މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މީދާ މަދުކުރުމަށް އާގޮތެއް! |
|
|
| ދިވެހި - ތިމާވެށި | |||
| 29 ޖުލައި 2009، 01:18 ބުދަ | |||
|
ފޮނުވީ: އަޙުމަދު ސަމީޢު ގްލިރިސީޑިއާ ސެޕިއަމް އަކީ ވަރަށް ހަލުއިކަމާއި އެކު ވަރަށް ގަދަޔަށް ހެދޭ ތޮޅި އާއިލާއަށް ނިސްބަތްވާ ގަހެކެވެ. މިގަހުގެ ބޭނުން ހިފޭގޮތާއި އެކުރެވޭ ބޭނުމަކާއި ގުޅޭގޮތަށް ބަލާ ތަފާތު ނަންނަމުން އެކި ޤައުމުތަކުގައި ކިޔައި އުޅެއެވެ. ކޮކޯ ހައްދާ ޤައުމުތަކުގައި ކޮކޯގަހަށް ހިޔާދި ރައްކާތެރިކަން ދޭތީ މި ޤައުމުތަކުގައި މި ގަހަށް ކޮކޯގެ މަންމައޭވެސް ކިޔައިއުޅެއެވެ. ނަމަވެސް މި ޤައުމުތަކުގައި އާދައިގެ ދަނޑުވެރިންގެ ތެރޭގައި މި ގަސް މަަޝްހޫރުވެފައިވަނީ މިމީހުން ހައްދާ ގަސްތައް މީދަލުން ސަލާމަތްކުރުމަށް ބޭނުންކުރާ އެއްޗެއްގެ ގޮތުގައެވެ. މީދާމަރާ ގަހުގެ ނަމުންނެވެ.މީދަލުގެ ސަބަބުން ޕިލިޕީންސްފަދަ ހަނޑޫ ހައްދާ ޤައުމުތަކުގެ ހަނޑޫ ދަނޑުތަކުގެ %10 ކޮންމެ އަހަރަކު ހަލާކުވެގެން ދެއެވެ. އާދައިގެ ދަނޑުވެރިންނަށް އަގުބޮޑު އަދި މޮޅު ބޭސްތަކާއި މިފަދަ ސާމާނު އަދި ދަނޑުވެރިކަމުގައި ބޭނުންކޮށް އުޅޭ އާ ގޮތްތައް އެނގިފައި ނެތުމުގެ ސަބަބުން ކުރީޒަމާނުގެ މުސްކުޅި އަދި އާދަޔާ ޚިލާފު އުކުޅުތައް ބޭނުން ކުރުމަށް މި ދަނޑުވެރިންނަށް ވަނީ މަޖުބޫރުވެފައެވެ. ދަނޑުތަކަށް ގެއްލުންދޭ ސޫފާސޫފިން ދަނޑުތައް ސަލާމަތްކުރުމަށް މި ދަނޑުވެރިންނަށް ވިސްނޭ އެންމެ ޚަރަދުކުޑަ ގޮތަކީ ފަސޭހައިން ލިބެންހުންނަ ވިހައެކުލެވޭ ގުދުރަތީ ތަކެތި ބޭނުން ކުރުމެވެ. އެހެންކަމުން ވަރަށް ގިނަ ޤައުމުތަކުގައި މީދާ ކޮންޓްރޯލް ކުރުމަށްޓަކައި ގްލިރިސީޑިއާ ގަހުގެ ބޭނުން އެކި ގޮތްތަކަށް ހިފަމުންދެއެވެ. ޕިލިޕީންސްގައި ކުރެވުނު ދިރާސާއެއްގައި %72 މީހުން ބުނާގޮތުގައި އެމީހުން ހަނޑޫ ދަނޑުތަށް ކުދި މަޑި އަދި އެހެނިހެން ސޫފާސޫފިން ރައްކާތެރިކުރުމަށް ގްލީރިސިޑިއާ ގަހުގެ ގޮފިކޮޅުކޮޅު ދަނޑަށް އަޅައެވެ. ހޮންޑިއުރަސްގެ ދަނޑުވެރިން މި ގަހުގެ ހަރުތޮށި ލައިގެން ޒުވާރި ކައްކައިފައި ދަނޑުގެ އެކިތަންތަންތާގައި ބަހައްޓައެވެ. މެކްސިކޯގެ ދަނޑުވެރިން މީގެ ތޮއްޓާއި ފަތް މުގުރުމަށްފަހު ކާއެއްޗެއްސާއި އެއްކޮށް މީދަލަށް ބޭސްލާފަދައިން ތަންތާގައި ބަހައްޓައެވެ. ކަމުގެ މާހިރުން ހާމަކުރާގޮތުގައި މިގަހުގައިވާ ސިއްރަކީ ކޮއުމަރިން ކިޔާކެމިކަލް ގަހުގައި އެކުލެވޭކަމެވެ. މިއީ އަސްލު އޭގެ ގޮތުގައި ވިހަޔަކަށް ނުވިޔަސް މިކެމިކަލް ބެކްޓީރިއާގެ އެހީގައި ފާމެންޓްވުމުން ޑިކޮމެރޮލް ކިޔާ ކެމިކަލަކަށް ބަދަލުވެއެވެ. މިއީ އާންމުކޮން ރޮޑެންޓިސައިޓެއްކަމަށްވާ ވާފަރިންނާއި ގާތްކުރާ އެއްޗެއްކަމުން މީދަލުގެ ހަށިގަނޑަށް މީގެއަސަރުކުރެއެވެ. މި ވިހައިގެ ސަބަބުން މީދާ މަރުވަނީ އޭގެ ހަށިގަނޑުގެ އެތެރެއިން ލޭއައިސްގެންނެވެ. މީގެއިތުރުން ގްލިރިސީޑިއާ ބޭނުންކޮއްގެން ހަދާ ބޭސް ކެއުމަކަށް މީދާ އެއްވެސްވަރަކަށް ފަސްނުޖެހޭކަންވެސް ފާހަގަކުރެވެއެވެ. އާންމުކޮން އުފައްދާ ގިނަ ކެމިކަލް (ސިންތެޓިކް ) ބޭސްތަށް ގިނަދުވަހު ބެހެއްޓުމުން އެއަށް ހޭނި ގިނަދުވަހަކު ބޭނުމެއްނުކުރެއެވެ. ގްލިރިސީޑިއާ ސެޕިއަމްގައި މި ނޫނަސް އެހެނިހެން ފައިދާތައް އެބަހުއްޓެވެ. ގްލިރިސީޑިއާ ސެޕިއަމްއަކީ އޭގެ އަސްލުގޮތުގައި ވިހަ އެއްޗެއްނޫންކަމުން އިންސާނުންނަށް އެއްވެސް ވަރަކަށް އަސަރެއް ނުކުރެއެވެ. ލެޓިންއެމެރިކާގެ ބައެއް ޤައުމުތަކުގައި މީގެ ތޮޅި ކެއުމަށްވެސް ބޭނުންކޮށްއުޅެއެވެ. ގެރިބަކަރި ކުކުޅު ޖަނަވާރު ގެންގުޅުމުގައި މިތަކެތީގެ ކާނާއެއްގެގޮތުގައިވެސް މިގަސް ބޭނުންކުރެއެވެ. އަދި މިއީ ގެރިބަކަރިފަދަ އެއްޗެއްސަށް ވަރަށްރަނގަޅު ފަތެއްވެސްމެއެވެ. ކާނާއެއްގެ އިތުރުން އެކިފާޑުގެ ފަނިފަކްސައިންވެސް ދުރުކޮށްދެއެވެ. ދަނޑު ވަށައިގެން ބޯޑަރެއްގެ ގޮތުގައިވެސް ހެއްދިދާނެއެވެ. ވައިނިވަލެއްގެ ގޮތުގައެވެ. މިއީ ބިންގަނޑު މުއްސަނދިކުރުމަށް ވަރަށްރަނގަޅު ގަހެކެވެ. މިގަކީ ރާއްޖޭގައި ވަރަށް ފަސޭހައިން ހެއްދޭ ރާއްޖޭގެ މާހައުލާގުޅޭ މިހާރުވެސް ބައެއް ރަށްރަށުގައި މަދުމަދުން ހުންނަ ގަހެކެވެ. ނިމުނީ ނަކަލުކުރީ: އެހުރު މަޖައްލާ (2003). މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ ފައްލާޙު, 2009-07-29 03:51:26
މި ކަހަލަ ލިޔުންތައް ވެސް ވަރަށް ރަނގަޅު. ލުއި މަޢުލޫމަތު. ބޭނުންތެރި މަޢުލޫމާތުތަކެއް. ސަމީޢުގެ މަސައްކަތަށް ސާބަސް. ފަންވަތް ކިޔަނީ މިހެންވެގެން. މި ކަހަލަ މަޢުލޫމާތު ހުންނާތީ. އެހެން ނޫން ނަމަ، ބަލައި ވެސް ނުލާނަން.
...
ލިޔުނީ އަބަންބަދީ, 2009-07-29 09:35:20
އަޅުގަނޑަކީ ގޭތެރޭގައި ވަރަށް ބަގީޗާ ހައްދާ މީހަކިން.. އެކަމަކު ކަމުގެ ޢިލްމީ އެއްވެސް މަޢުލޫމާތެއް ހުރެގެނެނެއް ނޫން.. ސަމީޢުގެ މި ލިޔުން އަޅުގަނޑު ކިޔާލީ ވެސް، ގަހަކާ ބެހޭ މަޢުލޫމާތުކޮޅެއް ހިމަނާލާފައި އޮތީތީ ޝައުޤު އުފެދިގެން.
އަޅުގަނޑުގެ އެދުމަކީ، ބަގީޗާ ހެއްދުމުގެ ތަފާތު އިރުޝާދުތައް ސިލްސިލާ ގޮތެއްގައި ނަމަވެސް މި ސައިޓު މެދުވެރިކޮށް ލިބޭނެ ގޮތެއް ހައްދަވައިދެއްވުން. މިސާލަކަށް ރާއްޖެ ކަހަލަ މޫސުމެއްގައި ހެއްދިދާނެ ރީތި ބަގީޗާ ގަސްތަކަކީ ކޮބައިކަމާ، މި ފަދަ ގަސް ހޯދާނީ ކިހިނެއް ކަމާ، މި ގަސްގަހަށް ހޭހަންކުރާނީ ކޮންގޮތަކަށްތޯއާ.. މިކަހަލަ ތަފާތު މަޢުލޫމާތު ހިމަނާލައިގެން، މިއީ ހަމަ ވަކި ދާއިރާއެއް ގޮތުގައި މި ސައިޓުގައި ހިމަނާލަދީފިއްޔާ ވަރަށް ގިނަ ބަޔަކަށް ފައިދާކޮށްފާނެކަމަށް ބެލެވޭ.
...
ލިޔުނީ ޒިޔާ, 2009-07-29 15:40:25
މިފަހަރު އިއްތިފާގަކުންވެސް މިދިމާވީ ވަރަށް ރަނގަޅުގޮތެއް މީދަލަކާއިހެދި ބައެއްގެ ނަމާދުވެސް ބާތިލުވާވަރު ކޮށްފިއެވެ. އެއާއި ޖެހިގެން މިއޮތީ މީދާމަދުކުރާނެ ރަނޣަޅުގޮތެކެވެ. ޝުކުރިޔާ ސަމީއު
...
ލިޔުނީ ވަލީދާ , 2009-07-29 17:15:54
ތީގެ ގަހެއް ބޭންވޭ ކޮންތާކުންލިބޭނީ؟ ހުންނާނީ ކޮންތާކު؟ ކޮންރަށެއްގައި ހައްދާފައި ހުރީ މީކަހަލަ ލިޔުމެއް ލިޔާއިރު މިބައި ބަޔަށް ކުޑަކޮން އަލިއަޅުވައިލައްވާނަ ހާދަ ރަނގަޅުވީހެވެ.
...
ލިޔުނީ އޭޝް, 2009-07-30 08:59:35
އަބަންބަދީގެ ޚިޔާލަށް އަޅުގަނޑުވެސް ވަރަށް ތާއީދުކުރަން. އަޅުގަނޑަކީވެސް ގަސްހެއްދުމަށް ލޯބިކުރާމީހަކީން. ވީމާ ތިޔަވިދާޅުވިފަދަ މަޢުލޫމާތު ލިބޭނޭގޮތް ވުމަކީ އަޅުގަނޑުމެންފަދައިން ގަސްހެއްދުމަށް ލޯބިކުރާބަޔަކަށް ވަރަށް ފައިދާ ކުރާނޭކަމެއް. އުއްމީދު ކުރަނީ އަވަސް ކުރިމަގެއްގައި މިފަދަ މަޢުލޫމާތުތައް ޝާއިޢު ކުރައްވާނޭކަމަށް.
... ލިޔުނީ އަޙުމަދު ސަމީޢު , 2009-08-05 22:25:48
ކިޔުންތެރިން ފާލުކުރެއްވި ހިޔާލުފުތަކަށް ވަރަށް ބޮޑަށް ޝުކުރިޔާ އެއާއި އެކު ދަންނަވާލަމެވެ. އަބަންބަދީ އާއި އޭޝް ތިފާޅުކުރެއްވި ޚިޔާފުޅަކީ އަޅުގަނޑުވެސް ވިސްނާފައި އޮތްކަމެކެވެ. ނަމަވެސް އެކަން އެންމެ އެދެވޭގޮތެއްގައި ނުކުރެވިފައި ވަނީ ކިޔުންތެރިންގެ ޚީޔާފުޅު ހުރިގޮތެއް ސާފުވެފައި ނުވާތީއެވެ. ވަލީދާއަށް ދަންނަވާލަމެވެ. އަޅުގަނޑު މިލިޔުން ފަންވަތަށް ފޮނުވުމުގެކުރިން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ގުޅައި ގްލިރިސީޑިއާ ސެޕިއަމް ގަސް ރާއްޖޭގައި ހުރިތޯއާއި ހުރީ ކޮންތާކުތޯ ސުވާލޮށް އޮޅުންފިލުވައިލީމެވެ. އެބޭފުޅުން ވިދާޅުވަނީ ރާއްޖޭގައި މިގަސް ފުދޭވަރަކަށް ގިނަ ކަމަށެވެ. އަދި ހދ. ހަނިމާދޫގައި ހުރި އެގްރިކަލްޗަރ ގެ ނާސަރީގައިވެސް މީގެ ގަސް ހުންނާނެކަމަށް ވިދާޅުވިއެވެ. އަޅުގަނޑު ހަނިމާދޫ ނާސަރީއަށް ގުޅައި އެކަން ޔަޤީންވެސް ކުރީމެވެ. ވީމައި ހަނިމާދޫއިން ލިބޭނެކަމުގެ ޔަގީންކަން އަރުވަމެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |