މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ދަނޑުވެރިޔާ އާއި މިނިކާވަގު |
|
|
| ދިވެހި - ވާހަކަ | |||
| 08 އޮގަސްޓް 2009، 00:10 ހޮނިހިރު | |||
|
ޝާކިރު އެއްދުވަހަކު ދަނޑުވެރިޔަކު ދަނޑަށް ދިޔައިރު މަގުގެ އެއްކައިރީގައި މަރުވެފައިވާ މިނިކާވަގެއް އޮއްވާ ދުށްޓެވެ. އަދި އެސޮރުގެ ގާތުގައި އޭގެ ޅަދަރި ރޯލަރޯލައި އޮތެވެ. ދަނޑުވެރިޔާއަށް މިތަން ފެނުމާއެކު އެ ޅަވަގުގެ މައްޗަށް ސަހަރޯވެރިވެ އެސޮރު ނަގާ އުރާލައިގެން ދަނޑުގެ މަސައްކަތްވެސް ނުކޮށް ގެއަށް ދިއައެވެ.އަދި އޭނާދުށް ހިތާމަވެރި މަންޒަރު އޭނާގެ އަންހެނުންނަށް ސިފަކޮށްދީ އެވާހަކަ ކިޔާދިނެވެ. ދަނޑުވެރިޔާގެ އަނބިމީހާވެސް މި ޅަވަގުފެނި އަދި އެހިތާމަވެރި މަންޒަރުގެ ވާހަކައިވި ސަހަރޯވެރިވެ އެސޮރު އުރައިގެންގޮސް މިދެމަފިރިންގެ ޅަދަރިފުޅާއެކު ކިރުދީ ބަލައި ބޮޑުކުރަން ފަށައިފިއެވެ. މިކަން ކައިރި އަވަށްޓެރިންނަށް އެނގި ދަނޑުވެރިޔާއަށްއެކަމުގެ ނުރައްކާތެރިކަން ވިސްނައިދޭން ފަށިފިއެވެ. އެހެންނަމަވެސް މިވަގު ދަނޑުވެރިޔާ ފެނިއްޖެނަމަ ނަގޫ ހަލުވާލަ ހަލުވާލަ ގާތުގައި އޮންނަ ކިޔަމަންތެރިގޮތް ދެކި އަވައްޓެރި ރަޙުމަތްތެރިންގެ ބަސް ރައްދުކޮށްފިއެވެ. އަދި އެންމެފަހުން އަވަށްޓެރިންގެ މީހުން ދަނޑުވެރިޔާއަށް މިކަމުގެ ނުރައްކާތެރިކަން ވިސްނާދިނުން ހުއްޓާލައިފިއެވެ.............. މިހާރު މިނިކާވަގުވެސް ބޮޑުވެ ފުރާވަރަށް އަރައިގެން އަތުވެއްޖެއެވެ. އެއްދުވަހަކު ދަނޑުވެރިޔާ އާދައިގެ މަތިން ދަނޑަށް ދިޔައެވެ. އޭނާގެ އަންހެނުންނާއި ލޯބިލޯބިދަރިފުޅާއި ގެންގުޅެ ބޮޑުކުރި ވަގު، އެކަނި ގެއަށް ދޫކޮށްލާފައެވެ. މިއަދު ދަނޑުން އެބުރި އާދެވުނީ ވަރަށް ފަސްވީފަހުންނެވެ. ދަނޑުވެރިޔާ އަންނަތަން ފެނުމުން ވަގު އެސޮރުގެ އާދައިގެމަތިން ނުކުމެ ދޮރުމަތިން ދަނޑުވެރިޔާއާއި ބައްދަލުކޮށް ހިމޭނުން އޮތެވެ. އެކަމަކު އެހެން ދުވަސްދުވަހާއި މިއަދު ޚިލާފެވެ. ދަނޑުވެރިޔާގެ ހިތަށްއެރި އެވެ. މަގޭ އަންހެނުންނާއި ލޯބިލޯބި ދަރިފުޅު ފެންނާކަށް ނެތެވެ. ދަނޑުވެރިޔާ ގޭތެރެއަށް ވަދެ އެދެމައިންނަށް ގޮވައި އެއްތަން ބަލައި އަނެއްތަނަކަށް ބޯދެމުން ދިއައިރު ފެނުނީ ގޭގެ ބިއްދޮށު އެއްކަނެއްގައި ދަނޑުވެރިޔާގެ އަންހެނުންނާއި ލޯބިވާ ދަރިފުޅު، މިނިކާވަގުކައިފައި ތުންފޮހެފައި އެއްލައިލާފައި އޮތް ލޭހޭކިފައިވާ ފޮތިގަނޑެވެ. ދަނޑުވެރިޔާއަށް މިލިބުނު ސިހުމާއެކު ގޭން ބޭރަށް ނުކުންނަށް އެނބުރިލިއިރު ގާތުން ދީގެން ދަރިއެއް ދޮންދަރިއެއް ވަކިނުކޮށް ގެންގުޅެ ބަލައިބޮޑުކުރި ވަގު ދޮރުމަތިގައި ބަލަން އޮތެވެ. އެސޮރުގެ ދެލޯހީވަނީ ރަތްވެގެންގޮސް ނާށި އަނގުރުގެ ދެފޮތިހެންނެވެ. މޫނުމަތިން ފެންނަނީ ރުޅިވެރިކަމާއި ލެއަށް ފެންބޮވައިގެންފައިވާ ދަހިވެތިކަމެވެ. މިހިސާބުން ދަނޑުވެރިޔާއަށް ޙަޤީޤަތުގެ މައްޗަށް ހޭލެވި އޭނާގެ އަވަށްޓެރި ރަޙުމަތްތެރިން ދިން ނަސޭހަތް ހަނދާންވެގެން ކިއާލެވުނެވެ. "މިނިކާވަގަކަށް ގާތުންދީ ބޮޑުކުރިއަސް އޭގެ ޚަޞީލަތެއް ބަދަލެއް ނުވާނެއެވެ. ކޮންމެވެސް އެއްދުވަހަކުން ފާޅުވާނެއެވެ." އެންމެންވެސް ލިޔަނީ ލޯތްބެއްގެ ހިތިކަމާއި ފޮނިކަމުގެ ވާހަކައެވެ. ބަގީޗާއެއްގައި ވިއްޔާ އެތައްކުލައެއްގެ މާފަރިވެ ފޮޅޭނެއެވެ. ވީމާ، އަޅުގަނޑުގެ ގަލަންވެސް މިރޮގުން ފިރުކާލެވޭތޯ ބަލާލީއެވެ. ނޯޓް: މިކުރުވާހަކައަކީ، މީގެ 15 އަހަރު ކުރިން އެން.އެސް.އެސް. (މިހާރުގެ އެމް.އެން.ޑީ.އެފް.) އިން ނެރުނު އައްޑަނަ މަޖައްލާއަށް އަޅުގަނޑު ލިޔުނު ކުރު ވާހަކައެކެވެ. މި ވާހަކަ ޝާއިޢުކުރެވިފައިވަނީ، 1994 މެއި، ނަމްބަރ 02 ،ވޮލިއުމް 03 ގައެވެ. އެއީ 1994 ވަނަ އަހަރު ނެރުނު އައްޑަނައިގެ އަހަރީ ނަންބަރެވެ. ނިމުނީ މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
މިސާލަކަށް
ސަހަރޯވެރިވުން ،ބޯދެމުންދިއުން ، ދެލޯހީވަނީ ރަތްވެގެންގޮސް ނާށި އަނގުރުގެ ދެފޮތިހެންނެވެ.، ފިރުކާލެވޭތޯ ބަލާލީއެވެ