ފަންވަތް ދިވެހި ވާހަކަ ނުބައި ނަންބަރެއް(2)
ބެލި ޢަދަދު: 1432
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ނުބައި ނަންބަރެއް(2) ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 26
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
08 ސެޕްޓެމްބަރ 2011، 00:00 ބުރާސްފަތި


މުޙައްމަދު ޝާހީން، ބޮކަރުމާގެ، އދ. ކުނބުރުދޫ

                                                   (7 ސެޕްޓެމްބަރ 2011 (ބުދަ) އާ ގުޅޭ)

ގެއަށްގޮސް ވަނުމާއެކު މައިގޭތެރޭ ސޯފާގައި ތިބި އަހަރެންގެ މަންމައާއި ބައްޕައާ ކުރިމަތިލާން ޖެހިއްޖެއެވެ. " ދަރިފުޅާ! ހާދަ ލަހަކުންނޭ މިހާރު ގެއަށް ތިއަންނަނީ! އެއްޗެއް ކައިފިންތަ؟ މިހާރަކަށް އަހިސް ކިހިނެއް ތިއުޅެނީ ؟ " ބައްޕަގެ ޝަކުވާއެވެ.

"މިވަގުތު އަހަރެން މިއުޅެނީ ވަރަށް ބޮޑަށް ބޮލަށް ތަދުވާތީ.. މިދަނީ ނިދަން" ސުވާލާ ގުޅުމެއްނެތް އަހަރެންގެ އަދަބު ކުޑަ ޖަވާބެވެ.


"އެބުނާހެން. އޭނާ އެހުރީ ވަރަށް ވަރުބަލިވެފައި. މިވަގުތު ނިދަން ވަގުތު ދީބަލަ!" އަހަރެންގެ ޖަވާބާއެކު މަންމަގެ ދިފާއުކުރުމުގެ ބަސްތަކެވެ. ކަން އަބަދުމެ ހިނގާ އާދައެވެ. އެހެންކަމުން އިތުރަށް ވިސްނުމަކާނުލައި ކޮޓަރިއަށް ގޮސް އެނދުގައި ޖައްސައިލީމެވެ. އަނެއްކާ ވެސް ފޯނު ވައިބްރޭޓް ވާން ފެށިއެވެ. މި ފަހަރު އަހަރެން ގާތަށް ރުޅިއަތުވެއްޖެ އެވެ. "ކިހިނެއްތަ ވެގެން ތިއުޅެނީ؟ " ފޯނު ނެގިގޮތަށް ހަރުކަށި އިބާރާތުން ޖަވާބުދިނީމެވެ. ޖަވާބުގައި އިވުނީ ރުއިމުގެ އަޑެވެ. ގިސްލެވެމުން އެމީހާ ވާހަކަ ދައްކަން ފެށިއެވެ. " ކަލޭތީ . . ހާދަ ވިޔާނުދާ ނުލަފާ މީހެކޭ.. ބަލަ އެންމެ ފަހަރަކުވެސް ނުވާނެޔޭ ބުނިނަމަ. . ކަލޭގެ ސަބަބުން މިއަދު އަހަރެން ދަރިފުޅު އެއޮތީ މަރުވެފައޭ.. ތީ ޤާތިލެއް" ރުއިމާއި ގިސްލުމުގެ ތެރެއިން ކެނޑިކެނޑިގެން އިވެމުންއައި ވޭނީ އާހުގެ އަޑު އެހިސާބަށް ދިއުމާއެކު ބޭއިޚުތިޔާރުގައި އަހަރެންނަށް ފޯނު ކަނޑއިލެވުނެވެ. އަހަރެން މުޅިން ހާސްވެއްޖެ އެވެ. ނުތަނަވަސް ވެއްޖެ އެވެ. އަހަރެން މީހަކު ނުމަރަމެވެ. އަހަރެން ޤާތިލަކަށް ވާންވީ ކީއްވެގެން ހެއްޔެވެ؟


އެތަކެއް އިރެއްވާންދެން ވިސްނައިވިސްނައި އަހަރެންގެ ސިކުނޑި ސުމަކަށް ހިނގައްޖެ އެވެ. މިއީ އަހަރެންނަށް ކުރިން ވީ ގޮތެއް ނޫނެކެވެ. މީހަކު ބުނާއެއްޗަކުން ދައްކާ ވާހަކައަކުން ސިހުންވެ ޖެހިލުންވެ، ހާސްކަމާއި ނުތަނަވަސްކަމުގައި ވިސްނަން ވަގުތު ނަގައިލުމަކީ އަހަރެން ކުރާ ކަމެއް ނޫނެވެ. އެކަމަކު މި ވަގުތު އަހަރެންގެ ކަންފަތުގައި އެ އަޑު ގުގުމަމުން ދަނީއެވެ. " ކަލޭގެ ސަބަބުން އަހަރެންގެ ދަރިފުޅު އެއޮތީ މަރުވެފައޭ.. މަރުވެފައޭ.. ތީޤާތިލެއް.. ޤާތިލެއް " އެއަޑުން އަހަރެންގެ ހިތް ނުތަނަސް ކުރުވަނީ އެވެ. ކިތަންމެ ފަހަރަކު ވެސް އެ ނަންބަރަށް އަލުން ގުޅަން ހިތްބުނެފިއެވެ. އަހަރެން އެމީހަކު ނުދަންނަ ކަމާއި، އޭނާ އެ ދައްކާ ވާހަކަތަކާއި އަހަރެންނާ ގުޅުމެއް ނެތްކަން ބުނަން ބޭނުން ވެއެވެ. އެކަމަކު ކުރިން ދުވަހަކު ވެސް އެއްވެސް ކަމެއްގައި ނުވި ފިނޑިއެއް މިއަދަކު އަހަރެން މިވަނީ ކީއްވެގެން ހެއްޔެވެ؟
           
ގިނަ ވަގުތުތަކަކު ވިސްނުމަށްފަހު އެނަންބަރަށް ގުޅީމެވެ. "މިހާރު ކޮންބޭނުމަކު ތިގުޅީ؟" އަނެއްކާ ވެސް އެ ވޭނީ އަޑެވެ.

"ބޭބޭ.. އަހަރެންނަށް މާފުކުރޭ. އަހަރެންނަކަށް ނޭނގޭ ބޭބެތީކާކު ކަމެއްވެސް. އަހަރެން ނުވެސް ދަންނަން ތި ނަންބަރެއްވެސް. އެވަގުތު އަހަރެން އެގޮތަށް ޖަވާބުދިނީ މަޖަލަކަށް " ވަރަށް ހިތްވަރުން އަހަރެން ބުނަން ބޭނުންވި ވާހަކަ ބުނެ ނިންމައިލީމެވެ.

ހަމަހިމޭންކަމާއެކު ވަގުތު ކޮޅެއް ހޭދަވުމަށްފަހު ދެންއިވުނީ ހައިރާންކަން ދޭހަވާފަދަ އަޑެކެވެ. "ތީ ނާފިޒެއް ނޫންތަ؟ ތީ މިރޭ އަހަރެންގެ ދަރިފުޅުގެ އޮޕަރޭޝަން ކުރަންޖެހުމުން ލޭދޭންއައި މީހާއެއް ނޫންތަ؟ ކަލެއެއް ނޫންތަ ލޭޓެސްޓް ކޮށްފައި، ލޭ ނަގަން ބޭނުންވެގެން ޑޮކްޓަރުން ބުނެފިނަމަ އަހަރެންނަށް ގުޅާށޭ، މިދަނީ މިތާކައިރި ހޮޓަލަކަށޭ ކިޔާފާ މިނަންބަރު އަހަރެންނަށް ދިނީ؟ " ހުސް ސުވާލެވެ. އަހަރެންނަށް ތެދުވެރިކަމާއެކު ޖަވާބުދާރީވީމެވެ.

"އާނ!. އަހަރެންނެއް ނޫން. ތިވާނީ ބޭބެއަށް ނުބައިކޮށް ނަންބަރު ސޭވް ކުރެވުނީކަމަށް ".. އަހަރެންގެ ޖަވާބުން އެމީހާއަށް އޮޅުންފިލައިފި.

އެކަމަކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ރަނގަޅު.. ވަރަށް ރަނގަޅު. އަޅެ އެންމެ ފަހަރަކު ވެސް އަހަރެން ގުޅީމާ ތިޔަ ގުޅުނީ ނުބައި ނަންބަރަކަށޭ ބުނެ އެ ވަގުތު ތިކަން އަހަރެންނަށް އޮޅުން ފިލުވައިދިންނަމަ ކީއްވާނީ؟ އަހަރެން އެމީހާގެ އިންތިޒާރުގައިހުރެ ލޭނުލިބި ސީރިއަސް ހާލަތުގައި އަހަރެންގެ ދަރި މަރުވެގެންނޭ އެ ދިޔައީ. ކޮންކަހަލަ އިންސާނުންނެއްތަ ތިޔައީ" އަހަރެން އެ ރޭ އަޑުއެހީމެވެ. އެމީހާގެ އެ ޝަކުވާތައް ހިތުން ރުހުމުން ޤަބޫލުކުރީމެވެ. އަހަރެންނަކީ ކުށްވެރިއެކެވެ.
          
އެ މަރުޙޫމްގެ މޫނު ދެކިލަން ދިއުމުން އަހަރެންނަށް ލިބުނީ އިތުރު ޝޮކެކެވެ. އެ މައުސޫމް އަންހެން ކުއްޖާއަކީ ތެލެސީމީއާ ކެރިއަރަކަށްވުން އެއީ ކުށެއްކަމަށް ހަދައި އަހަރެން އެކުއްޖަކު ބާކީކޮށްލި، މީގެ ދުވަސްކޮޅެއް ކުރީގެ އަހަރެންގެ ލޯބީގެ ބައިވެރިޔާއެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. އާނއެކެވެ. ދުނިޔޭގެ ކުރިމަތީގައި އަހަރެންގެ ކުށެއް ނެތެވެ. ކުރާނޭ ޝަރީޢަތެއްވެސް ނެތެވެ. އެކަމަކު އަހަރެންގެ ސަބަބުން މި ކެހިވެރި ދުނިޔެއާ އޭނާ އެ ވަކިވެ ދިޔައީއެވެ. އަހަރެންނަކީ ކުށްވެރިއެކެވެ. ކުށަކީ މަކަރުހެދުމާއި އޮޅުވާލުމާއި އެހެން މީހުންނަށް ޖެއްސުންކޮށް އުޅުން އުފަލެއްކަމުގައި ދުށުމެވެ. އެއުފާ އަހަރެން ޤާތިލަކަށް ހަދައިފި އެވެ. އާނއެކެވެ! އަހަރެންގެ ނަންބަރަކީ މީހަކު އޮޅިގެން ވެސް ގުޅަން ހެޔޮނުވާވަރުގެ ނުބައި ނަންބަރެކެވެ. ނުބައި ނުލަފާ މީހެއްގެ ނުބައި ނަންބަރެކެވެ.
------------
(ނިމުނީ)

މި ލިޔުން:
         ފޮނުވުން:    އަލްފާޟިލް މުޙައްމަދު ޝާހީން, ބޮކަރުމާގެ ، އދ. ކުނބުރުދޫ
         އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
         ޝާއިޢުކުރުން: ޢަބްދުލްޢަޒީޒަު ޖަމާލު އަބޫބަކުރު

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (8)Add Comment
...
ލިޔުނީ އާންތު, 2011-09-08 08:14:54
ވަރަށް ރީތި ވާހަކަ އެއް.. މިހާރުގެ ޒުވާނުންނަށް ވަރަށް ރަނގަޅު މެސެޖެއް ލިބިގެންދާނޭ ފަދަ އިބްރަތްތެރި ވާހަކަ އެއް..
...
ލިޔުނީ ޝާހިދާ, 2011-09-08 08:49:51
ވަރަށް ރީތި ވާހަކައެއް. މިހަމަ ވެދާނެ ކަމެއް. މިވާހަކާގައި ކިތައްމެ ނުލަފާ މީހަކު މިގޮތަށް ކަންތައް ކުރިޔަސް(.) ހަމަ ވަރަށް ހަރުދަނާކޮށް އުޅޭ މީހުންވެސް ފޯނުން މަޖަލަކަށް މިފަދަ ބޮޑެތި ކުށް ކޮށްފައި އެބަހުރި، އަދި މީހަކު މަރުވުން ނޫނަސް.
...
ލިޔުނީ މޑ, 2011-09-08 10:00:47
ވާހަކަ ކުރުކޮއްލީތަ؟ އެންމެ ރަނގަޅު. ހަމަ ފުރިހަމަ.. ކުރިއަށް އޮތްތަނުގައިވެސް ހަމަ މިގަލަމުން ވާހަކަތަކެއް ފެންނާނެކަމަށް އުއްމީދުކުރަން ..
...
ލިޔުނީ އައިޝް, 2011-09-12 07:25:27
ވވވވވވވވވ..............ފުރިހަމަ
...
ލިޔުނީ ނުހާދު, 2011-09-12 10:34:18
ރަގަޅު ދެން......
...
ލިޔުނީ އާންތު, 2011-09-14 08:32:56
ފަންވަތް މީހުން މިހާރު ވަރަށް ފަރުވާ ކުޑަ... އަދި ފަންވަތަށް ހުންނަ ޝައުގު ވެސް މިހާރު ނެތް.. ފަންވަތް އަޕްޑޭޓް ނުވާތާ މިހާރު މިވަނީ ތިން ދުވަސް.. ވަރަށް ފޫހި ވެއްޖެ ފަންވަތް ދެކެ...
...
ލިޔުނީ އަޒޫ, 2011-09-15 08:01:27
ވވވވވވވ......ސަޅި އަދި ރީތި ވާހަކައެއް...
...
ލިޔުނީ މުޙައްމަދު ޝާހީން, 2011-09-24 11:40:48
ކިޔުންތެރިންގެ ފަރާތުން ލިބޭ ކޮމެންޓްތައް އުފަލާއެކު ބަލައިގަންނަން..
އިންޝާﷲ.. ވަރަށް ކައިރި މުސްތަޤުބަލެއްގައި އަޅުގަނޑުގެ އިތުރު ލިޔުންތައް ފެނިގެންދާނެ..

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1432
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone