ފަންވަތް ދިވެހި ވާހަކަ ޙައްޖާޖާއި ރޯދަވެރިޔާ
ބެލި ޢަދަދު: 1370
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ޙައްޖާޖާއި ރޯދަވެރިޔާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
19 ޖުލައި 2010، 21:55 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


ވަރަށް ހޫނުގަދަ ދުވަހެއްގައި ޙައްޖާޖު ބިން ޔޫސުފާ އެކު މެންދުރު ކެއުމުގައި ބައިވެރިވާނެ ފަޤީރަކު ހޯދައިދިނުމަށް އޭނާ އެދިވަޑައިގަތެވެ. ދެން އޭނާގެ ޚާދިމުން ފަޤީރަކު ފެނޭތޯ ހޯދަމުން ދަނިކޮށް ފެނުނު ފަޤީރު އަޢުރާބީންގެ މީހަކު އޭނާގެ އަރިހަށް ގެންދިޔަ އެވެ. (އަޢުރާބީންނަކީ ޢަރަބިކަރައިގެ ރަށްފުށު މީހުންނެވެ.) ޙައްޖާޖާއި އެ އަޢުރާބީއާ ދެމެދުގައި އެދުވަހު ހިނގި މުޙާވަރާގައި ވެ އެވެ.


ޙައްޖާޖު: އަހުރެންނާ އެކު މެންދުރު ކެއުމުގައި ބައިވެރިވާށެވެ!
އަޢުރާބީ: މަނިކުފާނަށްވުރެ މާ ދީލަތި ފަރާތަކުން އަޅުގަނޑަށް ދަޢުވަތު ދެއްވުމުން، އެދަޢުވަތަށް އަޅުގަނޑު މިހުރީ އިޖާބަދީގެންނެވެ.

ޙައްޖާޖު: އެއީ ކޮން ފަރާތެއްހެއްޔެވެ؟
އަޢުރާބީ: އެއީ ގަދަ ކީރިތިވަންތަ މާތް ﷲ އެވެ. ރޯދަހިފުމަށް އެކަލާނގެ އެންގެވި އެވެ. އަޅުގަނޑު މިހުރީ މިއަދު ރޯދައަށެވެ.

ޙައްޖާޖު: މިހައި ހޫނުގަދަ ދުވަހެއްގައި ތިބާ ރޯދައަށް ހުންނަންވީ ކީއްވެހެއްޔެވެ؟
އަޢުރާބީ: އަޅުގަނޑު މިއަދު ރޯދައަށް މިހުރީ މިއަށްވުރެ ހޫނުގަދަ ދުވަހަކުން ސަލާމަތްވުމަށްޓަކަ އެވެ.

ޙައްޖާޖު: މިއަދު މި ކެއުމުގައި ބައިވެރިވެލާފައި، މާދަމާ ރޯދަހިފާށެވެ!
އަޢުރާބީ: އަޅުގަނޑު މާދަމާ ދުނިޔޭގައި ދިރި ހުންނާނެކަމަށް މަނިކުފާނު ޖާމިނުވެވަޑައިގެންފާނަންތޯ އެވެ؟

ޙައްޖާޖު: ތިބާ މާދަމާ ދިރި ދުނިޔޭގައި ހުންނާނެކަން އަހުރެންނަކަށް ނޭނގެ އެވެ. އެކަން ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
އަޢުރާބީ: މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމެއްގައި އަޅުގަނޑު ވަކި ގޮތަކަށް ޢަމަލުކުރުމަށް ތިޔަ ވިދާޅުވަނީ ކީއްވެތޯ އެވެ؟

ޙައްޖާޖު: މިއީ ވަރަށް މީރު ކާނާ އެވެ.
އަޢުރާބީ: ތިޔަ ކާނާ، މީރު އެއްޗެއް ކަމުގައި ހެދީ މަނިކުފާނަށް ފަރިއްކޮޅު ތައްޔާރުކޮށްދޭ މީހާއެއް ނޫނެވެ. އެކަމަކު ތިޔަ ކާނާގައި މީރުކަން ލެއްވީ ޚާލިޤުވަންތަ ރަސްކަލާނގެ އެވެ.

ޙައްޖާޖު: ތިބާ ފަދަ ބުއްދިވެރި މީހަކު ދުވަހަކުވެސް އަހުރެން ނުދެކެވެ.

ދެން އެ އަޢުރާބީއާ މެދު އިތުރު ހެޔޮ ބަސްފުޅުތައް ވިދާޅުވެ، އޭނާއަށް އިނާމެއް ދިނުމަށް ޙައްޖާޖު އެންގެވި އެވެ.


މަޞްދަރު:
ޤިއްޞަތުލް އިސްލާމް.



މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (1)Add Comment
...
ލިޔުނީ ބަޘީރުބެ, 2010-07-29 08:36:50
މި އައުރާބީކަލޭގެޔަކީ ހާދަ ޙާޟިރީ ޖަވާބަށް ވަރުގަދަ މީހެކޭ ދޯ!! ﷲ އިރާދަ ކުރެއްވިއްޔާ ފުރިހަމަ މުސްލިމުންގެ ކިބަޔަކުން ޖަވާބެއް ހުހެއް ނުވާނެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1370
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone