ފަންވަތް ދިވެހި ވާހަކަ ކަޅު ބުޅަލަކަށް ބަދަލުވި ފިރިކަލުން
ބެލި ޢަދަދު: 2880
ކަޅު ބުޅަލަކަށް ބަދަލުވި ފިރިކަލުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
25 މެއި 2010، 00:05 އަންގާރަ

ޢަބްދުލްމުޢީދު ޙަސަން


ޙިކުމަތްތެރި ވާހަކައެއްގައިވެ އެވެ.

އެއްދުވަހަކު، ފަރަންސޭސިވިލާތުގެ މަތީ ފަންތީގެ ބޭފުޅަކު ގެއިން ބޭރުގައި އުޅުއްވާފައި ގެއަށް ވަޑައިގެންނެވި އެވެ. އޭރު އޭނާއަށް ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ކަމުގެ އަސަރު، އޭނާގެ ކިބައިން ފާޅުވެ އެވެ. މިހެންވެ، އޭނާގެ އަނބިކަނބަލުން އެއްސެވި އެވެ.

"ސާހިބާ ހިތާމަކުރައްވަނީ ކޮންކަމަކާތޯ އެވެ؟"

ފިރިކަލުން ވިދާޅުވި އެވެ.

"ޕެރިހުގައި މިއުޅޭ ކަހީނުކަލޭގެއާ ބާޒާރު މަތިން ދިމާވުމުން އެކަލޭގެ ބުނެފި އެވެ."

"ތިބާގެ އަންހެނުން، ތިބާގެ އެންމެ ގާތް ރަޙުމަތްތެރިންނާއެކު، ތިބާއަށް އެބަ ޚިޔާނާތްތެރިވެ އެވެ."

"އޭނާ މިހެން ބުނުމުން، އަޅުގަނޑު މިއައީ އޭނާގެ ކަންކަށީގައި ތަދު ނުފިލާވަރުގެ އެތިފަހަރެއް ޖަހާފަ އެވެ."


އަނބިކަނަބަލުން ނުހަނު އަދަބުވެރިކަމާއެކު ދެންނެވި އެވެ.

"ސާހިބާ ކަންކުރެއްވި ގޮތުން އަޅުގަނޑަށް މޭރުންވަނީ، އޭނާ ބުނި ބަސް، ސާހިބާ ޤަބޫލުނުކުރައްވާ ކަމެވެ."

ފިރިކަލުން ވިދާޅުވި އެވެ.

"އާދޭހެވެ. އަޅުގަނޑު އޭނާގެ ބަސް ޤަބޫލެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑު އޭނާގެ ކަންކަށީގައި ޖެހުމުން އޭނާ ބުންޏެވެ."

"ތިމަންނަ މިބުނި ތެދު ބަސް، ތިބާ ދޮގުކުރައްވަނީނަމަ، މާދަމާ ހެނދުނުވާއިރު ތިބާ ވާނީ ކަޅު ބުޅަލަކަށް ބަދަލުވެފަ އެވެ."

ޖެހިގެން އައި ދުވަހު ހެނދުނު އަނބިކަނބަލުން ހޭލެއްވި އިރު، އަރިހުގައި އޮތީ ކަޅު ބުޅަލެކެވެ. އެއީ އެކަމަނާގެ ފިރިކަލުންކަމާ މެދަކު، އެކަމަނާ އެއްވެސް ޝައްކެއް ނުކުރައްވަ އެވެ. އެހިނދު ބޭއިޚުތިޔާރުގައި އެކަމަނާގެ ދުލުން ވިދާޅުވެވުނެވެ.

"ސާހިބާއެވެ. ޕެރިހުގެ ކަހީނުކަލޭގެ ބުނީ ތެދެކެވެ. ސާހިބާގެ އެންމެ ގާތް ރަޙުމަތްތެރިންނާއެކު، އަޅުގަނޑު ސާހިބާއަށް ޚިޔާނާތްތެރިވަމެވެ. އެއީ އަޅުގަނޑަށް ކުރެވުނު ފާފަތަކެކެވެ. ކަހީނުކަލޭގެ ބުނި ބަސް ތިބާ ޤަބޫލުކުރެއްވިނަމަ ކިހާ ރަނގަޅުތޯ އެވެ. އަޅުގަނޑަށް މަޢާފުކުރައްވާށެވެ. ..."

މިމޭރުމުން، އަނބިކަނބަލުން ހުރިހައި ވާހަކައެއް ދައްކަވައި، ހުރިހައި ޙަޤީޤަތެއް ހާމަކުރެއްވި އެވެ. އެހިނދު ކުޑަދޮރުގެ ފޮތިގަނޑުގެ ނިވަލުގައި ފިއްލަވައިގެން ހުންނަވާފައި އެކަމަނާގެ ކުރިމައްޗަށް ފިރިކަލުން ނުކުމެވަޑައިގަތެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ ޒިޔާ, 2010-05-25 10:37:13
ހި ހި ހި ހި ހި ހި...... މީ ރައްޓެހި ކުއްޖާ އަށް ޖަހަން ވެސް ރަނގަޅު " ރޮކެޓެއް" ތާ ދޯ؟ މިހާރަކަށް އައިސް މިކިޔާ "ބެސްޓް ފްރެންޑްސް" ވެސް މިކަހަ ކަންތައް ކުރެޔޯލައެވެ.
...
ލިޔުނީ me, 2010-05-26 09:56:35
myhunge goy belumah rangalhu gotheh mee.
...
ލިޔުނީ shaxx, 2010-08-12 06:32:51
molhu gotheh....rahtehi vaa iru goi balaalan ja*salan molhu rocket eh..hehehehhe
...
ލިޔުނީ ބާޑަވިޔަނި, 2010-10-20 19:02:50
ޚިޔާލީ ވާހަކައެއްގައި ކޮންމެ ކަމެއް ވެސް ވެދާނެ އެވެ. ޢަބްދު ﷲ ބިން އަލްމުޤައްފަޢު އިސްލާމީ ސަގާފަތަށް ހަދިޔާކުރެއްވި ކަލީލާ ވަދިމްނާ ގައި ވެސް އެވަނީ މިކަހަލަ ވާހަކަތައް ނޫންތޯ އެވެ؟ (7. ކިއުންތެރިން ފޮނުއްވާ ޚިޔާލުފުޅުތައް ޝާއިޢު ކުރުމާއި ނުކުރުމާއި އަދި އެ އެޑިޓްކުރުމުގެ ޙައްޤު މިސައިޓުގެ އެޑިޓަރުންނަށް ލިބިގެން ވެއެވެ.)

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 2880
extra avandia and congestive heart failure