ފަންވަތް ދިވެހި ތިމާވެށި ގްރީން ލޭސްވިންގ
ބެލި ޢަދަދު: 481
ގްރީން ލޭސްވިންގ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ތިމާވެށި
23 ޖުލައި 2009، 19:31 ބުރާސްފަތި

އަޙުމަދު ސަމީޢު
    
ދަނޑުވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެމީހުންގެ ދަނޑުތަކުގައި އިތުރުވަމުންދާ ފަނިފަކުސަ ނުވަތަ އިންސެކްޓްސްގެ މައްސަލައެވެ. މިހެން ދިމާވާންޖެހެނީ  ފަނިފަކުސަ ނައްތާލުމަށްޓަކައި ބޭނުންކުރާ ކެމިކަލް ތަކަށް އެތަކެތި ހޭނުމުގެ ސަބަބުން އާދަޔާ ޚިލާފަށް މިފަދަ ފަނިފަކުސަ ގިނަވެގެންދާތީއެވެ. ވީމައި މަކަމަކީ އަވަސް ހައްލެއް ހޯދަންޖެހިފައިވާ ކަމެކެވެ.  
    
އެކިފާޑުގެ ސޫފާސޫފި ނުވަތަ ފަނިފަކުސަ މަދުކުރުމުގެ އެންމެ ބޮޑުބައި އަދާކުރާ އެކައްޗަކީ ހަމަ އެމާހައުލެއްގައި އުޅޭ ސޫފާސޫފީގެ ޝިކާރަވެރިންނެވެ. މީގެތެރޭގައި ކުދިބޮޑު ޖަނަވާރާއި އެހެނިހެން ފަނިފަކުސަ ހިމެނެއެވެ. މިގޮތުން ބަލާއިރު  ގްރީން ލޭސްވިންގ އަކީ މާމެލާ މެއްޔާއި ގޮވާން ދަނޑުތަކުން  އާންމުކޮށް ފެންނަ ބަޅިދަނކާއި ވައްތަރު ކުޑަ އިންސެކްޓެކެވެ. ގްރީން ލޭސްވިންގގެ ކާނާއަކީ ކުދި މެހި އަދި އެކިފާޑުގެ ކުދި ސޫފީގެ ބިސް އަދި އޭގެ ޅައެއްޗެހި ކަމަށްވާތީ ދަނޑުތަކުގައި ސޫފި މަދުކުރުމަށްޓަކައި ލެބޯޓްރީތަކުގައި ގްރީން ލޭސްވިންގ އާލާކޮށް ދަނޑުތަކަށް ދޫކުރުމަކީ މިހާރަކަށް އައިސް ތަރައްޤީވެފައިވާ ދުނިޔޭގައި އާންމުކަމެކެވެ.

ގްރީން ލޭސްވިން އާލާކުރާ ގޮތް

   
ލާވާގެ ދުވަސްވަރުގައި އާދަޔާޚިލާފަށް ގިނައިން ކައިއުޅޭ ގްރީން ލޭސްވިންގ އާލާ ކުރުމަށްޓަކައި ބޭނުން ކުރަނީ ޖެލިޓިންއިން ހަދާފައި ހުންނަ ހަރު ކެޕްސޫލެކެވެ. މިކެޕްސޫލުގެ ތެރެއަށް ލޭސްވިންގެ ކާނާ އޭ.ޖީ.އެމް ބިހާއި ލޭސްވިންގ ގެ ބިސް އެޅުމަށްފަހު ރަބަރު ކޮތަޅަކަށް ލައި ލެބޯޓްރީ ނުވަތަ އެހެންވެސް ހަމަޖެހޭ ތަނެއްގައި ބަހައްޓާނީ އެވެ. ދިހަވަރަކަށް ދުވަސް ތެރޭގައި މި ބިސްތަކުން ލާވާ ނުކުންނާނެއެވެ. އަދި މިލާވާތައް ހައެއްކަ ދުވަހުގެ ތެރޭގައި ޕިއުޕާއަކަށް ބަދަލުވެއެވެ. ޕިއުޕާއަށް ބަދަލުވުމުން ޕިއުޕާތައް ކެޕްސޫލުން ނެގުމަށްފަހު ޕެޓްރިޑިސް އަކަށްލައި އޭތީގެ އަސްލު ސައިޒަށް ބޮޑުވަންދެން ނުވަތަ މޮތަކަށް(ބަނޅިދަކަށް) ބަދަލުވަންދެން  ބަހައްޓާނީ އެވެ. މޮތަކަށް(ބަނޅިދަކަށް) ބަދަލުވުމުން މިއެއްޗެހި ދެން ބަދަލުކުރާނީ އޭތި ބެލެހެއްޓުމަށް ހަދާފައި ހުންނަ ފޮށްޓަކަށެވެ.

  
ފޮށި ހުންނާނީ އެތެރެ ފެންނަގޮތަށް މޮތަށް ހަދާފައިވާ ހަތަރެސްކަން މިފޮށީގެ ކުރިމަތީގައި ވައްކޮން ކަނޑާފައި ހުންނަ ދެކުޑަދޮރުން މޮތަށް ސާފުވައި ލިބިދިނުމަށް އެހީވެދެއެވެ. ޕުލާސްޓިކް ރޮޑެއްގެ އެހީގައި ކާންދެވޭގޮތަށް ހެދިފައިވާ މިފޮށީގެ ސީލިންގ ހަދާފައި ހުންނަނީ ނަގާފައި ލެވޭފަދަ ގޮތަކަށެވެ. ޚާއްޞަ ކަރުދާހެއްގައި ހަދާފައި ހުންނަ މި ސީލީންގުގެ ބޭނުމަކީ މޮތުއަޅާ ބިސްތައް ނެގުމެވެ. ކަރުދާހުގައި ތަތްލަވާފައި ހުންނަ މި ބިސްތައް ނެއްޓުމަށްޓަކައި ރޭޒަރެއްފަދަ އެއްޗެއް ބޭނުން ކުރެއެވެ. ބޮޑެތި މޮތު ނުވަތަ ލާވާތައް ދަނޑުތަކަށް ދޫކުމުން ދަނޑުތަކަށް ގެއްލުންދޭ ސޫފާސޫފި މަދުކުރުމުގައި ކާމިޔާބު ލިބެމުންދާކަށް ދިރާސާތަކުންދައްކައެވެ. ވީމައި މިއީ ދަނޑުތަކަށް ގެއްލުންދޭ ސޫފާސޫފި މަދުކުރަން ވަރަށް ރަނގަނޅުގޮތެކެވެ.


މަޢުލޫމާތު   އެހުރު  2004
ހަވާލާ ސައިކް  ނިއުސްލެޓަރ 07/09/2003   

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 61 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416726
free counters
ބެލި ޢަދަދު: 481