މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އެއްދިރުހަމުގެ ވާހަކަ |
|
|
| ދިވެހި - ވާހަކަ | |||
| 04 ޖޫން 2010، 21:46 ހުކުރު | |||
|
ޢަބްދުލްމުޢީދު ޙަސަން ފިޤުހީ ވާހަކައެއްގައިވެ އެވެ. އަންހެނަކު، ފިޤުހުވެރިޔެއްގެ އަރިހަށް ގޮސް ޝަކުވާކުރި އެވެ."ތިމަންގެ އަޚަކު ނިޔާވެއްޖެ އެވެ. އޭނާ ނިޔާވިއިރު ދޫކޮށްފައިދިޔަ މުދަލަކީ، 600 ދިރުހަމު ކަމުގައިވި އެވެ. އެ މުދާ ބަހައި، އެއިން ތިމަންނައަށް ލިބުނީ އެންމެ ދިރުހަމެކެވެ. މިއީ ކިހައި މަދުމިންވަރެއްތޯ އެވެ؟" ފިޤުހުވެރިޔާ ކުޑަކޮށް ވިސްނާލެއްވުމަށްފަހު ވިދާޅުވި އެވެ. "ތިބާގެ އަޚާގެ އަނތްބަކާއި މަންމައާއި ދެ އަންހެން ދަރިންނާއި ބާރަ އަޚުން ތިބީ ކަމަށް ވެދާނެ އެވެ." ފިޤުހުވެރިޔާ މިހެން ވިދާޅުވުމުން، އެ އަންހެން މީހާ ޙައިރާންކަމާއެކު، ކަންއޮތީ އެގޮތަށް ކަމަށް ދެންނެވި އެވެ. ފިޤުހުވެރިޔާ ވިދާޅުވި އެވެ. "އެހެން ކަމަށްވަނީނަމަ، ތިބާގެ ޙައްޤު ހަމަޔަށް ތިބާއަށް ލިބިއްޖެ އެވެ. ނިޔާވި އަޚުގެ އަނބިމީހާއަށް ލިބޭނީ އަށްބައިކުޅަ އެއްބަޔެވެ. އެއީ 75 ދިރުހަމެވެ. އޭނާގެ ދެ އަންހެން ދަރިންނަށް ލިބޭނީ، ތިންބައިކުޅަ ދެބަޔެވެ. އެއީ 400 ދިރުހަމެވެ. އޭނާގެ މަންމައަށް ލިބޭނީ، ހަބައިކުޅަ އެއްބަޔެވެ. އެއީ 100 ދިރުހަމެވެ. ދެން ބާކީ އޮތް 25 ދިރުހަމުން، 12 އަޚުންނަށް ލިބޭނީ، ކޮންމެ މީހަކަށް 2 ދިރުހަމުގެ މަގުން 24 ދިރުހަމެވެ. އެއަށްފަހު، ބާކީ އޮތް އެއްޗެއް ލިބޭނީ އުޚުތަށެވެ. އެއީ ތިބާގެ ޙައްޤު ކަމުގައިވާ އެއް ދިރުހަމެވެ." މަޞްދަރު: މައުސޫޢަތުލް ޤިޞަޞް
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |