ފަންވަތް ދިވެހި ވާހަކަ ދަރަނި އަދާނުކުރާނަމަ ފިނދުމަސް ރާތަލެއް....
ބެލި ޢަދަދު: 2212
ދަރަނި އަދާނުކުރާނަމަ ފިނދުމަސް ރާތަލެއް.... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
30 އޮގަސްޓް 2009، 13:31 އާދީއްތަ

މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

އެއްދުވަސްވަރެއްގައި ކާމިޔާބު ވިޔަފާރިވެރި ޔަހޫދީއަކު އުޅުނެވެ. އޭނާއަކީ ވިޔަފާރީގެ ކަންތަކުގައި ވަރަށްވިސްނައި ފިކުރުކޮށްއުޅޭމީހެކެވެ. ވިޔަފާރި ބަނގުރޫޓްވުމުގެ އެއްސަބަބުކަމުގައި ވިޔަފާރީގެ ދަރަނި ހިމެނެއެވެ. ދަރަނި ނަގާހައި ފަސޭހައަކުން އެދަރަނި އަދާކުރުމަކީ ވަރަށް ނުވާކަމެކެވެ. މިހެންވީއިރު އިތުބާރުހުރި ޝަރުތެއްނެތި ދަރަންޏަށް ދިނުމަކީވެސް ވިޔަފާރި ބަނގުރޫޓް ވެދާނެކަމެކެވެ. މިކަމާއިމެދު ވިސްނުމަށްފަހު ފިހާރައަށް ވަންނަ މީހުންނަށް ފެންނަތާކު ބޯޑެއްގައި ލިޔެފިއެވެ. [ދަރަނި ނަގާމީހާ އެއްބަސްވެފައިވާ މުއްދަތުގައި ދަރަނި އަދާނުކޮށްފިނަމަ އެމީހާގެ ފިނދުން މަސްރާތަލެއް ނެގޭނެއެވެ.]

މިހެންލިޔެ އެބޯޑް ބެހެއްޓިފަހުން އެވިޔަފާރިވެރިޔާގެ ގާތަކަށް އެއްވެސްމީހަކު  ދަރަންޏެއް ނަގާކަށް ނާދެއެވެ. މިގޮތުގައި ދުވަސްތަކެއް ވޭތިވުމަށްފަހު މީހަކަށް ވަރަށްބޮޑުކަމެއް ޖެހިގެން އެއްވެސް އެހެންގޮތެއް ނެތިގެން އެވިޔަފާރިވެރިޔާގެ ގާތަށްގޮސް އޭނާގެ ޝަރުތު ޤަބޫލުކޮށް ލިޔެ ސޮއިކުރުމަށްފަހު އޭނާގެ ބޭނުން ފުދޭވަރަށް ފައިސާނަގައިފިއެވެ. ޝަރުތުކުރެވިފައިވާ މުއްދަތުހަމަވެ އެތަށް ދުވަހެއް ވީއިރުވެސް ދަރަނި އަދާއެއްނުކުރިއެވެ. ވިޔަފާރިވެރިޔާ ފަނޑިޔާރުގެއަށް ގޮސް ދަޢުވާހުށައަޅައިފި އެވެ. ދެންދަޢުވާލިބޭމީހާ ޙާޟިރުކުރުވައި ދަޢުވާކުރާމީހާ ދަޢުވާލިބޭމީހާއަށް ދަޢުވާގެ(ޞީޣާ) ޢިބާރާތް އިއްވުމަށް ފަނޑިޔާރު އަމުރުކުރައްވައިފިއެވެ.

ވިޔަފާރިވެރިޔާ: އަޅުގަނޑުގެ ދަޢުވާއަކީ މިހަރަކަލޭގެއަށް އަޅުގަނޑުދިން ދަރަނި އޭގެ މުއްދަތު ހަމަވީއިރުވެސް ދައްކައިފައި ނުވާތީ އޭނާ މިހާރު އެ އުޅެނީ އަޅުގަނޑުގެ މަސްރާތަލެއް ހިފައިގެންނެވެ. ވީމައި އޭނާގެ ހަށިގަނޑުގައިވާ އަޅުގަނޑުގެ މަސްރާތާ އަޅުގަނޑަށް ލިބިދެއްވާށެވެ. 

ދެން ފަނޑިޔާރު: ދަޢުވާލިބޭމީހާއާއި މުޚާތަބްކޮށް [އޭނާ އެކުރާ ދަޢުވާއާއިމެދު ކަލޭގެ ބަހަކީ ކޮބައިހޭ؟]
ދަޢުވާލިބޭމީހާ : ވިޔަފާރިވެރިޔާ އެބުނަނީތެދެވެ. އެއްބަސްވެފައި ވާގޮތުން އަޅުގަނޑުގެ ގައިގައި މިހާރު އޭނަގެ މަސްރާތަލެއް ވާނެއެވެ. ވީމައި އޭނާބައި ނެގީމައި އަޅުގަނޑުގެ އަމިއްލަބައިގައި ހުންނާނީ ކިތައް ރާތާތޯ ބައްލަވައިދެއްވާށެވެ. އަދި ވިޔަފާރިވެރިއާގެ  ބައި އޭނާއަށް ދިނީމައި އޭނާގައިގައި ހުންނާނީ ކިތައް ރާތާތޯ ބައްލަވައިދެއްވާށެވެ.

ދެން ދަރަނިވެރިޔާ ކިރިއިރު އޭނާގެ ބުރަދަނަކީ 3.15 (ތިން ފައުލާ ފަނަރަ ރާތަލެވެ.)  ވިޔަފާރި ވެރިޔާ ކިރިއިރު އޭނާގެ ބަރުދަނަކީ 1.0.16 (އެއްހަންދަރު ސޯޅަރާތަލެވެ.) ދެން ފަޑިޔާރުގެއިން ނިންމީ ހަތްދުވަހުގެ ތެރޭގައި ވިޔަފާރިވެރިޔާގެ މަސްރާތާ އަދާކޮށް ފަނޑިޔާރުގެއަށް އައިސް މައްސަލަ ނިންމުމަށެވެ. ހަފުތާއެއް ފަހުން ޔަހޫދީ ވިޔަފާރިވެރިޔާ ފަނޑިޔާރުގެއަށްގޮސް އޭނާގެ ޝަކުވާ ހުށައެޅުމުން ދަރަނިވެރިޔާ ގެނެވިއްޖެއެވެ. ވިޔަފާރިވެރިޔާ ބުނަނީ އޭނާގެ ދަރަނި ނުލިބޭކަމަށެވެ. ނަމަވެސް ދަޢުވާލިބޭފަރާތުން ބުނަނީ އޭނާގެ ހަށިގަނޑުގައިވާ ވިޔަފާރިވެރިޔާގެ މަސްރާތާ ދީ ޚަލާޞް ކޮށްފިކަމަށެވެ.

އެއްބަސްވުމުގައި ވަނީ ދަރަނި އަދާކުރުމަށް ދެވިފައިވާ މުއްދަތުގައި ދަރަނި އަދާނުކޮށްފިނަމަ އެމީހާގެ ފިނދުމަސް ރާތަލެއް ނެގޭނެކަމަށެވެ. ނަގާކަށް ވަކިމިވެނިގޮތެއް ކަނޑައެޅިފައެއް ނެތެވެ. ވީމައި މިހާރު އަޅުގަނޑުގެ ގައިގައި އެހެންމީހެއްގެ މަސްރާތަލެއް ނެތެވެ. މިހާރު މިހުރީ އެދުވަހު ކިރައި ވަޒަންކުރިއިރު އަޅުގަނޑަށްވީބައެވެ. ދެން ދެބަސްވެ ކަމުގެ ދޮގުތެދު ސާބިތު ކުރުމަށްޓަކައި ކިރިއިރު ދަރަނިނެގި މީހާގައިގައި ހުރީ ތިން ފައުލާ ސާދަރާތަލެވެ. އެއީ ހަފުތާއެއްކުރިން ކިރިއިރު ހުރިވަރަށްވުރެން އެއްރާތާ މަދުއަދަދެކެވެ. އެއީ އެވިޔަފާރިވެރިޔާއަށް އެއްރާތާ ދިނުމުން މަދުވީއެވެ. ވިޔަފާރިވެރިޔާ ކިރައި ވަޒަންކުރިއިރު އޭނާގެ ބަރުދަނުގައި އެއްހަންދަރު ސަތާރަ ރާތާ ހުއްޓެވެ. އެއީ ކުރީ ދުވަހަށްވުރެ އެއްރާތާ ބުރަ ޢަދަދެކެވެ.  ވީމައި މައްސަލަ ނިމުނީ ދަރަނި ދޭންޖެހޭ މީހާގެ ފިނދުން މަސްރާތަލެއް ނެގުނީކަމަށެވެ. ވިޔަފާރިވެރިޔާއަށް މަސްރާތަލެއް އިތުރުވެފައި އެވަނީ ދަރަނި ނެގިމީހާގެގައިން އުނިވި މަސްރާތާކަމުގައެވެ. ދެން އޭނާގެ ފިނދުން މަސްރާތަލެއް ނެގޭނީ ވިޔަފާރި ވެރިޔާގައިގައި އިތުރުވެފައިވާ މަސްރާތާ ނަގައިފައި ދިނީމައިކަމުގައެވެ. ވިޔަފާރިވެރިޔާއަށް ވެސް ފިނދުން މަސްރާތަލެއް ދޭންނުކެރިގެން އޭނާގެ ރުހުމާއިއެކު އެމައްސަލަ ނިންމީއެވެ. ވާނީވެސް އެހެންތާއެވެ. ވިޔަފާރިވެރިޔާ އެދުވަހު ހުރީ ކާމިޔާބީގެ އުފަލުގައި އޮށްދާހިއްލާވަރަށް ކައިގެންނެވެ. ދަރަނިވެރިޔާހުރީ އެތަށްދުވަހެއްގެ ކެއުން ދޫކޮށްލައިގެންނެވެ.

ނިމުނީ

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ކިޔުންތެރިއެއް, 2010-04-01 03:17:21
ހެހެހެހެހެހެހެހެ.... ވަރަށް މަޖާވާހަކައެއް!!!!!!!!!!!!!!!!!!!!

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2212
extra avandia and congestive heart failure