ފަންވަތް ދިވެހި ވާހަކަ
ވާހަކަ
ބްލެކްމެއިލް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
07 ފެބްރުވަރީ 2012، 00:00 އަންގާރަ


އަބޫ ޠާސީން


އާދައިގެ މަތީން އޮފީހަށް ގޮސް މޭޒުދޮށުގައި އިށީނދެ ހަމަޖެހިލި އެވެ. ދުވަހުގެ ޚަބަރުތައް ހިފައިގެން އެކިއެކި ރިޕޯޓަރުންތައް އަތުވެއްޖެ އެވެ. މާ ގިނަ އިރުތަކެއް ނުވެ މަހުފޫޒުގެ އަތުފޯނު ރިންގުވާންފެށި އެވެ.

"އައްސަލާމް ޢަލައިކުމް" ފޯނު ނެގުމަށްފަހު އާދައިގެ މަތީން މަހުފޫޒު ފޯނަށް ޖަވާބު ދިނެވެ.

"ވަޢަލައިކުމް ސަލާމް" ފޯނުން އަޑު އައެވެ.

 
ގެވެހި އަތްނބަކަށް ވެވުނުނަމައެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
05 ފެބްރުވަރީ 2012، 00:00 އާދީއްތަ


އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ

 

އަހަރެން ހިތްއެދޭކަހަލަ ފިރިއަކު ލިބުނެވެ. ތަނަވަސް މޭމައްޗެއްގައި ބޯއަޅާލެވުނެވެ. އެއީ މުރުއްވަތްތެރި ކަމުގެވެސް ދެވަނައެއް ނުވާފަދަ ޚުލްޤު ރަނގަޅު މީހެކެވެ. ފެނުމުން އުފާވެރިކަން އިޙްސާސްކުރެވޭފަދަ ހިތްގައިމު ހިނިތުންވުމެއް ލިބިފައިވެއެވެ. މުލައްދަނޑީގެ ބާރުގަދަ އެވެ. އެކި ހިސާބުން މަސްތައް އުފުލިފައިވާ ގޮތުން ވެސް ޖަޒްބާތުތައް ކެކިއަރައެވެ. ދިރިއުޅުމުގެ ހުރިހާ ފަސޭހަތަކެއް ލިބިފައިވެއެވެ. ލޯބިވެތިކަމުގައި ވެސް މިސާލެއްނެތެވެ. ކޮންމެ ފަހަރަކީ އާ ތަޖުރިބާތަކެއް އިޙްސާސްކުރަންޖެހޭ ފަހަރެކެވެ.
 
ޙަޤީޤަތް އެނގޭނީ އެއް އޮޑީން ދަތުރުކޮށްލީމައެވެ. ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
31 ޖެނުވަރީ 2012، 08:30 އަންގާރަ


އިސްމާޢީލް ޢަލީ، ރ. ކަނދޮޅުދޫ

 
އަހަރެން ފެނުމުން އެކަކުވެސް މިއީ ހިތާމަތަކެއް ލިބިފައިވާ މީހެއްކަމަށް ޤަބޫލެއް ނުކުރާނެ އެވެ. އެއީ އަހަރެންގެ އާދަތައް ހުންނަގޮތުންނެވެ. އެއީ އަހަރެންނަށް އަހަރެންގެ މައިންބަފައިންގެ ފަރާތުންލިބިފައިވާ ރަނގަޅު އާދަތަކެކެވެ.

އަހަރެންގެ ހިތާމަތައް ފޮރުވުމަށްޓަކައި އަބަދުހެން ތާޒާކޮށް ހުންނަމެވެ. އިރުން އިރަށް ހެދުން ބަދަލުކޮށް ހަދަމެވެ.
 
އުފާވެރި އީދު ޗުއްޓީ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
26 ޖެނުވަރީ 2012، 00:00 ބުރާސްފަތި


މުޚްތާރު އަބްދުއްރަޙްމާން، ށ. މިލަންދޫ

ވާހަކަ ކިޔާމީހުން ބުނެ އެވެ. "ބަރުޒަމާނު ރާޖާ"ގެ ރަސްކަން ކުރެއްވި ޒަމާނުގާ އެ ރާޖާގެ ރަސްކަން ވަރަށް ދުރަށް ފެތުރި ނަން މަޝްހޫރުވެފާ ވެއެވެ. އެހެންކަމުން އެ ރާޖާގެ ރަސްކަމުތެރޭގައި ދުނިޔަވީ އެންމެހައި ނިޢުމަތެއް އެ ރާޖާއަށް ލިބިވަޑައިގެން ވެއެވެ. އަދި އެ ރާޖާގެ ރަސްކަމުގެ ތެރޭގައި އިންސާނުން ފިޔަވައި ގިނަ ބާވަތް ބާވަތުގެ ޖަނަވާރާ، ދޫނިސޫފާސޫފީގެ ބާވަތްތައް ހިމެނިގެން ވެ އެވެ.

މިހުރިހާ މަޚްލޫގުންގެ ތެރޭގައި، ދުނިޔޭގެ ދުރު ހިސާބުހިސާބުން އައިސް އެ ރާޖާގެ އަރިހުގައި ޚިދުމަތް ކުރާ ގިނަ މަޚްލޫގުން ތަކެއް ވެއެވެ.
 
މަޖުބޫރު ލޯބި (23) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
17 ޖެނުވަރީ 2012، 00:42 އަންގާރަ

ގައްދޫ މުޙަންމަދު ރަޝީދު

[ޖަޔާއެވެ.... ނާޖިޔާއެވެ....] ޖަލާލީގެ ނޭވާ އަވަސްވާން ފަށައިފިއެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ޖަޔާގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލިއެވެ..... އެވަގުތު އޭނާގެ ހޫނު ތުންފަތް ޖަޔާގެ މޫނާ ކައިރިކޮށްލަން އުޅުނު ވަގުތު ޖަޔާ ސަލާމަތްވުމުގެ ގޮތުން ދެފަރާތަށް ބޯހޫރަން ފަށައިފިއެވެ.
 
މަޖުބޫރު ލޯބި (22) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
01 ޖެނުވަރީ 2012، 02:20 އާދީއްތަ

ގައްދޫ މުޙަންމަދު ރަޝީދު

[ލައްބައެވެ. މިއީ ހަމަ ރަނގަޅު ވާހަކައެކެވެ. ހިންގަވާށެވެ.]

[އޭނާ މިހާރުވީ ކޮންތާކު ހެއްޔެވެ؟]

[ޑްރޯއިންގރޫމްގައި މިހާރު އެބައިނެވެ.]

ޖަލާލީގެ ޙާލަތު މިވަގުތު އެންމެ ރަނގަޅު ކަމުގައި ފެނެއެވެ. ޝައުޤުވެރިކަމާ ބިރުވެރިކަމުގެ ގުޅުމަކީ ވަރަށް އަޖައިބު ކުރުވަނިވި އެއްޗެކެވެ.
އެކަމަކު......
 
އަހަރެންގެ ދަރިފުޅުވެސް...! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 10
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
31 ޑިސެމްބަރ 2011، 00:00 ހޮނިހިރު

އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ

ހަވީރުގެ ހިތްގައިމު ވަގުތެވެ. ކުޑަކުދިންގެ ބަގީޗާއޮތީ ފުރި ބާރުވެފައެވެ. އެކިއުމުރުގެ ތުއްތު ކުދިންގެ ހަޅޭއްލެވުމާއި ސަކަރާތުގެ އަޑުން މުޅިތަން އޮތީ ގުގުމާލާފައެވެ.  ތުއްތު ކުދިން އެކުދިންގެ މައިންބަފައިން ބެލެނިވެރިން ދައްތައިން ބޭބެއިންނާއެކު ނަލަހެދިގެން އައިސް މަޖާކޮށް ކުޅެހަދާ މަންޒަރު ބަލަން ވަރަށް ހިތްގައިމެވެ. ބައެއްފަހަރަށް ބެލެނިވެރިންވެސް އެކުދިންގެ މަޖަލުގައި ބައިވެރިވެ އުޅޭތަން ފެނެއެވެ. އެހެންނަމަވެސް މިއުފާވެރި ބަގީޗާގެ އެއްކަނެއްގައި ހުރި އަށްޓެއްގައި އިން ޖަމީލާގެ މޫނުމަތިން ފެންނަންހުރީ އުދާސްކަމާއި ނުތަނަވަސްކަމެވެ.
 
ކުށްވެރިޔާ... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
28 ޑިސެމްބަރ 2011، 03:19 ބުދަ


އަޙުމަދު ނާފިޢު، ބ.ދަރަވަންދޫ

  
        
ސިއްސައިގެން ގޮސް ހޭލެވުމާއެކު އަހަންނަށް ވަށައިގެން ބަލައިލެވުނެވެ. އަވަސްއަވަހަށް އަތުކުރީގަޑިއަށް ބަލައިލިއިރު ގަޑިއެއް ނެތެވެ. ގަޑިން ކިހާއިރެއްވެދާނެބާއެވެ؟ އަހަރެންގެ ގަޑި ކޮބައިބާވައެވެ؟ އަހަންނަށް މިއޮވެވުނީ ކޮންތާކުބާވައެވެ؟ އެއްފަހަރާ އެތައް ސުވާލުތަކެއް އަހަރެންގެ ހިތަށް އަރައިފައިބަމުންދިޔައެވެ. ވަށައިގެން ބަލައިލީމެވެ. އާދައިގެ ކުޑަ ނިދާ ބޮތްކެއްގެ އަލި ކޮންމެވެސް ވަރަކަށް ހުރި ނަމަވެސް ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަންހުރީ އަނދިރިކަމެވެ. ހާސްކަމެވެ.
 
މަޖުބޫރު ލޯބި (21) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
20 ޑިސެމްބަރ 2011، 17:53 އަންގާރަ

ގައްދޫ މުޙަންމަދު ރަޝީދު

[ޔަޤީން ނުކުރެވި ދާނެއެވެ. ވިސްނިދާނެއެވެ. ތިޔައީ ހައްތާވެސް ޖަޔާގެ މުދަލެވެ.] ފައުޒިއްޔާ ހީނލާފައި ބުންޏެވެ.

[އެކަމަކު..........]

[ކީކޭ ހެއްޔެވެ............؟]

[އަޅުގަނޑު މިއުޅެނީ އެކަންޏެވެ.]
 
މަޖުބޫރު ލޯބި (20) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
15 ޑިސެމްބަރ 2011، 00:06 ބުރާސްފަތި

ގައްދޫ މުޙަންމަދު ރަޝީދު

[މިސިޒް ޖަލާލީއެވެ. ތިޔައީ ހަމަ ޙަޤީޤަތުގައިވެސް ވަރަށްފިނޑި ކުއްޖެކެވެ. އަހަރެން މުޅިގެ ބަލައިފީމެވެ. އެއްވެސް މީހަކު ނެތެވެ. އަހަންނަށް ހީވަނީ ތިހިރީ ހިތްބިރު ގެންފައި ހެންނެވެ.]

ޖަޔާ ގޮނޑިން ތެދުވެއްޖެއެވެ. އޭނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލިއެވެ. [ޚުދް އަހަރެންގެ ލޮލުންދުށީމެވެ.]
[މީހެއްހެއްޔެވެ.]

[ހީވަނީ މީހެއް ހެންނެވެ.]
 
ދިހަ ސިކުންތު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
13 ޑިސެމްބަރ 2011، 03:27 އަންގާރަ

އާދަމް ނަޞީރު އިބްރާހީމް  (2011)   
   
މެންދަމުން އަލިވެގެން ދިޔައީ އެވެ.  ހަސްފަތާލުގެ އައި. ސީ. ސީ. ޔޫ ގެ ކުރި މަތީ ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އޭނީ ޒީނިޔާ އެކަނި މާ އެ ކަންޏެވެ.  އިރު  އިރުކޮޅުން އޭނާ ކޮންމެ ވެސް ނަންބަރަކަށް އެބަ ފޯނު ކުރެ އެވެ. ''މިހާރު ހުޅުމާލެ އާ އަރާ ހަމަވަނީ'' އެންމެ ފަހުން ކުރި ކޯލަށް ލިބުނު ޖަވާބަކީ މި އެވެ.
 
މަޖުބޫރު ލޯބި (19) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
07 ޑިސެމްބަރ 2011، 10:51 ބުދަ

ގައްދޫ މުޙަންމަދު ރަޝީދު

[އާނއެކެވެ..........]

[މިހާރު މިގެންނަނީއެވެ. އަހަރެން މިހުންނަނީ ޖަޔާ ތެދުވުމުގެ އިންތިޒާރުގައެވެ.]

މިސިޒް ހެރަލްޑް ކޮޓަރިން ނުކުމެއްޖެއެވެ. ޖަޔާ އޮށޯވެލައިގެން އޮވެ ކޮޓަރި ތެރެއަށް ބަލަމުން ގެންދިޔައެވެ. ދުވާލުގެ އަލިކަން ފަނޑުވެފާވެއެވެ. ފަޟާއަށް މަސްތުކަމެއް ވެރިވެފައިވެއެވެ. ބެޑްރޫމް ޒީނަތްތެރި ކޮށްފައިވާގޮތް ވަރަށް ރީއްޗެވެ. އެހެންކަމުން އޭނާ ފިސާރި ބަލާހިތުން އަދި ހިތްހަމަ ޖެހިލައިގެން އޮވެ ބަލަމުން ގެންދިޔައެވެ. ކޮންމެ އެއްޗަކީ އަޖާބުކުރުވަނިވި ޚިޔާލީ އެއްޗެއް ފަދައެވެ.
 
މަޖުބޫރު ލޯބި (18) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
04 ޑިސެމްބަރ 2011، 01:57 އާދީއްތަ

ގައްދޫ މުޙަންމަދު ރަޝީދު

ހިތްހަމަ ޖައްސާލައިގެން އޭނާ ލޯމަރާލައިފިއެވެ. އެކަނިވެރިކަމުގެ ބިރު އަދިވެސް އޭނާގެ ހިތަކުން ފިލާ ނުދެއެވެ. އޭނާ ޖަލާލީ ދެކެ ރުޅިއައެވެ.

އެންމެ ފުރަތަމަ ދުވަހު ކުރަން ޖެހުނު ތަޖުރިބާއަކީ މިއެވެ. ކުރިއަށް އޮތްތާނގައި ކިހިނެއްވާނެ ބާވައެވެ. އޭނާ ޚިޔާލުތަކުގެ ތެރޭގައި އޮވެގެން ވިސްނާލިއެވެ.
 
ކާފަ ދަރިފުޅު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
27 ނޮވެމްބަރ 2011، 02:20 އާދީއްތަ


ޢަލީ މުނީޒު، ހދ. ނޮޅިވަރަން

 
ފަހަކަށް އައިސް ޙަސަނު ހުންނަނީ ނުތަނަވަސް ވެފަ އެވެ. ހާސްވެފަ އެވެ. ދިރިއުޅުމުގެ އަގުތަށް މަތިވާތީ އެވެ. އަތްމަތި ދަތިވެ ކުރަންޖެހޭ ޚަރަދުބަރަދު ގެ ބޮޑުކަމުންނެވެ. މާލެދަތުރުކޮށްގެން އިހު ލިބުނު އާމްދަނީ މިހާރު ނުލިބޭތީ އެވެ. އަތަށް އަރާ ފައިސާފޮތި ދޫވެގެންދާލެއް އަވަސްކަމުންނެވެ. ބައެއް ދުވަސްދުވަހު އެންމެ ދޮޅަހަކަށް ރުފިޔާ ލިބޭތީ އެވެ. އެ ލިބޭ މަދުމަދު ރުފިޔާކޮޅުން ބައިލާރިވެސް އިރުއަރާއިރު ނޯންނާތީ އެވެ.
 
މަޖުބޫރު ލޯބި (17) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
23 ނޮވެމްބަރ 2011، 14:52 ބުދަ
19 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

ހުރިހާ ހިތްވަރެއްގައި ފިނި ހިފާފައިވެއެވެ. އެއްބަނޑު ތިމާގެ މީހުން ދޫކޮށްލާފައި އެތައް މޭލެއް ކަޑައްތުކޮށްފައި އޭނާ މިހިސާބަށް މިއައީ ޖަލާލީ އަށްޓަކައެވެ. އޭނާ މިތާގައި ނެތުމުން ޖަޔާގެ ހިތުގައި ކޮންމެވެސް ވަރަކަށް ކޫރުން އެޅިއްޖެއެވެ.

ވާހަކަ ދެކެވެމުން ދިޔައެވެ. ޖަޔާހުރީ ހަމަހިމޭނުންނެވެ. މިސިޒް ރަފީޤު އޭނާގެ ކައިރިއަށް އައިސް ބުންޏެވެ. [ނާޖިޔާއެވެ. ކަންބޮޑުނުވާށެވެ. ވިޔަފާރީގެ ކަންތައްތަކުގައި ޖަލާލީ އަބަދުވެސް އުޅެނީ އެކަހަލަ ގޮތަކަށެވެ.
 
ނެތިދިޔަފަހުންނެވެ... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 10
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
20 ނޮވެމްބަރ 2011، 13:04 އާދީއްތަ


މުޙައްމަދު ޝާހީން، ބޮކަރުމާގެ، އދ.ކުނބުރުދޫ

އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސެންދަނީއެވެ. މިފަދައިން ތަކުރާރުކޮށް ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދާނެއެވެ. އިރުގެ ގަދަ އަލިކަން ފަނޑުވެ ދުނިޔެއަށް އަނދިރިކަން ވެރިވަނީއެވެ. ނަމަވެސް ހައިޝަމްގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ނާދެއެވެ. އެއެކަނިވެރިކަމާއި މާޔޫސްކަމެވެ. ހާސްކަމާއި ނުތަނަވަސްކަމެވެ. އާދައިގެ މަތީން މިއަދުވެސް ހައިޝަމް އެއިނީ، އޮއްސެމުންދާ އިރާއެކު، އުދަރެހަށް އަރާފައިބަމުން އެދާ ކުލަތަކާއި، ސާފުމޫދަށް ގެނުވާ ރަންދޯދީގެ ޖަރީކަމާއި، ޖެހޭ ހިތްގައިމު ވައިރޯޅީގެ ބީހުންތަކާއި، ގަސްގަހާގެހީގެ ހެލުންތަކުން އުފައްދަމުންދާ ހަމަހިމޭން މިއުޒިކުގެ އަޑުން ހިތްހަމަޖެހުން ހޯދުމަށް ސާފު ދޮންވެލި ތުނޑީގައި އިށީންދެލައިގެންނެވެ.
 
މަޖުބޫރު ލޯބި (16) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
19 ނޮވެމްބަރ 2011، 22:00 ހޮނިހިރު
12 ނޮވެމްބަރު (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

މުޅިގެ އާގޮތަކަށް ބަދަލުކުރުވިއެވެ. ވަރަށްރީތިކޮށް ތަރުތީބުން އެއްޗެހިތައް ބެހެއްޓިއެވެ. ބެޑްރޫމް މީރުވަސްދުވާ މާމަލުން ފުރުވާލިއެވެ. ކޮޓަރި ހީވަނީ މަލުގެ ދާނެއް ހެންނެވެ. ކުލަކުލައިގެ މާބުރުތައް މަލުން ފޮނި ބުއިމަށްޓަކާ އެކޮޓަރި ތެރެއަށް ވަންނަމުންދާ ކަހަލައެވެ. ނޫކަލައާ އަޅިކުލައިގެ ވިލާތައް ކޮޓަރިއަށް ވަންނަމުންދާ ކަހަލައެވެ.
 
މަޖުބޫރު ލޯބި (15) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
12 ނޮވެމްބަރ 2011، 17:47 ހޮނިހިރު
7 ނޮވެމްބަރު (ހޯމަ) އާ ގުޅޭ

ގައްދޫ މުޙަންމަދު ރަޝީދު

އޭނާ އިސް އުފުލާފައި މަންމައާ ބައްޕައަށް ބަލާލިއެވެ. އޭނާގެ މުޅި ޙަޔާތުގައިވެސް މަންމައާ ބައްޕަ މިހާ އުފާވެފައިތިބި މަންޒަރެއް ނުދެކެއެވެ. ފަޚުރުވެރިކަމުގެ އިޙްސާސުން އެދެމީހުންގެ މޫނު ވިދާ ބަބުޅަމުން ދިޔައެވެ. އުފަލުންގޮސް ފައިވެސް ތުރުތުރު އަޅައެވެ. މިއަދު އެމީހުންގެ ދަރަޖަ ކިހާމަތިވެރި ހެއްޔެވެ.

އޭނާ ތާނިޔާ ދައްތައަށް ބަލާލާފައިވެސް ޙައިރާން ވެއްޖެއެވެ. ދައްތަގެ އޮއްސިފައިވާ މޫނު މިއަދު ކިހާވަރަކަށް އެބަ ވިދާބަބުޅާ ހެއްޔެވެ. އޭނާ މެހްމާނުންނާ އިސްތިޤްބާލު ކުރަމުން އެގެންދަނީ ކިހާ ޔަޤީންކަމަކާ އެކުގައި ހެއްޔެވެ.
 
މަޖުބޫރު ލޯބި (14) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
07 ނޮވެމްބަރ 2011، 14:22 ހޯމަ
19 ސެޕްޓެމްބަރު (ހޯމަ) އާ ގުޅޭ...

ގައްދޫ މުޙަންމަދު ރަޝީދު

[މިދަނީއެވެ. ދައްތާއެވެ.............] ޖަޔާ އެނދުން ތެދުވެއްޖެއެވެ. އަނެއްކާވެސް ފޮޓޯގަނޑު ނަގައިފިއެވެ. އިޙްސާންތެރިކަމާއެކު ބަލާލިއެވެ. ދެން އެނދުގެ ބޯލާކޮޅުގައިހުރި އޭނާގެ ފޮއްޓަށް ލައިފިއެވެ. ކާވެނިކުރަން ހަމަޖެހުނީއްސުރެ ޖަޔާ އެކަނި އިނދެގެން މިފޮޓޯއާ ވާހަކަ ދައްކާ ހަދައެވެ. ގޭތެރޭގައި އުފާވެރިކަމުގެ ތުނި ވާރޭވެހެމުން ދިޔަވަރަކަށް ޖަޔާގެ ޖަޒްބާތުތައް ފޮޓޯއިން ފުރިހަމަވަމުން ދިޔައެވެ.
 
ސާދަ ވިލޭރޭ (10) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
07 ނޮވެމްބަރ 2011، 00:00 ހޯމަ


ބިންމާ އިބްރާހިމް ވަހީދު
 
                                                            (21 އޮކްޓޯބަރ 2011 ގުޅޭ)
ދަންވަރުގެ ވަގުތެވެ. މޭޒުމަތީގައިހުރި ސޯނާގަޑީގެ އަޑު ފިޔަވައި އެހެން އަޑެއް ނީވެ އެވެ. ޖެހިލި ވައި ރޯޅިއަކާ އެކުގައި، ފުރާޅުމަތީގައި ހުރި ހިކި ފަތްތައް ވަޔާ ބުރުއްސައިލި އަޑު އިވުނެވެ. ކޮޓަރިގައި ދިއްލައިފައިވާ ބޮކީގެ ފަނޑު އަލި، އިތުރަށް ފަނޑުވި ކަހަލައެވެ. މޫސަ އާއި ސައީދާ ތިބީ ނިދައިފައެވެ. ކުއްލިއަކަށް ސައީދާގެ ލޯ ތަންމިނަށް ހުޅުވައިލި އެވެ. އަދި ގަޔާވެފައި ހުރެގެން ސައީދާ ތެދުވި އެވެ.
 


ސަފްހާ 1 ގެ 16
ހަމަ މި ގަލަމުން
extra avandia and congestive heart failure