ފަންވަތް ދިވެހި ވާހަކަ ޖިންނި ބަހުރުވައިގެ ވާހަކައެއް
ބެލި ޢަދަދު: 1123
ޖިންނި ބަހުރުވައިގެ ވާހަކައެއް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
06 ޖޫން 2010، 20:18 އާދީއްތަ

ޢަބްދުލްމުޢީދު ޙަސަން


ތަކިރިހާން ތަކިރިހާން،
ކަކޫ ކަންޑަމޮންޑަވެގެން އައިއިރުގައި،
ބިއްލާހި އައިސާ ކަނބުލޯ،
ރޮއިވައްސޭރި ނުގަތީމޭ،
ބިއްލަ މަގޭ ފިރިޔަކުނޭ،
ބިންހިމަ ގެހަކު ތިރިޔޭ އިފާކު އެލީޔަސް،
މިއަދަށް މަ މަރުވެގަތީމޭ!

މަތީގައި އެވަނީ، ޖިންނި ބަހުރުވައިން ކިޔާ ވާހަކައެއްގައި ހިމެނޭ ބަސްތަކެކެވެ. މިއީ، ހުވަދޫ ސަގާފަތުގައި ހިމެނޭ ބަހުރުވައެކެވެ. އިންސާނުން ވާހަކަދައްކާ ގޮތާ ތަފާތު ބަހުރުވައެކެވެ.

ތަކިރިހާނަކީ، ޖިންނި ބަހުރުވައިން، ތަކުރުފާނެވެ. ތަކުރުފާނަކީ، މާވަޑިއެކެވެ. އޮޑިއެއް ބަނުމުގެ މަސައްކަތް އޭނާއާ ޙަވާލުކުރެވުނެވެ. ދެން ލަކުޑި ކެނޑުމަށްޓަކައި އޭނާ ވަލަށް ދިޔައެވެ. ވަލުތެރޭގައި އެމަސައްކަތް ކުރަން އޭނާ އުޅެނިކޮށް، ހަންޑިއަކަށް ފެނެ އެވެ. އެ ހަންޑި އޭނާއަށް ވާނުވާ ބަލަމުން، އޭނާގެ ފަހަތުން ދިޔައެވެ. އަސްލުގައި އެހަންޑި އޭނާއާ ފިކުރާވީ އެވެ.

ތަކުރުފާނު ވަލުން ކަނޑައިގެން ގެންދިޔަ ލަކުޑިން އޮޑި ބަނުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިޔަށް ގެންދިޔަ އެވެ. އޭނާގެ ހުނަރާއި މޮޅުކަން ދައްކަމުންނެވެ. އޭރު، ވަލުތެރޭން ދިމާވި ހަންޑި، އޮޑިހަރުގޭ ކޮންމެވެސް ތަނެއްގައި ތަކުރުފާނަށް ފާރަލައިގެން އިނދެ އެވެ.

އެއްދުވަހަކު، ތަކުރުފާނު އޮޑީގެ މަޑުލެއް ޖަހަން އުޅެނިކޮށް އާދަޔާ ޚިލާފު ހާދިސާއެއް ހިނގި އެވެ. މަޑުލުގައި މާމުގުރުން ޖެހި އެތިފަހަރު އެރީ އޭނާގެ ކަނާތުފައިގެ ކަކުލަށެވެ. އެ އެތިފަހަރުގެ ބާރުކަމުން އޭނާގެ ފައި ބިނދި، ކަކޫ އިންތިހާއަށް ދުޅަވި އެވެ. އޮޑިބަނުމުގެ މަސައްކަތުގައި އޭނާ ހޭދަކޮށްފައިވާ ދިގު މުއްދަތުގައި ދުވަހަކު ވެސް މިފަދަ އަނިޔާއެއް ނުލިބެ އެވެ. އޭނާއަކީ، އޮޅިގެން ވެސް މިކަހަލަ ނުފަރިތަ ކަމެއް ކުރާ ވަރަށްވުރެ މާމޮޅު މާވަޑިއެކެވެ. މިކަމާމެދު އޭނާ ވެސް ޙައިރާންވި އެވެ. ނަމަވެސް އޭނާއާ އަޅައިގަނެގެން އުޅޭ ހަންޑިއެއް އުޅޭ ކަމެއް އޭނާއަކަށް ނޭނގެ އެވެ.

ފަޔާއި ކަކުލަށް ލިބުނު އަނިޔާއަށް ފަރުވާކުރުމަށްޓަކައި، ތަކުރުފާނު ގެޔަށް ދިޔަ އެވެ. އޭނާގެ ހަތަރު ކުދިންގެ މަންމަ، އޭނާއާ އަޅާލައި ހޭހަންކުރާނެ ކަމުގެ ފޮނި އުންމީދުގަ އެވެ. ނަމަވެސް އަނބިމީހާގެ ކިބައިން އޭނާއަށް ލިބުނީ ނުރުހުމާއި ނަފުރަތެވެ. މިކަމާހެދި، ތަކުރުފާނުގެ ހިތްދަތިކަމާއި ޙައިރާންކަން، ބައްތިރީސް ދަރަޖަ އިތުރުވި އެވެ. ޢާއިޝާ ކަނބުލޮ އަކީ ފިރިމީހާއަށް ކަމޭހިތުމާއި ބަނިޔާދަން ކަމުގައި ނަން މަޝްހޫރު އަންހެނެކެވެ. ނަމަވެސް، އޮޑި ބަންނަން ފެށިފަހުން، ކޮންމެ ރެއަކު މެންދަމު އޭނާއަށް ހޭލެވޭއިރު، އެފެންނަނީ ތަކުރުފާނާމެދު ހިތްހެޔޮ ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ތަކުރުފާނު އެއޮންނަނީ، ބޮޑު އަށިމަތީގައި ނިދާފަ އެވެ. އޭނާގެ ކައިރީގައި ނިދާފައި އެއޮންނަނީ، ރަތް ލިބާހެއް ލައިގެން އޮންނަ ދޮން އަންހެނެކެވެ.

ތަކުރުފާނާމެދު އޭނާގެ އަނބިމީހާ ކަންކުރިގޮތް ބަލަން އެއްކަލަ ހަންޑި ހުއްޓެވެ. ދެން އެ ހަންޑި ގޮސް، އެހެން ހަންޑިތަކުގެ ގާތުގައި ކިޔާދެ އެވެ.

ތަކިރިހާން ތަކިރިހާން،
ތަކުރުފާނުގެ ވާހަކަ އެވެ. ތަކުރުފާނުގެ ވާހަކަ އެވެ.

ކަކޫ ކަންޑަމޮންޑަވެގެން އައިއިރުގައި،
(އޭނާގެ ފައި ބިނދި) ކަކޫ މަތިމައްޗަށް ދުޅަވެގެން (ގެޔަށް) ދިޔައިރުގަ އެވެ.

ބިއްލާހި އައިސާ ކަނބުލޯ،
ހުވާކޮށްފައި ބުނަމެވެ. (އޭނާގެ އަންހެނުން) ޢާއިޝާ ކަނބުލޯ ކަންކުރި ގޮތެވެ.

ރޮއިވައްސޭރި ނުގަތީމޭ،
(އެކަނބުލޭގެ އަކު) ރޮއިހޭރިއެއް ނުގަތެވެ.

ބިއްލަ މަގޭ ފިރިޔަކުނޭ،
ހުވާކޮށްފައި ބުނަމެވެ. (އެއީ) މަގޭ ފިރިމީހާ ކަމުގައިވީނަމަ އެވެ.

ބިންހިމަ ގެހަކު ތިރިޔޭ އިފާކު އެލީޔަސް،
(އޭނާގެ ޙާލާމެދު ހިތާމަކުރަމުން ގޮސް) ބިންހިމަގަހެއްގެ އެންމެ ތިރީގައިވާ ގޮތްޕެއްގައި އެލިގަނެގެން (އެގޮފިން ވެއްޓިގެން) ނަމަވެސް،

މިއަދަށް މަ މަރުވެގަތީމޭ!
މިއަދު އަހުރެން (އަމިއްލައަށް) މަރުވެގަތީމެވެ.

ތަކުރުފާނާ އަޅައިގަނެގެން އުޅޭ ހަންޑީގެ މިބަސްތައް އަޑުއެހުމަށްފަހު، އެހެން ހަންޑިތައް އޭނާއަށް މަލާމާތްކުރި އެވެ. ތަކުރުފާނުގެ ރީތި ދިރިއުޅުން އޭނާ ހަލާކުކޮށްލީތީ އެވެ. އަދި ޖިންނީންގެ ތެރެއިން ރީތި ޒުވާނަކު ނުފެނުނީހޭ ކިޔައި ފުރައްސާރަކުރި އެވެ.

މިއީ، ނިދާ ގަޑީގައި ކުޑަކުދިންނަށް ކިޔާދޭ ވާހަކައެކެވެ. މިވާހަކަ ކިޔާދޭއިރު، އެހެން ހަންޑިތައް ދެއްކި ވާހަކަތައް ވެސް ޖިންނި ބަހުރުވައިން ކިޔައިދެ އެވެ.


މަޞްދަރު:
ހުވަދޫ ސަގާފަތް.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 61 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 74
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 40
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 21
މުޙަންމަދު ޝާހިދު ޙަލީމް: 20
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 1416840
free counters
ބެލި ޢަދަދު: 1123