ފަންވަތް ދިވެހި ވާހަކަ މަންމަ
ބެލި ޢަދަދު: 3315
މަންމަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
07 ސެޕްޓެމްބަރ 2009، 23:25 ހޯމަ

 ޢާއިޝަތު ނަޞީރާ/ލައިޓްރޫމް.ލ.ގަން
      
އަހަރެންގެ އަތުގައި ހިފާލައިގެން މަންމަ ކޮންމެދުވަހަކު ސުކޫލު ދޮށަށް އަންނަ އައުމަކީ ކިހާބޮޑު ޤުރުބާނީއެއް ހެއްޔެވެ؟ އަހަރެމެންނަށްޓަކައި މަންމަ ހޭދަކުރަމުން އެދަނީ ކިހާ އަގުބޮޑު ވަގުތުތަކެއް ހެއްޔެވެ؟  މިހެން ހިތަށް އެރުމާއެކު އަހަރެންގެ ލޯ ފެންކަޅިވިއެވެ. އަދި ހިތާހިތާ މަންމައަށް ޝުކުރުވެރިވެވުނެވެ. ދަރިންނަށްޓަކައި މަންމަވާ ޤުރުބާނީތައް ހާދަހާވާ ގިނައެވެ. ކޮންމެ ވަގުތެއް، ކޮންމެ މިނެޓެއް ނުވިތާކަށް ކޮންމެ ސިކުންތެއްވެސް މަންމަ ހޭދަކުރަމުން އެދަނީ އަހަރެމެންނަށްޓަކައެވެ. އަހަރެމެންގެ އުފަލަށްޓަކައެވެ. އަދި އަހަރެމެންގެ ކުރިއެރުމަށް އެދި ދުޢާވެސް ކުރަމުންނެވެ.

އަހަރެންގެ މަންމައާއި ބައްޕަގެ ތިންދަރިންތިބެއެވެ. ތިންދަރިންތިއްބެއްކަމަކު އެއްވެސް ދަރިއަކަށް ދޭންޖެހޭ ލޯތްބެއް އަޅާލުމެއް ނުދީ ސަކުވާކުރާކަށް ނުޖައްސައެވެ. އެއްދަރިއަކު އަނެއްދަރިއަކާއި ތަފާތު ކުރުމެއްނެތެވެ. އެކަމާއި އަހަރެން ވަރަށް އުފާކުރަމެވެ. އަހަރެންގެ ހަގަށް ތިބި ކޮއްކޮމެންނާއި އަހަރެން ތަފާތު ނުކުރާތީއެވެ. އެކޮއްކޮމެންނަށް ހޯދައިދޭ ކޮންމެ އެއްޗެއް ލޯތްބާއެކު އަހަންނަށް ހޯދައިދޭތީއެވެ.

ތަފާތުކުރުމެއްނެތި އަހަރެންނަށް ލޯބިދޭއިރު، އެމަންމަމެންގެ ބަސް އަހަރެން އަހަންޖެހޭނެވެ. އެހެންކަމުން އަހަރެން މަޑުމަޑުން އިނދެ މޮޅަށް ކިޔެވޭތޯ ބަލަމެވެ. އެއީ ހަމައެކަނި މަންމައަށްޓަކައެއް ނޫނެވެ. އަހަރެންގެ މުސްތަޤުބަލަށްޓަކައިވެސްމެއެވެ. އަހަރެން ކުލާސްތެރޭ މަޑުން އިންނާތީ މުދައްރިސުން އަބަދުވެސް އެވާހަކަ ދައްކާނެއެވެ. ބަސްއަހާ ކުއްޖެއްކަމަށް ބުނެ ތަޢުރީފުކުރާނެއެވެ.  އޭރު އަހަރެންގެ ނަންވަނީ ކުލާސްތެރޭ ބަސްއަހާ މޮޅަށް ކިޔަވާކުދިންގެ ލިސްޓުގެ ކުރީސަފުގައެވެ. އަދި ހުރިހާ މުދައްރިސުންގެ ފުރިހަމަލޯތްބާއެކު، އަހަރެން، އަހަރެންގެ ތަޢުލީމީ ޙަޔާތް ނިންމާލީމެވެ. މޮޅުވަނަތަކާއި މަތީފާސްތަކާއި އެކުގައިވެސްމެއެވެ.

މިކަމާއި އެންމެ ބޮޑަށް އުފާވީ އަހަރެންގެ މަންމައެވެ. އަހަރެންގެ ނަތީޖާ ލިބުނު ދުވަހު އެމަންމަގެ ލޮލުން ފޭބި އުފާވެރިކަމުގެ ކަރުނަތައް އެކަމަށް ހެކިދޭނެއެވެ. އެދުވަހު އަހަރެންގެ މަންމަ ރޮމުން އަހަންނަށް ކުރި ތަޢުރީފުގެ ބަސްތައްވެސް މިކަމުގެ ހެއްކަކަށް ކުޑެއް ނުވާނެއެވެ.

ދުވަސްތައް އުފަލުގައި ހޭދަވަމުން ދިޔަނަމަވެސް، މަންމަ ހިތްއެދޭފަދަ މޮޅު ހަރުދަނާ ދަރިއަކަށް ވެވޭތޯ ، ތަޢުލީ ޙަޔާތުގެ ފަހުބައި ހޭދަކުރަންޖެހުނީ ރާއްޖެއިން ބޭރުގައެވެ. އެމާޙައުލާ ރާއްޖޭގެ މާހައުލާ ވަރަށް ތަފާތެވެ. މީހުންވެސްމެއެވެ. އެމީހުން އުޅޭގޮތެވެ. އެމީހުންގެ ޝަޤާފަތާއި އެމީހުން ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. ނަމަވެސް އޭގެން އެއްވެސްކަމަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. އަހަރެން މަސައްކަތް ކުރަމުން ދިޔައީ، އަހަރެންގެ މަންމަ އެދޭފަދަ ދީންވެރި ހަރުދަނާ މޮޅު ދަރިއަކަށް ވެވޭތޯއެވެ. ކުޅިވަރާއި މަޖަލުގައި ގިނަވަގުތުތަކެއް ހޭދަކުރުމަށްވުރެ ބޮޑަށް އަހަރެން ސަމާލުވީ އަޅުކަމާއި ކިޔެވުމުގެ ކަންތައްތަކަށެވެ. އަހަރެން މިކަންކަން ކުރީ އަހަރެންގެ އުފަލަށްވުރެ ބޮޑަށް މަންމަގެ ބަސްއަހާ ދަރިއަކަށްވުމަށް ހިތްއެދޭތީވެސްމެއެވެ.  
އަހަރެން ސިންޤަޕޫރުގެ މާހައުލަށް ކިތައްމެ އާކަމުގައިވީނަމަވެސް ކިޔެވުމަކަށް އަލެއް ނުވާނެއެވެ. އެކަން ކިތައްމެ ރަނގަޅަކަށްވެސް އަހަރެންގެ ޓެސްޓުތަކުން ދައްކައިދެމެވެ. އެކަމުގެ ސަބަބނުން އަހަރެންގެ ކިޔެވުންދިޔައީ ދުވަހެއް ދުވަހަކަށް ވުރެ ކުރިއަރަމުންނެވެ. ކޮލެޖުގައި ކިޔަވައިދެއްވާ މުދައްރިސުންގެ މެދުގައި އަހަރެން މަޤުބޫލު ދަރިވަރަކަށްވީ އެސަބަބާއި ހުރެއެވެ.

ދުނިޔެއަކީ ކުޅޭ ކުޅޭ ތަނެއްކަމުގައި އަހަރެން މާނައެއް ނުކުރަމެވެ. ރާއްޖެއިން ބޭރުގައި އާއިލާއާއި ދުރުގައި ހުރުން އަހަރެންގެ ހިތަށް ބޮޑު ތަކުލީފަކަށްވިއަސް، ހިތްހަމަޖައްސާލަން ކުޅިވަރުތައް ކުޅޭކަށް އަހަރެން ބޭނުމެއްނުވިއެވެ. އެއަށްވުރެ ބޮޑަށް އަހަރެން ޤަބޫލުކުރަނީ އަހަރެންގެ މަންމަ ދިން ނަސޭހަތްތަކެވެ. ކުޅިވަރު ކުޅެގެން ހިތްހަމަޖެއްސުމަކީ ވަގުތީ އުފަލެކެވެ. އަޅުކަންކޮށްގެން ހިތްހަމަޖެއްސުމަކީ ދާއިމީ އުފަލެކެވެ. މިކަން އަހަންނަށް ވިސްނަދިނީ އަހަރެންގެ މަންމައެވެ.

ނަމަވެސް މިއަދު އަހަރެންގެ މަންމަ އަހަރެންކައިރީ، އަހަންނަށް ނަސޭހަތްދޭކަށްނެތެވެ. އަދި އަހަންނަށް މަންމައަށް ގުޅާލެވެނީވެސް މަހަކު އެއްފަހަރު ކަހަލަ ގޮތަކަށެވެ. މިފަދަގޮތަކަށް އަހަރެންގެ ތަޢުލީމީ ހަޔާތް މިތަނުގައި ހޭދަކުރާތާމީ ފަހު މަހެވެ. މިއަންނަމަހު އަހަރެން ކިޔަވައިނި ރާއްޖެދާގޮތަށް ވަނީ ހަމަޖެހިފައެވެ. އެކަމާއި އަހަރެން އިންތިހާއަށް އުފާވިއެވެ. މަންމަމެން ދެކިލާހިތުން ހިތްދިޔައީ ބާރުބާރަށް ތެޅެމުންނެވެ.

ވަގުތުތައް ދުވަސްތަކަށް، ދުވަސްތައް ހަފުތާތަކަށް ހަފުތާތަށް މަސްތަކަށް ބަދަލުވަމުން އައިސް މިއަދަކީ އަހަރެން މަތީ ފާހަކާއެކު އަމިއްލަ ޤައުމަށްދާން ނައްޓާލާ ދުވަހެވެ. ފަޙްރުވެރިވަނަޔަކާއެކު މަންމައަށް ސިހުމެއްދޭން އަހަރެން މިދަނީ އެމީހުނަށް އަންގައިވެސް ނުލައެވެ.

ފުލައިޓު އައިސް މާލޭގެ ވައިގެ ބަނދަރުގައި ޖެއްސުމާއެކު އަހަންނަށް ފުންނޭވާއެއް ލެވުނެވެ. އަދި އަވަސްއަވަހަށް އެއާރޕޯޓުން ނިކުމެގެންގޮސް، ފެރީއަށް އަރައިގެން މާލެދިޔައީމެވެ. އަދި  ލަސްވުމެއްނެތި ކާރަށް އަރައިގެން ގެއަށް ދިއުމަށްޓަކައި ދަތުރު ފެށީމެވެ. އޭރުވެސް އަހަރެންގެ ހިތް ހުއްޓުމެއްނެތި ތެޅެމުންދިޔައެވެ.

އެދުވަހު އަހަންނަށް ގެއަށް އާދެވުނު އިރު 6 ޖަހައިފިއެވެ. ގޭގެ ދޮރުއަށި ހުޅުވާލުމާއެކު އަހަރެން މަންމާއޭ ކިޔާ ބާރުބާރަށް ގޮވާލީމެއެވެ. އެއަޑަށް އަހަރެންގެ ކޮއްކޮމެން ދުވެފައި ނިކުތެވެ.  ބައްޕަސުވާލުގެ ނަޒަރަކުން ބަލައިގެންހުރެ އަހަރެންގެ ގާތަށް އައެވެ. އަދި ދަރިފުޅާއޭ ކިޔާ އަހަރެންގެގައިގައި އޮޅުލައިގަތެވެ. އެވަގުތު އަހަންނަށް ބަލާލެވުނީ ގޭތެރެއަށެވެ. މަންމަފެންނާކަށްނެތެވެ. އަހަރެންގެ އަޑު މަންމައަށް ނީވުނީބާވައެވެ. އަދި ތަކުރާރުކޮށް އަހަރެން މަންމާއޭ ކިޔާ ގޮވާލީމެވެ.

އެވަގުތު ބައްޕަ އަހަރެންގެ ކޮނޑުގައި އަތްޖައްސާލިއެވެ. އަދި ދަރިފުޅުގެ މަންމައޭ ކިޔާ ރޯންފަށައިފިއެވެ. ވަގުތުން އަހަރެން ކަންބޮޑުވިއެވެ. "މަންމައަށް ކިހިނެތްވީ؟" އަހަންނަށް ސުވާލުކުރެވުނީ ރޮމުން ރޮމުންނެވެ. އެވަގުތު ބައްޕަކަންވީގޮތް އަހަންނަށް ކިޔައިދިނެވެ. މަންމަބަލިވެ އުޅެއުޅެފައި ނިޔާވި ވާހަކައެވެ. އެދުވަހު އަހަރެންނޭ ކިޔައިގެން މަންމަ ދެއްކި ފޮނިފޮނި ވާހަތަކެވެ. މަންމަގެ ބަލީގެ ޚަބަރު އަހަންނަށް ނުދިނީ މަންމަ ބުނެގެންނެވެ. އަދި އެދުވަހު މަންމަ ބައްޕައަށް ވަސިއްޔަތްކުރީ އަހަރެންގެ ކިޔެވުމަށް ބުރޫއަރާފަދަ އެއްވެސް ޚަބަރެއް އަހަންނަށް ނުދިނުމަށެވެ. ބައްޕަ ފެންކަޅިވެފައި ހުރެ މިހުރިހައި ވާހަކތަކެއް ކިޔައިދިނެވެ.

އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. އެބަލިހާލު އޮވެވެސް އހއރެންގެ މަންމަ އަހަރެންގެ ތައުލީމީ ހަޔާތާ މެދު ވިސްނައިފިއެވެ. އަހަރެން ހަމަޖެހިލައިގެން ހުރެ މޮޅަށް ކިޔަވަން އަހަންނަށް ފުރުޞަތު ދިނެވެ. އެމަންމަ ހާދަހާވާ ރަނގަޅެވެ. ވަގުތުން އަހަރެން ގައަށް ވަނީމެވެ. އަދި ބޮޑުފެންޑާގައި ހަރުކޮށްފައި ހުރި މަންމަގެ ފޮޓޯއަށް ބަލާލީމެވެ. އަދި ބުނެލީމެވެ. މަންމާއެވެ. މިއަދު އަހަރެން މިއައީ މަންމަ އެދޭފަދަ މޮޅު ދަރިއަކަށް ވެގެންނެވެ. އެކަމަކު މަންމަތިދިޔައީ އަހަންނާ ދުރަށެވެ. މާދުރަށެވެ. އެކަމަކު މަންމަގެ އުއްމީދުތައް އަހަރެން ހަޤީޤަތަކަށް ހަދައިދޭނަމެވެ. މިހެންބުނިތާނާހެން އަހަރެންގެ ހަގަށްތިބި ދެކޮއްކޮ އައިސް އަހަރެންގެ ގައިގައި  އޮޅުލައިގަތެވެ. މިއަދު އެކުދިންނަށްޓަކައި އަހަރެން ކެއްކުރާނަމެވެ. މަންމަ އެދޭފަދަ ދަރިންތަކަކަށް އެކޮއްކޮމެން ހަދައި ދޭނަމެވެ. މަންމަގެ ހުރިހާ އުއްމީދެއް އަހަރެން ފުރިހަމަކޮށްދޭނީ އުފަލުންނެވެ. ކޮށްދޭހިތުން ހިތްވަރާއެކުގައެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ najuwa, 2009-09-14 03:50:40
vrah ibraitheri vaahakaeh.dharin nattakaa manma yaku vaa grubaanee aamedhu visnaalanee kithah dharin heyye
...
ލިޔުނީ niyxx, 2009-09-28 07:11:42

varah reethi ibraitheri vaaha ka eh mi fada ehen vaaha ka akan inthi zaru kuran(:
...
ލިޔުނީ zackey, 2009-10-11 10:37:48
mmanma kohdey kantha duvaahhakuves hadaaane nunetheyne. v reethi mi vaaaahaka.
...
ލިޔުނީ eekko, 2009-10-15 03:28:09
mmanmma aky thimaage kuri erumeve.
...
ލިޔުނީ Nasy, 2009-11-05 06:14:08
varah salhi mi vaahaka.. varah molhu . Naseerage ithuru waahaka thakah inthizaaru kuran.
...
ލިޔުނީ fa, 2010-06-05 12:00:08
varah reethi masha Allah. Alhuganduge hayaathaa varah gulhey. .

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3315
extra avandia and congestive heart failure