ފަންވަތް ދިވެހި ވާހަކަ ސުވަރުގޭގައި މޫސާގެފާނުގެ މިތުރު
ބެލި ޢަދަދު: 1293
ސުވަރުގޭގައި މޫސާގެފާނުގެ މިތުރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
09 މާރޗް 2010، 00:38 އަންގާރަ

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން


ޢިބްރަތްތެރި ވާހަކައެއްގައި ވެ އެވެ.

އެއްދުވަހަކު މާތް ﷲ ގެ ޙަޟުރަތުގައި މޫސާގެފާނު ދެންނެވި އެވެ.
"ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ!
ސުވަރުގޭގައި މިއަޅާގެ މިތުރު، މިދުނިޔޭގައި މިއަޅާއަށް ދައްކަވައިފާންދޭވެ!"

އެހިނދު ޖިބުރީލުގެފާނު، ވަޑައިގެން މޫސާގެފާނަށް ދެންނެވި އެވެ.
"މޫސާގެފާނެވެ! ސުވަރުގޭގައި ކަލޭގެފާނުގެ މިތުރު ކަމުގައިވާނީ، އެވެނި ދުއްކާނެއްގައި އުޅޭ ކުއްޖާ އެވެ."

ދެން މޫސާގެފާނު، އެ ދުއްކާނަށް ވަޑައިގެންނެވި އެވެ.
އެހިނދު އެކަލޭގެފާނަށް އެތަނުން ފެނިވަޑައިގަތީ، އެއްގަމު މަސް ވިއްކުމުގެ މަސައްކަތުގައި އަވަދިނެތި އުޅޭ ޒުވާނެކެވެ. އޭނާ އުޅޭ ގޮތެއް ބައްލަވަން، މޫސާގެފާނު އެދުވަހު ހުންނެވި އެވެ. ނަމަވެސް އެ ޒުވާނާގެ ކިބައިން އާދަޔާ ޚިލާފު ކަމެއް އެކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަ އެވެ.

އިރު އޮއްސުމުން، ޒުވާނާ ދުއްކާން ބަންދުކޮށްފައި އޭނާގެ ގެޔަށް ދިއުމަށް ހިނގައިގަތެވެ.
އެހިނދު، މޫސާގެފާނު އޭނާގެ ފަހަތުން ވަޑައިގެންނެވި އެވެ.

އޭނާ ގެޔަށް ވަނުމުން، މޫސާގެފާނު އެ ގޭ ދޮރުކައިރިއަށް ވަޑައިގެން ސަލާމް ގޮވާލެއްވި އެވެ.
ޒުވާނާ، މޫސާގެފާނުގެ ސަލާމް ބަލައިގަތުމުން، އެގޭގައި އެރޭ އެކަލޭގެފާނު ބަހައްޓަވައި ދެއްވުމަށް އެދިވަޑައިގަތެވެ.
ނަމަވެސް އެކަލޭގެފާނަކީ، މޫސާގެފާނު ކަން ޒުވާނާއަށް ނާންގަވަ އެވެ.

މޫސާގެފާނަކީ، ދަތުރުކުރަމުންދާ ބީރައްޓެއްސެއް ކަމަށް ހިތައި، ޒުވާނާ އެކަލޭގެފާނަށް މަރުޙަބާ ދެންނެވި އެވެ. އަދި އުފަލާއެކު، އެކަލޭގެފާނު އެގޭގައި ބެހެއްޓި އެވެ. ދެން ޒުވާނާ ކުރާ ކަންތައްތައް މޫސާގެފާނު ރަނގަޅަށް ބައްލަވަމުން ގެންދެވި އެވެ.

ޒުވާނާ ކާއެއްޗެއް ތައްޔާރުކުރި އެވެ.
އަދި އެގޭގައި އެލުވާފައިވާ ތަންމައްޗެއް ތިރިކުރި އެވެ.
އޭގެތެރޭގައި ވަނީ ޢުމުރުން ދުވަސްވެ އަބަހައްދަވެފައިވާ މުސްކުޅިއެކެވެ.
އެމުސްކުޅިޔާގެ ހެދުން ބަދަލުކޮށް ރީތިކުރުމަށްފަހު، ޒުވާނާ އެ މުސްކުޅިޔާއަށް ކާންދިނެވެ.
ދެން އެ މުސްކުޅިޔާ ތަންމަތީގެ ތެރެއަށް ލުމަށްފަހު، އެ ތަންމަތި އިހު އޮތްތަނަށް ރުޖޫޢުކުރި އެވެ.
އެހިނދު، އެ މުސްކުޅިޔާ ކޮންމެވެސް އެއްޗެއް ކިޔާއަޑު މޫސާގެފާނަށް އިވިވަޑައިގަތެވެ.

ދެން މޫސާގެފާނުގެ އަރިހަށް، ކާބޯތަކެތި ހިފައިގެން ޒުވާނާ ދިޔަ އެވެ.

މޫސާގެފާނު އެއްސެވި އެވެ.
"ޒުވާނާ އެވެ. އެ ތަންމަތީގައިވަނީ ކާކު ހެއްޔެވެ؟"

ޒުވާނާ ދެންނެވި އެވެ.
"އެއީ އަޅުގަނޑުގެ މަންމަ އެވެ. އަޅުގަނޑު މިގޮތަށް މަންމައަށް ޚިދުމަތްކުރާތާ ލައްކަ ދުވަސް ވެއްޖެ އެވެ."

މޫސާގެފާނު އެއްސެވި އެވެ.
"ތިބާގެ މަންމަ ދެންމެ ކޮންމެވެސް އެއްޗެއް ކިޔާއަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ފަހެ، އޭނާ ކީ ކީކޭހެއްޔެވެ؟"

ޒުވާނާ ދެންނެވި އެވެ.
"އަޅުގަނޑު މަންމައަށް ޚިދުމަތްކޮށްދޭ ކޮންމެ ފަހަރަކު، އަޅުގަނޑުގެ ފާފަފުއްސެވުމަށް އެދި މަންމަ ދުޢާކުރެ އެވެ.
އަދި، މާތް ﷲ ގެ ޙަޟުރަތުގައި ދަންނަވަ އެވެ.
ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ!
މިއަޅާގެ ދަރިފުޅަކީ، ސުވަރުގޭގައި މޫސާގެފާނުގެ މިތުރު ކަމުގައި ލައްވައިފާންދޭވެ!"

އެހިނދު މޫސާގެފާނު ވިދާޅުވި އެވެ.
"ޒުވާނާ އެވެ! އުފާކުރާށެވެ!
ހަމަކަށަވަރުން، މާތް ﷲ ތިބާގެ މަންމަގެ ދުޢާ އިޖާބަކުރައްވައިފި އެވެ.
ތިމަންކަލޭގެފާނަކީ މޫސާގެފާނެވެ.
ސުވަރުގޭގައި ތިމަންކަލޭގެފާނުގެ މިތުރު ކަމުގައި ވާނެ މީހަކު ދެއްކެވުން އެދި، ތިމަންކަލޭގެފާނު، މާތް ﷲ ގެ ޙަޟުރަތުގައި ދެންނެވީމެވެ.
އެހިނދު އެކަލާނގެ، ތިމަންކަލޭގެފާނަށް ދެއްކެވީ ތިބާ އެވެ!
ތިބާގެ ޢަމަލުތައް ތިމަންކަލޭގެފާނު ބެއްލެވީމެވެ.
މަންމައަށް ހެޔޮކޮށް ހިތުން ފިޔަވައި އެހެން މޮޅުއިތުރު ކަމެއް ތިބާގެ ކިބައިން ތިމަންކަލޭގެފާނު ދެކެވަޑައިނުގަންނަވަމެވެ.
ޒުވާނާ އެވެ!
ސުވަރުގޭގައި ތިބާއަކީ، ތިމަންކަލޭގެފާނުގެ މިތުރު ކަމުގައި މާތް ﷲ ލެއްވީ އެކަމަށްޓަކަ އެވެ.
މަންމައާއި ބައްޕައަށް ހެޔޮކޮށް ހިތުމަކީ، މާތް ﷲ ގެ ޙަޟުރަތުގައި ދަރަޖަ މަތިވެރިވެގެންވާ ކަމެކެވެ."



މަޞްދަރު:
އަލްއިސްލާމް ލިލްޖަމީޢި ވެބްސައިޓު.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (3)Add Comment
...
ލިޔުނީ ali, 2010-03-09 01:00:09
varah ibrahtheri , mikahala kuru vaahakathakah inthizaarukuran
...
ލިޔުނީ Ansar, 2010-06-17 14:31:16
Wara reethi wahaka ei
...
ލިޔުނީ އަޙުމަދު މުޢާވިން, 2010-06-19 15:05:49
ވަރަށް ފުރިހަމަ އަދި އެހާމެ ޢިބްރަތްތެރި ވާހަކައެއް..! މިކަހަލަ ގިނަ ވާހަކަތަކެއް މުސްތަޤްބަލުގައި ފަންވަތުގައި ޝާއިޢުކުރާނެކަމަށް އުންމީދުކުރަން..

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 62 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ހަމަ މި ގަލަމުން

ފަންވަތުގެ ޖަވާހިރު

ސުވަރުގޭގެ ތަޅުދަނޑިއަކީ ނަމާދެވެ.
ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ.
ވުޟޫއުގެ ތަޅުދަނޑިއަކީ ބިސްމިއެވެ.
ބިސްމީގެ ތަޅުދަނޑިއަކީ ޔަޤީންކަމެވެ.
ޔަޤީންކަމުގެ ތަޅުދަނޑިއަކީ ވަކީލުކުރުމެވެ.
ވަކީލުކުރުމުގެ ތަޅުދަނޑިއަކީ އުންމީދެވެ.
އުންމީދުގެ ތަޅުދަނޑިއަކީ ކިޔަމަންގަތުމެވެ.
ކިޔަމަންގަތުމުގެ ތަޅުދަނޑިއަކީ މާތް ﷲ ގެ އެއްކައުވަންތަކަމާއި އެކަލާނގެ ރުބޫބިއްޔަތު ޤަބޫލުކުރުމެވެ.

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1300701
free counters
ބެލި ޢަދަދު: 1293