ފަންވަތް ދިވެހި ވާހަކަ ޖާހިލުންނަށް ފަހުމުވާ ގޮތް
ބެލި ޢަދަދު: 1632
ޖާހިލުންނަށް ފަހުމުވާ ގޮތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
26 ޖުލައި 2010، 11:38 ހޯމަ

ޢަބްދުލްމުޢީދު ޙަސަން


ޖާހިލުންނަށް ދޭހަވާ ގޮތް ބުނެދޭ ވާހަކައެއްގައިވެ އެވެ.

ރަމަޟާންމަހު ދުވާލު، އަޢުރާބީއަކު މޭބިސްކަދުރު ކޯންޏެއް ކާން ހުއްޓާ ފެނުނު މީހަކު އެ އަޢުރާބީއަށް ބުންޏެވެ.

"މިއީ ރަމަޟާންމަސް ކަން ތިބާއަށް ނޭނގެނީ ހެއްޔެވެ؟"

އަޢުރާބީ ބުންޏެވެ.
"ނޫނެކެވެ. ރޭ ހާރުކައިގެން މަވެސް ރޯދަހިފީ ތިކަން އެނގޭތީތާ އެވެ!"

އެމީހާ ބުންޏެވެ.
"ރޯދައަށް ހުރެ ތިކުރަނީ ކީއްހެއްޔެވެ؟"

އަޢުރާބީ ބުންޏެވެ.
"މާތް ﷲ ގެ އަމުރުފުޅާ ޚިލާފުވެ ފާފައެއް ކުރެވިދާނެތީ ބިރުން ކަނީ އެވެ."

އެމީހާ ބުންޏެވެ.
"ރަމަޟާންމަހު ދުވާލު ކެއުމަށް މާތް ﷲ އެންގެވީ ކޮންއިރަކު ހެއްޔެވެ؟"

އަޢުރާބީ ބުންޏެވެ.
"ތިބާޔަކީ، މި ބަރަކާތްތެރި ރަމަޟާންމަހު ޤުރުއާން އަކުރެއް ވެސް ނުކިޔަވާ މީހަކީމުތާ އެވެ!
އަންޢާމު ސޫރަތުގެ 141 ވަނަ އާޔަތުގައި އެއޮތީ ކީކޭ ހެއްޔެވެ؟"


އެމީހާ ބުންޏެވެ.
"އެއާޔަތުގައި އޮތީ ކީކޭކަން ނިކަން ބުނެދީ ބަލާށެވެ!"

އަޢުރާބީ ބުންޏެވެ.
"އެ އާޔަތުގައި އޮތީ (كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ) މިހެންނެވެ.
މި އާޔަތުގައި އަންގަވާފައި މިވަނީ، މޭވާތައް ދޮންވެ ފައްކާވުމުން އެތަކެތި ކެއުމަށެވެ.
މޭބިސްކަދުރު މިކަނީ، މާތް ﷲ ގެ މި އަމުރުފުޅާ ޚިލާފުވެއްޖެނަމަ، ފާފަވެރިވެދާނެތީ ބިރުންނެވެ."


އެމީހާ ބުންޏެވެ.
"މުޅި ކީރިތި ޤުރުއާނުން ތިބާޔަށް ތިޔަ އެނުގުނީ އެންމެ ފަސް ކަލިމަތާ އެވެ!
މަށަށް ހިވަނީ ރޯދަ ފަރުޟުކުރެއްވި އާޔަތް އަދި ތިބާޔަށް ނުފެންނަނީ ހެންނެވެ!"



(كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ) ގެ މާނައީ، "އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ!"


މަޞްދަރު:
ޤިއްޞަތުލް އިސްލާމް


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1632
extra avandia and congestive heart failure