ފަންވަތް ދިވެހި ވާހަކަ ލާޝާ
ބެލި ޢަދަދު: 3088
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ލާޝާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
08 އެޕރީލް 2010، 01:10 ބުރާސްފަތި

ނަޝް

  ލާޝާ ކިޔަވައި ނިމެން ކައިރިވަނީ އެވެ. އޭނާގެ މައިންބަފައިން އޭނާގެ ކައިވެނި ރާވަމުންދަނީ އެވެ. ޤަދަރުހުރި ފައިސާވެރި އާއިލާއެއްގެ ޒުވާނަކާ ދެވުމަށެވެ. މި ދެމީހުންދެމެދުގައިވަނީ ލޯބީގެ ކޮންކަހަލަ ގުޅުމެއްކަމެއް ބަލާމީހުންނަކަށް ނޭނގޭނެ އެވެ. ސަބަބަކީ ކޮބައިބާވަ އެވެ. ދެމީހުން ވާހަކަދައްކަން ތިއްބައި ފެނެ އެވެ. ހީނސަމާސާކުރަނިކޮށް ފެނެ އެވެ. އެކުގައި ތަންތަނަށް ދަނިކޮށް ފެނެ އެވެ.

މީގެ ސަބަބު އެނގެނީ ހަމައެކަނި ލާޝާއަށެވެ. އޭނާގެ މައިންބަފައިން ހޮވާފައިވާ ބައިވެރިޔާއަކީ އޭނާގެ މިޒާޖާ ގުޅޭމީހެއްނޫނެވެ. އެހެންކަމުން އޭނާގެ މުޅިދިރިއުޅުން އެކަހަލަ މީހެއްގެ އަތްމައްޗަށް ދޫކޮށްލާކަށް ނޭދެވެއެވެ. އެހެންނޫނަސް އޭނާގެ ހިތާއި ފުރާނައިން ތައުރީފުކުރެވޭ އެހެން މީހަކުއެބަހުއްޓެވެ. އެމީހަކަށް މިކަމެއް ނޭނގޭނެ އެވެ. އެއީ އެގޭގައި ކިޔަވަންހުންނަ ރާއްޖެތެރޭކުއްޖެކެވެ. ބާޒާރުކުރުމާއި ގޭތެރޭގެ މަސައްކަތުގައި އޭނާ އުޅެންޖެހުނުނަމަ ވެސް ފިލާވަޅުދަސްކުރުމާއި އަމިއްލައަށް އިންތިޒާމްވެލުމުގައި ހާދަރަނގަޅޭ އެހެންމީހުން ހިތަށްއަރާވަރުވެ އެވެ.

އެހެންނަމަވެސް މިއީ ވާނެކަމެއްނޫނެވެ. ލާޝާގެ މައިންބަފައިންނަށް ކިރިޔާ ހީވެލިޔަސް އެޒުވާނާގެ ކިޔެވުމަށް ހުރަސްއެޅޭގޮތްވުން ދުރެއްނޫނެވެ. އެހެންކަމުން ލާޝާގެ ހިތުގެ ލޯބިވަނީ ފޮރުވިފައެވެ. މިކަންފާޅުކޮށްފިނަމަ އަނެކަކު އަމަލުކުރާނީ ކިހިނެއްކަމެއްވެސް ނޭނގެއެވެ.

މަންމައާއި ބައްޕަގެ ބަހަކަށް ނޫނެކޭބުނުމަކީ ލާޝާއަށް ކުރަންކެރޭނެކަމެއްނޫނެވެ. ހަމައެހެންމެ، ހިތްނޭދޭ މީހަކަށް އިންނާނެ ގޮތެއް ނުވެސްއެނގެއެވެ. އަދި ނުދެނަހުރިމީހަކުދެކެ އަމިއްލައަށް ވެވޭ ލޯބި ހަނދާން ނައްތާލާނެ ގޮތެއް ނުވެސް ވިސްނޭމެއެވެ. ދުވަސްވީ މީހުންގެ ތަޖުރިބާތަކަކީ ޒުވާނުންނަށް ވިސްނައިވެސް ނުގަނެވޭނެ ތަޖުރިބާތަކެކެވެ. އެހެންކަމުން ލާޝާއާއި ދެވަން ހޯދާފައިވާ މީހާއާމެދު އޭނާ ބަހައްޓާ ފިނި ގޮތާއި ގޭގައިއުޅޭ ބީރައްޓެހި ކުއްޖާއާއިމެދު ބަހައްޓާ އާދަޔާޚިލާފު ގޮތަކީ ގުލުމެއްވާ ދެކަންތައްބާވައޭ ލާޝާގެ މައިންބަފައިން ފިކުރުކުރަން ފަށައިފި އެވެ.

އެގޭގައި ހުންނަ ކުއްޖާއަކީ އެކަހަލަ ޝައްކެއްކުރާވަރަށްވުރެ މާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. އެހެންކަމުން އޭނާގެ ކުށެއްނެތި ފޮނުވާލުމަކަށް އެއްބަހެއް ނުވެވުނެވެ. އެއްބަސް ވެވުނީ ލާޝާގެ ކައިވެނި އަވަސްކުރުމަށެވެ. ދެއާއިލާގެ މެދުގައި ކައިވެނީގެ ހަފްލާއާއިބެހޭ ވާހަކަދައްކައި ނިމިއްޖެއެވެ. ކައިވެނީގެ ދުވަސް ކަނޑައެޅިއްޖެއެވެ. ލާޝާ މާޔޫސްވާން ފަށައިފިއެވެ. ސިއްރުކުރިނަމަވެސް އޭނާގެ ހިތާމަތައް މޫނުމަތިންފެނެއެވެ.

ކަންދިމާކުރިގޮތުން އެގޭގައިހުރި ޒުވާނާގެ ބައްޕަގެ ބަލިހާލުބޮޑުވެގެން ރަށުން އަންގައިފި އެވެ. އޭނާ ރަށަށް ހިނގައްޖެ އެވެ. ލާޝާގެ ކައިވެނި ވެއްޖެ އެވެ. އަދި ފިރިމީހާގެ ގެއަށް ހިނގައްޖެ އެވެ. އެގޭގައި ހުރި ޒުވާނާ އެނބުރިމާލެ އައީ އޭނާގެ ބައްޕަ ނިޔާވިކަމުގެ ހިތާމައިގަ އެވެ. އޭނާ މާލެ އައުމުން ފާހަގަކުރެވެންފެށީ ފޫނުބެދޭފަދަ ފަޅުކަމެކެވެ. އެފަޅުކަމަކީ ލާޝާ ނެތުމުން އިހްސާސްކުރެވޭ ފަޅުކަމެއްކަމުގައި ޤަބޫލުކުރާކަށް އޭނާ ނޭދެއެވެ.

އޭނާގެ ބިތްޖެހުމާއި ފިކުރުތަކުގެތެރޭގައި އިންނައިނުން  ލާޝާގެ މައިންބަފައިންދެކެނީ އޭނާގެ ބައްޕަ ނިޔާވުމުން ލިބުނު ހިތާމަކަމުގަ އެވެ. އަނެއްކޮޅުން ލާޝާގެ ދިރިއުޅުން އޭނާ އަމިއްލައަށް ލަފާކުރިގޮތާއި އެއްވެސްތަފާތެއްނެތެވެ. ހުރިހާކަމަކީ ފައިސާއެވެ. ލޯބީގެ އޯގާވެރިކަމުގެ ގުޅުމަކީ އޭނާ ނުދަންނަ އެއްޗެއްސެވެ. ހައްޔަރުގައި އިނުމާއެކު، ލިބޭ އުނދަގޫތަކާއި ފިރިމީހާގެފަރާތުން ލިބޭ އަޅާލުން ކުޑަކަމާއި، މިހުރިހާކަމެއް އޭނާ ބަރުދާސްތުކުރީ ކެތްތެރިކަމާއެކުގައެވެ.

ނަމަވެސް އެކިގޮތްގޮތުން ލާޝާގެ މައިންބަފައިންނަށް އެކިކަހަލަ ޚަބަރުތައް ލިބެމުންދެއެވެ. ލާޝާ އެގެއަކަށް ނާދެ އެވެ. ފޯނަކުންނުގުޅެއެވެ. މިހެން ދުވަސްތައްދަނިކޮށޤ އެއްރެއަކު ޚަބަރުލިބުނީ ލާޝާގެ ފިރިމީހާ ލާޝާގައިގާ ތަޅައިގަނެގެން އުޅޭ ޚަބަރެވެ. އެދެމަފިރިންގޮސް އެމީހުންގެ ދަރިފުޅު ގެނައެވެ. ލާޝާގެ ފިރިމީހާގެ ބަހަކީ އެގެއިން ނިކުމެއްޖެނަމަ ލާޝާއަކީ އޭނާގެ އަނތްބެއް ނޫންކަމަށެވެ. ޅާޝާ ގަސްތުކުރީ އޭނާގެ މައިންބަފައިންނާއެކު އަމިއްލަ ވަޒަނަށް ދާށެވެ. އެވަޒަނުގައި އޭނާ ފަށާފައިވާ އޯގާވެރިކަމާއި ލޯބީގެ ބޮޅުފައްޗެއް ނުނިމި އޮތްކަން އެނގުނެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކައި ، އެޗޭނު އޭނާދިޔައީ ގަތަމުންނެވެ. ފާޅުނުކޮށެވެ. ދެމީހުން އެކުގައި ވާހަކަދައްކަންތިބުމާއި އެކުގައި އެކިމަސައްކަތުގައި އުޅޭތަން ލާޝާގެ މައިންބަފައިންނަށް ފެނެއެވެ. ނަމަވެސް އެކަމަށް މާބޮޑުސަމާލުކަމެއްނުދެއެވެ.

ލާޝާ ވިހައިގަދަވެއްޖެއެވެ. އެތައްމަސް ދުވަހެއްގެ ދިގު ޗުއްޓީއެއްގައި ހުރިމީހެއްގޮތަށް ލާޝާގެ ދަރިފުޅުގެ ބައްޕަ އެގެއަށް ވަދެއެވެ. އޭނާގެ ގޮތުގައެވެ. ދަރިފުޅު ދެކެލާފައި އައިސް ލާޝާކުރެން އަހަނީ އެނބުރި ގެއަށް ދާންވީނޫންހެއްޔެވެ. ލާޝާގެ ޖަވާބުކުރެވެ. މިޖަވާބުން ލާޝާގެ ފިރިމީހާ ރުޅިގަދަވި އެވެ. ގޭގައި ގެންގުޅޭ ބީރައްޓެއްސަކާ އަޅުވާ ކިޔައިގެން ވާހަކަދައްކަން ފަށަ އެވެ. މިކަމަށް ލާޝާގެ ޖަވާބުއައީ އިއުތިރާފާއި އެއްބަސްވުމާ، މިދެކަންތައް އެކުގައެވެ. އޭރު މަހެއް ހިފައިގެން އައިސް އެވަންނަނީ އެޒުވާނާއެވެ. އޭނައާއިދިމާއަށް ލާޝާގެ ފިރިމީހާ ކަލޭ ތިޔައުޅެނީ މިހިރަ ލާޝާއާއި އިންނަންކަމަށްހޭ އަހާލިއެވެ. މިސުވާލުގެ ޖަވާބުވެސްދިނީ ލާޝާއެވެ. މިހާރު އެދުނަސް މަމިހުރީ ތައްޔާރަށޭ ލާޝާ ބުނެލިއެވެ. މިއަޑުއަހަންހުރި މަންމަކައިރީގައި އެހަދަނީ ތެދެއްތޯ ލާޝާގެ ކުރީގެ ފިރިމީހާ އަހާލިއެވެ. މަންމަ ވަގުތުންބުންޏެވެ. ދަރިންނަށް ގޮތްކިޔައިގެން މީހުންނާދެވުމަކީ ދެން އަހަރެންނުކުރާނެކަމެކެވެ. ލާޝާ ބޭނުން މީހަކާ އިންނަންވީއެވެ.

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ someone, 2010-04-09 10:41:36
Mee copy vaahaka eh!! Mi ee Dhivehi Pastpaper ga oiy vaahaka ehge COPY!!!
...
ލިޔުނީ Copy cat market bussycat , 2010-04-11 08:23:29
........dhen haada copy ea dhoo
...
ލިޔުނީ niyaa, 2010-04-18 10:43:43
v nyce story eh
...
ލިޔުނީ nuha, 2010-05-06 11:40:20
v foooohi..aammukkoh dhivehi vahaka thakuga hama vaa goi..dhn v foohi hama...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3088
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone