މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކުނިބުނި... ތިމާވެށީގެ ހަތުރެއް! |
|
|
| ދިވެހި - ތިމާވެށި | |||
| 08 އޮގަސްޓް 2009، 00:06 ހޮނިހިރު | |||
|
އަޙްމަދު އަރުޝަދު މުޙައްމަދު ޕެންޒީމާގެ، ހއ. މޮޅަދޫ ބަވަނަ ވަމުން މިދާ ދުނިޔެއަށް ކުރިމަތިވަމުންދާ ތަފާތު ގިނަ ގުނަ އިންސާނީ މައްސަލަތަކުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި ދެކެވޭ އެއްވާހަކައަކަށް މިއަދުވެފައި މިވަނީ ދުނިޔޭގެ ތިމާވެށީގެ މައްސަލައެވެ. މިކަން މިއަދު ވެފައިވަނީ ދުނިޔޭގެ ލޯ އަމާޒުވެފައިވާ އެންމެ ނާޒުކުމައްސަލަކަމުގައެވެ. ތިމާވެށީގެ ގޮތުން ނުކުޅެދޭ ދުނިޔެއަކަށް އަޅުގަނޑުމެންގެ މިދުނިޔެ ވެދާނެކަމުގެ އިންޒާރުތައް ކަމުގެ ދިރާސާ ކުރައްވާ ބެފުޅުން ދަނީ އެކި ސިފަސިފައިގައި ނެރުއްވަމުންނެވެ. ކޮންމެއަކަސް މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖެ ހިމެނިފައިވަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ކަންކަން އެއްތަނަކުން ފެނުނު އެންމެ މަދު ދެތިން ހަތަރުތަނުގެ ތެރޭގައެވެ. މިއަދު އަޅުގަނޑުމެން ދަރަޖަ ކުރެވިފައިވަނީ މިދެންނެވި ފަޚުރު އިސްކޮށް، ނަމަވެސް މިއާއެކު އަޅުގަނޑުމެން ކަންބޮޑުވުމާއެކު ބަލައިގަންނަންޖެހޭ މުހިއްމު މައްސަލައެއް އެބައޮތެވެ. އާދެ!އަޅުގަނޑުމެން ރާއްޖެއަކީ ތިމާވެއްޓަށް ލިބޭ ގިނަގުނަ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ފޯރާނެ ކަމަށް ލަފާކޮށްފައިވާ ޤައުމުތަކުގެ އެއްވަނަގައި ދަރަޖަ ކުރައްވާފައިވާ ޤައުމެއް ކަމަށް އަޅުގަނޑުމެން ވެފައިވުމެވެ. މިއަދު އަޅުގަނޑުމެންގެ މިރާއްޖެއަށް ތިމާވެށީގެ ރޮނގުން ކުރިމަތިވެފައިވާ ގިނަގުނަ މައްސަލަތަކުގެ ތެރެއިން އެންމެ ކަންބޮޑުވުން އުފެދިފައިވަނީ އެކަމަށް ކުރެވޭ ގިނަގުނަ މަސައްކަތްތަކާއެކުވެސް އެކަމުގެ އެސަރުތައް އެކިމިންވަރަށް ފެންމަތިވަމުން އަންނަ ތިމާވެށީގެ ހަތުރެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ކުނި ބުނީގެ މައްސަލައަށެވެ. ކުންޏޭ އަޅުގަނޑު މިދަންނަވަނީ ތިމާވެއްޓަށް ސީދާ ގޮތެއްގައި ގެއްލުންދޭ ކުނި ބުނިބުނީގެ ހުރިހާ ބާވަތެއް ހިމެނޭގޮތަށެވެ. ޚާއްޞަ ގޮތެއްގައި ޕްލާސްޓިކުގެ ބާވަތްތައް ފަވާލާފައެވެ. މިބައިގައި ހިމެނޭ ގިނަތަކެއްޗަކީ އަޅުގަނޑުމެންގެ ޢާންމު ދިރިއުޅުމުގައި ފާހަގަ ކޮށްލެވޭ ގިނަ ޢަދަދަކަށް ބޭނުންކުރެވޭ ތަކެއްޗެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި ކުނިނައްތާލެވޭނޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރެވިފައި ނެތުމުގެ ސަބަބުން އަބާދީން އުކާލެވޭ ކުންޏަށް އިންވަކިކޮށްދެވޭ ގެ ވަޅުތަކަކީ ތިމާވެށީގެ މުޙިއްމު މާޙައުލުތަކެވެ. ނަންތަކަކަށް ޖާގަ ދޭނަމަ ކުޅިއާއި ޗަސްބިން ފަދަތަންތަނާއި ގޮނޑުދޮށާއި ހޭޅިފަށް އަދި ފަޅުތެރެ ހިމެނޭނެއެވެ. ވަކިން ޚާއްޞަކޮށް ކަންބޮޑުވުން އުފެދެނީ އަޅުގަނޑުމެންގެ ގޮނޑުދޮށްތަކާ މެދު ބުއްދި ކޮށްނުލެވޭކަމެވެ. ގޮނޑުދޮށްތަކަށް ކުނި އަޅަމުންދާކަމެވެ. އަޅުގަނޑުމެންގެ ރާއްޖެއަށް ނަޒަރު ހިންގާލާ ބުއްދިކޮށްލުމަށް އެންމެ ފަސްމިނެޓްގެ ބޭނުން ކުރައްވައިފިނަމަ، އަޅުގަނޑުމެންގެ ގޮނޑުދޮށްތަކަށް ޤުދުރަތުން ލިބިވައިވީ ރީތިކަން އެމީހެއްގެ ހިތަށް ވެރިވެ ގަންނާނޭ ކަމާމެދަކު ޝައްކެއް ނެތެވެ. ދަންނަވަން މިއުޅެނީ އަޅުގަނޑުމެން އެންމެންގެ ފަޚުރެއް ކަމުގައި ދެކެމުން މިއަންނަ ގޮނޑުދޮށްތަކަށްވެސް މި ކުނިބުނީގެ ނުރައްކާ ނުރައްކާތެރިކަން ބޮޑު މިންވަރަކަށް ކުރިމަތިވަމުން ދާކަމެވެ. ކުނީގެ މިމައްސަލަތައް ފެންމަތިވާން ފެށިކަމަށް ގިނަ ބަޔަކު އެއްބަސްވަނީ އަޅުގަނޑުމެންގެ އާބާދީއަށް އަންނަމުންދިޔަ އަވަސް އިތުރުވުމެވެ. އަދި މިއާއެކު ތަކެތި ބޭނުން ކުރެވޭ މިންވަރު އިތުރުވުމެވެ. މިކަމުގެ މިސާލެއްގެ ގޮތުގައި ހިމަނާލަން އަޅުގަނޑަށް ލިބިފައިވީ މަޢުލޫމާތެއް ހިމަނާލާނަމެވެ. ކުނި އިތުރުވާ މިންވަރު އަޅުގަނޑަށް ވަޒަންކޮށްލަން ލިބުނު އެންމެ ސައްޙަ މަސްދަރެއްކަމަށް އަޅުގަނޑަށް ފެންނަން އޮތީ ފައިތުވެދިޔަ މަދު އަހަރު ތަކުގެ ތެރޭގައި ދިވެހިރާއްޖެއަށް އެތެރެ ކުރެވުނު ޕްލާސްޓިކް ކޮތަޅުގެ ޢަދަދެވެ. ފާއިތުވެދިޔަ ގިނަ އަހަރުތަކުގެ ތެރޭގައި ޖުމުލަގޮތެއްގައި ދިވެހިރައްޖޭގެ ކޮންމެ މީހަކަށް ގާތްގަނޑަކަށް 121 ކޮތަޅުއެތެރެ ކުރެވިފައިވެއެވެ. ޕްލާސްޓިކް ކޮތަޅަކީ ދިގު މުއްދަތަކަށް ވީރާނާނުވެ، ހުންނައެއްޗެއްކަމާއެކު މިފަދަ ގިނަ ޢަދަދެއްގެ ޕްލާސްޓިކް ކޮތަޅުގެ ސަބަބުން ރާއްޖޭގެ ނާޒުކުތިމާވެއްޓަށްކުރާނެ ނޭދެވޭ އަސަރު ވިސްނާލާ މިނޫން އެހެން ވަޞީލަތެއް މިޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ބޭނުން ކުރެވޭނެ ގޮތެއް އަޅުގަނޑުމެން ވިސްނަންވެއްޖެއެވެ. އަޅުގަނޑުމެންގެ ވަށައިގެން ލެވިފައިވީ ރީތި ފަޅުތަކާއި ކަނޑުތައްވެސް މިއަދުމިވަނީ ކުނިބުނީގެ ސަބަބުން ގޮނޑުވެފައެވެ. ކަނޑުތައް ގޮނޑުކުރާ ކުނިބުނީގެ ލިސްޓުގައި ފާހަގަ ކުރެވެނީ ސިނގިރޭޓް ފިލްޓަރ، ޕްލާސްޓިކް ކޮތަޅު އަދި ޕްލާސްޓިކް ފުޅި ފަދަ ތަކެއްޗެވެ. މިތަކެތީގެ ސަބަބުން ކަނޑުތަކުގެ ދިރުމުގެ ބައެއް ބާވަތްތައް ނެތިގެން ދާނެ ކަމަށް ދިރާސާތަކުން ޔަޤީން ކުރައްވާފައިވެއެވެ. އަދި ކަނޑުގެ ބައެއް ދިރޭތަކެތީގެ ވެއްޓަށް ބޮޑެތި ގެއްލުން ތަކެއްލިބި އިންސާނުންގެ ސިއްހަތަށްވެސް ގެއްލުން ލިބޭނެ ކަމަށް މިފަދަ ދިރާސާތަކުން ފާހަގަ ކުރެވޭމެއެވެ. ތިމާވެއްޓަށް، ވަކިން ޚާއްޞަކޮށް ކަނޑުތަކާއި ފަރުތަކާއި، ގަނޑުދޮށްތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން އެބަޖެހެއެވެ. ޕްލާސްޓިކް ކޮތަޅާ ބީރައްޓެހި ބަޔަކަށް އަޅުގަނޑުމެން އެބަވާން ޖެހެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަރަށްރަށުގެ ރައްޔިތުން މިކަމަށް ސަމާލުވާ ބައެއް އަޑުތައް އިވެމުންދެއެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރަ މިންވަރު މަދުކުރުމަށް ޖަމްޢިއްޔާ ޖަމާޢަތްތައް ގުޅިގެން ކަރުދާހުކޮތަޅު ތަޢާރަފްކޮށް ޕްލާސްޓިކް ކޮތަޅު ނައްތާލުމަށް މަސައްކަތްކުރާ ތަން އެބަފެނެއެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކަށް ނަޒަރު ހިންގާލާއިރު، އެމެރިކާގެ ޕްލާސްޓިކް ކޮތަޅު އުފައްދާ އެންމެބޮޑު ކުންފުނިން މިހާރު މިސްރާބު ޖަހާފައިވަނީ ހަލާކުވާ ޕްލާސްޓިކް ކޮތަޅު ދެވަނަ ފަހަރަށް ބޭނުން ކުރެވޭ ގޮތަށް ތައްޔަރު ކުރާ މިންވަރު 2015 ވަނަ އަހަރާ ހަމައަށް ދާއިރު، 40 އިންސައްތަ އިތުރު ކުރުމަށެވެ. އެ ލަނޑުދަނޑި ޙާޞިލުކުރެވިއްޖެނަމަ، އަހަރެއްގެ ތެރޭގައި އުކާލެވޭ ޕްލާސްޓިކް ކުނީގެ ތެރެއިން 300 މިލިއަން ރާތަލުގެ ކުނި މަދުވެގެން ދާނެއެވެ. ތިމާވެށީގެ އެކި މައްސަލަތަކަށް ތަފާތު ވެކްސިން ތައްޔާރު ކުރައްވަމުން ގެންދަވާ ގިނަ މާހިރުން ކެނޑިނޭޅިމަސައްކަތް ކުރައްވަމުން ގެންދަވަނީ ތިމާވެށީގެ ކޮންމެ މައްސަލައަކަށް އެކަމަށް އެކަށީގެންވާ ހެޔޮ ބަދަލެއް ގެނެވޭނެ ގޮތްތައް ހޯދާ، އެކަންކަން އިޢުލާނު ކުރެއްވުމުގައެވެ. އެއީ އެބޭފުޅުންގެ ވާޖިބެއްގެ ގޮތުގައި ބަލައިގެން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކެވެ. ހަމަ މިއާއެކު، އަޅުގަނޑުމެންގެ ވާޖިބު އެހިސާބުން ފެށިގެން ދެއެވެ. އާދެ! އެ ބަދަލުތައް ގެނެވޭނެ ހަރުދަނާ ގޮތެއްގައި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމެވެ. ތިމާވެއްޓާ ބީރައްޓެހި ތަކެއްޗާއި ޢަމަލުތައް ދޫކޮށްލުމެވެ. މިކަންކަމުގައި އަޅުގަނޑުމެން ވިސްނާ ފިކުރުކޮށް، ތިމާވެއްޓާ ރައްޓެހިދިރިއުޅުމަކަށް ދަޢުވަތު ދެވިއްޖެނަމަ މިހާރު ފެންމަތިވަމުން މިއަންނަ ތިމާވެށިގެ ގިނަ މައްސަލަތަކަށް އަޅުގަނޑުމެންގެ މި ދުނިޔޭން، ޚާއްޞަކޮށް މި ރާއްޖެއިން ހުސްކުރެވޭ ޖާގަ ވަރަށް ބޮޑުތަން މަދުވެގެން ދާނެއެވެ. ހަމައެއާއެކު، ސާފް ވެއްޓެއްގެ ވެރި ބަޔަކަށް އަޅުގަނޑުމެން ވެގެންދާނެ ކަމާމެދު ޝައްކު ކުރެވޭނެ ޖާގައެއް ނޯންނާނެއެވެ. ( ނިމުނީ ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ މުޙައްމަދު , 2011-03-01 02:31:15
ކުނިބުނި..... ތިމާވެށީގެ ހަތުރެއް!
ދެންނެވުނު ސުރުހީގައި ލިޔެފައިވާ ލިޔުން އަޅުގަނޑު ކިޔަންގަސްތުކުރީ ޚުދު އަޅުގަނޑު ދިރިއުޅޭ ރަށުގައިވެސް ކުނިބުނީގެ ސަބަބުން ދިމާވާ ތަފާތު މައްސަލަތައް ހައްލުކުރުމަށް މިލިޔުމުން ކޮންމެވެސް ވަރެއްގެ ޚިޔާލެއް ނުވަތަ މަގެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ވަށައިގެންވާ މޫދާއި ކަނޑަށް ކުނިއުކާލާ މީހާއަށްވެސް އަޅުގަނޑުމެން މިކުޑަކުޑަ ދިވެހި ރާއްޖޭގައިވެސް ކުނީގެ ސަބަބުން އިތުރުވާ މައްސަލަތަކާއި ކުނިގިނަވުމުންވާ އުނދަގޫތައް ހަމަރަނގަޅަށް އެނގެއެވެ. އޭނައަށްވެސް ނުވިސްނިގެން މިއުޅެނީ އަޅުގަނޑެކޭ އެއްފަދައިން ކުނި މަދުކުރުމަށްޓަކައި ކަންތައް ކުރަންވީ ރަނގަޅު އުސޫލަކާއި މިކަމުގެ އޮތް ހައްލެވެ. ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
އަޅުގަނޑަށް ވިސްނޭގޮތުގައި މައްސަލައަކީ ޕުލާސްޓިކް ކޮތަޅެއްނުނެވެ. ހަޤީޤީ މައްސަލައަކީ ކުނި މެނޭޖު ކުރުމުގެ މައްސަލައެވެ. ކުންޏާއި ފުލާސްޓިކް ކޮތަޅު ޒިންމާދާރުގޮތުގައި ނައްތައި ނުލެވޭމައްސަލައެވެ. މިކަން ހައްލުކުރެވޭނީ އާންމު ރައްޔިތުންނާއި ސަރުކާރާއި ގުޅިގެންނެވެ. އަދި މިއާއިއެކު ޒަމާނީ މެޝިނެރީގެ އެހީ ވެސް ހޯދައިގެންނެވެ.