މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| އަރަބީންގެ ބަދަހިކަން |
|
|
| ދިވެހި - ވާހަކަ | |||
| 25 ސެޕްޓެމްބަރ 2010، 00:25 ހޮނިހިރު | |||
|
ފަޟީލަތުއްޝައިޚުލްމަރުޙޫމު ޙުސައިންޞަލާޙުއްދީން ޢީސާގެފާނުގެ ސަނަތުން 513 (ފަސްސަތޭކަ ތޭރަ) ވަނަ އަހަރު ޙިޔަރަތުގައި ހުންނެވި ތިންވަނަ މުންޒިރު ރަސްގެފާނަކީ، ދީނެއް ނެތް ޖާހިލު ޢަރަބީންގެ ތެރޭގައި ހުންނެވި ޖާހިލު ރަސްކަލެކެވެ. އެ ޒަމާނުގައި ޢީސާގެފާނުންގެ ދީނުގެ ފާދިރީން ނަޞާރާދީން އެތައްމިތަނަށް ފެތުރުމަށް މިހާރުވެސް އެމީނުންގެ މިޝަނަރީ ފާދިރީން މަސައްކަތް މިކުރާހެން، މިއަށްވުރެވެސް ހިތްވަރާއި އެހީތެރިކަމުގައި މަސައްކަތްކޮށް އުޅެމުންގޮސް ނަޖްރާނުގައި ހިސާބަކަށް އެ ދީން ފަތުރައިފި އެވެ.ދެން އެބައިމީހުން ވާހަކަދައްކައި ސައްލާކޮށްފޫއޭ ޙިޔަރަތުގައި މިހުންނަވާ ޢަރަބިންގެ ރަސްގެފާނު، އަހަރުމެންގެ ދީނަށް އަނބުރާލެވިއްޖެއްޔާ ވަރަށް ބޮޑު ނަސީބަކަށްވާނެ އެވެ. އޭނާގެ އެހެރަ ތޫނުފިލި ކާމާއެކު މިދީނަށް ވަރަށް ނަޞްރު ދެއްވާފާނެ އެވެ. މިކަމުގެމައްޗަށް މިބައިމީހުން އެއްބަސްވެ، ވެވުނު މަސައްކަތެއް ކުރާން ކަމަރުބަދެގެން ފާދިރީންކުރެ އަރައިތިބި މޮޅުބަޔަކު ޙައިރަތަށް ހިނގައްޖައޫއެވެ. މިބައިމީހުން އެގޮތަކުން މިގޮތަކުން އެރަސްގެފާނާއި ރައްޓެހިކަން އުފައްދައި، ފައިވާންފުޅު ދެކި ދީނުގެވާހަކަ ދައްކައިފޫއެވެ. ރަނގަޅަށް އެހީތެރިކަމުގައި އައްސަވާން އިންނަވައި އެމީހުންގެ ވާހަކަތައް ނިންމީމާ ވިދާޅުވި އެވެ. ތިޔަގޮތްތައް ވަރަށްވެސް ރަނގަޅެވެ. އެކަމަކު ތިޔަވަރުގެ ބޮޑުކަމެއް ހަމައެންމެ މަޖިލީހެއްގެ ވާހަކަޔަކުން ނިންމައިލުމަކީ ފެންނަކަމެއް ނޫނެވެ. އެހެންވީމާ އަދި މާދަމާ އަންނާށެވެ. އަނެއް ދުވަހު މިބައިމީހުން ރަސްގެފާނުންގެ ދަރުބާރަށް އައިސްވަނުމުން ވަރަށް ކަމޭހިއްތަވައި މަޖްލިސް ކުރައްވައިފި އެވެ. މިބައިމީހުން ވާހަކަދައްކާން ފެއްޓިތަނާ ވަޒީރަކު ވަދެގެން އައިސް ސިއްރު ވާހަކައެއް ދަންނަވާލުމުން ރަސްގެފާނުންގެ މޫނުފުޅުގެ މައްޗަށް ވަރަށްބޮޑު ހިތާމައެއްގެ ވައްތަރު ގެންނަވައި، ވާހަކަފުޅު ހުއްޓަވައިފި އެވެ. މިބައިމީހުންކުރެ ވެރިޔަކަށް އިން މީހާ، ވަރަށް އަދަބުވެފައި، މަނިކުފާނަށް ތިޔަ އިވިވަޑައިގަތީ ކޮންފަދަ ޚަބަރެއްތޯ ދަންނަވައިފި އެވެ. ވިދާޅުވިއޭ، ހިތާމަހުއްޓޭ، އެއީ ވަރަށް ނުބައި ޚަބަރެކެވެ. އޭނާގެ ޚަބަރުން އަހަރެންނަށް މިއެނގުނީ މަލާއިކަތުންގެ ސަރުދާރު ކަލޭފާނު އަވަހާރަވެއްޖެކަމެވެ. އެމީހުން ދަންނަވައިފޫ އެވެ. އޭ މާތްވެގެންވާ ރަސްގެފާނެވެ. ތިބާއީ މުޞްތަޙީލު ކަމެކެވެ. މަލާއިކަތުންނަކީ ތިޔަހެން އެކިފަހަރު އެކި ބޭކަލުން އަވަހާރަވެ، ފަނާވާ ބައެއް ނޫނެވެ. ތިބާއީ ދޮގު ޚަބަރެކެވެ. ތިޔަހަރީވެސް މަނިކުފާނުމެންގެ ދީނުގެ އިޢުތިޤާދު ތަކުގައި ހުރި ކުށްތަކެވެ. ރަސްގެފާނު ވިދާޅުވިއޭ ނާހަމަ ތެދެއްހޭ. އެކަމަކު އިއްޔެގައި ތިޔަބައިމީހުން އަހުރެންގެ ގާތުގައި ދެއްކީ މާތްރަސްކަލާންގެ ދަރިކަލަކު އުޅުއްވަނިކޮށް ޔަހޫދީން އެދަރިކަލުން ޤަތުލު ކޮށްގެން، އަވާހަރަވެ، އަދި އުލުބޭންދި ވާހަކަ އެވެ. އެހެންވިއްޔާ މިއަކީވެސް ތެދަކަށް ވާކަށް ދުރުކަމެއް ނޫނެވެ. ދެން މިބައިމީހުންނަށް ޖެހުނީ ދެރަވެ ރަކިވެގެން ދާށެވެ. (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|
ނިމުންވެސް ވަރަށް މޮޅު.