ފަންވަތް ދިވެހި ވާހަކަ ފަރުވާކުޑަކުރުމުގެ ނަތީޖާ
ބެލި ޢަދަދު: 1310
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

ފަރުވާކުޑަކުރުމުގެ ނަތީޖާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
08 ނޮވެމްބަރ 2009، 02:02 އާދީއްތަ

ކުދިވާހަކަ

މުޚްތާރު ޢަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

އިންސާނާއަށް ކުރިމަތިވާ ބަލާމުޞީބާތްތަކުން ސަލާމަތްވުމަށްޓަކައި ދިފާޢުގެ އައްޑަނަ ތަކެއްވެއެވެ. ޖިންނި ސައިޠާނުންގެ އުނދަގޫތަކުން ސަލާމަތްވުމަށްޓަކައި ކިޔަވާނެ ސޫރަތްތަކާ އިސްމުތަކާއި ޢަޡީމަތަކާއި ނަޖާގެކިޔެވެލިތައް ބައިވަރެވެ. ޖިސްމާނީ ބަލިތަކުން ސަލާމަތްވުމަށް ބޭސްތަކާއި އިންޖެކްޝަންތަކާއި އޮޕަރޭޝަންތަށް ބައިވަރެވެ. ނަމަވެސް ފަރުވާކުޑަކުރުމުގެ ބައްޔަށް ހަނދާންކޮށްދިނުން ފިޔަވައި އެއްވެސް ބޭހެއް ފަރުވާއެއް އަދި މިހާތަނަށް ހޯދުނު ހޯދުންތަކުން ފެނިފައެއްނުވެއެވެ.

ކޮންމެކަމެއްވެސް މުހިންމު ކަމަކަށް ވަނީ އެ ކަމެއްގެ އަހަންމިއްޔަތާ ، ކަމުގެ ބޮޑުކަން އެމީހެއްގެ ހިތާއި ސިކުނޑީގައި ހަރުލާފައިހުންނަ މިންވަރެއްގެ މައްޗަށެވެ. އެއިން ލިބިދޭ ޢިބްރަތްތެރި ސަރުސުތަކުގެ އިސްކަމުގެ މައްޗަށެވެ.  އެ ނޫން މީހުންނާ މެދު އަޅުގަނޑަށްވެސް ދެންނެވޭނީ މުޙަންމަދު ރަފީޢުގެ އަޑުން ރޭޑިއޯއިން އިވޭ ލަވައިގައި ބުނާގޮތަށެވެ.

ބަޅީދުނިޔާމެ އާޚިރު ދިން.....

މިޅެންބައިތުގެ އިޖުމާލީ މާނައަކީ :

މިއޮތްބޮޑު ދުނިޔެ މި ދުނިޔޭގެ އަމިއްލަ ޠަބީޢަތުގައިވާ ކެހިވެރިކަމާއި ، ދުނިޔޭގެ ކުރިއެރުންތަކާއި ވެއްޓުންތަކާއި ކަންހިނގައި އަންނަ އާދައިގެ އުސޫލުތަކުން ހިތާ ސިކުނޑިއަށް އެއްޗެއް ނުވިސްނުނު މޮޔައަކަށް އަހަރެން ފަހެ ވިސްނައިދޭން ބުނާނީކީކޭހޭ؟

ފާތިމައަކީ ހުވަފަތްވެފައިވާ އަންހެނެކެވެ. އޭނާ ޙަޔާތުގެ ބައިވެރިޔާ ދޮންފުތުކެޔޮޅު ނިޔާވިއިރު ފާތުމައާއި ހަވާލުވެފައިވަނީ ވަރަށްބޮޑު އަމާނަތެކެވެ. ޔަތީމު ދެކުދިންނެވެ. ދިރިހުރި ނިޝާންތަކުގެ ފޮނިމޭވައެވެ. ލޯބީގެ ގުލްޝަނުން ބިނދެލަން ލިބުނު ޛިކުރާގެ މަލެވެ. ދޮންފުތުކެޔޮޅު ނިޔާވިތާ ހަތްއަހަރު ވެއްޖެއެވެ. މިހާރު މަރިޔަމްގެ އުމުރުން ބާރަ އަހަރެވެ. ހަސީނާގެ އުމުރުން އަށް އަހަރެވެ. ފާތުމަގެ ހިންމަތާއި މިންނަތް މަސައްކަތުން އޭނާގެ ދެކުދިން ފެންނައިރު އެއީ މާ ފަޤީރުކުދިން ކަމަކަށް ނުބެލެވޭނެ އެވެ. ސާފުތާހިރުކަމުންނާއި އުނުބަރަސް ހުންނަގޮތުން އާދައިގެ ތަނަވަސް ކުދިންކަމަށް ބެލެވޭވަރުވެއެވެ. ފާތުމަ ދަރުވަލު ހިނގައިގެންނާއި ބޮނބިތަޅައި ރޯނުވަށައިގެން ފައިސާހޯދައިގެންނެވެ. ގޯތިތެރޭ އެންމެ ހުސްތަންކޮޅެއްވެސް ނުބާއްވައި ބަށި ، މިރުސް ، ފަޅޯ، އަންނާރުފަދަ ތަކެތި ހައްދައި ވިއްކައިގެން ފައިސާ ހޯދައިގެންނެވެ. އަދިމީގެއިތުރުން ކުކުޅުވެސް ގެންގުޅެއެވެ. ކުކުޅުހާ ކުކުޅު ބިސް މިގޭގައި ހުސްނުވެ އަބަދުހެން ވިއްކަންހުރެއެވެ.

ފާތުމަ އޭނާގެ ދެދަރިން އިސްކޫލަށް ވައްދައިގެން ކިޔަވާދެއެވެ. ފާތުމަގެ ކެރޭ މުރާލި މަސައްކަތުގެ ފޮނި ނަތީއްޖާގެ ސަބަބުން އޭނަގެ ދެކުދިންނަށް އެއްވެސްކަމަކުން ފައިސާގެ ތަނަވަސްކަން ނެތިގެން ކަމެއް ނުވެފައެއް ނޯވެއެވެ.

އެއްދުވަހަކު ފާތުމަގެ ދެދަރިން އިސްކޫލުން ކިޔަވައިގެން ގެއަށް އައިސް ހެދުން ބަދަލުކޮށްގެން ގޮށިދަށް ބެލިއިރު ކާއެއްޗެއް ނެތިގެން ދިޔައީ މަންމަ ހޯދާށެވެ. މަންމަވީ ބޮނބިތަޅަން ގޮސްކަން އެ ދެކުދިންނަށް އެނގެއެވެ. އެދެކުދިން މަންމަ ބޮނބިތަޅާ ގާދޮށަށް ދިޔައިރު މަންމަ އަދި ބޮނބިތަޅައި ނުނިމެއެވެ. ދެކުދިން މަންމަގާތު ބަނޑުހައިވާ ވާހަކަ ބުނުމުން ، ފާތުމަ އޭނާގެ ދެކުދިންނާ ދިމާއަށް ލޯބީގެ ނަޒަރަކުން ބަލާލާފައި ބުނީ ގެއަށް ހިނގާށެވެ. ދެން ބޮނބިތަޅައި ބޮނބި މޫދުލާނީ ދެބެންނަށް ނާސްތާއެއް ދީފައި އައިހެވެ.

ފާތުމަ ގެއަށް އައިސް ދެކުދިންނަށް ފިލާވަޅު ފަރިތަކުރުމަށް ބުނެފައި ފާތުމަ ދިޔައީ ސައިކައްކާށެވެ. ފާތުމަ ގިފިއްޔަށް ވަދެ އަތްފައި ދޮވެލައިގެން ތެލިބަންޑުންޖަހާ އަށިމަތީއޮތް ކުރައި ނަގައި ބަނޑިޔަލުން  ފެންއަޅައިގެން ކުރައި އުނދުން މައްޗަށް އުދައިފިއެވެ. ދެން ދެތިން ހުނގޫ ފަން ގެނެސް ފަންހުގުލެއްގައި ރޯކޮށް އުނދުނަށް ލައި އަންދައިލުމުން ކުރައި ހޫނުވާން ފެށުމާ އެކު ކުރައިގެ ތެރެއިން އެއްޗެއް ބަޑިއެޅިކަހަލަ އަޑެއް އިވުނެވެ. ކުރައި ކައްކައި ސައިފަތް އަޅައި ދެތައްޓަށް ފެން އަޅައިފި އެވެ. ފެނުގައި ތަންކޮޅެއް ނޫކުލައެއް ހުންނަހެން ވެސް ހީވިނަމަވެސް އެކަމަކާ މާބޮޑަށް އަޅައިނުލައި ދެތައްޓަށް ހަކުރުލައި ގިރައިފައި ފާތުމަ ގޮސް ގެމަތީހުރި ބިސް ކޯދު ޑަބިޔަލެއް ނަގައި ތައްޓަކަށް  ބިސް ކޯދު އަޅައި ގޭބޮޑުއަށިމަތީގައި ދެކުދިންނަށް ސައިބޯން ހަދައިދީފައި ސައިބޯށޭ ބުނެފައި ފާތުމަ ދިޔައީ ބަދިގެއަށެވެ. ބަދިގެއަށް ގޮސް ހަނޑޫ ދޮވެ ކައްކަން އުދައިފައި ގެއަށް އައިއިރު ސައިބޮއިގެން ދެކުދިން ތިބީ ބޮޑު އަށިމަތީ މަރުވެފަ އެވެ. ފާތުމަ ރޮއިހޭރި ހަޅޭލަވިގަތް އަޑަށް ތަންގަނޑު އެންމެން ގެއަށް އަތުވެއްޖެއެވެ. ކޮންމެ މީހަކަށް ވެސް މި މަންޒަރު ފެނުމުން އަނގައިން ބަސްހުއްޓި އާޝޯޚުވެގެން ނޭފަތު ކުރީގައި އިނގިލި އަޅާފައި ކިޔެނީ إنا لله وإنا إليه راجعون

ދެން އެންމެން ހަމަހޭވެރިކަން ވެގެން އެކުދިން ބުއި ސައިތަށީގައި ހުރި ބާކީ އެތިފޮދަށް ބަލައި ސައި ކެއްކި ކުރައި ބެލިއިރު ކުރައިގައި އޮތީ ކެކި ރޯފިލާފައިއޮތް ނަންނުގައްޗެކެވެ. ކުރައަށް ފެންއެޅިއިރު ނަންނުގަތި އޮތްކަމަށްވަނީ ކުރައިގެ ވަށްގަނޑުތެރޭގަ އެވެ.

''ވިސްނުމެއް ނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގައި 
          ގިސްލަމުން ހިތި ކަރުނަ އޮއްސަން ޖެހިދެއޭ ޢުމުރަށް މުޅިން ]

                               ނިމުނީ

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 98 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1443990

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 1310