މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހިތްކިޔާ ކަހަލަ ގޮތެއް ހުރޭ (4) |
|
|
| ދިވެހި - ވާހަކަ | |||
| 23 އޮކްޓޫބަރ 2009، 05:15 ހުކުރު | |||
|
9 އޮކްޓޯބަރ (ހުކުރު)އާ ގުޅޭ.... އަޙްމަދު އަސްލަމް ފަލަކު ކޮޓަރިން ނުކުމެފައި މަރިޔަމަށް ބަލަން ހުރެފައި ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު މަރިޔަމް ނުބައި ގޮތަކަށް ފަލަކާއި ދިމާއަށް ބަލައިލިއެވެ."މިހާރު ކިހިނެއް ވެގެން ތި ހެނީ" މަރިޔަމް މޫނު ކުނިކޮށްގެން ހުރެ ވާހަކަ ދެއްކިއެވެ. "މަންމާ. ތިހެދުން ތި އޮތީ އެކޮޅުކޮޅުން. ދެން ހެވޭނެ އެއްނު. މަންމައަށް އެވަރުވެސް ނޭންގުނު. އެކަމަކު ތީ ބޮޑު ވަރު." ފަލަކު އައިސް ހެދުން ރީތިކޮށް މަރިޔަމްގައިގައި ޖެއްސިއެވެ. "ލޯބި. މަންމައާއި ވަރަށް ގުޅޭ." ފަލަކުއަށް އެހެދުން ވަރަށް ކަމުދިޔައެވެ. މަރިޔަމްގެ މޫނުމަތިން ހިނިތުން ވުން ވެރިވެގެން ދިޔައެވެ. ފަލަކުއަށް ގައިމުވެސް އެހެދުން ވަރަށް ރީތިވެއްޖެއެވވެ. "އަސްލުވެސްތަ؟ މަންމަ މިހެދުން ލީމަ ވަރަށް ހިތްގައިމުވާނެހެން ދަރިފުޅަށް ހީވޭތަ"" މަރިޔަމް ސްވާލުކޮށްލިއެވެ. ފަލަކު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. "މަންމަ ގޮސް މިހެދުން ލައިގެން ނުކުމެ ބަލަ. ފަލަކު ބޭނުން މަންމަ ލާފައި ހުންނަ އިރު ހުންނަނީ ކިހިނެއްތޯ ބަލާލަން." ފަލަކު އެހެން ބުނުމުން މަރިޔަމް ހެމުން ހެމުން އެހެދުން ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް އިރު ވަލީދު ފާހަނާގައި ފެންވަރަން އުޅެއެވެ. އިރުކޮޅެއްނުވެ މަރިޔަމް އެހެދުން ލައިގެން ނުކުތެވެ. "ދަރިފުޅާ. ކިހިނެއްވަނީ.." ދޮރުކުރިމަތީގައި ހުރެފައި މޮޑެލް ކުރާ މީހުން ޖައްސާކަހަލަ ވައްތަރެއް ޖެއްސުމަށްފަހު މަރިޔަމް ބުންޏެވެ. ފަލަކު މަރިޔމްގެ ފައިން ފެށިގެން ބޮލާހަމައަށް ނަޒަރު ހިންގާލިއެވެ. ފަލަކު އަށް ކޮންޓްރޯލުކޮށްލެވުނީ ކިރިޔާއެވެ. ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު މަރިޔަމް ހައިރާންވެފައި ފަލަކާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެއަޑަށް ވަލީދުވެސް ބޭރަށް ނުކުތެވެ. ވަލީދުވެސް މަރިޔަމް ފެނިފައި ހޭންފެށިއެވެ. މަރިޔަމް ގާތަށް އައީ އަލިފާން ކަހަލަ ރުޅިއެކެވެ. މަރިޔަމް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. "ކިހިނެއްވެގެން ތިހެނީ. ކަމެއް ނުވެފައި ތިބޭނީ، އަދި ވަލީދުވެސް ހޭންފަށައިފި އެއްނު. ވެގެން އުޅޭގޮތް ބުނެފައި ހޭން އެންމެ ރަނގަޅެއްނު. މަޖަލެއްނޫން އިނގޭ.." އޭރުވެސް ދެ މީހުން ހަމަ ހެނީއެވެ. ފަލަކު ހެމުންހެމުންއައިސް މަރިޔަމް ގާތުގައި ހުއްޓުނެވެ. އޭރުވެސް ފަލަކުއަށް ހިނިގަނޑު ކޮންޓްރޯލުކޮށްލެވޭ ވަރެއް ނުވިއެވެ. "މަންމާ. ތިހެދުމުގެ ފުރަގަސް ތިހުރީ ކުރިމަތީގައި. ކޮނޑުވެސް އޮތްގޮތް ބަލާބަލަ. ތިވަރުވީމަ ދެން ހެވޭނެ އެންނު. މަންމައަށްވެސް އެވަރު ނޭންގުނުތަ. ބައްޕާ. އަސްލު މިހެދުންމިގޮތަށް ލާފައި ހުރީމަ މާރީތީ ދޯ.." ފަލަކު ހެމުން ހެމުން ވާހަކަ ދައްކަމުން ދިޔައެވެ. ވަލީދު ހެމުން ހެމުންކޮޓަރިއަށް ވަނެވެ. "ދެން ހެވޭ. މިހެދުން އިންނާނީ މިހެން. ދަރިފުޅަށް ވެސް ނޭންގުނެއްނު. ކޮންމެ ގޮތަކަށް ހުއްޓަސް މިހެދުން މަށާއި ނުލާހިކު ގުޅޭ. ރީތިކަމުން ތި މަލާމާތްކުރަނީ. އަހަރެން ލަދެއް ނުގެނޭ.." މަރިޔަމް އެހެން ބުނުމަށްފަހު ކޮޓަރިއަށް ވަނެވެ. ފަލަކުވެސް ހެމުން ހެމުން ގޮސް ކޮޓަރިއަށް ވަނެވެ. ދަރުބާރުގެ ވަނީ ވަރަށް ވެސް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ޕާޓީއަށް ޒިޔާރާތް ކުރާ މެހެމާނުންގެ ހެދުންތައްވެސް ޕާޓީއާއި ގުޅިފައެވެ. ރީމް އާއި ހާޝިމްވެސް ހީވަނީ ވަރަށް ދެ ޝާހީ ބޭފުޅުންހެންނެވެ. ރީމްގެ މޫނުމަތިން އުފާވެރިކަން ފާޅުވަމުން ދިޔައެވެ. އެހެން ނަމަވެސް ހާޝިމްގެ މޫނުމަތިން އެއްވެސް އުފާވެރިކަމެއް ފެންނާކަށް ނެތެވެ. މޫނުމަތިން އެއްވެސްކަހަލަ ހިތްހަމަޖެހުމުގެ ކުލަވަރެއްވެސް ފެންނާކަށް ނެތެވެ. ޝިޔާނާވެސް ހީވަނީ ދުނިޔެ ބޮޅަށް ލައިގެން އުޅޭހެންނެވެ. އޭނަގެ މޫނުމަތިން ފެންނަމުންދަނީ އާދަޔާ ހިލާފު އުފާވެރިކަމެކެވެ. މަރިޔަމްވެސް ނަލަ ހެދިފައި ހުއްޓެވެ. އެތަނުގައި އުޅޭ އެހެން މީހުންނަށް ވުރެ މަރިޔަމް ޒުވާންހެން ހީވާކަހަލައެވެ. ޕާޓީއަށް އައި މެހެމާނުން ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. ރީމް މަޑުމަޑުން ހުރުމަށްފަހު ހާޝިމް ގެ މޫނަށް ބަލައިލިއެވެ. ރީމްއަށް ހާޝިމްގެ މޫނުމަތިން އެއްވެސް ވަރަކަށް ހިތް ހަމަޖެހުމެއް ނުފެނުނެވެ. ހީވަނީ ކައިވެންޏާއި ހިތް ހަމަ ނުޖެހިފައި ހުރި ހެންނެވެ. "އައްސަލާމް އަލައިކުމް.." ރީމް ސިހުނީ މީހަކު ސަލާމް ގޮވާލުމުންނެވެ. ހާޝިމް ވެސް އެއަޑު އިވުމުން ބަލައިލިއެވެ. ކުރިމަތީގައި ތިބީ ލަޔާލާއި އަސްލަމެވެ. ލަޔާލު ފެނުމުން ހާޝިމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ލަޔާލުވެސް އިސްދަށަށް ޖެހިއެވެ. ހީވަނީ ކޮންމެވެސް ކަމެއް އެދެމީހުންގެ ދޭތެރޭގައި ސިއްރުކުރެވިފައިވާ ހެންނެވެ. "ރީމް އުފާވެރިކައިވެންޏަކަށް އެދެން. ހާޝިމްވެސް އަހަރެމެންނަށް ތި ދިނީ ސަޕްރައިޒެއްދޯ.." އަސްލަމް ދެމީހުންނާއި ސަލާމްކޮށްލުމަށްފަހު ވާހަކަ ދެއްކިއެވެ. ހާޝިމް ވަރަށް އުނދަގުލުން ހިނިތުންވެލިއެވެ. "ލަޔާ. ކީއްވެފައި ތި ހުންނަނީ. ހާޝިމް އާއި ސަލާމްކޮށްބަލަ.." ލަޔާލް އިސްދަށަށް ޖަހައިގެން ހުރުމުން އަސްލަމް ވާހަކަ ދައްކަން ފެށިއެވެ. އެވަގުތު ލަޔާލު އިސްދަށާށް ޖަހައިގެން ހުރެ އަސްލަމް އާއި ސަލާމްކޮށްލިއެވެ. ލަޔާލު އޭނަގެ އަތުގައި އޮތް ޕާރުސަލް ހާޝީމްގެ އަތަށް ދިއްކޮށްލިއެވެ. ހާޝިމް އެއްވެސް ވާހަކަ އެއް ނުދައްކައެވެ. ރީމް ޝުކުރިއްޔާއޭ ބުނުމުން އަސްލަމާއި ލަޔާލް އެތަނުން ދުރައްޖެހިލިއެވެ. "ހާޝިމް. ކީއްވެ ލަޔާލާއި ވާހަކަ ނުދެއްކީ. އަހަރެންނަށް އެގިފައި އޮތްގޮތުން އަސްލަމް އަކީ ހާޝިމްގެ އެންމެ ގާތް އެކުވެރިޔާ. އެކަމަކު ހީވަނީ ދެކެފަރިތަ ދެމީހުން ހެން. ހާޝިމް ހުންނަގޮތުން އަހަރެންނަށް ހީވަނީ ހާޝިމްމިކައިވެންނާއި ނުގަބޫލުހެން. ނުގަބޫލަސް ހާޝިމް އަހަރެންގާތު ބުނިނަމަ އަހަރެން މިކައިވެންޏެއް ނުކުރާނަން.." ރީމްއަށް ކެތް ނުކުރެވިގެން ބުނަން ބޭނުން ނުވި ވާހަކަ ވެސް ބުނެލެވުނެވެ. ހާޝީމް އަނގައިވެސް ނުބުނެ ހުއްޓެވެ. "ކޮން ކައިވެންޏެއް ނުކުރާވާހަކައެއް ދަރިފުޅު ތިދައްކަނީ.." ހާޝިމްއާއި ރީމް އެއަޑަށް ބަލައިލިއެވެ. އޭރު މަރިޔަމް ދާދި ގާތުގައި ހުއްޓެވެ. ރީމްގެ މޭގަޑު ތެޅިގަތެވެ. "މިދައްކަނީ ލަޔާލުއާއި އަސްލަމް ކައިވެނި ނުކުރާ ވާހަކަ.." ހާޝިމް ދިނީ ވަރަށްވެސް ފުރިހަމަ ޖަވާބެކެވެ. ހީވަނީ އެކަމަށް އޭނަ ތައްޔާރުވެގެން ހުރު ހެންނެވެ. ރީމް ހާޝީމްގެ މޫނަށް ބަލައިލިއެވެ. ހާޝިމަށްވެސް އެފަހަރު ރީމްގެ މޫނަށް ބަލައިލެވުނީ އިއްތިފާގަކަށްވެސް ވުން އެކަށީގެންވެއެވެ. "އެހެންތަ؟ ދަރިފުޅާ. ދެން ހިނގާ އެއްޗެއް ކާލަން ދާން. މިހާރު މެހެމާނުންވެސް އައިސް ނިމުނީހެން މަންމައަށް ހީވަނީ. ދެންއާދޭ. ދަރިފުޅުވެސް ހިނގާ.." ރީމްގެ އަތުގައި ހިފުމަށް ފަހު މަރިޔަމް ހިނގައިގަތެވެ.ކައިވެނިވެސް ކުރެވުނީ އެވެ. ނަމަވެސް ހާޝިމް އެކަމާއި އެއްވެސް ވަރަކަށް ހިތް ހަމައެއް ނުޖެހެއެވެ. އެގޮތަށް ދުވަސްތައް މާޒީވަމުން ދިޔައެވެ. ޔަލްހާ ޑިއުޓީ ނިންމާފައި ގެއަށް ދަނިކޮށް ހާޝިމް ސައިކަލްގައި ވަރަށް ބާރަށް ދާތަން ފެނުނެވެ. ޔަލްހާ ފޯނު ނެގުމަށްފަހު އަވަސް އަވަހަށް ހާޝިމްއަށް ގުޅިއެވެ. ފޯނު ރިންގްވާހެން ހީވުމުން ހާޝިމް ސައިކަލް މަގުގެ އެއްފަރާތަކަށް މަޑުކޮށްލިއެވެ. ފޯނު ބަލައިލިއިރު ޔަލްހާ ގުޅަނީއެވެ. އަވަސް އަވަހަށް ފޯނު ނެގިއެވެ." ހާދަ ބާރަކަށް ތިދަނީ. ތަންކޮޅެއް މަޑުން ދުއްވާފައި ދިޔައަސް ތި ދާތާކަށް ދެވިދާނެ. ތި ހާބާރަށް ދަނިކޮށް އެކުސިޑެއްޓެއްވެސް ވެދާނެ. " ޔަލްހާ ވާހަކަ ދައްކަމުން ހާޝިމަށް ބަލަން ހުއްޓެވެ. އެހެން ނަމަވެސް ހާޝިމަކަށް ޔަލްހާއެއް ނުފެނުނެވެ. ހާޝިމް ތަންތަން ހޯދަމުން ދިޔައެވެ. އެހެން ނަމަވެސް މީހުން ބައިބޯކަމުން ހާޝިމަށް ލަޔާލު ފެންނަގޮތެއް ނުވިއެވެ. "އޭ ޔަލް. އަހަރެން ފަހުން ގުޅާނަން. މިދަނީ ވަރަށް އަވަހަށް ތާކަށް ދާންވެގެން." ހާޝިމް އެހެން ބުނުމަށްފަހު ފޯނު ޖީބަށްލިއެވެ. ޔަލްހާވެސް ފޯނު ބޭގަށް ލާފައި ގެއަށް ދިއުމަށް ހިނގައިގަތެވެ. ދަންވަރުގެ ވަގުތެވެ. ރީމް ކާކޮޓަރީގައި އިނެވެ. ހީވަނީ ހާޝިމް ނައިސްގެން ލަސްވެފައި އިންހެނެވެ. އޭރު ރީމްގެ ލޮލަށް ނިދި ބަރުވަމުން ދިޔައެވެ. ގޮޑީގައި އެހެން އިންދާ ރީމްއަށް ނިދުނެވެ. ހޭލެވުނީ މީހަކު ދޮރު ޖެހިއަޑަށެވެ. ގަޑިއަށް ބަލައިލެވުނެވެ. އޭރު ގަޑިން އެއްގަޑިބައިވެ ބޮޑުވެއްޖެއެވެ. ރީމް ތެދުވެގެން ސިޓިންރޫމަށް ނިކުތެވެ. އޭރު ޙާޝިމް ގެއަށް އައިސް ވަންނަނީއެވެ. ރީމް ފެނުމުން ހާޝިމް ހިނިތުންވެލިއެވެ. ރީމްވެސް ހިނިތުންވެލިއެވެ. "ހާޝިމް ބަތްކާނަންތަ؟" ރީމް ސްވާލުކޮށްލިއެވެ. ހާޝިމް ބަނޑުގައި އަތްޖައްސާލިއެވެ. "ރީމް އަހަރެން މިއައީ ކައިގެން. ރީމް ނުކައި ދޯ ތިހުރީ. އަހަރެން އަންނަންދެން ރީމް ނުކައި ނުހުންނާތި. އަހަރެންނަށް އާދެވޭނީ ވަރަށް ލަހުން. ރީމްވެސް މަންމެންނާއި އެއްކޮށް ކޮންމެ ރެއަކުވެސް ކާން ޖެހޭނެ.." ހާޝިމް ވާހަކަ ދެއްކިގޮތުން ރީމް ވަރަށް ހިތްހަމަ ޖެހުނެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް ހިތަށް އަސަރު ކުރުވިއެވެ. ހާޝިމް އަކީ އޭނަގެ އަލަތު ފިރިމީހާއެވެ. އެންމެ ރެއަކުވެސް ހާޝިމް އޭނައެއްކޮށް އެއްސުފުރާމަތީން ކާއެއްޗެއް ނުކައެވެ. ވަގުތު ހޭދަކޮށްލާކަށްވެސް ވަގުތެއް ނުލިބެއެވެ. ހެނދުނު ދާގޮތަށް ގިނަ ރޭރޭ އަންނަނީވެސް އެހާލަހުންނެވެ. އެހެން ނަމަވެސް ރީމް އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ފިރިމީހާއަށް ޝައްކުކޮށް ޝަކުވާކުރުމަކީ ރީމްގެ ކިބައިގައި ނެތް ރީތި ސިފަތަކުގެ ތެރެއިން އެއް ސިފައެވެ. ރީމް ހިނިތުންވެލުމަށްފަހު ކާކޮޓަރިއަށް ގޮސް މޭޒުމަތި ސާފުކުރަންފެށިއެވެ. ހާޝިމް ގޮސް ކޮޓަރިއަށް ވަނެވެ. ރީމް އެކަންތައް ކޮށް ނިންމާލާފައި ކޮޓަރިއަށް ގޮސް ވަނެވެ. ހާޝިމް އޮތީ ވަރަށް އަރާމުކޮށް ނިދާލާފައެވެ. ރީމް ފާހަނާއަށް ވަނެވެ. ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި ޖައްސާލިއެވެ. ރީމްއަށް ނިދި ނިދި އޮއްވާ ކުއްލިއަކަށް ހާޝިމްގެ ފޯނު ރިންގްވާން ފެށިއެވެ. ދެފަހަރަކު ރިންގު ވުމަށްފަހު ފޯނު ކެނޑުނެވެ. އޭރުވެސް ހާޝިމް އޮތީ ގަދަ ނިދީގައެވެ. ކުޑަވަގުތުކޮޅެއްވެސް ނުވެ އަނެއްކާވެސް ފޯނު ރިންގްވާންފެށިއެވެ. ހާޝިމްއަށް ބަލަން އޮވެފައި އަނެއްފަރާތަށް ރީމް ފުރޮޅިލިއެވެ. އެވަގުތު ފޯނު ކެނޑުނުހެން ރީމްއަށް ހީވިއެވެ. އެހެން ހީވުމުން ނިދާކަމަށް ހަދައިގެން އޮވެ ހާޝިމާއި ވީ ދިމާއަށް ފުރޮޅިލިއެވެ. ރީމް ފުރޮޅިލުމުން ހާޝިމް ފޯނު ހިފައިގެން އޮވެ އަނެއްފަރާތަށް ފުރޮޅިލިއެވެ. ރީމް މަޑުމަޑުން ހާޝިމް ދައްކާ ވާހަކަ އަޑު އަހަން އޮތެވެ. "ކިހާ ބޮޑު އުނދަގުލެއް. ނިދިޔަވެސް ނުދެންތަ ތިއުޅެނީ. މިހާރު ކަލޭކަންތައް މާ މައްޗަށް ތިދަނީ. ކަލޭތީ ނިދާވެސް އިންސާނެއްނޫންތަ؟ މީހުންނަށް އުނދަގޫކުރަން ވަކި ގަޑިއެއްވެސް ނޯވޭތަ؟" ހާޝިމް ރުޅިއައިސްގެން ފޯނު ކަނޑައިލިއިއެވެ. އެއަށްފަހު ފޯނު ނިއްވާލިއެވެ. "އަނެއްކާ ހާޝިމް ކާކާއި އެއްވާހަކަ ދެއްކީ. އެކަމަކު ހާދަ ރުންކުރުގޮތަކަށޭ އެވާހަކަ ދެއްކީ." ރީމްގެ ހިތަށް އެރިއެވެ. ހާޝިމް ދެތުވެގެން ފާހަނާއަށް ވަނެވެ. ރީމްސް އެހެން އޮއްވާ ނިދުނީއެވެ. "ދަރިފުޅާ. ހާދަ ބުރަކޮސް އުޅޭ ދުވަސްކޮޅެއް. މަންމައަށް ފެންނަނީ ޗުއްޓީއެއް ނަގައިގެން ރީމްގޮވައިގެން ބޭރަށް ޖައްސާލަން. އޭނަވެސް އެހުންނަނީ ނުލާހިކު ފޫހިވެފައި. ދަރިފުޅުވެސް ރީމްއެށްކޮށް ވަގުތު ހޭދަކޮށްލަން ޖެހޭނެ." މަރިޔަމް ޓީވީ ބަލަން އިނދެފައި ހާޝިމާއި ވާހަކަ ދެއްކިއެވެ. އޭރު ހާޝިމް ސޯފާގައި ފާޑަކަށް އިނެވެ. "މަންމާ. މިދުވަސްކޮޅު ޗުއްޓީ ހޯދަން ވަރަށް އުނދަގޫވާނެ. މިވަގުތުކޮޅު ލިބުނީމަވެސް މިއައީ ގެއަށް. އަނެއްކާ ދެގަޑިބައިގައި ދާންވީ. އެހެން ނޫނަސް އަދި ޗުއްޓިވެސް ނުލިބޭނެ. އަދި ވަތްތާވެސް މި ވީ މަސްދުވަސް. އަހަރެންވެސް ބޭނުމޭ ރީމް އެއްކޮސް ވަގުތު ހޭދަކޮށްލަން. އެކަމަކު .." ހާޝިމް ހުއްޓާލިއެވެ. އޭރު ރީމް އައިސް އެތަނަށް ހުއްޓުނެވެ. "ބަތްކާން ހަދައިފިން. އޮފީހަށް ދާންވާއިރަށް ބަތްކާން ދާންވީއެއްނު.." ރީމް އައިސް ހުއްޓިލާފައި ހާޝިމްގާތުގައި ބުންޏެވެ. ހާޝިމް ހިނިތުންވެލާފައި އެތަނުން ތެދުވިއެވެ. "ރީމް ދަރިފުޅުވެސް ބަތްކާންވާނެ. މަންމައަށް ހީވޭ ދަރިފުޅު ވަރަށް ހިކޭހެން. ތަންކޮޅެއް ރަނގަޅަށް ކާން އާދަކުރޭ.." މަރިޔަމް ޓީވީގެ އަޑު ބާރުކޮށްލިއެވެ. ރީމް ހިނިތުންވެލާފައި ހާޝިމްގެ ފަސްފަހަތުން ހިނގައިގަތެވެ. "ލަޔާ. ކީއްވެ މިހާރަކަށް އައިސް މާ ބަސްމަދުވެފައި ތި ހުންނަނީ. އަނެއްކާކަމެއް ސިއްރު ކުރަނީތަ.." އަސްލަމް ލަޔާލުގެ ކޮނޑުގައި އަތް އަޅާލަމުން ބުންޏެވެ. ދެމީހުން ތިބީ އަސްލަމްމެން ގޭގެ ޓެރަސް މަތީގައެވެ. ލަޔާލު ހިނިތުން ވެލިއެވެ. "ތީ އަސްލަމް އަށް ހީވާގޮތް. އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރަން." ލަޔާލު އަސްލަމްގެ މޫނަށް ބަލާލަމުން ބުންޏެވެ. "ލަޔާ. އަހަރެންނަށް ހީވޭ ކޮންމެވެސް ކަމެއް ސިއްރުކުރާހެން. އަހަރެންނަށް ކަމެއް ގޯސްކޮށް ކަމެއް ކުރެވުނަސް ބުނީމަ ރަނގަޅުކުރަން އިނގޭނީ.." އަސްލަމް ދެރަވެލާފައި ބުންޏެވެ. "ތީ އަސްލަމް އަށް ހީވާގޮތް. ވެދާނެ ހޮސްޕިޓަލްގައި ބިޒީކޮށް އުޅެންޖެހޭތީ އަސްލަމް އަށް ހީވާގޮތް ކަމަށްވެސް.. ދެން ތިވާހަކަ ނުދައްކާ." ލަޔާލު ބޭނުންވީ އެވާހަކަ ހިންދާލުމެވެ. "ލަޔާ. މިހާރަކަށް އައިސް ލަޔާ ހާދަ ފަލަވާހެން އަހަރެންނަށް ހީވެޔޭ. ކޯއްޗެއްތަ ތި ކަނީ. ތި ކާއެއްޗެހީގެ ލިސްޓެއް އަހަރެންނަށްވެސް ދީބަލަ.." ލަޔާލު ފަލަވާހެން އަސްލަމް އަށް ހީވާތީ އެވާހަކަވެސް ބުނެލިއެވެ. އެވަގުތު ލަޔާލުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަން އަސްލަމްއަށް ވެސް ފާހަގަ ކުރެވުނެވެ. "ކިހިނެއްވީ. ފަލަ ވާ ވާހަކަ ބުނީމަ ހާދަ ފާޑަކަށް ތި އިނީ. އަހަރެންނަށް އެހެން ބުނެވުނީމަ އަނެއްކާ ލަޔާ ހިތް ހަމަ ނުޖެހުނީތަ؟ އެއީ އަހަރެން އެހެން ބުނި އެއްޗެއްނޫން. ދެން ހިނގާ އެތެރެއަށް ދާން. ސްޓަރ މޫވީސް އިން އަންނާނެ ވަރަށް ރީތި ފިލްމެއް.." ލަޔާލުގެ ހިތް ހަމަ ޖައްސައިދިނުމުގެ ގޮތުން އަސްލަމް ބުންޏެވެ. ލަޔާލު އެތަނުން ތެދުވެގެން އަސްލަމްގެ ފަހަތުން ހިނގައިގަތެވެ. ލަޔާލުގެ މޫނުމަތިން ކުރިން ފެންނަމުން ދިޔަ އެއްވެސް ކަހަލަ އުފާވެރިކަމެއް މިހާރަކު ފެންނަމުން ނުދެއެވެ. އެކަން އަސްލަމްއަށް ވެސް ފާހަގަ ކުރެވެން ފެށިއެވެ. ލަޔާލު އެގޭގައި އިނދެފައި އެގެއިން ނުކުތީ ޑިއުޓީއަށް ދާން ޖެހޭތީއެވެ. އަސްލަމް ގޮވައިގެން ދާނަމޭ ބުނުމުންވެސް ލަޔާލު ބޭނުންވީ އެކަނި ގެއަށް ދިއުމަށެވެ. ލަޔާލު ޗާންދަނީ މަގުން ހިނގަމުންދިޔައީ މާފަންނަށް ދިއުމަށެވެ. ޓްރެފިކް ލައިޓް ކައިރިއަށް އައިސް މަޑުކޮށްލީ ރަތްބޮކި ދިއްލުމުންނެވެ. ލަޔާލު އެއްލިކަޅިއަކުން ފެނުނީ ސައިކަލުގައި ހާޝިމް އައިސް މަޑުކޮށްލިތަނެވެ. އެވަގުތު ލަޔާލުގެ ހިތް ތެޅިގަތެވެ. އޭނަ ފެނުމާއެކު ލަޔާލު އިސްދަށަށް ޖެހިއެވެ. މަގު ހުރަސްކުރަން އުޅުނު ވަގުތު ހާޝިމް ގޮވައިލިއެވެ. ލަޔާލު މަޑުޖެހިލިއެވެ. އެހެން ނަމަވެސް އިސްއުފުލާލާފައިވެސް ހާޝިމްގެ މޫނަށް ބަލާކަށް ލަޔާލަކަށް ނުކެރުނެވެ. "ލަޔާ. ސައިކަލަށް އަރާ. އަހަރެން ލަޔާގެއަށް ގެންގޮސްދީފާނަން." އަސްލަމް ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ. އެހެން ނަމަވެސް ލަޔާލުއަށް ހީވީ މަރުތެލަކުން އޭނަގެ ބޮލުގައި މީހަކު ޖެހިހެންނެވެ. އޭރުވެސް ލަޔާލު ހާޝިމާއި ހަތަރު ކަޅިހަމައެއް ނުކުރެއެވެ. "ތޭންކުސް. އަހަރެންނަށް ހިނގާލާފައިވެސް ދެވިދާނެ." އެހެން ބުނުމަށްފަހު ލަޔާލު ހިނގައިގަތެވެ. ހާޝިމް ލަޔާލަށް ބަލަން އިނދެފައި ސައިކަލް ދުއްވާލިއެވެ. ލަޔާލު މަގުމަތިން ހިނގާފައި ދިޔައިރު އޭނަގެ ލޮލުގައި ކަރުނަތަށް ޖަމާވެފައި ހުއްޓެވެ. އިސްދަށާށް ޖަހައިގެން ލަޔާލު މަގުމަތީގައި ހިނގަމުން ގެއަށް ދިޔައެވެ. ކޮޓަރިއަށް ވަނުމާއެކު ލަޔާލުގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތަށް އޮހިގަތެވެ. ލަޔާލުގެ އެނދުމައްޗަށް ވެއްޓިގަތެވެ. އޭނަގެ ހިތުގައި ހިނގަމުން ދަނީ ކޮންކަހަލަ ހިތިވޭނެއްކަން އެނގޭނީ ހުދު ލަޔާލުއަށެވެ. ލަޔާލު ބަނޑުވަތަށް އެނދުގައި ރޯން އޮތެވެ. ފަނަރަ ވަރަކަށް މިނެޓް ރޯން އޮތުމަށްފަހު ލަޔާލު އެނދުމަތިން ތެދުވިއެވެ. އޭނަގެ ދެލޯވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. ލަޔާލު ތުވާލި ހިފައިގެން ފާހަނާއަށް ވަނެވެ. ހާޝިމް ގެއަށް އައީ ރޭނގަޑު ބާރަގަޑި ބައިވަން ކައިރިވެފައި ހުއްޓައެވެ. ކޮޓަރީގެ ދޮރުހުޅުވާލާފައި ކޮޓަރިއަށް ވަނެވެ. އޭރު ރީމް އެނދުގައި ނިދާފައި އޮތެވެ. އެއްޗެހި ބަދަލުކޮށްގެން ފާހަނާއަށް ވަނެވެ. އިރުކޮޅެއްނުވެ ފޯނު ރިންގވާން ފެށިއެވެ. ކުއްލިއަކަށް ރީމްއަށް ހޭލެވުނީ ފޯން ރިންގވާންފެށުމުންނެވެ. ރީމް އެހެން އޮއްވާ ހާޝިމް ފާހަނާގެ ދޮރުހުޅުވާލިއެވެ. ނިދާކަމަށް ހަދައިގެން ރީމް އޮތެވެ. ހާޝިމް އަވަސް އަވަހަށް އައިސް ޑްރެސިން ޓޭބަލް މަތީގައި އޮތްފޯނު ނެގިއެވެ. އެއަށްފަހު ވާހަކަ ދައްކަން ފެށިއެވެ. "ކިހާބޮޑު އުނދަގުލެއްތަ؟ ކަލޭ ކަންތައް ވަރަށް ބޮޑު ވެއްޖެ. ކިތައް ދުވަހު ބުނެވިއްޖެ މިގަޑީގައި މަށަށް އުނދަގޫ ނުކުރާށޭ. ބޮޑު އުނދަގުލެއް. މިހާރު ނަންބަރު ބަދަލުކުރަންވެސް ވެއްޖެ. ދެން މިނޫން ގޮތެއް ނެތެއްނު.." ހާޝިމް ރުޅިއައިސްގެން އެތިވަރުގޮވަން ފެށިއެވެ. ހާޝިމް ރުޅިގަދަވަމުން ދިޔައެވެ. ރީމް ހާޝިމް ދައްކަމުން ދިޔަ ވާހަކަތަށް ކަނުލައި އަޑު އަހަން އޮތެވެ. "ހާޝިމް އަނެއްކާ ކާކައިތަ އެވާހަކަ ދައްކަނީ. އަހަރެން ނަށް ކަމެއް ސިއްރު ކުރަނީބާ.؟" ރީމްގެ ހިތަށް އަރަމުން ދިޔައެވެ. އަނެއްކާވެސް ހާޝިމް ހަލޭއްލަވައިގަތް އަޑު ރީމްއަށް އިވުނެވެ. (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (19)
![]()
...
ލިޔުނީ hs, 2009-10-23 09:38:40
mi vahaka mee aslam ge hageegee dhiriulhumuge vahaka eh tha? ehaa lahun thi genesdhenee? dhen plz thankolhe avaha genesdheveynetha? v reethi mi vahaka. masha heevanee miharu ves hingaa haadhisaa eh veema hen dhuvas vanee ehaan.
...
ލިޔުނީ Rish, 2009-10-26 17:12:54
Mi vaahakaiga eba huri ham nujehey than than
magumathin yalha ah fenigen gulhy ekam hashim hoadhy layaal v hevaa dhn hashim layaal kairyga buny cycle ah araashey ekam buni kamah v aslam check kolaafa upload kuraa nama mi kahala kudi kutha ke nuhure dhaane dhw kuh tha rangalhu kuraane kama umeedhu kuran :) v obi mi vaahaka my alhe hagy gee haadhi saa eh tha than kolhe avaha upload ko dhe vun edhen :P v boda sukuriyaa mi kahala vaahaka tha genes dhey thy =D
...
ލިޔުނީ އަސްލަމް, 2009-10-28 06:15:34
ރިޝްގެ ހިޔާލުވެސް ގަބޫލުކުރަން. މިކަހަލަ ކުދި ކުދި މައްސަލަތަކަށް ތި ދެއްވާ ކޮމެންޓްސް ތައް އަޅުގަނޑު ހެޔޮހިތުން ގަބޫލުކުރަން. އިރާދަކުރެއްވިއްޔާ ދެން ލިޔުއްވާ ވާހަކަތަކެއްގައި މިކަންތައް ރަނގަޅު ކުރެވޭތޯ ބަލާނަން. ވާހަކަ އާއި ބެހޭގޮތުން ބުނާނީ މީ ހަމަ ހިޔާލީ ވާހަކައެއް. ހަގީގީ ދެވާހަކައެއް ލިޔަމުން މިދަނީ. އިރާދަ ކުރެއްވިއްޔާ ފަންވަތުން އަޅުގަނޑުމެން ކަހަލަ އަލަށް މިދާއިރާއަށް ނުކުންނަ ކުދިންނަށް މިގޮތަށް ފުރުސަތު ދެއްވާނަމަ އަޅުގަނޑު ގަސްދުކުރަނީ ލިޔާ ހުރިހާ ވާހަކަތަކެއްވެސް ހަމަ ފަންވަތުގައި ޝާއިރު ކުރުމަށް. ރިޝް ކަހަލަ ކުދިންގެ ހިޔާލު އަޅުގަނޑުމެން ކަހަލަ އާކުދިންގެ ކުރިއެރުމަކަށް ވެގެންދާނެ. ވާހަކަ ވިދާޅުވީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.......
...
ލިޔުނީ އަސްލޭ........, 2009-10-28 06:21:24
އެޗް.އެސް. މީ އަޅުގަނޑުގެ ހަގީގަތާ އެއްވެސް ވަރަކަށް ގުޅުން ހުރި ވާހަކައެއްނޫން. އެކަމަކު ނަންތަކަކީ ވަރަށް ގާތް އެކުވެރިންގެ ނަންތަކެއް... އަސްލު މިވާހަކަ ލިޔެފައިވަނީ ފޮޓޯގައިއެވާ ފްރެންޑަށް އަޅުގަނޑުގެ ފަރާތުން ހަދިޔާއެއް ދިނުމުގެ ގޮތުން...ހެހެހެހެ.... ނޫނޭ. މީ އެއްގޮތަކަށްވެސް ހިނގާ ހާދިސާއެއްނޫން. މިވާހަކަ ލިޔެފައި ވަނީ މިއަހަރުގެ ފެށުނު ތަނާ. މިހާރު ވަނީ އެއްކޮށް ނިމިފައި. މީ ހަމަ ހިޔާލީ ވާހަކައެއް. ހަގީގީ ވާހަކައެއް ވަރަށް އަވަހަށް ގެނެސްދެވޭތޯ މަސައްކަތް ކުރަމުން މިދަނީ.. އެވާހަކައަށް އިންތިޒާރު ކުރާނެ ކަމަށް އުއްމީދުކުރަން....
...
ލިޔުނީ hs, 2009-10-30 11:01:20
ehenta. dhen kyve ehaa lahun shaaiu kuranee nimifa othiyyaa. anekkaa 2 hafthaain 1 hafthaaga shaiu kuraa gothah tha? hageegee vaahaka othee miharu nimifatha?? nuni higamun dhaa haadhitha eh ge vahaka tha? hehe. hama kanbodu vanee lahun genesdheefaanethee. abadhu fanvai chek kuranee mi vahaka adhethoo
...
ލިޔުނީ zeen, 2009-10-31 15:44:40
mi vaahaka update vaaleh haadha lahey . aa baeh fennany dhen kondhuvahakun v. inthizaaru kura kiyaa hivva vaahake eh mee
...
ލިޔުނީ no need, 2009-11-01 11:58:57
aslam haada molhey dhw. ehkala vaaahaka koba mihaaaru. nimuneeetha. filmaka vaahaka liyan fashaaanee kon duvahakun
...
ލިޔުނީ އަސްލަމް, 2009-11-02 07:38:41
ވާހަކައަށް އިންތިޒާރުކުރައްވާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން....
...
ލިޔުނީ no need, 2009-11-07 12:51:27
ފަންވަތުގައި މިވާހަކަ ތަންކޮޅެއް އަވަހަށް އަޕްލޯޑް ކޮށްދީބަލަ ޕްލީޒް. ހާދަ ލަހޭ. އަސްލަމްގެ މިވާހަކަ ވަރަށް ހިތްގައިމު. އެކަމަކު ރަނގަޅު ކުރަންޖެހޭ ކަންތައް އެބަހުރި. ދިމާވީމަ އެކަންވެސް ރަނގަޅުކޮށްލަން ބުނާނަން. އަސްލަމުގެ ކިބައިގައި މިކަމުގެ ހުނަރު އެބަހުރި. މިކަމުގައި ކުރިއަށްދޭ. އިރާދަ ކުރެއްވިއްޔާ ވަރަށް މޮޅު މީހަކަށް ވާނެ. ބިންމާ، ނަހުލާމެން ކަހަލަ މޮޅު ވާހަކަ ލިޔުން ތެރިއަކަށް ވާނެ. މިވާހަކަ އަޕްލޯޑްކުރޭތޯ އަބަދުވެސް މިސައިޓަށް ވަދެވޭ. ދެން އަންނަބައި މިއަށްވުރެ ކިޔާ ހިތްވާނެ ކަމަށް އުއްމީދުކުރެވޭ. ވާހަކަ ހަމަ ފެންޓާސްޓިކް.............
...
ލިޔުނީ anah, 2009-11-10 16:25:00
Asley ge story v ves furihama. Ekam liyumuga baeh kuda kuda mistake eba huri. Hykuran rangalhu kuraane kamah. Asley ge hageegee vaahaka nerenee kn dhuvahakun tha.Mihaaru evaahaka kiyaa hithun hure vey varu nuvey.Plx mivaahaka than kolheh avahaa upload kohleebaa.Asley ah mi rongun ithuru kuri arun libey tho dhuvaa kuran.
...
ލިޔުނީ neel, 2009-11-14 04:51:44
varah foohiveheje. vaahaka upload kuraale haada lahey. keeverha mihaaa laskuraneeee.
...
ލިޔުނީ zaana, 2009-12-16 03:19:53
vaahaka v v reethi.kiyamun gos "nunimey"
jahaafa iny ma v dheravi
...
ލިޔުނީ zaana, 2009-12-16 03:41:55
aslam v nice story eh..baikaan annaashey bunuge badhalu ga kaan annan buny ma ,ma reethi vane.5 ah inthizaaru kuran
...
ލިޔުނީ alhey, 2010-01-11 12:43:36
haada deraey. mivaahaka upload fen kuraaneee kn duvahakun. kiyan v beynun aneh baives. avaha upload kohdeebala. pls pls pls pls.........
...
ލިޔުނީ aslam, 2010-01-12 05:43:00
vaahaka ah inthizaaru kurey. vaahakaige aneh baives v reeethivaane kamah ummeedhu kuran. kiyun therin thi dehvaa tharuheeba fah fashun shukuru dannavan...
...
ލިޔުނީ ވަން އެން އޮންލީ ސްޕައި, 2010-08-20 03:30:04
ކުރިން ތިން ބައިގެ ކެޕްޝަންގަ ވަނީ ހުސައިން އަސްލަމް ކަމަށް މިބައިގައި އަހްމަދު އަސްލަމް ކަމަށް. މިއީ އޮޅުމެއްބާ ނޫނީ ލިޔުންތެރިޔާ ބަދަލުވީތޯ؟
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|