއްޖޭގެ ގިނަބަޔަކު ދަންނަ ފަންޏެކެވެ. ގިނަބަޔަކަށް ނަން އެގުނު ކަމުގައިވިޔަސް މިފަނި ފާހަގަކުރަން ނޭނގޭކަން ފާހަގަ ކުރެވެއެވެ. ހުވަންޏަކީ އަހަރުގެ ވަކިދުވަސްވަރެއްގައި އާންމުކޮށް ހޫނުގަދަ މޫސުމުގައި ބައެއް ބާވަތްތަކުގެ ގަސްގަހުގައި އަޅާ ދޮޅުއިންޗި ނުވަތަ ދެއިންޗި ހުންނަވަރަށް ބޮޑުވާ ފަންޏެކެވެ. ރާއްޖޭގައި މިފަނި އެންމެ ބޮޑުވާކަމަށް ލަފާކުރެވެނީ ގާތްގަނޑަކަށް އެއް އިންޗިއަށެވެ. މިފަނި ފުރިހަމައަށް ބޮޑުވެފައިވާއިރު ފަނީގެ ބުރަކަށިމަތީގައިވާ ފާހަގަތަށް (5 ޖޯޑު ނޫތިކި އަދި 6 ޖޯޑު ރަތްތިކި) ވަރަށް ރީތިކޮން އެގެން ހުރެއެވެ. ހުވަނި އަޅަނީ ގަސްގަހުގައި ކަމުގައި ވިޔަސް ހުވަނީގެ އުނދަގޫ އެންމެ ބޮޑުވަނީ އިންސާނުންނަށެވެ. ދިވެހިންގެ ތެރޭގައި ހުވަނި އެންމެ ބޮޑަށް މަޝްހޫރު ވެފައި ވަނީވެސް ގަސްގަހާގެއްސައްވުރެ ބޮޑަށް އިންސާނުންނަށް ގެއްލުންދޭ އެއްޗެއްގެ ގޮތުގައެވެ. މިފަނީގެ އިނގިރޭސިން ކިޔާކަން ފާހަގަކުރެވިފައި ވެއެވެ. Gypsy Moth ހުވަނި އަޅާ ދުވަސްވަރު ފުދޭވަރަކަށް ގިނައިން ހުވަނި އަޅާކަން ފާހަގަ ކުރެވެއެވެ. މިހެން ދިމާވަނީ ހުވަނީގެ އަންހެން ކޮކާ ބިސްއަޅާ ދުވަސްވަރު މާގިނައިން (ހޫނުގަދަ ދުވަސްވަރު ނުވަތަ މޫސުމަށް ބަދަލުއައުމުން ) ބިސްއަޅާތިއެވެ. އަދި ހުވަނީގެ ބިސްތަކަކީ ކޮންމެދުވަސްވަރެއްގައި އަޅާފައިވާ ބިސްތަކެއް ކަމުގައި ވިޔަސް ވިހެއުމަށް ނުވަތަ ދަރިމައިވުމަސް ބޭނުންވާ ރަނގަޅުމާޙައުލު ލިބެންދެން މިބިސްތަށް ހަލާކުނުވެ ގިނަ ދުވަސްތަކެއްވަންދެން ހުރުމަށްފަހު އެއްފަހަރާ އެއްދުވަސްވަރެއްގައި މިބިސްތައް ވިހާތީއެވެ. މިކޮކާ ބިސްއަޅަނީ ބޮނޑި ބޮނޑިއަށެވެ. މިއިން ކޮންމެ ބިސްބޮނޑިއެއްގައި 50 ބިހާއި 1500 ބިހާއި ދެމެދުގެ އަދަދަކަށް ބިސް ހިމެނެއެވެ. މިކޮކާ ބިސްއަޅަނީ ގަސްގަހުގެ ގަސްގަޑަށާއި އިމާރާތް ތަކުގެ ފާރުފަދަ ތަންތަނަށެވެ ބިސްބޮނޑީގައި ބިސް ގިނަވުމުގެ ސަބަބުން އެބިސްތަކުން ގިނައަދަދެއްގެ ހުވަނި އުފުދެއެވެ. ބިސްއަޅާތާ 1 ހަފުތާ އާއި 3 ހަފުތާ އާއި ދެމެދުގެ މުއްދަތެއްގައި ހުވަންޏަށް (ފަނި) ބަދަލުވެއެވެ.މިހުވަނި 2 ހަފުތާ ތެރޭގައި ޕިޔުޕާޔަކަށް ބަދަލުވެއެވެ. 1 ހަފުތާ އާއި 2 ހަފުތާ އާއި ދެމެދުގެ މުއްދަތެއްގައި މިޕިޔުޕާ ކޮކާލަކަށް ބަދަލުވެއެވެ. ހުވަނީގެ ކާނާއަކީ ފަތެވެ. ބޮޑެތިގަސްގަހުގައި ގިނައިން ހުވަނިއެޅުމުން ހުވަނި ޕިޔުޕާޔަށް ބަދަލުވަމުން އަންނަ މަރުހަލާގައި ގަހުގެ ފަތްތަށް ކާލާ ގަހުގެ ފެހިކަން އެއްކޮށް ދުއްވާލައެވެ. ހެދެމުން އަންނަ ގަހެއްނަމަ ބައެއްފަހަރު ގަސްހެދުން ހުއްޓި މަރުވާގޮތް ދިމާވެއެވެ.ދުނިޔޭގެ ނިސްބަތުން ބަލާއިރު ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ބާވަތްތަކުގެ ގަސްގަހަށް ހުވަނީގެ އަސަރު ކުރެއެވެ. ރާއްޖޭގައި މައިގަނޑުު ގޮތެއްގައި ހުވަނި އަޅާކަން ފާހަގަކުރެފިފައި ވަނީ މިދިލި، ޖަނބުރޯލު، ފުނަ، ކުންނާރު، ބަނބުކެޔޮ، ފޭރު، އަނބު، ދިއްގާ ފަދަ ބޮޑެތި ގަސްގަހުގައެވެ. މިފަދަގަސްގަހަކީ އާންމުުކޮށް ގޯތިތެރޭގައި ހައްދާއުޅޭ ބޮޑެތި ގަސްގަސް ކަމުން ހުވަނިއެޅުމުން ގަހަށް ގެއްލުން ވުމުގެ އިތުރަށް އިންސާނުންނަށްވެސް ވަރަށް ބޮޑަށް މީގެއަސަރު ކުރެއެވެ. ހުވަންޏަކީ ވާލައިގެ ގަހުގައި އުޅޭ އެއްޗެއްކަމުން ގަސްކައިރީ އުޅޭއުޅުމުގައި ގަހުން ތިރިވެފައިވާ ވާތައް މީހުންގެ ގައިގައި ޖެހުމުން ގަދައަށް ކަހާ، ހިރުވާ ފިންނަގާ، ފިއްތައް އެކުވެ ފިތް ނަގާފައިވާ ހިސާބު ރަތްވެ ދުޅަވެއެވެ. ގޭތެރޭގައި ހައްދާ ބަގީޗާ ގަސްތަކާ ޚިލާފަށް އާންމުގޮތެއްގައި ހުވަނި އަޅަނީ ބިޔަކޮށް ހެދޭވައްތަރުގެ ގަސްގަހުގައެވެ. މައިގަނޑު ގޮތެއްގައި މިގޮތަށް ހެދިފަވާ ބޮޑެތި ގަސްގަހަކީ މޭވާއަޅާ ރަނގަޅު އާމުދަނީވެސް ލިބޭފަދަ ގަސްގަހެވެ. އެހެންކަމުން މިއިން ގަހެއްގައި ހުވަނި އެޅުމުން މިއީ ކޮންމެ މީހަކުވެސް މިކަމާމެދު ފިކުރު ބޮޑުވާވަރުގެ ބޮޑުކަމަކަށްވެއެވެ. އަޅުގަނޑުމެންގެ ގޯތިތެރޭގައި ހެދިފައިވާ ބޮޑެތި ގަސްތަކުގައި ހުވަނި އެޅުމުން ގޭގައި އުޅޭ މީހުންނާއި ޅަދަރިން ހުވަނިން ސަލާމަތް ކުރުމަށް ދެންކުރެވޭނެ އެއްވެސްކަމެއް ނެއްކަމަށްދެކި ބައެއްފަހަރު އެފަދަ ގަސްތައް ކަނޑާލެވޭކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. މިއީ މިކަމަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުދެކެމެވެ. ދުރާލާ ވިސްނާ އެކަށީގެންވާ ރަނގަޅު ފިޔަވަޅުތައް އެޅިއްޖެނަމަ ހުވަނީގެ އާބާދީ ކޮންޓްރޯލް ކުރުމަކީ އުނދަގޫ ކަމެއްކަމަށް އަޅުގަނޑު ނުދެކެމެވެ. ހުވަނި އަޅަނީ ކުރިން ލިޔެވިފައިވާފަދައިން ކޮންމެއަހަރެއްގެވެސް ވަކިދުވސް ވަރެއްގައި ކަމުން އަދި މައިގަނޑު ގޮތެއްގައި ހުވަނި އަޅަންފައްޓަނީ އެންމެފުރަތަމަ ރަށުގައި ހުންނަ ބޮޑެތި މިދިލިގަސް ފަދަ ގަސްގަހުގައި ކަމުން ކޮންމެއަހަރެއްގެވެސް މިދުވަސްވަރާދިމާކޮށް މިފަދަ ގަސްތައް ބަލައި ކޮންމެވެސް ވަރަކަށް ކޮށައި މިގަސްތަކުގައި ހުވަނި އުޅޭކަމުގައިވާނަމަ ކޮންޓްރޯލް ކުރުމަށް ފިޔަވަޅުއެޅިދާނެއެވެ. މިހެން ކަންތައް ކުރެވިއްޖެނަމަ މުޅިރަށުތެރެއަށް އިތުރަށް ފެތުރުން މަޑުޖެހޭނެއެވެ. ހުވަނީގެ ކޮކާ މަދުކުރުމަށް ރޭގަނޑު ހުވަނި އަޅާފައިވާ ގަހުގެ ތެރޭގައި އަލިގަދަ ބޮތްކެއް ދިއްލާފައި ބޮކިދަށުގައި ސައިބޯނިފެންއެއްޗެއް ބެހެއްޓުމުން ބޮކީގެ އައްޔަށް އަންނަ ހުވަނީގެ ފިރިހެން ކޮކާތައް ފެންއެއްޗަށް ވެއްޓި މަރުވާނެއެވެ. ހުވަނީގެ އަންހެން ކޮކަލަކީ އުދުހޭއެއޮޗެއް ނޫނެވެ. އަދި ހުވަނީގެ ކޮކާހިފުމަށް ހާއްސަ ދަތިފަދަ އެއްޗެހި ހުރެއެވެ. ބައެއް ގައުމުތަކުގައި އަންހެން ކޮކަލާއި ފިރިހެން ކޮކާދުރުކުރުމަށް ،ފެރެނޯންސް، ވެސްބޭނުންކުރެއެވެ. މިހެން ހެދުމުން އިތުރަށް ބިސްއެޅުން މަދުވެއެވެ. ހުވަނި ގިނައިން އަޅާފައިވާ ގަސްގަހުގެ ގަސްގަޑުގައި ނުވަތަ ގޮފިގަނޑުގައި ގޯނިގަނޑެއް ނުވަތަ ފޮތިގަނޑެއްފަދައެއްޗެއް އައްސާލުމުން ހުވަނިތަށް މިގޯނިގަނޑުގެ ދަށަށް ޖަމާވާނެއެވެ. ދެން ގޯނިގަނޑު ނައްޓާލާ އެތަނަށް ޖަމާވެފައިހުރި ހުވަނިތައް ނައްތާލެވިދާނެއެވެ. މާހައުލުގައި އުޅޭ އެހެނިހެން ދިރޭތަކެތި މަދުވުމަކީ ހުވަނީގެ އާބާދީ ގިނަވުމަށް ލިބޭ ބާރެކެވެ. ޚާއްޞަކޮށް ކާޅު، ކޮވެލި، ފަދަ ދޫންޏާއި މަކުނު ފަދަ ތަކެއްޗަކީ މިކަހަލަ ފަނިފަދަތަކެތި ކައިއުޅޭ ތަކެއްޗެވެ. ހުވަނި މަދުކުރުމަށް ސައިބޯނި ނުވަތަ ދޮންނަކުނޑި ފެނަށް އެއްކޮއްގެން މިފެނުން ގަސްތަކަށް ސްޕްރޭ ކުރުމުން ހުވަނީގެ ބިސްތަކާއި ކުދިފަނިތައްވެސް ނައްތާލެވޭނެއެވެ. ސައިބޫނިފެން ތައްޔާރުކުރާނީ 20-40 ގްރާމް ސައިބޯނި ނުވަތަ ދޮންނަކުނޑި 10 ލީޓަރު ފެން މިންގަނޑުންނެވެ. ހުވަނީގެ ބައިލޮޖިކަލް ކޮންޓްރޯލެއް ގޮތުގައި ބައިލަސް ތުރިންޖިއަންސީސް (ބީޓީ) ކިޔާ ބެކްޓީރިއާއެއް ބޭނުން ކުރެއެވެ. އަދި މިނޫނަސް ބައެއްކަހަލަ ވައިރަސް އަދިފަންގަސްފަދަ ޖަރާސީމު ބޭނުންކޮއްގެންވެސް ބައެއް ޤައުމުތަކުގައި ހުވަނީގެ އާބާދީ ކޮންޓޮރޯލްކުރެއެވެ. ހުވަނި ކޮންޓްރޯލް ކުރުމަށް ކެމިކަލް ބޭހެއް ސްޕްރޭކުރަންވާނީ މިފަދަގޮތަކަށް ކޮންޓޮރޯލް ކުރެވެންނެތްނަމައެވެ. ކެމިކަލް ބޭސް ބޭނުން ކުރުމަކީ އަޅާ އެންމެ ފަހުފިޔަވަޅު ކަމުގައި ވާންވާނެއެވެ. އަދި ކެމިކަލް ބޭސް ބޭނުން ކުރަންވާނީ ބޭހާބެހޭ މަޢުލޫމާތު ރަނގަޅަށް ސާފުކޮށް ރައްކާތެރި ކަމުގެ ފިޔަވަޅުތަކާއި އެކުގައެވެ. މިހެންކަމުން ގަސް ކަނޑާލުމުގެ ބަދަލުގައި މިފަދަގޮތްތައް ބޭނުންކޮށްގެން ހުވަނިން ގަސްތަކާއި އިންސާނުންނަށް ސަލާމަތްވެނިދާނެއެވެ. މިމަޢުލޫމާތު ނަގާފައި ވަނީ ''އެހުރު 2003'' އިންނެވެ. ނަމަވެސް ކުދި ބަދަލުތައް ގެނެވިފައި ވާނެއެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ އަޙްމަދު ސަމީޢު, 2009-05-14 14:22:47
ސުވާލު ކުރެއްވީތީ ވަރަށް ބޮޑަށް ޝުރިޔާ އެޔާއެކު ޖަވާބެއް ދިނުމަށް ލަސްވިކަމަށް ޓަކައި ވަރަށް ބޮޑަށް މާފަށް އެދެމެވެ . އެ ދެކޮކާލަކީވެސް ހުވަނީގެ ކޮކާލެވެ. ހުދުކުލައިގައި އެއިނީ އަންހެން ކޮކާލެވެ.އަދި ގަދަމުށިކުލައިގައި އެއިނީ ފިރިހެން ކޮކާލެވެ.
...
ލިޔުނީ ހުސެން, 2011-10-04 14:21:37
ރީދޫ ކުލައަށް އެއުޅެނީއެއްނޫންތަ ހުވަނި ކޮކާލަކީ؟ ހަމަގައިމުވެސް އޭގެ ކޮކާލެއް ގައިގް ޖެހިއްޖެއްޔާ ގައި ކަހާ.. މިލިޔުމުން ފެންނަކޮކާ ތަކާ ލ. ގަމުގައި އުލޭ ހުވަނި ކޮކާ ތަކާ ވަރަށް ތަފާތު.. މިކަން ތަފްސީލް ކޮއްދެއްވުން ވަރަށް ބޮޑައް އެދެން.
... ލިޔުނީ އަމް, 2011-10-07 08:32:36
އެއީ ބަޅިނދެއް ނޫންތަ؟ ވަރަށް ވައްތަރު ބަޅިނދަކާ.
ކޮންމެ އަކަސް ވަރަށް ދެރަ މިލިޔުން މިހާ ފަހުން ފެނުމުން. ގޭގަ ވަރަށް މަސައްކަތުން ހެއްދި ޖަނބުރޯލުގަހުގަ ހުވަނި އަޅައިގެން އޮބިނޯވެގެން ގޭ ގުދިވެރިން ހަލާކުވެގެން ދާންފެށީމަ ޖެހުނީ ދެން ގަސް ކަނޑާލަން. އޭރު ވަރަށް ނެޓުވެސް ސާރޗްކުރިން ޙައްލެއް ފެނޭތޯ، އެކަމަކުވެސް ނުފެނުނު. އަމުދުން ވީގޮތަކީ ރަށުގައި އަޅާ ހުވަނީގެ އިނގިރޭސި ނަންނެގޭތީ ސީދާ އެއައް ޙައްލެއް ނުހޯދުނީ. އެކަމް ބުނަން އަހަރެމެން ރަށަކީ ވަރަށް ކުރިއްސުރެ ކާޅު ވަރަށް ގިނަ ރަށެއް، ދެން ކީއްވެ އެވަރަށް ހުވަނި އަޅަންވީ. ކާޅު މިހާރު މަދު އެހެނަސް އެބަ އުޅޭ ފުދޭވަރަކަށް، ހުވަނީގެ މައްސަލަ ބޮޑުވިފަހުން، ބޮޑެތި ގަސްތަށް ކަނޑަންފެށީމަ ކާޅު މަދުވީވެސް. މިބުނީ ގޯތިތެރޭ ހުރި 100 ފޫޓުގެ މިދިލި ގަހެއްގަ ހުވަނި އެޅީމަ ދެން ބޭސްޖަހަޖަހައެއް ނުހެދޭނެ ދޯ. ކުޑަ ގަހެެއްނަމަ ގޮފިކޮޅު ކޮށާލައިގެން ފަރުޖެއްސިދާނެ އެހެންނަމަވެސް ބޮޑުގަހެއް ކިހިނެއް އެހެން ހަދާނީ ތާ އަބަދު. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|