މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ހިތްކިޔާ ކަހަލަ ގޮތެއް ހުރޭ (02) |
|
|
| ދިވެހި - ވާހަކަ | |||
| 11 ސެޕްޓެމްބަރ 2009، 20:04 ހުކުރު | |||
|
7 އޯގަސްޓު (ހުކުރު)އާ ގުޅޭ... ޙުސައިން އަސްލަމު "މަންދީ. ސިންދޫރާ އަތުވެއްޖެ ހޯދަން.." ވަލީދު ވަރަށް ބާރަށް ބުންޏެވެ. މަރިޔަމް ސިހިފައި ދޮރާއި ދިމާއަށް ބަލައިލިއެވެ. އެވަގުތު ފަލަކުވެސް ވަލީދުވެސް ހިނިގަޑު ފަޅައިގެން ދިޔައެވެ. "ސާބަހޭ ވަލީދޫ. ތޫ ކިތުނާ ބުއްދޫހޭ.." މަރިޔަމް ހިންދީ ބަހުން ވާހަކަ ދެއްކުމުން ފަލަކުވެސް ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު ހާޝިމްވެސް ދޮރުހުޅުވާލާފައި ސިޓިންރޫމަށް ނުކުތެވެ. އޭނަވެސް ހެމުން ހެމުން ނުކުމެގެން އައިސް ސޯފާގައި އިށީނެވެ. "ދަރިފުޅާ. އަވަހަށް ހިނގާ ބަތްކާންދާން. މިހާރު ވަރަށް ލަސްވެސް ވެއްޖެ.." މަރިޔަމް ޓީވީ ނިއްވާލުމުން އެންމެން އެކުގައި ކާ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެންމެން ކާމެޒުދަށުގައި ހެވިފައި ކާން ތިއްބެވެ. އެވަގުތު ހާޝިމްއަށް ފޯނެއް އައެވެ. ހާޝިމް ފޯނަށް ބަލާލާފައި ފޯނު ސައިލެންޓަށް ލާފައި ފޯނު ޖީބަށް ލިއެވެ. ހާޝިމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަން އެތަނުގައި ތިބި އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވުނެވެ. ވާހަކަ ނުދައްކާ ފޯނު ޖީބަށް ލުމުން މަރިޔަމް ސްވާލުކޮށްލިއެވެ. "ދަރިފުޅާ. ކާކު ގުޅީ.." ހާޝިމް ބަތް ސަމުސަލެއް އަނގަޔަށް ދިމާކޮށްލިވަގުތު މަރިޔަމް ސްވާލުކޮށްލިއެވެ. ހާޝިމް ސިހިފައި ކަހަލަ ގޮތަކަށް މަރިޔަމާއި ދިމާއަށް ބަލައިލިއެވެ. "ނޭންގެ ނުދަންނަ ނަމްބަރެއް. އެހެންވެ ފޯނު ނުނެގީ. އަޅާނުލާ.." ހާޝިމް އޭނަގެ މަންމައަށް ދޮގުހެދިއެވެ. ހާޝިމްގެ ވާހަކަހުރިގޮތުން ކޮންމެވެސް ކަމެއް ސިއްރު ކުރާކަށް އެނގެއެވެ. "ދޮންބޭ. ޖޮބް ހަމަޖެހެނީ ކޮންދުވަހަކުން.." ފަލަކު ފެންފޮދެއް ބޯލަމުން ހާޝިމްއާއި ވާހަކަ ދެއްކިއެވެ. ހާޝިމް ކައި ނިންމާލުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. "ހީވަނީ ޓޫ ޑޭސް ވަރުވާނެހެން. ދެން އެކަންވެސް ވަރަށް އަވަހަށް ހަމަ ޖެހޭނެ. މަންމާ. އަހަރެން ދަނީ ދުއްވާލަންދާން. އަދި އަސްލަމަށްވެސް ނުގުޅަން. މާލެ އައިވާހަކަ ނުބުނެ ހުއްޓާ ދިމާވެއްޖެއްޔާ ވަރަށް ހިތްހަމަ ނުޖެހޭނެ. މިދަނީ އޭނަ ގާތަށް ގޮސްލާން. ބައްޕާ. ކޮބާތަ ސައިކުގެ ކީ.." ހާޝިމް ތެދުވަމުން ބުންޏެވެ. ވަލީދު ޖީބުން ތަޅުދަޑި ނަގައި ހާޝިމްގެ އަތަށް ދިނެވެ. "ދަރިފުޅާ. އެހާ ބާރަށް ނުދުއްވާތި. މިހާރު މާލޭގެ މަގެއްމަތީގައި އެއްޗެއް ދުއްވަންވެސް ބިރުގަނޭ. މިއުޅޭ ޅަކުދިން ސައިކަލަކަށް އެރިއްޖެއްޔާ ހީވާނީ އެދެވެނީ ސްވަރުގެއަށޭ. އެކަމަކު ގޮސް އޮންނާނީ ތަނަކަށް ޖެހި. ދެން ނޭންގެ. ދަރިފުޅާ ބަލައިގެން އުޅޭތި.." ވަލީދު ތަޅުދަޑި ދިނުމަށްފަހު ހާޝިމަށް ނަސޭހަތްދިނެވެ. ވަލީދު ދެއްކީ ވަރަށް ވެސް ރަނގަޅު ވާހަކައެކެވެ. "ބައްޕާ. އަޅުގަނޑު ދުއްވާނީ ވަރަށް ބަލައިގެން. ދެން ދަނީ.." ހާޝިމް ތަޅުދަޑި ހިފައިގެން އޭނަގެ އެންމެ ގާތް އެކުވެރިޔާ އަސްލަމް ގާތަށް ދިއުމަށް ގެއިން ނުކުތެވެ. ސައިކަލަށް އެރުމަށްފަހު ތަޅުދަޑި ސައިކަލަށް ޖެހުމަށްފަހު ސްޓާޓް ކޮށްލިއެވެ. ސައިކަލު ދުއްވާލާފައި ވަކި ހިސާބަކަށް ގޮސް ކަންމައްޗަކަށް މަޑުކޮށްލިއެވެ. ޖީބުން ފޯނު ނެގުމަށްފަހު ކޮންމެވެސް މީހަކަށް ގުޅިއެވެ. "ހަލޯ. އަސްލޭ. ކޮންތާކު. އަހަރެން މިހުރީ މާލޭގައި. ނިދަނީތަ؟ މިދަނީ ތިގެއަށް." ހާޝިމް އޭނަގެ އެންމެ ގާތް އެކުވެރިޔާއާއި ގުޅައިގެން ވާހަކަ ދައްކަމުން ދިޔައެވެ. "ހާޝިމްތަ؟ ނޫނޭ. ނިދާކަށްނޫޅެން. އަވަހަށް އާދޭ. ކޮފީއަކަށް ޖައްސާލަންވާނެ." އަސްލަމް ވާހަކަ ދެއްކުމަށްފަހު ފޯނު ކަނޑައިލިއެވެ. ހާޝިމް ފޯނު ޖީބަށް ލުމަށްފަހު ހިނިތުންވުމަކާއެކު ސައިކަލު ދުއްވާލިއެވެ. ގާތްގަޑަކަށް ދިހަވަރަކަށް މިނެޓް ދުއްވާލުމަށްފަހު ހާޝިމް ސައިކަލް މަޑުކޮށްލީ ހަތް ބުރިއަށް ނަގާފައި ހުރި އިމާރާތެއްގެ ކަންމައްޗަށެވެ. ސައިކަލް ކަންމަތީގައި ޕާރކު ކޮށްލިތަނާހެން ފޯނު ރިންގްވާ ފެށުމުން ޖީބުން ފޯނު ނެގިއެވެ. "މަތި ބަލާބަލަ.." ހާޝިމް ފޯނު ނެގުމާއެކު ފޯނުން ވާހަކަ ދެއްކިމީހަކު ބުނުމުން ހާޝިމް މައްޗަށް ބަލައިލިއެވެ. އޭރު އަސްލަމް މަތީގައި އޮވެގެން އަތުގައި އޮތްފޯނުން އިޝާރާތްކުރަނީއެވެ. ހާޝިމް ހެމުން އެގޭ ދޮރާށިން އެތެރެއަށް ވަނެވެ. ހާޝިމް ލިފްޓުން އަރައިގެން ހަތްވަނަ ބުރިއަށް އެރިއެވެ. ހާޝިމް ބެލް ޖެހުމުން އަސްލަމް ދޮރުހުޅުވާލިއެވެ. އަސްލަމް ފެނުމުން ހާޝިމް ސަލާމްކޮށްލިއެވެ. "އާދޭ ބޮސް. ކިހިނެއްތަ؟" ހާޝިމް އެތެރެއަށް ވަނުމުން އަސްލަމް ވާހަކަ ދެއްކިއެވެ. ހާޝިމްއާއި އަސްލަމް އެކުގައި ގޭތެރެއަށް ވަދެ ސޯފާގައި އިށީނެވެ. "ކޮބާ މަންމަ؟" ހާޝިމް ސޯފާގައި އިށީނުމަށްފަހު ގޭތެރެއަށް ނަޒަރު ހިންގާލުމަށްފަހު އަސްލަމްގެ މަންމަ ކޮބައިތޯ ސްވާލުކޮށްލިއެވެ. އަސްލަމް ޓީވީ ހުޅުވާލުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. "އެންމެން ނިދައިފި. އަހަރެންވެސް މި ފިލުމް ބަލާލަންވެގެން މިއިނީ. ނިދަން އުޅެނިކޮށް ހާޝިމް ގުޅީވެސް." އަސްލަމް ސްޓާ މޫވީސް ދައްކަމުން ދިޔަ އިނގިރޭސި ފިލްމަށް ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ. "ހާލު ކިހިނެއްތަ؟ ކިޔެވުންވެސް ނިމުނީ ދޯ. މިކޮޅުން ޖޮބް އޯކޭ ވެއްޖެތަ؟ " އަސްލަމް ފިލްމު ބަލަމުން ވާހަކަ ދައްކަމުން ދިޔައެވެ. "އާން. އެކަންވެސް ދެދުވަހެއްގެ ތެރޭގައި ހަމަޖެހޭނެ. ދެން ހިނގާބަލަ ކޮފީއަކަށް ދާން. ސީ ހައުސްއަށް ދާނީ. އެތަން ވަރަށް ފައްކާވާނެ.." ހާޝިމް ފޫހިގޮތަކަށް އިނދެ ބުންޏެވެ. "އޯކޭ. އެބަ އަންނަން ޓީޝާޓެއް ވައްޓާލައިގެން.." އަސްލަމް އެހެން ބުނުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ. ގާތްގަޑަކަށް ދިހަވަރަކަށް މިނެޓް ތެރޭގައި އަސްލަމް ރަތްކުލައިގެ ޓީޝާޓެއްލައިގެން ނިކުތެވެ. "ހިނގާދާން." އަސްލަމް ޓީޝާޓް ލައިގެން ނިކުތުމަށްފަހު ބުންޏެވެ. ހާޝިމްވެސް އަސްލަމުގެ ފަހަތުން އެގެއިން ނިކުތެވެ. ދެ މީހުން އެކުގައި ސައިކަލުގައި ޗާންދަނީ މަގުން ދުއްވާލާފައި އައިސް ޓްރެފިކް ލައިޓް ކައިރީގައި މަޑުކޮށްލިއެވެ. "އަސްލޭ. ކޮބާ ލަޔާލު.." ހާޝިމް ސްވާލުކޮށްލީ އަސްލަމް ރައްޓެހިވެގެން އުޅޭ ކުއްޖާގެ ވާހަކައެވެ. އަސްލަމް އިނީ ހާޝިމް ސައިކަލުގެ ފަހަތު ޝީޓުގައެވެ. "ދިޔައިން މިރޭވެސް. އޭނަވެސް ނާރސިން ކޯސް ނިމޭނެ ވަރަށް އަވަހަށް.." އަސްލަމް ލަޔާލުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. "އެހެންތަ؟ ދެން ކޮންއިރަކުން މެރީ ކުރަނީ.." އަސްލަމް ސައިކަލް ސްޓާޓްކޮށްލުމަށްފަހު އަނެއްކާވެސް ސްވާލުކޮށްލިއެވެ. "އަދި ނޭންގެ. އޭނަވެސް ބޭނުންވީމަ މެރީ ކުރަންވީ. އަނެހެން ދެމީހުންވެސް ޖޮބު ހަމަޖެހުނީމަ މެރީ ކޮށްގެން އުޅެވޭނެ އެންނުދޯ.." އަސްލަމް ތަފުސީލުކޮށް ވާހަކަ ކިޔައިދެމުން ދިޔައެވެ. "އާން. ދެން ކޮންދުވަހަކުން ޖޮބް ހަމަޖެހެނީ.." ހާޝިމް ސައިކަލް ދުއްވަމުން އިނދެ ވާހަކަ ދައްކަމުން ބުންޏެވެ. "މާދަމާ ހަމަ ޖެހޭނެ. ކަސްޓަމްސް އިން ޖޮބް ހަމަޖެހޭނެހެން ހީވަނީ. ދެން ލަޔާގެ ޖޮބް އޯކޭވީމަ މެރީކުރަންވީ" އަސްލަމް ބުންޏެވެ. ދުއްވަމުން ދިޔަ ސައިކަލް ސީހައުސްއާއި ކައިރިވުމުން ހާޝިމް ސައިކަލް ޕާކުކޮށްލިއެވެ. ދެމީހުން އެކުގައި ކޮފީ ބޯންވެގެން ސީއައުސްއާއި ދިމާއަށް ހިނގައިގަތެވެ. "މަރިޔަމް. އަދިވެސް ހާޝިމް ހޭނުލަނީތަ؟ އަހަރެން މިދަނީ އޮފީހަށްދާން. ފަލަކުވެސް ހުންނާނެ ލަސްވެފައި. އަހަރެން ދެން ދަނީ." ވަލީދު ޓައީ ރީތިކޮށްލަމުން ބުންޏެވެ. ވަލީދު އޮފީހަށް ދާންވެގެން ސައިބޮއި އަވަދިވުމުން ގޮޑިން ތެދުވެގެން ހިނގައިގަންނަމުން ބުންޏެވެ. "އާން. އަދިވެސް ނުހޭލާ. އަހަރެން އިރުކޮޅަކުން އެސޮރަށް ގޮވާނަން.." މަރިޔަމް އައިސް ވަލީދުގެ ގަމީހުގެ ފަހަތުން ރީތިކޮށްލަމުން ބުންޏެވެ. މަރިޔަމް މޭޒުމަތީގައި ހުރި ތަށިތަށް ނެގުމަށް ސަމާލުވިއެވެ. "ދަރިފުޅާ ފަލަކު. އަވަހަށް އާދޭ ދާން. ގަޑި ޖެހެނީ.." ވަލީދު ޖީބުން ކާރުގެ ތަޅުދަޑި ނެގިއެވެ. ވަލީދު ގޮވާލުމުން ފަލަކު ކޮޓަރިން ނުކުތެވެ. "ބައްޕާ. ހިނގާ އަވަހަށް ދާން." ފަލަކުވެސް ހޭންޑް ބޭގު ކޮނޑުގައި އަޅުވާލަމުން ކޮޓަރިން ނުކުމެގެން އޮފީހަށް ދާންވެގެން ވަލީދުގެ ފަސްފަހަތުން ނިކުތެވެ. "މަންމާ ދަނީ.." ފަލަކު ނިކުންނަމުން ގޮވާލުމަށްފަހު ގެއިން ނިކުތެވެ. މަރިޔަމް ގޭތެރޭގައި ކުރަން ޖެހޭ އެހެނިހެން ކަންތައްތައްކޮށްލުމަށް މަސްއޫލުވަމުން ދިޔައެވެ. ހާޝިމް އެނދުގައި ނިދާފައި އޮއްވާ ހޭލެވުނީ ބާލީސް ކައިރީގައި އޮތް ފޯނު ރިންގްވާން ފެށުމުންނެވެ. ހާޝިމް އަވަސް އަވަހަށް ފޯނު ނެގިއެވެ. "ނުފެނިގެން ލަސްވެގެން ގުޅިދޯ. ކިތަށް ފަހަރު ބުނާނީ އަހަރެން ދާނަމޭ.." ހާޝިމް ވާހަކަ ދެއްކީ ވަރަށް ރުން ކުރުގޮތަކަށެވެ. އޭރު ހާޝިމް ލައިގެން ހުރި ސޯޓު ރީތިކޮށްލުމަށްފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ދެން އޯކޭ. މިއަދު ދާނަމޭ. އަދި ނުދެވިގެން ލަސްވެފައެއް ނެތެއްނު.." ހާޝިމް ވާހަކަ ދެއްކިގޮތުންވެސް އޭނަ ރުޅިއައިސްފައިވާކަން ހާމަވެގެން ދިޔައެވެ. އެފޯނު ކޯލު އަންނަ ކޮންމެ ފަހަރަކު ހާޝިމްގެ އުޅުން ހުންނަނީ ވަރަށް އެހެން ކަހަލަ ގޮތަކަށެވެ. "ފެން ވަރައިގެން އަހަރެން މިދަނީ.." ހާޝިމް ރުޅިއައިސްގެން އެހެން ބުނުމަށްފަހު ފޯނު ކަނޑައިލިއެވެ. "ވަރުގަދަ ކަމެއް ޖެހިފައި މިއޮތީ.." ކުދި ކިޔަމުން ހާޝިމްގޮސް ފާހަނާއަށް ވަނެވެ. މަރިޔަމް ސޯފާގައި އިށިންދެލައިގެން އިނެވެ. ހާޝިމް ނިކުންނާނެ އިންތިޒާރުގައި މަރިޔަމް އިނެވެ. ހާޝިމް ފެންވަރާލައިގެން ރީތިވެގެން ކޮޓަރިން ނުކުތެވެ. ހާޝިމް ބޭރަށް ދާން އުޅޭހެން ހީވުމުން މަރިޔަމް ސްވާލުކޮށްލިއެވެ. "ދަރިފުޅު ބޭރަށް ދާންތަ ތިއުޅެނީ. ސައިބޮއިގެން ދާންވީނު.. މިހާރު ނުވައެއް ޖަހަނީ.." ހާޝިމް ނިކުންނަން އުޅެނިކޮށް މަރިޔމް ސްވާލުކޮށްލިއެވެ. ހާޝިމް ދޮރުހުޅުވާލާފައި ސިހިފައި ކަހަލަ ގޮތަކަށް މަރިޔަމަށް ޖަވާބު ދިނެވެ. "ވަރުގަދަ ކަމެއް ޖެހިފައި މިއޮތީ. މަންމާ އަހަރެން އެބަ އަންނަން ވަރަށް އަވަހަށް ތަނަކަށް ގޮސްލާފައި.." ހާޝިމް ނުރުހުމުގެ ރާގަކަށް ވާހަކަ ދެއްކުމަށްފަހު ނިކުމެގެން ދިޔައީއެވެ. "އަނެއްކާ ކިހިނެއްވީބާ؟ ކޮންމެވެސް ކަމެއް ޖެހިންގެން އެދިޔައީ. އެކަމަކު އެހާ ރުޅިއައިސްގެން އެ ދިޔައީ ކޮންތާކަށްބާ؟" ހާޝިމް ވާހަކަ ހުރިގޮތުން މަރިޔަމްގެ ހިތުގައި ސްވާލުތަކެއް އުފެދުނެވެ. މަރިޔަމް ވިސްނާލަން ކުޑަ ވަގުތުކޮޅަކު އިނުމަށްފަހު ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. ހާޝިމް ސައިކަލު ދުއްވަމުން ދިޔައިރުވެސް އޭނަގެ މޫނުމަތިން ނުރުހުންވުމުގެ ކުލަވަރު ފެންނަމުން ދިޔައެވެ. ވަކި ހިސާބަކަށް ގޮސް ހާޝިމް ސައިކަލު މަޑުކޮށްލީ މީހަކު ގޮވާލުމުންނެވެ. ފަހަތް ބަލާލިއިރު ލެކިއުޓު ކައިރީގައި ހުރީ އޭނަ ދަންނަ ކުއްޖެކެވެ. އަންހެން ކުއްޖެކެވެ. އެކުއްޖާ ލައިގެން ހުރީ ލެކިއުޓުގެ ޔުނީފޯމެވެ. ހާޝީމް ސައިކަލް އަރަބިއްޔާ ކައިރީގައި ޕާކުކޮށްލާފައި އެދިމާއަށް ހިނގައިގަތެވެ. އެކުއްޖާ ހާޝިމަށް ބަލަން ހެވިފައި ހުއްޓެވެ. ހާޝިމް އައިސް ހުއްޓުމުން އެކުއްޖާ ސަލާމްކޮށްލުމަށް އަތް ދިއްކޮށްލިއެވެ. ހާޝިމް ވިސްނާލަން ހުރުމަށްފަހު އަތް ދިއްކޮށްލިއެވެ. "ނޭންގުނުދޯ. އެކަމަކު ހާޝިމް ފެންނައިރަށް މަށަށް އެގިއްޖެ." އެކުއްޖާ ހިތްގައިމު އަޑަކުން ހާޝިމާއި ވާހަކަ ދެއްކިއެވެ. އޭރުވެސް ހާޝިމްއެކުއްޖާއަށް ބަލަހައްޓައިގެން ހުރީއެވެ. "ހާޝިމް. އަދިވެސް ނޭންގުނުތަ؟" އެކުއްޖާ އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. އެކުއްޖާހުރީ ފާޑަކަށް ހެވިފައެވެ. "އަސްލުވެސް ނޭންގުނު. އެކަމަކު ދަންނަ ވައްތަރު ޖަހާ.." ހާޝިމަށް އެއީ ކާކުކަން ނޭންގުމުން ބުންޏެވެ. "ސާބަސް. މީ މަށޭ. ޔަލްހާ.." އެކުއްޖާ އެހެން ބުނުމުން ހާޝިމް ހީލިއެވެ. "އާން އެގިއްޖެ. ނޭންގޭނެ އެއްނު. އެރީތި އިސްތަށިގަޑުވެސް ތިއޮތީ ކުރުކޮށް ކޮށާލާފައި. އެވަރުން ނުވެގެން ކުލަވެސް ޖައްސާފައި. ދެން ކިހިނެއް އިނގޭނީ. ނަސީބެއް ޔަލްއަށް އަހަރެން އެނގުނުކަން.." ޔަލްހާ އެހެން ބުނުމުން ހާޝިމް ބުންޏެވެ. "ނަސީބެއްނު ބުނީމަ އެނގުނުކަން. ކޮން އިރަކު މާލެ އައީ.." ޔަލްހާ ހާޝިމްގެ ކޮނޑުގައި ޖަހާލަމުން ބުންޏެވެ. މިހާރު ދެތިން ދުވަސް ވެދާނެ. ޔަލް ވާރކު ކުރަނީ މިތަނުގައިދޯ.." ހާޝިމް ލެކިއުޓަށް ބަލާލަމުން ބުންޏެވެ. "ހާދަ ހެންޑްސަމްއޭދޯ. ހިތް ކިޔާކަހަލަ ގޮތެއް އެބަހުރި އިނގޭ.." ޔަލްހާ އެހެން ހާޝިމާއި ދިމާއަށް ބުނުމަށްފަހު ހިނިތުންވެލިއެވެ. އަނެއްކާވެސް ޔަލްހާ ވާހަކަ ދައްކަން ފެށިއެވެ. "އާން.މިތަނުގައި ވޯކު ކުރަނީ. ނަމްބަރުދީފައި ދޭ. މިހާރު ލަސްވޭ އެބަ. އަހަރެން ފަހުން ގުޅާނަން އިނގޭ.." ޔަލްހާ އެހެން ބުނުމުން ހާޝިމް ފޯނު ނަމްބަރު ބުންޏެވެ. ޔަލްހާ އޭނަގެ އަތުގައި އޮތްފޯނުން ހާޝިމްގެ ނަމްބަރ ސޭވް ކޮށްލިއެވެ. ޔަލްހާ ފިހާރައަށް ވަނުމުން ހާޝިމް ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ. ސައިކަލު ދުއްވާލުމަށްފަހު ހާޝިމް އަމިއްލައަށް ހީލިއެވެ. "ޔަލްވެސް ވަރަށް ނައިސް." ހިތާހިތުން ހާޝިމަށް ބުނެލެވުނެވެ. ހާޝިމް ސައިކަލު ދުއްވާލުމަށްފަހު މަޑުކޮށްލީ މާފަންނު ޝަހީދު އަލީހިނގުން މަގުގައި ހުރީ ގެއެއްގެ ކުރިމައްޗަށެވެ. ސައިކަލު މަޑުކޮށްލުމަށްފަހު ހާޝިމް އެގެއަށް ވަނެވެ. "އަސްލަމް. ހާޝިމް އައީތަ؟ އަދި މަށާ މީޓްވެސް ނުކޮށްދެމެންނު.." ލަޔާލު އިނީ އަސްލަމް އާއި ވާހަކަ ދައްކަން އަސްލަމް މެންގޭ ޓެރަސް މަތީގައެވެ. ހާޝިމް ހުރީ އިނީ ރެޑް ބުލް ދަޅެއްހިފައިގެން ބޯށެވެ. "އޭނަވެސް އަތުވެއްޖެ. އަދި މީޓްކޮށް ނުދެވިފައެއް ނެތެއްނު. ގުޅާލަންވީ ދޯ.." އަސްލަމް އެހެން ބުނުމަށްފަހު ފޯނު ނެގިއެވެ. "ހަލޯ. ހާޝިމް ބިޒީތަ؟:" ހާޝިމް ފޯނު ނެގުމުން އަސްލަމް ވާހަކަ ދައްކަން ފެށިއެވެ. ދަޅު ބޮއި ހުސްވުމުން އެތަނުގައި ހުރި ޑަސްޕިންއަށް ދަޅުލާފައި އައިސް ގޮޑީގައި ޖައްސާލިއެވެ. "ނޫން ބިޒީއެއްނޫން. ގޭގައި ހަމަ ވައިވެފައި އިނީ.." ހާޝިމް ވާހަކަ ދައްކަމުން ބުންޏެވެ. "އެހެންތަ؟ މިގެއަށް ޖައްސާލަންވީނު.." އަސްލަމް އެހެން ބުނުމުން އިރުކޮޅަކުން މިދަނީއޭ ބުނުމަށްފަހު ހާޝިމް ފޯނު ކަނޑައިލިއެވެ. އަސްލަމު ލަޔާލުއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. "ކީކޭ ބުނީ.." ލަޔާލު އަސްލަމްގެ އުނގުގައި ގޮސް އިށީނެވެ. "މިދަނީއޭ ބުނީ. ދެން އޭނަވެސް ފެނިދާނެ.." ލަޔާލު އަސްލަމުގެ ކޮލުގައި ފިތާލިއެވެ. ހާޝިމް ލަޔާލުގެ އަތުގައި ލޯބިން ހިފާލިއެވެ. ކުޑައިރުކޮޅެއްނުވެ ހާޝިމް އެގެއަށް އައިސް ވަނެވެ. އޭރު އަސްލަމްގެ މަންމަ ރިޔާޒާ ޓީވީ ރެކް ސާފުކުރަން ހުއްޓެވެ. ހާޝިމް ފެނުމުން ރިޔާޒާ ހިނިތުން ވެލިއެވެ. "އަހަނ. އެކޮއި. ކޮން އިރަކު އައީ..ނުވެސް ފެނިލާ ތިއުޅެނީ.." ރިޔާޒާ އައިސް ހާޝިމްގެ އަތުގައި ހިފައިގެން އައިސް އެތެރެއަށް ވެއްދިއެވެ. "ދައްތައަށް ނުފެނުނީ. އަހަރެން ކުރީރޭވެސް މިގެއަށް އައިސްފައި ދިޔައީ. އަސްލަމް ބުނީ ދައްތަ ނިދައިފިއޭ. ކޮބާތަ މިހާރު އޭނަ.." ހާޝިމް ސޯފާގައި އިށީނަންމުން ބުންޏެވެ. "ޓެރަސްމަތީގައި ލަޔާލުއާއި ދެމީހުން އެބަތިބި. އެހާލަހުން އައިމަ ދިމާވާނެތަ؟ ދޭ ބަލަ އެތަނަށް. އެތަނުގައި ތިބޭނެ އެދެމީހުން މާފޮޅުވަން.." ރިޔާޒާ އެހެން ބުނުމުން ހާޝިމް ހެމުން ހެމުން ޓެރަސްމައްޗަށް ދިޔައެވެ. އޭރު އަސްލަމް އާއި ލަޔާލު އެކަތިގަޑަކަށް ވެގެން ސަކަރާތް ޖަހަން ތިއްބެވެ. އަސްލަމް ހެމުން ހެމުން ގޮސް އަސްލަމް އަށް ގޮވައިލިއެވެ. ލަޔާލު ފުންމައިގެން ކަހަލަ ގޮތަކަށް އަސްލަމުގެ އުނގުތެރޭގައި އިނދެފައި ތެދުވިއެވެ. "އާދޭ އާދޭ. މިލަޔާ ހާޝިމް ގެންނާށޭ ބުނީމަ ގުޅީ." އެތަނުގައިހުރި މޭޒުމަތީގައިހުރި ރެޑްބުލް ދަޅެއް އަސްލަމް ނަގައި ހާޝިމްގެ އަތަށް އެއްލިއެވެ. ހާޝިމް އެދަޅު ހިފުމަށްފަހު އައިސް ގޮޑީގައި އިށީނެވެ. "ތެދޭ ލަޔާ.." ހާޝިމް ވަރަށް ރަނގަޅަށް ލަޔާލުގެ ރީތި ހަށިގަޑަށް ބަލައިލިއެވެ. އެބަލައިލުމުގައިވެސް ކޮންމެވެސް މާނައެއް އެކުލެވިގެން ދިޔައެވެ. "އަސްލަމްވެސް ވަރަށް ގަޓް. ނައިސް ބިޓެއް.." ހާޝިމް ހިތާހިތުން ބުނެލިއެވެ. ހާޝިމް ބަލަން ފެށިގޮތުން ލަޔާލު ލަދުން އިސްޖެހިއެވެ. އެކަން އަސްލަމް އަށް ފާހަގަ ކުރެވިގެން ބުންޏެވެ. "އޭތް މަގޭ ހައްގެއް.." އަސްލަމް އެހެން ބުނުމަށްފަހު ހޭންފެށިއެވެ. އަސްލަމް އެކަން އެހާ ސީރިއަސްކަމަކަށް ނުހެދިއެވެ. ސަބަބެން ނެތިއެއްވެސް ނޫނެވެ. ހާޝިމް އެއީ އޭނަގެ އެންމެ ގާތް އެކުވެރިޔާއެވެ. ލަޔާލުވެސް ހާޝިމަށް ބަލަން އިނެވެ. ފަހުން ހާޝިމް ލަޔާލަށް ބަލައިވެސް ނުލިއެވެ. އެދެމީހުން ކޮންމެވެސް ވާހަކައެއްގައި ޖެހިފައި ތިއްބެވެ. "ހާޝިމަށްވެސް ހިތްކިޔާ ކަހަލަ ގޮތެއް އެބަހުރި އިނގޭ.." ލަޔާލު މަޑުން އިނުމަށްފަހު ވާހަކަ ދައްކަން ފެށިއެވެ. ހާޝިމް އެހެން ބުނުމުން ލަޔާލާއި ދިމާއަށް ބަލައިލިއެވެ. "ލަޔާއަށް އަހަރެންނަށް ވުރެވެސް ހާޝިމް ރީތިވެއްޖެދޯ.." އަސްލަމް އެހެން ބުނެފައި ހިނިގަޑެއް ޖަހައިލއިއެވެ. ލަޔާލު ބުނިއެއްޗަކުން ހާޝިމަށް އެހެން މާނައެއް ނެގުނެވެ. ލަޔާލުވެސް އެހެން ބުނީ ވަރަށް ފުންމާނައެއްގައެވެ. "ލަޔާ އެކަންޏެއް ނޫން ތިހެން ބުނަނީ. ވަރަށް ގިނަ ކުދިން ބުނޭ. އަހަރެންނަށް ހީވަނީ އަންހެން ކުދިން އަހަރެންނަށް މަލާމަތް ކުރަނީހެން.." ހާޝިމް ވާހަކަ އޮޅުވާލުމުގެ ގޮތުން ބުންޏެވެ. އަސްލަމް ހެވިފައި އިނެވެ. "ހާޝިމް އައިމަ އަހަރެން ބާކީވީ ދޯ.." އަސްލަމް އެހެން ބުނުމަށްފަހު ހިނިގަޑެއް ޖަހައިލިއިއެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)
![]()
...
ލިޔުނީ maaisa, 2009-09-13 03:44:15
1mi vahaka ya medu hin hama jeha 2sifa kurun varan ran galu haasa kon male ge magu than 3mi vahakaa ge nu ni mi on ba yan en ti zaru kuraa nan
...
ލިޔުނީ marru, 2009-09-26 08:16:24
.ey varah obi noanna vaahaka eh Aneh bai kiyaa hithun hurevenykee noon
...
ލިޔުނީ aLi, 2009-10-08 12:31:19
Lhohee hada moley dhoo. duvas kolakun Binmaamen bandah jeheene thaa dhoo>>>>
...
ލިޔުނީ no need, 2009-10-10 05:07:57
ey ali mi story meee lhoheege rahttehsaku liyaaa story ekey.. haada vareh vefa... liyaaa kuhjaage name ves liyefa ebain dhw. aslu mi vaahaka v nice
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|