މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރާގޮނޑިކޮލި |
|
|
| ދިވެހި - ތިމާވެށި | |||
| 23 ޖޫން 2009، 00:29 އަންގާރަ | |||
|
އަޙްމަދު ސަމީޢު ށ.މިލަންދޫ ރާގޮނޑި ކޮއްޔަކީ ދިވެހިން ދަންނަނަމެކެވެ. ނަމަވެސް މިމަހުގެ ނަން ކިތަންމެ ސާފުކޮން އެނގުނު ކަމުގައިވިޔަސް ރާގޮނޑިކޮއްޔަކީ އަސްލުގައި ކޮންމަހެއްކަން ކަނޑައަޅާ ބުނެދިނުންވަނީ ގިނަބަޔަކަށް ދަތިކަމަކަށެވެ. ވީމާ ރާގޮނޑި ކޮއްޔަކީ ކޮންއެއްޗެއްތޯ ބެލުމަށްޓަކައި 1982 ވަނައަހަރާ 1983ވަނައަހަރު މިނިސްޓްރީއޮފް ފިސަރީޒް އެންޑް އެގްރިކަލްޗަގެފަރާތުން
ރާގޮނޑިކޮއްޔެއް ހިފައިގެން ގެނެސް ދިން ފަރާތަކަށް އިނާމެއް ދެވޭނެކަމަށް މުޅިރާއްޖެއަށް އިޢުލާން ކުރެއްވިއެވެ. މިއިޢުލާނާގުޅިގެން 30 ޖެނުއަރީ 1985 ގައި ރާގޮނޑި ކޮއްޔެއްކަމަށް ބުނިމަހެއް މިނިސްޓްރީ އޮފް ފިޝަރީޒަށް ގެނައި ކަމަށް އެމިނިސްޓްރީން ހާމަކުރެއްވިއެވެ. އަދި މި މަސް ގެނެވުނީ ދ.ހުޅުދެލިންކަމަށްވުމާ އެކު މަސް ހިފިފަރާތުން މަސް ގިނަދުވަހު ހަލާކުނުވާނޭހެން ބޭއްވުމަށްޓަކައި އެމަސް މާލެގެނައީ މަސްއޮތްގޮތަށް ބާއްވާ ލޮނުއަޅައިގެން ނެވެ. އަދިމިމަސް މިނިސްޓްރީ އޮފް ފިޝަރީޒުގެ މެރިންރިސާޗް ސެކްޝަނުގައި ކުރެވުނު ސާވޭން އެނގުނީ އެއީ ''ލެގޮސް ފަލަސް ލެގޮސެ ފަލަސް'' މިނަންކިޔާ މަހެއްކަމެވެ. ތިރީގައި އެވަނީ Lagocephalus lagocephalus ލެގޮސް ފަލަސް ލެގޮސެ ފަލަސްގެ ފޮޓޯއެކެވެ. ![]() މިމަސް މާލެގަނައުމަށްފަހު އެމަސްބެލި ބައެއްފަރާތްތައް އެއީ ރާގޮނޑިކޮލިކަމަށް އެއްބަސްވިއެވެ. އަނެއްބަޔަކު، ރާގޮނޑިކޮއްޔަކީ ރާގޮނޑިއާއި ވަރަށް އެއްގޮތް ވަރަށް ކުދި ތަފާތުތަކަކުން ނޫނީ ދެބާވަތް ވަކިކުރަން ދަތިމަހެއްކަމަށް ބުނެ އެއީ ރާގޮނޑިކޮލި ކަމަށް ގަބޫލުނުކުރިކަމަށް އެމިނިސްޓްރީން ހާމަކުރައްވާފައިވެއެވެ. ވީމާ މިނިސްޓްރީ އޮފް ފިޝަރީޒުގެ މެރިންރިސާރޗް ސެކްޝަނުން ރާގޮނޑިއާއި ވައްތަރު އެހެން ބާވަތެއްގެ މަހެއް ވޭތޯބެލުނެވެ. މިގޮތުން ފާހަކަރުރެވުނު މަހަކީ ބްލެޓް ޓުނާ ކިޔާ ވައްތަރު މަހެކެވެ. ބްލެޓް ޓޫނާއަކީ ރާއްޖެއިން ވަރަށް މަދުންފެނިފައިވާ ބާވަތެކެވެ. ނަމަވެސް މިއީ މި ހިސާބުގަނޑުގެ ޤައުމުތަކުގައި ކައިއުޅޭ ރާގޮނޑިގެ ބާވަތެކެވެ. ބްލެޓް ޓުނާ އަކީ ރާގޮނޑިއެކޭ އެއްފަދަ ކުޑަސައިޒުގެ ކަނޑުމަހުގެ ބާވަތެކެވެ. މަހުގެ ދެފަރާތުގައި ދިގަށް ދެމިފައި ހުންނަ ހުޅުނބު ހުންނަ ހިސާބުގަޑުގެ ފަހަތުކޮޅު ރާގޮނޑިއަށްވުރެ ފާހަގަކުރެވޭފަދަ ތަފާތުގޮތެއްގައި ހިމަވާނެއެވެ. އަދި މަހުގެ ބުރަކަށިމަތީގައި ހުންނަ ގަދަނޫކުލައިގެ ރޮނގުތައް ބްލެޓް ޓްނާގައި ރާގޮނޑީގައި ހުންނަ ރޮނގުތަކަށްވުރެ ފުޅާވެފައި މަހުގެ ހުރަހަށް ވާގޮތަށް ތެދުވާނެއެވެ. ތިރީގައި އެވަނީ ބްލެޓް ޓްނާގެ ކުރެހުމަކާއި ރާގޮނޑީގެ ކުރެހުމެކެވެ. ކުރެހުމުގައި މަތީގައި އެވަނީ ރާގޮނޑި އެވެ. އަދިތިރީގައި އެވަނީ ބްލެޓް ޓޫނާއެވެ. Bullet tuna ![]() ވީމާ ދިވެހިން ހީކުރާ ރާގޮނޑިކޮއްޔަކީ ބުލޭޓް ޓުނާ ކަމުގައި ވުމަކީ އެއީ އެކަށީގެން ވާކަމެކެވެ. އެކަމަކު ދަންނަވަމެވެ. ބުލެޓް ޓްނާ އަކީ ރާގޮނޑިކޮލިކަމުގައި ބަލަންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އެއީ ރާގޮނޑި ކޮއްޔަކީ އެކެއުމުން މީހުންގެ ފުރާނައަށް ނުރައްކާވާވަރުގެ ބާރުގަދަ ވިހައެއް އެކުލެވޭ އެއްޗެއްކަމަށް ވާނެތީއެވެ. ''ރާގޮނޑިކޮލި ''މިނަމާމެދު ތަންކޮޅެއް ފުންކޮން ވިސްނާލަމާހިގާށެވެ. މިމަހަށް މިނަން ކިޔިފައި މިވަނީ އެއީ ފާޑެއްގެ ކޮއްޔެއް ކަމަށް ވާތީ ކަމަށް ގަބޫލު ކުރެވެއެވެ. ކޮއްޔަކީ އެކެއުމުން މީހާ ވިހަވެ ފުރާނައަށް ނުރައްކާ ވެދާފަދަ މަހެކެވެ. އަދި ކޮލީގެ އާއިލާގެ ތެރެއިންވެސް ޚާއްޞަ ގޮތެއްގައި ''ލެގޮސެ ފަލަސް'' އަކީ އެންމެވިހަގަދަ ވައްތަރެވެ. މިމަހުގެ މަސްގަނޑަކީ އާންމު ގޮތެއްގައި ވިހައެއްޗެއް ނޫނެވެ. ނަމަވެސް އޭގެ އެހެނިހެން ހުރިހައި ބައިތަކުގައި ވަރަށް ބާރުގަދަ ވިހައެއް ކަމުގަވާ ''ޓެޓްރަ އޮޑޮކްސިން '' އެކުލެވެއެވެ. މީގެ ތެރޭގައި ހަމާ ،މެޔާ، ބިސްފަދަ ފަސޭހައިން ކެވިދާފަދަ ބައިތަށް އެކުލެވޭތީ މީގެ ވިހަވުމަކީ ވަރަށް ގާތުގައި އޮންނާނެކަމެކެވެ. ''ޓެޓްރަ އޮޑޮކްސިން'' އަކީ އޭގެ ކިތަންމެ ކުޑަމިންވަރެއް ކެވުނުކަމުގައިވިޔަސް ހަޑިގަނޑަށް ވަރަށް ގެއްލުންވާ ވިހައެކެވެ. މި ވިހަ ކެވޭމީހުންގެތެރެއިން %60 މީހުން މަރުވާކަމަށް ދުނިޔޭގެ ރިކޯޑް ތަކުން ދައްކައެވެ. '' ލެގޮސް ފަލަސް ލެގޮސެ ފަލަސް'' އަކީ އެހެނިހެން ކޮލިތަކާއި ޚިލާފަށް ދިގުކޮންހުންނަ ރާގޮނޑީގައި ހުންނަ ފަދަ ރިހިވިދުން ކުލަހުންނަ މަހަކަށްވާތީ ކޮއްޔެއް ނޫންކަމަށް ހީކޮށްކެއުމަކީ އެކަށީގެންވާކަމެކެވެ. މަތީގައި ބަޔާންވެދިޔަ ސަބަބުތަކާހެދި މިނިސްޓްރީ އޮފް ފިޝަރީޒުގެ މެރިންރިސާޗް ސެކްޝަނުގެ ބޭފުޅުންވެސް ބޮޑަށް ބުރަވެވަޑައިގަންނަވަނީ ލެގޮސް ފަލަސް ލެގޮސެ ފަލަސް އަކީ ރާގޮނޑި ކޮލިކަމުގައެވެ. ވީމާ ރާއްޖޭގެ މީހުން ރާގޮނޑި ކޮއްޔަށް ޝައްކުކޮށް ރާގޮނޑި ނުކާންވީ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ހަމަ އެފަދައިން ރާގޮނޑިއާއި ވައްތަރު އެއްޗެއް ކަމުގައިވާ ބްލެޓް ޓޫނާ ނުކާންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް އެއްވެސް ވައްތަރެއްގެ ކޮއްޔެއް ނުވަތަ ކޮއްޔެއްކަމަށް ޝައްކުކުރެވޭނަމަ އެކެއުން ރަނގަޅެއްނޫނެވެ. އަޅުގަނޑު މިލިޔުން ލިޔުމަށް ޓަކައި ވަރަށް ގިނަ ބޭފުޅުންނާއި ފޯނުން ގުޅައި ރާގޮނޑި ކޮއްޔެއް ދުށް ބޭފުޅަކާއި ދިމާވޭތޯ ކުރިމަސައްކަތް ކާމުބުވިއެވެ. ވީމާ އަޅުގަނޑު ރާގޮނޑިކޮލީގެ ސިފަތައް އެ ބޭފުޅުންކުރެ އަހައި އޮޅުންފިލުވީމެވެ. އެބޭފުޅުންނާއި އަޅުގަނޑު ސުވާލުކުރުމުން އެބޭފުޅުން ވިދާޅުވެދެއްވި ސިފަތަކާއި އެންމެ އެއްގޮތް އެއްޗަކަށްވީ މަތީގައި އެވާ ފޮޓޯގައި އެވާ ''ލެގޮސް ފަލަސް ލެގޮސެ ފަލަސް'' ގެ ސިފަތަކާއެވެ. އެބޭފުޅުން ވިދާޅުވިގޮތުގައި ރާގޮނޑިއަށްވުރެ ބަނޑު ހުންނާނީ ފުފިފައެވެ. އަދި ބޯ ރާގޮނޑި އަށްވުރެ ވައްވާނެކަމަށެވެ. އަދި ނަގޫފަތްވެސް ތަފާތުވާނެކަމަށެވެ. އަދި މަހުގެ ކުލަވެސް ހުންނާނީ ރާގޮނޑީގައި ހުންނަ އަލިރިހިކުލަކަމަށެވެ. ރާގޮނޑިކޮލީގެ މަސްގަނޑު ކަނޑާފައި އޮންނައިރު އިރު ރާގޮނޑި އަކާއި މާބޮޑު ތަފާތެއް ނުހުންނާނެކަމަށެވެ. އެހެން ވިދާޅުވުމުން އަޅުގަނޑު ސުވާލުކުރީމެވެ. އެހެން ވީމާ ކެނޑުމަށްފަހު ދެނެއް ނޭނގޭނެތޯއެވެ؟ އެބޭފުޅުންވިދާޅުވީ ނޫނެކެވެ. މަސްގަނޑުގައި ބިލެއްހުނި (ދުފާއިރު ބޭނުންކުރާ އުވަ) ކޮޅެއް އުނގުލާލުމުން އެގޭނެކަމަށެވެ. ރާގޮނޑިކޮލި ނުވަތަ އެފަދަ ވިހައެކުލެވޭ މަހެއްގައި ބިލެއްހުނި ކޮޅެއް ކާއްތާލުމުން ބިލެއްހުނިކޮޅަށް ފެހިފާޑު ކުލައެއް އަރާނެކަމަށާއި އެފަދަ ކުލައެއް އަރައިފިނަމަ ބަލަނީ އެއީ ކެއުން ރަނގަޅު ނޫން މަހެއް ކަމަށެވެ. މަހަކާއި މެދު އެމަސް ކެއުމުން ގޮތެއް ވެދާނެކަމަށް ޝައްކުކުރެވޭކަހަލަ ގޮތެއް ހުރެއްޖެނަ ބިލެއްހުނި ޖަހައިގެން ޔަގީންކުރާކަމަށް ވެސްވިދާޅުވިއެވެ. އަޅުގަނޑުވެސް ހަނދާން އެބަހުއްޓެވެ. އަޅުގަނޑު ކުޑައިރު މަންމަ މަސްކަނޑާއިރު އަޅުގަނޑު އެތަން ބަލަން އިންނަމެވެ. މިހެންއިންނައިރު މަންމަ ބައެއް މަސްގަނޑުގަނޑުގައި ބިލެއްހުނި އުނގުޅާތީ ދެކޭހަނދާން މިހާރުވެސް އެބަހުއްޓެވެ. އެހެންވީމައި ދަންނަވަމެވެ. މިނިސްޓްރީ އޮފް ފިޝަރީޒުގެ މެރިންރިސާޗް ސެކްޝަނުން ބޮޑަށް ބުރަވެވަޑައިގަންނަވަނީ '' ލެގޮސް ފަލަސް ލެގޮސެ ފަލަސް ''އަކީ ރާގޮނޑި ކޮލިކަމަށް ވާތީއާއި އަޅުގަނޑު އަމިއްލަގޮތުން ހޯދިހޯދުމުންވެސް ރާގޮނޑިކޮއްޔަކީ ''ލެގޮސް ފަލަސް ލެގޮސެ ފަލަސް'' ހެކިލިބޭތީ އަޅުގަނޑަށްވެސް ބޮޑަށް ގަބޫލުކުރެވެނީ ރާގޮނޑިކޮއްޔަކީ ''ލެގޮސް ފަލަސް ލެގޮސެ ފަލަސް'' އޭ އެކިޔާ މަސްކަމަށެވެ. އަދިދަންނަވަމެވެ. މިމަސް މާލެގަނައުމަށްފަހު އެމަސްބެލި ބައެއްފަރާތްތަށް އެއީ ރާގޮނޑިކޮލިކަމަށް އެއްބަސްވިއިރު އަނެއްބައި މީހުން، ރާގޮނޑިކޮއްޔަކީ ރާގޮނޑިއާއި ވަރަށް އެއްގޮތް ވަރަށް ކުދި ތަފާތު ތަކަކުން ނޫނީ ދެބާވަތް ވަކިކުރަން ދަތިމަހެއްކަމަށް ބުނެ އެއީ ރާގޮނޑިކޮލި ކަމަށް ގަބޫލުނުކުރީ ބްލެޓް ޓްނާ އެއީ ރާގޮނޑިކޮލިކަމަށް ހީކުރެވިގެންކަމަށް ވުމަކީ އެކަށިގެންވާކަމެކެވެ. މިނިސްޓްރީން ކުރި އިޢުލާނާއި ގުޅިގެން ރާގޮނޑިކޮލި މާލެގެނައީ ދ.އަތޮޅުންނެވެ. އަޅުގަނޑު މަޢުލޫމާތު ހޯދީ ށ. އަތޮޅުންނެވެ. އެއްގޮތަކަށް ދަންނަވާނަމަ މިއީ ރާއްޖޭގެ ދެކޮޅެވެ. މި ދެހިސާބު މީހުންވެސް ރާގޮނޑިކޮލި މިކިޔަނީ އެއް މަހަކަށް ކަމަށްވުމުންވެސް އެއީ އަޅުގަނޑަށް ''ލެގޮސް ފަލަސް ލެގޮސެ ފަލަސް'' ރާގޮނޑިކޮލިކަމަށް ބުރަވެވޭސަބަބެކެވެ. ![]() ނިމުނީ މަޢުލޫމާތު އަޅުގަނޑު މިލިޔުން ލިޔުމަށް ޓަކައި މިނިސްޓްރީއޮފް ފިސަރީޒް އެންޑް އެގްރިކަލްޗަރުން ވަރަށް ބޮޑު އެހީތެރިކަން ލިބުނެވެ. ވީމާ އެފަރާތަށް ވަރަށް ބޮޑަށް ޝުކުރުވެރި ވަމެވެ. އަދި އަޅުގަނޑު ފޯނުން ގުޅުމުން އެބޭފުޅުންނަށް ރާގޮނޑިކޮއްޔާ ބެހޭގޮތުން އެފައިވާ މަޢުލޫމާތު އަޅުގަނޑާއި އިއްސާކޮއްލެއްވީތީ އެބޭފުޅުންނަށްވެސް ޝުކުރުވެރި ވަމެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ maash, 2009-06-25 09:38:15
mi article v best. foto thah laifia hureema varah kamudhey. mi stile ah fanvathun mazmoonu fennanee Dr.Ha*san Hameed & Adam Naseer Ibraheemge baeh liyuhvunthakun. Adhi Mueedhu ves...thanks Sameeu..
...
ލިޔުނީ ޒީނަތު, 2009-06-27 14:44:08
މިއީވެސް ވަރަށް ރަގަނޅު ލިޔުމެއް ވަރަށް ރަނގަޅުލިއުން މިސައިޓްގައި އެބަހުރި މައްސަލައްކީ ފޮންޓް ކިޔަންވަރަށް އުނދަގޫ ވަރަށް ކިޔާހިއްވާ ލިޔުންތަށް އެބަހުރި ! ކިޔެނީ އުޅެއުޅެބަލިވާއިރުން ފޮޅުވަތެއް!
... ލިޔުނީ ފަންވަތް, 2009-06-27 18:47:13
ޒީނަތަށް! މި ސައިޓުގެ ފޮންޓަކީ ފަރުމާ ފޮންޓެވެ. އެ ފޮންޓު ސައިޓުގެ މަތީ ބަންދުން ޑައުންލޯޑު ކުރެއްވޭނެ އެވެ. އެ ގޮތަށް ހައްދަވައިފރި ނަމަ ލިޔުންތައް ވިދާޅުވާން ފަސޭހަފުޅުވާނެ އެވެ.
ފަންވަތަށް ޒިޔާރަތްކޮށްލައްވައި ފާޅުކުރެއްވި އިޚުލާޞްތެރި ޝުޢޫރުތަކަށްޓަކައި ފަށްފަށުން ޝުކުރުދަންނަވަމެވެ. އަދި ކުރިޔަށް އޮތްތާނގައި މި ދެންނެވި މަގުން ކަންތައް ކުރައްވައި، ފަންވަތުގެ ދާއިމީ ކިޔުންތެރިއެއްގެ ގޮތުގައި ހިމެނިވަޑައިގަންނަވާނެކަމުގ ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
carry on
waiting for more articles