މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހިތްކިޔާ ކަހަލަ ގޮތެއް ހުރޭ (3) |
|
|
| ދިވެހި - ވާހަކަ | |||
| 09 އޮކްޓޫބަރ 2009، 02:08 ހުކުރު | |||
|
11 ސެޕްޓެމްބަރ (ހުކުރު)އާ ގުޅޭ... ޙުސައިން އަސްލަމް "ސާބަސް އަސްލުއަށް. އަހަރެން އަންނާނަން." ލަޔާލު އެހެން ބުނުމަށްފަހު ދިޔައީއެވެ."އަސްލޭ. ވަރަށް ބޮޑު ކަމެއް ޖެހިގެން މިއުޅެނީ.." ހާޝިމް ސީރިއަސްވީ ލަޔާލު ދިއުމުންނެވެ. އެވާހަކަ ކިޔައިދޭން ބޭނުންވެފައި އިންވަރުން ހާޝިމް އެވާހަކަ ފެށިއެވެ. "ކޮން ވާހަކައެއް. އަނެއް ކާ ކިހިނެއްވީ.. ހާޝިމް ކީއްވެ ތިހާ ބޮޑަށް ހާސްތިވަނީ.." ހާޝިމް އުޅުން ގޮތުން ކޮންމެވެސް ކަމެއް ދިމާވެއްޖެކަން އަސްލަމް އަށް އެނގުނެވެ. "ވެގެން މިއުޅެ ގޮތަކީ.." އެހެން ބުނިތަނާ ލަޔާލު ދެ ޖޫސްތަށި ހިފައިގެން އެތަނަށް އައިސް ހުއްޓުނެވެ. ދެމީހުން ވެސް ވާހަކަ މެދު ކަނޑައިލިއެވެ. "ކޮންވާހަކައެއް. ހާދަ ސީރިއަސް ވެފައި.." ދެމީހުން ތިބި ގޮތުން ލަޔާލު އެހެން ބުނުމަށްފަހު ހިނިގަޑެއް ޖަހައިލިއެވެ. "އަވަހަށް ޖޫސްތައްޓެއް ބޯލާ. ހަވީރު ވަގުތު ޖޫސްތައްޓެއް ބޯލަނިކޮށް ހަށިގަޑު ހަމަޖެހިދާނެ. ހަމަ އެކަނި މެންދުރުގެ ހޫނު ވަގުތަކު ނޫނަސް ޖޫހަކީ އެހެން ކަހަލަ އިހްސާސެއް ގެނެސްދޭ އެކުވެރިއެއް." ލަޔާލު ޖޫސްތަށި ދެމީހުންނަށް ދިއްކޮށްލަމުން ބުންޏެވެ. "އޯވް. ހާދަ މޮޅޭ. ފިލްމުކުޅެންދާންވީއެއްނު.." އަސްލަމް ހިނިގަޑެއް ޖަހާލަމުން ބުންޏެވެ. "އަސްލަމް، ލަޔާ އެބުނީ ތެދެއް. އެކަންވެސް ވާނީ ހަމަ އެގޮތަށް ދޯ ލަޔާ.." ހާޝިމް ޖޫސްފޮދެއް ބޯލަމުން ބުންޏެވެ. "އަސްލަމް. އަހަރެން ދަނީ. މިރޭ އަދި އައިޖީއެމް އެޗަށްވެސް ދާންޖެހޭ. މާދަމާ ގުޅާނަން. ހާޝިމް ދަނީ އިނގޭ. އަދި ބައްދަލުވާނެ އެއްނުދޯ.." ލަޔާލު އަތުގައި އޮތް ގަޑިއަށް ބަލާލަމުން ބުންޏެވެ. "އާން. ޖޫސް ވަރަށް މީރު އިގޭ.." ލަޔާލު ހިނގަމުން ގޮސް ހާޝިމް އެހެން ބުނުމުން ފަސް އެނބުރި ބަލާލުމަށްފަހު ހީލިއެވެ. "ހާޝިމް. ކޮންވާހަކައެއްބުނަންތަ އުޅުނީ..؟" ޖޫސްފޮދެއް ބޯލަމުން އަސްލަމް އެމީހުން ދައްކަމުން ދިޔަ ވާހަކަ އަލުން ފެށިއެވެ. އިރުކޮޅެއްނުވެ ފޯނެއް އައުމުން ހާޝިމް ފޯނު ނެގިއެވެ. "ކަންތަކާ ޖެހުނީ. ވަރުގަދަ ކަމަކާއި ޖެހިފައި މިއޮތީ.." ހާޝިމް ފޯނު ނަގަމުން ކުދި ކިޔަން ފެށިއެވެ. އަސްލަމް ހައިރާންވެފައި ހާޝިމަށް ބަލަން އިނެވެ. "މިދަނީއޭ. އަދި ނުދެވިގެން އުޅެވިފައެއް ނެތެއްނު.." ހާޝިމް ރުންކުރުގޮތަކަށް ވާހަކަ ދެއްކިއެވެ. އެހެން ބުނުމަށްފަހު ހާޝިމް ފޯނު ކަނޑައިލިއެވެ. އަސްލަމް އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. "އަސްލޭ. އަހަރެން އެބަ އަންނަން. އެވާހަކަ ފަހުން ކިޔައިދޭނަން.." ހާޝިމް ޖޫސްތަށި މޭޒުމަތީގައި ބެހެއްޓުމަށްފަހު ދިއުމަށް ހިނގައިގަތެވެ. އަސްލަމް ބަސްހުއްޓިފައި އިނެވެ. "އަނެއްކާ ހާޝިމް ކޮންކަމެއް ސިއްރުކުރަނީތަ؟ ހީވަނީ ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިހެން." އަސްލަމްވެސް ޖޫސްތަށި ބޯލުމަށްފަހު މޭޒުމަތީގައި ބެހެއްޓުމަށްފަހު ފޯނު ނަގައިގެން އިނގިރޭސި ލަވައެއް ޖަހަން ފެށިއެވެ. ހާޝިމް އެގެން ނިކުތްތަނާހެން އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. މޫނު ގޮތަކަށް ހަދާލުމަށްފަހު ފޯނު ނެގިއެވެ. އޭރު ފޯނު ކުރަނީ އޭނަގެ މަންމަ މަރިޔަމްއެވެ. "ހަލޯ. މަންމާ. ކިހިނެއްވީ.." ހާޝިމް ފޯނު ނެގުމަށްފަހު ވާހަކަ ދައްކަންފެށިއެވެ. ހާޝިމް ހީކުރަނީ އެގުޅަނީ އޭނައަށް ގުޅާ ކުއްޖާ ކަމަށެވެ. "ދަރިފުޅާއި ބައްދަލުކޮށްލަން މީހަކު ބޭނުންވެގެން މަންމަ މި ގުޅީ. އަވަހަށް ގެއަށް އާދެބަލަ.." މަރިޔަމް އެހެން ބުނުމުން ހާޝިމް ފޯނު ކަނޑައިލުމަށްފަހު ފޯނު ކުރިއެވެ. "ހަލޯ. މިވަގުތު ދެވޭކަށްނެތް. މަންމަ ގުޅީމަ ގެއަށް މިދަނީ. ވަގުތެއް ވެއްޖިއްޔާ ދާނަން.." ނުރުހުމުގެ ރާގަކަށް ވާހަކަ ދެއްކުމަށްފަހު ފޯނު ބޭއްވިއެވެ. ހާޝިމް ސައިކަލަށް އަރައިގެން ދިޔައީ ގެއަށެވެ. ގެއަށް ވަތް އިރު ސޯފާގައި މަރިޔަމާއި ވަލީދު އަދިވެސް އެހެން ބަޔަކު ތިއްބެވެ. ހާޝިމް އާދައިގެ ވަރަކަށް ހިނގާލާފައި ގޮސް ސޯފާގައި އިށީނެވެ. "މަންމާ ކިހިނެއްތޯވީ.." ހާޝިމް މަރިޔަމްގެ މޫނަށް ބަލާލާފައި ސްވާލުކޮށްލިއެވެ. "ދަރިފުޅާ. މީ ޝިޔާނާ ދައްތަ. ދެން މީ އޭނަގެ ދަރިފުޅު ރީމް. ދަރިފުޅު ވާނެ ރީމްއާއި ޕްރެންޑް ވެލަން.." މަރިޔަމް އޭނައާއި ޖެހިގެން ޒުވާން ފުރައިގެ އަންހެން ކުއްޖަކަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. ހާޝިމް އެކުއްޖާއާއި ސަލާމް ކޮށްލިއެވެ. އެކުއްޖާ ލަދު ރަކި ގޮތަކަށް ހިނިތުންވެލިއެވެ. ވަލީދުވެސް ހެވިފައި އިނެވެ. އިރުކޮޅެއްނުވެ ފަލަކު ޖޫސްތަށިތަކެއް ތަބަކަށް ލައިގެން އެތަނުގައި ހުރި ކުޑަ މޭޒުމަތީގައި ބެހެއްޓިއެވެ. "މަންމާ. އަހަރެން ދަނީ ފެންވަރާލަން.." ހާޝިމް ލަސްވާތީވެ ދިއުމަށް އޭނަގެ މަންމަކުރެން އެދުނެވެ. "ދަރިފުޅާ. އެހަށް މަޑުކޮށްބަލަ. މަންމަމެން ދަރިފުޅު މިގެނައީ ވަރަށް ބޮޑު ވާހަކައެއްދައްކަން ވެގެން. " މަރިޔަމް އޭނަ ދައްކަން ބޭނުން ވެފައި އޮތް ވާހަކަތަކެއް ދެއްކުމަށް ހާޝިމްކައިރިން މަޑުކުރުމަށް އެދުނެވެ. ހާޝިމް ރީމަށް ބަލައިލިއެވެ. ރީމް ހިނތުން ވެލިއެވެ. ރީމްއަކީ ބަލައިލަން ހުތުރު ކުއްޖެއް ނޫނެވެ. އިސްތަށިގަޑު ބުޅިވެފައި ދިގު އާދައިގެ ގޮތަކަށް ހެދުން ލާއި އުޅެ ކުއްޖެހެން އޭނައަށް ބަލައިލުމުންވެސް ހާމަވެގެން ދިޔައެވެ. ލޮލުގައި ނަންބަރު އައިނެއްވެސް އަޅާފައި އިނެވެ. މަރިޔަމް އެހެން ބުނުމުން ހާޝީމް ހިތާއި ދެކޮޅަށް ނަމަވެސް ސޯފާގައި އިށީނެވެ. "ދަރިފުޅާ. ބައްޕަމެން ގަސްދުމިކުރަނީ ދަރިފުޅާއި ރީމްގެ ކައިވެނި ކަންތައް ނިންމަން. ބައްޕަ އަށް ވަރަށް ކަމުދާ ކުއްޖެއް ރީމްއަކީ. އަދި އެއާއިލާއަކީވެސް ބައްޕަ ވަރަށް ރުހޭ ގަދަރުކުރާއާއިލާއެއް. ބައްޕަ އަދި މަންމައަށްވެސް އެނގޭ ދަރިފުޅު މަންމަ އާއި ބައްޕަމެން ހިތްހަމަ ނުޖެހޭ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަން. އެހެން ވެ ބައްޕަމެން މިގޮތަށް ނިންމީވެސް.." ވަލީދު ދެއްކި ވާހަކަތަށް އަޑު އިވިފައި ހާޝިމަށް ހީވީ އޭނަގެ މެއަށް މީހަކު ތޫނު ހަންޖަރެއް ހަރައިލި ހެންނެވެ. ގައިގައި ހުރި ކުދި ލޯލިތަށްވެސް ކޮޅަށް ޖެހިގެން ދިޔައެވެ. "ބައްޕާ.. އަޅުގަނޑު އަދި މީހަކާއި އިންނަވަރެއް ނުވޭ. ތިކަން ލަސްކޮށްލަންވީނޫންތޯ.." ހާޝިމް އެ ކައިވެނި ކުރަން ބޭނުން ނުވާކަށް ސީދާ އޭނަގެ ބައްޕަގާތުގައި ބުނާކަށް ނުކެރުނެވެ. "ދަރިފުޅާ. ބައްޕަމެންވެސް ބޭނުންވޭ ކާފަ ކިޔާނެ ކުއްޖެއް. ދަރިފުޅަށްވެސް އެނގޭނެ މީހަކާއި އިނދެގެންކަން ރަނގަޅު ދިރިއުޅުމެއް ލިބޭނީ.." ވަލީދު އެއްގޮތަކަށްވެސް އެހިޔާލު ދޫކޮށްލާކަށް ގަސްދެއް ނުކުރިއެވެ. "ދަރިފުޅާ. ރީމް އަކީ ކިޔަވައިގެން ހުރި ރަނގަޅު އާއިލާއެއްގައި ހުރި ހަމައެކަނި އަންހެއްކުއްޖެއް. އޭނަވެސް ރުހުމުގައި މަންމަމެން މިގޮތަށް މި ނިންމީ. ގަދަރުވެރި އާއިލާއެއް. އޭނަވެސް ބޭނުންވޭ ދަރިފުޅު ކަހަލަ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖަކާއި އެއްކޮށް ދިރިއުޅުމެއް ފަށަށް. މަންމަވެސް ބޭނުންވަނީ އެގޮތް. ދަރިފުޅު މިކަމާއި ދެކޮޅު ނުހަދާނެކަން މަންމައަށް އިނގޭ.." މަރިޔަމްގެ ވާހަކައިން ހާޝިމް އެއްވެސް އެއްޗެކޭ ބުނާކަށް ބޭނުމެއް ނުވިއެވެ. ޝިޔާނާ އެމީހުންގެ ވާހަކަތަށް އަޑު އަހަން އިނެވެ. ރީމްވެސް ލަދުރަކި ގޮތަކަށް އިސްޖަހައިގެން އިނެވެ. "މަންމަމެން ހިތްހަމަޖެހޭ ކަމަށް ވަންޏާ އަހަރެންވެސް ތިކައިވެންޏާއި ގަބޫލު.." ހާޝިމް އިސްދަށަށް ޖެހިއެވެ. އޭނަގެ މަންމަ ދެރަވާކަހަލަ ކަމެއް ކުރަން ބޭނުން ނުވާތީ އެކައިވެންޏާއި ގަބޫލު ވިއެވެ. އެހެން ނަމަވެސް ހިތާއި ދެކޮޅަށެވެ. އެކައިވެނި ކުރާކަށް ހާޝިމް ބޭނުމެއްނޫނެވެ. "މަންމައަށް އޭރުވެސް އެނގޭ މަންމަމެން ދެރަވާވަރުގެ ކަމެއް ދަރިފުޅު ނުކުރާނެކަން." މަރިޔަމް ސޯފާއިން ތެދުވެގެން އައިސް ހާޝިމް ގެ ބޮލުގައި ފިރުމާލިއެވެ. ހާޝިމް ދަނީއޭ ބުނެފައި ކޮޓަރިއަށް ގޮސް ވަނެވެ. "ޝިޔާ. މިކަންވެސް ހަމަޖެހުނީ. ދެން ކައިވެނީގެ ކަންތައް އަވަސްކުރަންވީ. ރީމްވެސް އުފާވާނެ ހާޝިމް ކަހަލަ ރަނގަޅު ފިރިއެއް ލިބުނީމަ.." ރީމްގެ ބޮލުގައި ފިރުމާލަމުން މަރިޔަމް ވާކަހަކަ ދެއްކިއެވެ. އެންމެން ހެވިފައި ތިއްބެވެ. އެވާހަކަތަށް އަޑު އިވުމުން ޝިޔާނާގެ މޫނުމަތިން ނުބައި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. "މަރިޔަމް އަހަރެމެން ދެން ދަނީ. ކައިވެނީ ކުރާނެ ދުވަހެއް މަރިޔަމްމެން ކަނޑައަޅާ." ޝިޔާނާ ސޯފާއިން ތެދުވަމުން ބުންޏެވެ. މަރިޔަމްވެސް ވަލީދުވެސް ސޯފާއިން ތެދުވިއެވެ. ދޮރާއި ހަމައަށް އެމީހުންނާއެކީގައި އެދެމަފިރިން ދިޔައެވެ. ހާޝިމް ފެންވަރާލައިގެން ފިނިބުރެއް ޖަހާލަން ސައިކަލުގައި މާލޭގެ އެންމެ ބޮޑުމަގުގައި ދުއްވަމުން ދިޔައެވެ. ހާޝިމް ސައިކަލު ދުއްވަމުން ގޮސް ހެދިގޮޑުދަށު ކައިރިއަށް ދެވުމުން ސައިކަލު މަޑުކޮށްލުމަށްފަހު އެހިސާބުގައި ކުޅެން އުޅުނު ކުޑަކުދިން ތަކާއި ދިމާއަށް ނަޒަރު ހުއްޓިފައި އިނެވެ. "ހާޝިމް. " މީހަކު ފަހަތުން ގޮވާލުމުން ހާޝިމް ފަސް އެނބުރި ބަލައިލިއެވެ. ހާޝިމް ހެވިލާފައި ފަހަތުގައި ކުޑަ ކުއްޖެއް ގޮވައިގެން ހުރި ޔަލްހާއަށް ބަލައިލިއެވެ. ޔަލްހާ ހެމުން ހެމުން އެކުއްޖާ ގޮވައިގެން އައިސް ހުއްޓިލާފައި ވާހަކަ ދައްކަން ފެށިއެވެ. "ހާޝިމް. މިތަނުގައި ކީއްތިކުރަނީ." އެކުޑަ އަންހެން ކުއްޖާގެ ބޮލުގައި ޖަހާފައި އިން ދަތި ރީތިކޮށްލަމުން ޔަލްހާ ބުންޏެވެ. "ވަކި ކަމެއް ނުކުރަން. މި ހަމަ ފިނި ބުރެއް ޖަހާލަނީ. ޔަލް މިތަނުގައި ކީއްތިކުރަނީ.." ހާޝިމް ޖަވާބު ދިނެވެ. "ކޮއްކޮ ގޮވައިގެން ހިނގާލަން އައިސް މިއުޅެނީ. ކޮއްކޮ ވަރަށް ބީޗަށް އަންނަ ހިތްވާނެ. ހާޝިމް ފިނި ބުރެއް ޖަހާލަން ނުކުމެ ތި އުޅެނީ. އެކަމަކު ސައިކަލުގެ ފަހަތު ޝީޓު ހާދަ ފަޅޭ.." ޔަލްހާ ސަމާސާ ކޮށްލިއެވެ. "އަހަރެމެން ކަހަލަ އެކަނިވެރިންގެ ފަހަތު ޝީޓު ފެންނާނީ ހުސްކޮށްދޯ.." ހާޝިމް އެހެން ބުނީ ޔަލްހާ ބުނާއެއްޗެއް ބެލުމަ ށެވެ. ޔަލްހާ ހާޝިމްގެ މޫނަށް އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ބުންޏެވެ. "އަހަރެން ހީކުރީ ހާޝިމް މެރީކޮށްފާނެކަމަށް. ނޭންގޭނެ ދޯ. ހާޝިމް ކަހަލަ ހެންޑްސަމް ކުދިން ބިޓެއް ނުހުރިއެއް ނުދާނެ." ޔަލްހާ ވާހަކަދެއްކީ އޭނައަށް ކުރެވިފައިހުރި ތަޖުރިބާގެ އަލީގައެވެ. ހާޝިމް ހިނިގަޑެއް ޖަހާލުމަށްފަހު ވާހަކަ ދެއްކިއެވެ." ދެން ތީގަ ޔަލްގެ އައިޑިއާ ދޯ ތިއީ. ހިނގާބަލަ މީޓް ކޮށްލަމާ. ވަރަށް ބޭނުން ޔަލް އާއި މީޓްކޮށްލަން.." ހާޝިމް ބޭނުންވީ އެވާހަކަ ހިންދާލުމަށްފަހު އެހެން މައުލޫއަކަށް ވާހަކަ ދައްކާށެވެ. "މީޓް ކުރެވިދާނެ. ގުޅައްޗޭ. މިހާރު ޔިފް އެ އުޅެނީ ލަސްވެގެން. އަހަރެން ދަނީ. މިރޭ ގުޅައްޗޭ.." ޔަލްހާ އެކުއްޖާ ގޮވައިގެން ގެއާއި ދިމާއަށް ދިއުމަށް ހިނގައިގަތެވެ. ހާޝިމް ޔަލްހާއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ސައިކަލް ސްޓާޓްކޮށްލިއެވެ. ހަމަ އެވަގުތު ފޯނު ރިންގްވާންފެށިއެވެ. އަނެއްކާވެސް ސައިކަލް މަގުގެ އެއްފަރާތުގައި މަޑުކޮށްލުމަށްފަހު ފޯނު ނެގިއެވެ. އެވަގުތު ހާޝިމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. "ހާޝިމް. އަދިވެސް އާދެވޭ ވަރު ނުވަނީތަ؟ މިހާރު އަހަރެން ހާޝިމް އަށް އިންތިޒާރު ކުރާތާ ކޮންއިރެއް. ނާދެވެންޏާ އެވާހަކަވެސް ބުނެލަން އެންމެ ރަނގަޅެއްނު.." އެކޮލުން ވާހަކަ ދެއްކި އަންހެނަކު ވާހަކަ ދެއްކީ ވަރަށް ވެސް ހަރުކަށި ރާގަކަށެވެ. ހާޝިމް މި ދަނީއޭ ބުނެފައި ފޯނު ކަނޑައިލިއެވެ. "ވަރުގަދަ ކަމެއް. މިހާރު މިކަންވެސް ބޮޑު އުނދަގުލަކަށް ވެއްޖެ." ހާޝިމް ހިތާހިތުން އެހެން ބުނުމަށްފަހު ސައިކަލް ސްޓާޓްކޮށްލިއެވެ. "ލަޔާލް. މާދަމާ ފުރައިޑޭ. ހިނގާ ވިލިގިއްޔަށް މޫދަށް ދަމާ. ވަރަށް މަޖާވާނެ." އަސްލަމް ލަޔާލުގެ އިސްތަށިގަޑާއި ކުޅެލަމުން ވާހަކަ ދެއްކިއެވެ. އެދެމީހުން ތިބީ އަސްލަމްގެ ކޮޓަރީގައެވެ. ދެމީހުން ތިބީ އެނދުމަތީގައި އޮށޯވެލައިގެންނެވެ. "ހޫމް. އެކަމަކު މާދަމާ ދެވޭނެ ހެނެއް ހިއެއް ނުވޭ. މާދަމާ މަންމަ ގޮވައިގެން ތުއްތަ ގާތަށް ހުޅުމާލެއަށްވެސް ދާންޖެހޭނެ. އެކަމަކު ލަޔާ ޓްރައި ކުރާނަން." ލަޔާލު މާޔޫސްވެލާފައި ބުންޏެވެ. "އޯކޭ. އެހެން ދުވަހަކަށް ހަދާނީ.." އަސްލަމް ހީލިއެވެ. ލަޔާލު ހުންނަނީ ވަރަށްވެސް އުފަލުންނެވެ. އަސްލަމް ކަހަލަ ލޯބިވެރިއަކު ލިބުމުންނެވެ. އަސްލަމް އަންޑާސްޓެންޑް ކަމުން ލަޔާލު ހުންނަނީ ވަރަށް ވެސް ހިތްހަމަ ޖެހިފައެވެ. "ލަޔާ. އަހަރެންވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީކުރަން. މިގޮތަށް އުޅޭކަށް އަހަރެން އެހާ ހިތްހަމަ އެއް ނުޖެހޭ. މިހާރު ޖޮބުވެސް އޯކޭ ވެއްޖެ. ލަޔާވެސް ނިމެނީ. ދެން އަވަހަށް މެރީ ކުރަންވީ." އަސްލަމް އެނދުން ތެދުވަމުން ބުންޏެވެ. "އަސްއަށް ފެންނަ ގޮތެއް. އަހަރެންވެސް މިހާރު ބޭނުންވަނީ މެރީ ކުރަން. ލަޔާގެ މަންމަވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މެރީ ކުރަން.." ލަޔާލުބޮލުގެ އިސްތަށިގަޑު ރީތިކޮށްލަމުން ބުންޏެވެ. "ލަޔާ މިހާރަކަށް އައިސް ހާޝިމް އުޅޭގޮތެއް. ހީވަނީ ކޮންމެވެސް ކަމެއް ސިއްރު ކުރަން އުޅޭހެން. ކޮންމެވެސް ބޮޑުކަމެއް ހާޝިމް ސިއްރުކުރޭ.." އަސްލަމް ލޯގަޑު ކުރިމަތީގައި ހުރެގެން ވާހަކަ ދެއްކިއެވެ. އެވާހަކަ ދެއްކުމުން ލަޔާލުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ލަޔާލު އެއްވެސް އެއްޗެކޭ ނުބުނުމުން އަސްލަމް ލަޔާލު އަށް ބަލައިލިއެވެ. އޭރު ލަޔާލު އިސްޖަހައިގެން އިނެވެ. އަސްލަމް އައިސް އެނދުގެ މަގަތުގައި އިށީނެވެ. ލަޔާލުގެ ހަމަހިމޭންކަން އަސްލަމް އަށް އެހެން މާނައެއް ނެގުނުހެން ހީވިއެވެ. "ލަޔާ. ކޮންކަމަކާ ތި ވިސްނަނީ. އަނެއްކާ ގޯސް އެއްޗެކޭ އަސްލަމްއަށް ބުނެވުނީތަ؟" އަސްލަމް ސްވާލުކޮށްލިއެވެ. އޭރުވެސް ލަޔާލު އިސްޖަހައިގެން އިނެވެ. "ލަޔާ ކިހިނެއްވީތަ؟" އަނެއްކާވެސް އަސްލަމް ސްވާލުކޮށްލިއެވެ. ލަޔާލު ހަމަ ހިމޭން ވެފައި އިނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އިނެވެ. ލަޔާލުއަށް ކޮންމެވެސް ގޮތެއް ވާހެން އަސްލަމްއަށް ހީވިއެވެ. ލަޔާލުގެ ކޮނޑުގައި ހިފާއްޓާފައި އެނދުގައި ބޭއްވިއެވެ. ލަޔާލު އެނދުގައި ބޭއްވިތަނާހެން އޭނައަށް އުނދަގޫތަކެއް ވާހެން އޭނައަށް ހީވިއެވެ. ދެލޯމަރާލުމަށްފަހު ދެލޯ ބަގުޑިކޮށްލިއެވެ. ސިކުޑީގައި ސިފަވަމުން ދިޔަކަންތައް އޭނައަށް އުނދަގޫ ކުރަމުން ދިޔައެވެ. މަރިޔަމް ގޭތެރެ ފޮޅަން ހުއްޓެވެ. ހާޝިމް ގެއަށް އައިސްވަނީ ވެސް އެވަގުތުއެވެ. މަރިޔަމް ފިހިގަޑު ފާރުގައި ލައްކޮށްލާފައި ހާޝިމަށް ގޮވައިލިއެވެ. "ދަރިފުޅާ. މާދަމާ ނޫން އަނެއް ދުވަހަކީ ދަރިފުޅު ކައިވެނި ކުރާ ދުވަސް. ބައްޕަ ބޭރުން ދަރިފުޅުގެ ވެޑަން ޑިރެސް ގެންނަ ވާހަކަ ބުނި. މަންމަ މިއަދު މިހުރީ ވަރަށްވެސް އުފަލުން.." މަރިޔަމް ހާޝިމް މަޑުޖެހުމުން ބުންޏެވެ. ހާޝިމް އެއްވެސް އެއްޗެކޭ ނުބުނެ ހަނު ހިމޭނުން ހުއްޓެވެ. "ދަރިފުޅާ. ޕާޓީގެ ކަންތައްވެސް ކުރަންޖެހޭނެ. ދަރުބާރުގެ ހަމަ ޖެއްސީ. އެތަން ރަނގަޅުވާނެތަ؟ ދަރިފުޅު ބޭނުންވަންޏާ ސެންޓަރަލް ހޮޓެލްވެސް ހަމަ ޖެއްސިދާނެ. އެގޮތް އެންމެ ރަނގަޅުތަ؟" މަރިޔަމް ހެވި ދިލިފައިހުރެ ވާހަކަ ދެއްކިއެވެ. ހާޝިމް ބޯޖަހާލުމަށްފަހު ކޮޓަރިއަށް ވަނެވެ. ހާޝިމް ކޮޓަރިއަށް ވަނުމުން މަރިޔަމް ކުނިކަހަން ފެށިއެވެ. "މަންމާ. ނިހާ ބުނީ ރީމްގެ ވެޑިން ޑްރެސް ނިމިފަޔޯ އިނީ. އޭނަގޮވައިގެން ހެދުން ހެޔޮވަރުކޮށްލަން ކޮންމެވެސް އިރަކުން ޖައްސާލާށޭ. ފަލަކު ރީމް ގޮވައިގެން އެތަނަށް ދާންވީތަ.؟ ރީމް އަށް މިރޭ ގުޅައިގެން ދިޔައަސް އެންމެ ރަނގަޅުތަ؟" ފަލަކު ކޮތަޅެއް ހިފައިގެން އައިސް ގޭތެރެއަށް ވަންނަމުން ބުންޏެވެ. "އާނ. އަވަހަށް ދޭ. މާދަމާ ޖެހޭނެ އެހެން ކަންތައްވެސް ކުރަން. ބައްޕަ ކޮބައިތަ؟ އަދިވެސް ކާޑުތައް ހިފައިގެން ނާންނަނީތަ؟ މާދަމާ ކާޑުތައްވެސް ބަހަން ޖެހޭނެ. ދޮންބެ ގެ ރައްޓެހިންނަށްވެސް ދައުވަތު ދޭންޖެހޭނެ. ދަރިފުޅު ނިކަން އަމީނަށް ގުޅައިގެން ލިސްޓެއް ތައްޔާރުކޮށްދީބަލަ. ދަރިފުޅުގެ ބެސްޓް ފާރެންޑް ހައުލާއަށް ވެސް ގުޅައިގެން އެކަންތައް ނިންމަން އުޅެބަލަ. ވަގުތެއް ނެތެއްނު. ބައްޕައަށްވެސް ކަމެއް ހަވާލުކުރިއަސް އެކަމެއް އަވަހަކަށް ނުވާނެ. އަހަރެންގެ ހެދުން ފަހަންވެސް ޖާދޫއަށް ދީފައޭ ވަނީ. އަދިވެސް އެހެދުން ނިމިއްޖެތޯ ބަލާކަށް ބައްޕައެއް ނުދޭ. އަހަރެން މިޖެހެނީ ތެޅިބާލަން. އޭނައަށް ހީވެސް ނުވަނީ ކަމެއް ކުރަން އުޅޭހެން.." މަރިޔަމް އެއްނޭވާއިން ހުރިހާ ވާހަކައެއް އަމުނާލިއެވެ. މަރިޔަމް އުޅޭ ގޮތުން ހީވަނީ ކައިވެނި ނުކުރެވިގެން އުޅޭހެންނެވެ. އަވަސް އަރުވާލާފައި ވާހަކަ ދެއްކިއރު ފަލަކު ހުރީ ހީހީ ހަލާކުވާވަރުވެފައެވެ. "ދަރިފުޅާ. އަދިވެސް ހޭން ހުރީތަ؟ ދެން ދާންވީ.." ފަލަކު ހެމުން ހެމުން ގޮސް ކޮޓަރިއަށް ވަނެވެ. އެވަގުތު ވަލީދު އައިސް ގެއަށް ވަންނަނީއެވެ. ވަލީދު ފެނުމުން މަރިޔަމް ޗޮކެއް ކަނޑައިލިއެވެ. "ސާބަހޭ. އަދި ގެއަށް ތި އާދެވުނީ. ކުރާނެ ކަންތައް މަދީތަ؟ މާނބުރެހެން ދެކޮޅަށް ތި ދުވަނީ. ވަލީދު އުޅޭގޮތުން އަހަރެން ބޯފަޅައިގެން ދާވަރުވޭ. އަދުވެސް އެ ހެދުން ބަލައިވެސް ނުދަމެންނު." ވަލީދު އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓެވެ. "ކަންތަކާއި ޖެހުނީ. ދެން ނުބުނާނެ އަގައިންވެސް. މަ ހިތަން އަރާއި މީވެސް..." މަރިޔމް ހުއްޓާލިއެވެ. މަރިޔަމް ވާހަކަ މެދުކަނޑާލުމުން ވަލީދު ވާހަކަ ދައްކަން ފެށިއެވެ. "ކިހިނެއްވީ. އަނގައިން ހިތި ރަހަ ދިނީތަ ތި ހުއްޓާލީ،. މަންދި ހިތަން އަރަނީ އަހަރެން ކުރަން އެއްވެސް ކަމެއް ނެތީބާއޭ. މިއޮތީ ތި ނުލިބިގެން އުޅޭ ހެދުން. މި ހެދުން ނުލިބިގެން ތި ވަރު ތިވަނީ. އަހަރެން ހިތަން އަރާ މާމަ ކިޔާ ދުވަހަކުން ކިހާވަރެއް ވާނެބާއޭ. އެދުވަހަކުން އަހަރެން ކޮޓަރި ތަޅުލައިގެން ނުނިކުމެ އޮވެދާނަން. މުސްކުޅި ވާހެން ޒުވާންކުދިން އަޅާ ޒާތުގެ ހެދުން ލާން ލަދެއްވެސް ނުގަނޭތަ؟" ވަލީދު މަ ރިޔަންއަށް މައްލަވަ ކޮށްލިއެވެ. އެހެން ނަމަވެސް ވަލީދު ކީއެއްޗަކަށް މަރިޔަމް އެއްވެސް ސަމާލުކަމެއް ނުދިނެވެ. ކޮތަޅުން ހެދުން ނަގައިގެން ގައިގައި ޖައްސައިގެން ހެދުން ހެޔޮވަރު ކުރަމުން ދިޔައެވެ. ހީވަނީ މުޅިން އާތަނަކަށް ދެވިގެން އުޅޭހެންނެވެ. އަނގައިގެ ބައްތިރީސް ދަތް ސޭލް އަޅުވާލާފައި ހުއްޓެވެ. ވަލީދު ބޯކަހާލުމަށްފަހު ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. "ވަލީދު. މިހެދުން މަށާ ގުޅޭތަ؟ އަސްލުވެސް ޖާދޫ ހެދުން ފަހަން ވަރަށް ކިލުޓް.." ވަލީދު ހުއްޓިލާފައި ފާޑަކަށް ލޯ ހަދައިލިއެވެ. "މަށަކަށް ނޭންގެ. ކިއުޓް ކިޔަންވެސް އެނގޭ ނަމަ ކޮބާ ސަލާމަތް. އިނގިރޭސި ކިޔަވައިގެން ހުރި ނަމަ ދުނިޔޭގައި އުޅުމަށް ވެސް އުނދަގޫވާނެ.." ވަލީދު ހިތާހިތުން މަރިޔަމަށް ކުދި ކިޔަން ހުއްޓެވެ. "ވަލީދު މިހެދުންން މަށާއި ގުޅޭހޭ. މިއަދު ކިހިނެއް ވެފައި ތިހުރީ. ދެން ދޭ. ދަރިފުޅާ ފަލަކު. ނިކުމެބަލަ މަންމަ އާއި މިހެދުން ގުޅޭތޯ ބަލާލަން.." ވަލީދު އެއްވެސް އެއްޗެކޭ ނުބުނުމުން މަރިޔަމް ފަލަކުއަށް ގޮވިއެވެ. ފަލަކު ދޮރު ހުޅުވާލުމަށްފަހު ކޮޓަރިން ނުކުތެވެ. އޭރު މަރިޔަމް އެހެދުން އެކި ގޮތް ގޮތަށް އޭނަގެ ގައިގައި ޖައްސަމުން ދިޔައެވެ. ފަރިބަލަމުން ގޮސް ހެދުން އެކޮޅުކޮޅަށް ހިފައިގެން ހުރެވުނު އިރުވެސް މަރިޔަމަކަށް ނޭނގުނެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (11)
![]()
...
ލިޔުނީ k, 2009-10-08 22:21:12
aneh bai publish kuraanee kon dhuvahakun? haadha lahey mi bai vs genes dhin leh, dhen ehaa las nuvaane kamah ummeedhu kuran. vaahaka v reethi.
...
ލިޔުނީ no need, 2009-10-10 05:35:56
keeevebaa mi vaahaka ehaa lahun Aaa kuraneee. v undagoovey eha ginaduvas kohfa update kuraaaatheee. fanvathun mi vaahaka thankolhe avaha Aaa kohdhevvun edhen. mivaahaka akeeee mihaathana fanvathuga liyamundaaa emme reeethi ehvaaahaka,,,,
...
ލިޔުނީ އަހުމަދު ، ޖޭ, 2009-10-10 08:57:50
ވަރަށް ރީތި އުންމީދު ކުރަން ވަރަށް އަވަހަށް 4 އަޕްލޯޑް ކުރާނެކަމަށް. އަސްލަމަށް ރާއްޖޭގެ ފިލްމުތަކަށް ވާހަކަ ލިޔެވޭނެ
...
ލިޔުނީ asley, 2009-10-10 11:30:26
ވާހަކަ ވިދާޅުވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. ތި ބޭފުޅުން ދެއްވާ ކޮމެންޓްސް ތަކަކީ މިކަމުގައި އަޅުގަނޑަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް.. އަދި ފަންވަތުގެ އިސްބޭފުޅުންނަށް މިފުރުސަތު ދެއްވި ކަމަށް ޓަކައި ވަރަށް ބޮޑަށް ޝުކުރުވެރިވަން.. ވާހަކަ ވިދާޅުވާ ބޭފުޅުން ކެތްތެރިކަމާއެކު ވާހަކަ އަށް އިންތިޒާރު ކުރައްވާނެ ކަމަށް އުއްމީދު ކުރަން......
...
ލިޔުނީ marru, 2009-10-10 11:39:40
varah reethi 3 vana baives..thankolheh avahah mi update kohbala
...
ލިޔުނީ ley, 2009-10-10 16:00:32
mariyan' in thanuge rangalhu gothakee mariyam. aneh gothun vaaaahaka v baraaaabaru. keeep it up..."
...
ލިޔުނީ maisa, 2009-10-12 09:42:51
varan reethi vaha ka un meedu kurani las nu va anan episode ves publish kurane kaman plx try to avoid english words so it would be vvv perfect
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|