މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ކުޑަދޮރުން ފެނުނު ހަޑިކަމުގެ ޙަޤީޤަތް |
|
|
| ދިވެހި - ވާހަކަ | |||
| 17 މެއި 2010، 06:18 ހޯމަ | |||
|
ޢަބްދުލްމުޢީދު ޙަސަން ޙިކުމަތްތެރި ވާހަކައެއްގައި ވެއެވެ. އަލަތު ކައިވެނި ކޮށްގެން ޒުވާން ދެމަފިރިއަކު، އާ ގެއެއްގައި ވަކިން ދިރިއުޅެން ފެށި އެވެ. އެ ދެމަފިރިން ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާ ކުރަން ތިބެނީ، ބިއްލޫރި ޖަހާފައިވާ ކުޑަ ދޮރެއްގެ ކައިރީގަ އެވެ. ޖެހިގެން ހުރި ގޭ މީހުން އެ މީހުންގެ ގޯތި ތެރޭގައި ކުރާ ކަންތައްތައް އެ ކުޑަ ދޮރުން ފެނެ އެވެ. އެއްދުވަހަކު، ޒުވާން ދެމަފިރިން ހެނދުނު ނާސްތާކުރަން ތިއްބާ، ޖެހިގެން ހުރި ގޭ އަންހެން މީހާ، ހެދުންތައް ދޮވެގެން ހިއްކަން އަޅާތަން ފެނިއްޖެ އެވެ. ޒުވާން އަނބިމީހާ އޭނާގެ ފިރިމީހާގެ ގާތުގައި ބުންޏެވެ. "އެއީ ދޮންނަން ދަންނަ އަންހެނެއް ނޫނެވެ. އޭނާ ހިއްކަން އަޅާ ހެދުންތައް ހާދަހާ ހަޑި އެވެ." އަނބިމީހާގެ މިބަހަށް ފިރިމީހާ އެއްޗެއް އިތުރެއް ނުކުރި އެވެ. ފިރިމީހާ، އުންމީދުކުރީ އޭނާގެ ޒުވާން އަނބިމީހާ އަވަށްޓެރިންނާ ގުޅި، އަވަށްޓެރިންގެ ޙާލު ދެނެގަންނާނެ ކަމަށެވެ. އޭގެ ހައެއްކަ ދުވަސް ފަހުން ޖެހިގެން އައި ހަފުތާގައި އަނެއްކާވެސް އަވަށްޓެރިޔާ ހެދުން ހިއްކަން އަޅަން ހުއްޓާ ފެނިއްޖެ އެވެ. ޒުވާން އަނބިމީހާ ކުރީ ހަފުތާގައި ބުނި ބަސް އޭނާގެ ފިރިމީހާގެ ގާތުގައި ބުނެލީ، ތަންކޮޅެއް އިތުރުކޮށްލައިގެންނެވެ. "... އެމީހުންގެ އަތުގައި ރަނގަޅު ދޮންނަކުނޑި ނެތީ ކަމަށް ވެސް ވެދާނެ އެވެ." ދެން ކޮންމެ ހަފުތާއަކު ޖެހިގެން ހުރި ގޭ އަންހެން މީހާ، ހެދުން ހިއްކަން އަޅާތަން، ޒުވާން އަނބިމީހާ ބަލައެވެ. އަދި އޭނާއަށް ދޮންނަން ނޭނގޭ ކަމަށް ބުނެ މަލާމާތްކުރެ އެވެ. މިކަން މިމަގަށް ހިނގަމުންދާތާ ދުވަސްތަކެއް ފާއިތުވެގެން ހިނގައްޖެ އެވެ. ޒުވާން ފިރިމީހާ އިންތިޒާރުކޮށްގެން ހުރީ، އޭނާގެ ރީތި އަނބިމީހާ އަވަށްޓެރިންނާ ގުޅި، އަވަށްޓެރިންގެ ކަންތައްތައް ދެނެގަންނާނެ ކަމަށެވެ. ނަމަވެސް އެކަމެއް ނުވި އެވެ. ދެން އެއްދުވަހަކު ޒުވާން ފިރިމީހާ، އެމީހުން ނާސްތާކުރަން ތިބޭއިރު ބޭރު ފެންނަ ކުޑަދޮރުގެ ބިއްލޫރިތައް، ފަތިސް ނަމާދަށްފަހު ރަނގަޅަށް ސާފުކޮށްލިއެވެ. އެދުވަހު ހެނދުނު ނާސްތާކުރަން ތިއްބާ ޖެހިގެން ހުރި ގޭ އަންހެން މީހާ، ހެދުން ހިއްކަން އަޅާތަން ޒުވާން އަނބިމީހާއަށް ފެނިއްޖެ އެވެ. އެމަންޒަރު ފެނުމުން ޒުވާން އަނބިމީހާ ޙައިރާންވެ އަންތަރީސްވެފައިވާ ޙާލު ބުންޏެވެ. "މިއަދު އޭނާ ހިއްކަން އަޅާ ހެދުންތައް ހާދަހާ ސާފެވެ. މިހާރު އޭނާ ރަނގަޅަށް ދޮންނަން ދަސްކޮށްފި އެވެ. އޭނާ ދޮންނަން ދަސްކުރި ތަނެއް ބަލައިދީބަލާށެވެ. މަވެސް އެތަނުން ކޯސް ހަދަން ބޭނުމެވެ." ފިރިމީހާ ބުންޏެވެ. "އޭނާއަށް ކޯސް ހެދިފައިވަނީ، މިގޭ ކުޑަދޮރުންނެވެ. ރޭ ފަތިސް ނަމާދުކޮށްގެން ގެއަށް އައިސް، މި ކުޑަދޮރުގެ ބިއްލޫރިތައް އަހަރެން ސާފުކުރީމެވެ. މިނޫން ކަމެއް ނުހިނގަ އެވެ." މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)
![]()
...
ލިޔުނީ bero, 2010-05-18 09:41:00
ވަރަށް އިބުރަތްތެރި ވާހަކައެއް. ނަމަވެސް ވިސްނަނީ ކިތައް މީހުންބާވައޭ ހިތަށް އަރައެވެ.
...
ލިޔުނީ ali, 2010-05-18 13:29:46
ވަރަށް ސަޅި، ކުރުކޮށް ފޮނިކޮށް ޢިބްރަތްތެރިފިލާވަޅެއް. މީ އަހަރެމެން ކޮންމެމީހަކުވެސް ވިސްނާލުން ރަގަޅުކަމެއް. ވަރަށްގިނަ ފަހަރަށް އެހެންމީހުންގެ ކިބާގައިހުންނަ ޢައިބުތަކުގެ ވާހަކަދެއްކޭ. ތިމާގެ ހާލަތާމެދު ވިސްނާލަނީ ވަރަށް މަދުފަހަރަކު. އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީވެސް ޢައިބުތަކުން ފުރިގެންވާ މީހެއް. އެންމެ ބުއްދިވެރިގޮތަކީ އެހެންމީހުންގެ ޢައުރަ ބަލަމުން ދުވުމުގެ ބަދަލުގައި ތިމާގެ އުނިކަންތައްތައް ފާހަގަކޮށް އެކަން އިސްލާހުކުރުމަށް މަސައްކަތް ކުރުން.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|