ފަންވަތް ދިވެހި ވާހަކަ ދޫނުބައި ބަސްނާހާ ކުއްޖާ
ބެލި ޢަދަދު: 2232
ދޫނުބައި ބަސްނާހާ ކުއްޖާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
11 ނޮވެމްބަރ 2009، 16:43 ބުދަ

ކުދިވާހަކަ

މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ

ޔާސިރުއޭ ކިޔުނު މާތް ބޭކަލަކު ކިބައިން މިވާހަކަ ނަގުލު ކުރެއްވި ބޭކަލުން ބުނުއްވިއެވެ. އެކަލޭގެފާނު އެއްފަހަރަކު ދަތުރުކުރައްވަމުން ވަޑައިގެން ދަނޑުވެރިންގެ ރަށަކަށް އަރައި ވަޑައިގެންނެވިއެވެ. އެދުވަހުގެ އިރު އޮއްސެން ކައިރިވެފައި ހުރުމާއެކު ދަނޑުވެރިންގެ އަވަށްގަނޑުން ތަންކޮޅެއް ދުރުގައި ވަކިންހުރި ގެއެއްގެ ދޮރުމައްޗަށް ހުއްޓިވަޑައިގެން ސަލާމް ގޮވައިލެއްވުމުން އެތެރެއިން ސަލާމުގެ ޖަވާބު ދެއްވައި މުސްކުޅިވަރެއްގެ ބޭކަލަކު ނިކުންނަވައި އެކަލެގެފާނާއި މުޞާފަޙާ ކުރައްވައިފި އެވެ. އަދި ހާލުއަހުވާލު އައްސަވައި އެރޭ އެގޭގައި ރޭކުރެއްވުމަށް ދެންނެވުން ، އެބޭކަލަކުވެސް އެޖިފުޑިއަށް ވަދެވަޑައިގެންފިއެވެ.

އެ ގޭގައި އުޅެނީ އެމުސްކުޅި ފިރިހެނަކު އެކަންޏެވެ. ދެން ދެބޭކަލުން ޥުޟޫކުރައްވައި މަޣުރިބް ނަމާދު ކުރައްވައިފި އެވެ.  ދެން ޢިޝާ ނަމާދު ވަގުތު ވުމުން ޢިޝާ ނަމާދު ކުރައްވައިގެން އޭގެފަހުގައި ރޭގަނޑުގެ ކެއުމަށް ދެބޭކަލުން ދެބޭކަލުން އެކުގައި ފައްޓަވައިފި އެވެ.  އެ ދަތުރުވެރި ކަލޭގެފާނު އެ ގެއަށް ވެދެވަޑައިގަތީއްސުރެ އިރުއިރުކޮޅުން އަޑެއް އިވިވަޑައިގަނެއެވެ. އެއީ ޙިމާރެއް ހޭރޭ އަޑާއި އެއްކަހަލަ އަޑެކެވެ. މި އަޑެއް އިވިވަޑައިގެންނެވުމުން ދަތުރުވެރިކަލޭގެފާނު ގޭ ވެރި ކަލޭފާނާއި ސުވާލުކުރެއްވިއެވެ. އިރުއިރުކޮޅުން އެ އިވެނީ ކޮންއަޑެއްތޯއެވެ. ގޭ ވެރިކަލޭފާނު ޖަވާބުގައި ދެންނެވިއެވެ. އެއީ މާބޮޑުކަމެއް ނޫނެވެ. ހިތް ހަމަޖައްސަވައިލައްވައިގެން ކޭންބައްލަވާށެވެ.

ރޭގަނޑުގެ ކެއުމުގެ ކަންތަކުން ނިމިވަޑައިގެން ދެބޭކަލުން ވާހަކަ ދައްކަވަން ތިއްބެވީ އެވެ. ނަމަވެސް އިރުއިރުކޮޅުން އެއްކަލަ ހިމާރު ހޭރޭކަހަލަ އަޑުއިވިވަޑައިގަންނަވައެވެ. އަނެއްކާވެސް ދަތުރުވެރި ކަލޭގެފާނު ގޭ ވެރި ކަލޭގެފާނާއި ސުވާލުކުރެއްވިއެވެ. ގޭ ވެރި ކަލޭގެފާނު ހިތާމައިގެ ފުން ނޭވާއެއް ލައްވާފައި މިވާހަކަ ކިޔައިދެއްވިއެވެ.

އޭ އަހަރެންގެ މިރޭގެ މާތް މެހުމާނާ އެވެ. އެއިވޭ އަޑަކީ އަޅުގަނޑުގެ ދަރިފުޅުގެ އަޑެވެ. އެއީ ނަސޭހަތް ޤަބޫލުނުކުރާ ބަސްނާހާ ވިޔާނުދާ ގޯސްކުއްޖެކެވެ. އޭނާއަށް ވީގޮތަކީ އޭނާގެ އުމުރުން ހަތަރުފަސްއަހަރުގައި އޭނާގެ މަންމަ ނިޔާވެއްޖެއެވެ. އަޅުގަނޑުގެ ވެސް ހުރި ހަމައެކަނި ދަރިއަކީ އޭނާއެވެ. އޭނާގެ މަންމަ ނިޔާވުމުން މަންމައެއްގެ ލޯބިވެސް ބައްޕައެއްގެ ލޯބިވެސް ދޭންހުރީ އަޅުގަނޑެވެ. އަޅުގަނޑުމެން ދެމީހުންގެ ދިރިހުރި ހަނދާނުގެ ނިޝާންކަމުގައިވާ އެދަރިފުޅުދެކެ އަޅުގަނޑުވެސް ކިހައި ލޯތްބެއް ވާނެތޯއެވެ. އެކަމަކު އޭނާ ބޮޑުވިބޮޑުވިހެން އަންނަނީ ގޯސްވަމުންނެވެ. ގިނަވަގުތު އުޅެނީ ވިޔައިނުދާ ގޯސް ކުދިންނާއެކު ކުޅިވަރުކުޅެ މަޖާކުރުމުގައެވެ. އަޅުގަނޑުގެ ދިރިހުރި  ނިޝާންކަމުގައިވާ އެ ދަރިފުޅަށް ވަރަށް ބޮޑަށް ނަސޭހަތްދީ ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރީމެވެ. އޭނާ އަޅުގަނޑާ ދިމާއަށް ގޮވައި އުޅެނީވެސް އޭޙިމާރާ އަންނާށޭ! އޭޙިމާރާ ދާށޭ! އޭޙިމާރާ ކާށޭ! މިހެންނެވެ. އަޅުގަނޑު އޭނާއަށް ލުޤުމާނު ޙަކީމް އޭނާގެ ދަރިކަލުންނަށް ދެއްވި އަގުހުރި މަޝްހޫރު ނަސޭހަތް އެތައްފަހަރަކު ކިޔައިދިނީމެވެ. އަދި އަހަރެން ބުނީމެވެ. ލުޤުމާނުޙަކީމް އޭނާގެ ދަރިކަލުންނަށް ދެއްވި ނަސޭހަތުގައި ބުނުއްވިއެވެ. އޭދަރިފުޅާއެވެ. އެންމެ ނުބައި އަޑަކީ ޙިމާރުގެ އަޑެވެ. އެކަމަކު އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑުގެ އެއްވެސް ވާހަކައެއް ޤަބޫލެއް ނުކުރިއެވެ. އޭނާއަށް ގަބޫލުކުރެވުނީ އޭނަޔާ އެކުއުޅޭ ރައްޓެހިންގެ ވާހަކައެވެ. ފަހަކަށްއައިސް އޭނާ އަޅުގަނޑާއި ދިމާއަށް ޙިމާރާ އަންނާށޭ! ޙިމާރާ ދާށޭ! ގޮވައިއުޅެނީވެސް ޙިމާރުގެ އަޑުލައްވަން މަސައްކަތް ކުރަމުންނެވެ. ކުޑަ ދުވަސްކޮޅެއް ފަހުން އޭނާއަކަށް ވާހަކައެއް ނުދެއްކެއެވެ. ހަޅޭލަވައިގަނެވެނީ ޙިމާރު ހޭރޭ އަޑުންނެވެ. ކުޑަ ދުވަސްކޮޅެއްވީ ފަހުން އޭނާގެ އަތްފައިގެ ވާގިނެތި ކޮއްމަސްބުރިއެއް ހެން ވެއްޓިފައި އޮންނަން ޖެހިއްޖެއެވެ. ކަމަކަށް ބޭނުންވެއްޖެނަމަ ޙިމާރުގެ އަޑުން ހޭރިގަންނާނެއެވެ. މިހާރު އޭނާގެ އުމުރުން ވިއްސަކަށް އަހަރު ވެދާނެއެވެ. އެދުވަހުއްސުރެ އޭނާގެ ހާލަކީ އެއީއެވެ.

 (ނިމުނީ)

 
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ azeema, 2009-11-11 14:52:27
varah reethi
...
ލިޔުނީ kamanaa, 2010-07-04 01:12:53
varah ibraiy theri

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2232
extra avandia and congestive heart failure