މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (13) |
|
|
| ދިވެހި - ވާހަކަ | |||
| 19 ސެޕްޓެމްބަރ 2011، 03:18 ހޯމަ | |||
|
ގައްދޫ މުޙަންމަދު ރަޝީދު ފައުޒިއްޔާގެ ފޯނުގެ ވަގުތު ކައިރިވަމުން އައިވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަޖައިބެއްފަދަ ކަމެކެވެ...... ފޯނު ރަނގަބީލު ވެއްޖެއެވެ. ރިސީވަރު އުފުލުމާއެކު އޭނާގެ ހިތް ތުރުތުރު އަޅައިގަތެވެ. އެކަމަކު މިއީ ފައުޒިއްޔާގެ ފޯނެއް ނޫނެވެ. ވަހަކަ ދައްކަނީ ތާބުޝްއެވެ. [މައްސަލަ ނިމިއްޖެ ހެއްޔެވެ؟ ޚަބަރު ކިހިނެއް ހެއްޔެވެ؟] [މިއިންނަނީ ފައުޒިއްޔާގެ ފޯނުގެ އިންތިޒާރުގައެވެ.] [މިހާރު ޖަޒްބާތުގައި ޖެހުނީތާއެވެ.] ތާބުޝް ހިނިތުންވެލާފައި ބުންޏެވެ. [މިވަނީ ކިހިނެއްކަމެއް އެއްގޮތަކަށްވެސް ނޭނގެއެވެ.] ޖަލާލީ ފުން ނޭވާއެއްލާފައި ބުންޏެވެ. [ވިސްނިދާނެއެވެ. ބޭގަމް ސާހިބާ އަޔަދޭށެވެ. އޭގެ ފަހުގައި ކަންވާގޮތް ދެކެން ހުންނާށެވެ.] މިގޮތަށް ތާބުޝް އިރުކޮޅެއް ވަންދެން ޖަލާލީއާ ސަމާސާ ކުރިއެވެ. ދެން ޚަބަރެއް ލިބުނުހާ އަވަހަކަށް އަންގާށޭ ބުނެފައި ފޯނު ބާއްވައިފިއެވެ. ގިނައިރެއްނުވެ އަނެއްކާވެސް ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. މިފަހަރު ޝަވާލީއެވެ. ޖަލާލީގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އަނެއްކާވެސް ފޯނުގެ ރަނގަބީލުވާން ފަށައިފިއެވެ. ހަމަ ޔަޤީނުންވެސް އޭރު ގަޑިން ހަތެއްޖަހާ ތިންމިނިޓް ހިނގީއެވެ. އެއީ ފައުޒިއްޔާގެ ފޯނެކެވެ. ޖަލާލީގެ ހިތް ތެޅިގަތެވެ. [ހަލޯ............] [ޚަބަރު ކިހިނެއް ހެއްޔެވެ؟] [ވަރަށް ރަނގަޅެވެ. އުފާވެރިކަން ހުއްޓެވެ.] ފައުޒިއްޔާ ބުންޏެވެ. [ކީކޭ ހެއްޔެވެ؟] [އަހަރެންގެ މަސައްކަތް ކާމިޔާބު ވެއްޖެއެވެ. ކާވެނީގެ ކަންތައް މުޅިން ނިމިއްޖެއެވެ. ކަލާނގެ ކިބަފުޅަށް ޝުކުރު ހުއްޓެވެ.] ޖަލާލީއަށް ޝުކުރިއްޔާއޭވެސް ނުބުނެވުނެެވެ. އޭނާ ހުރީ އަޖައިބެއް ފަދަ ޙާލަތެއްގައެވެ. ފައުޒިއްޔާ ހުރިހާ ތަފްޞީލެއް ފޯނުން އޭނާއަށް ކިޔާދިނެވެ. ކާވެނީގެ ތާރީޚާ ވަގުތު އޮޅުންފިލުވާ ދިނެވެ. މުހިންމު ކަންތައްތަކުގެ ވާހަކަ ބުނެދިނެވެ. [ޖަޔާގެ ޕާސްޕޯޓް ވަރަށް އަވަހަށް ނިމިދާނެއެވެ. ނިމުމާއެކު ނަންބަރު ފޮނުވާނަމެވެ. ތިޔަކޮޅުން ވިސާގެ ކަންތައް ހަމަޖައްސާށެވެ......... އޭރުން ނިމުނީއެވެ.] ޖަލާލީ ސިހުރުވެރިއެއްގެ ސިހުރުގައި ޖެހިފައިވާ ކަހަލައެވެ. ފައުޒިއްޔާ ބުނި ކޮންމެ އެއްޗަކަށް އާނހޫނ ކިޔާލަ ކިޔާލާ ހުރީއެވެ....... ފައުޒިއްޔާ ފޯނު ބޭއްވުމުގެ ކުރީގައި ބުންޏެވެ. ޖަޔާގެ ފޮޓޯތަކެއް ޕޯސްޓް ކޮށްފީމެވެ. ބުނެފިއްޔާ ކޮންމެވެސް ދުވަހަކުން ފޯނުންވާހަކަވެސް ދައްކުވާފާނަމެވެ.] [ކީ........ ކީކޭ ހެއްޔެވެ؟] ފައުޒިއްޔާ ހީގަތެވެ. ދެން ބުންޏެވެ. [ޖަލާލީއެވެ. ދެންވެސް އަމިއްލަ ހާލި އާބަދު ކުރެވޭތޯ ބަލާށެވެ.] [އާއެކެވެ. ވަރަށް ރަނގަޅެވެ.] ޖަލާލީ މެޝިނަކުން އަޑު އަންނަ ކަހަލަ ގޮތަކަށް ބުންޏެވެ. އިރުކޮޅެއް ވަންދެން ދެކޮޅުން ވާހަކަ ދެކެވުނެވެ. ފައުޒިއްޔާ ފައިސާގެ ތަފްޞީލް ކިޔާދޭން އުޅުމުން ބުންޏެވެ. [ފައުޒިއްޔާއެވެ. އަހަރެންގެ ގާތު އެހުމުގެ ބޭނުމެއްނެތެވެ. ފެންނަގޮތަކަށް ޚަރަދުކުރާށެވެ. ހުރިހާ ޝައުޤެއް ފުރިހަމަކުރާށެވެ. އޭނާ ބޭނުން ކޮންމެކަމެއް ކޮށްދޭށެވެ.] [ޝުކުރިއްޔާއެވެ.] ފޯނު ކަނޑާލުމަށްފަހު ހިނދުކޮޅެއް ވަންދެން ޖަލާލީ ރިސީވަރު ހިފަހައްޓައިގެން ހުއްޓެވެ. ދެން މަޑުމަޑުން ބާއްވައިފިއެވެ. މިހާރުވެސް އޭނާ ހުރީ އަޖައިބެއްފަދަ ޙާލަތެއްގައެވެ. އުފާވެފައެވެ. ނުވަތަ ފިކުރު ބޮޑުވެފައެވެ. ވާގޮތެއް ޚުދް އޭނާއަކަށްވެސް ނޭގެއެވެ. މިސިޒް ހެރަލްޑް ބަދިގޭގައި އުޅެއެވެ. އޭނާވެސް ހުރީ ފައުޒިއްޔާގެ ފޯނުގެ އިންތިޒާރުގައެވެ. ޖަލާލީ ފޯނުން ވާހަކަދެއްކީ އުރުދޫ ބަހުންނެވެ. އެހެންކަމުން މިނިމެމުންދަނީ ކޮންކަމެއްކަން އޭނާއަކަށް ނޭގުނެވެ. ޖަލާލީ ފޯނު ބާއްވާފައި ގޮނޑީގައި އިށީނުމުން އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ. [މިސްޓަރ ޖަލާލީއެވެ.] [ކީކޭ ހެއްޔެވެ؟] [ޚަބަރު ކިހިނެއްތޯއެވެ؟] [ކާކުގެ ޚަބަރެއް ހެއްޔެވެ؟] [ފައުޒިއްޔާ ރަފީޤުގެ ޚަބަރެވެ.] ޖަލާލީ ގޮނޑީގެ އަތްގަނޑުގައި އަތުން ޖަހައިފިއެވެ. އަދި ކޮޅަށް ތެދުވަމުން ބުންޏެވެ. [މިސިޓް ހެރަލްޑެވެ. އަހަންނަކަށް އެކައްޗެއްވެސް ނުވިސްނުނެވެ. އެންމެން އެއްބަސްވެގެން ގަދަކަމުން ކާވެންޏެއް ކުރަން ނިންމައިފިއެވެ.] [އަސްތާއެވެ....... ވަރަށް ރަނގަޅެވެ.] މިސިޒް ހެރަލްޑް އުފަލުން އަތްތިލަބަޑި ތަޅައިގަތެވެ. ދެންވަރަށް ލޯތްބާއެކު ޖަލާލީއަށް މުބާރިކްބާދު ކިޔަން ފަށައިފިއެވެ. ***************************** [މުޝްތާޤު ޖަލާލީއެވެ. ޖަލާލީއަކީ ރަޙްމަތުގެ މަލާއިކަތެކޭ ބުނުމަކުން އެބުނެވުނީ ކުށްބަހަކަށް ނުވާނެއެވެ. ކަލާއަކީ ކޮންފަދަ މީހެއްކަމުގައި ވިޔަސް އަޅުގަނޑުގެ ހިތުގެ އަޑިން ތިޔަ އިޙްސާންތެރިކަން ޤަބޫލުކުރާނަމެވެ. ކަލާ އަޅުގަނޑުގެ މުޅިޢާއިލާއަށް އުފާވެރިކަން ދެއްވައިފީމުއެވެ. މުޅިގޭގެ ފަޟާ ކިލަނބުކުރަމުން އައި މާޔޫސްކަމާއި ނާއުއްމީދުތައް ފިލާ ހިނގައްޖެއެވެ. އަޅުގަނޑުގެ އުފަލާމެދު ކަންބޮޑުވެފައިތިބި މައިންބަފައިންގެ މޫނު އުފާވެރިކަމުން ވިދާ ބަބުޅަން ފަށައިފިއެވެ. ހީވަނީ ގޭގެފަޟާވެސް ހެނީހެންނެވެ. މިއީ ހައްތާވެސް ކަލާނގެ އިޙްސާންތެރިކަމެވެ. އެންމެބޮޑު އިޙްސާންތެރި ކަމަކީ އަޅުގަނޑުގެ ބޮޑުބޭބެ ދެމަފިރިންގެ ކުރިމަތީގައި އަޅުގަނޑުގެ ޤަރަދުއުފުލުމެވެ. މިހާރު އެމީހުންނަށް އިސްއުފުލާލާފައި، އަޅުގަނޑާ ދިމާއަށް ބެލުން މަޖްބޫރު ވެއްޖެއެވެ. އެމީހުން އަޅުގަނޑު ދޫކޮށްލީ ކަނޑައެޅިގެން ފަޤީރު ނިކަމެއްޗަކަށް ވާތީއެވެ. ޖަލާލީއެވެ! އެކަމަކު އެމީހުން ޙައިރާންވެގެން ތެޅިފޮޅޭވަރަށް ކަލާ އަޅުގަނޑުގެ ފައިދޮށުގައި މުދާތައް ފުނިފުންޏަށް ޖައްސަވައިފީމުއެވެ. އެމީހުން މިހާރު ތިބީ ހާސްވެފައެވެ..... އަދި ...... ނަވީދު ...........] ޖަޔާ މޫނުބަލާ ލޯގަނޑު ކައިރީގައި ހުރެގެން ހިތާހިތުން ވާހަކަ ދައްކަމުން ދިޔައެވެ. މިހާރު އޭނާގެ ކާވެނީގެ ކަންތައްތައް ފިސާރި ފޯރިއާއެކު ހިނގަމުން ދަނީއެވެ. ފައުޒިއްޔާއާއި ސޯފިޔާ ކޮންމެ ދުވަހަކުވެސް އާދެއެވެ. އަދި އޭނާއާއި ތާނިޔާ ގޮވައިގެން ބާޒާރަށް ދެއެވެ. ކޮންމެ ދުވަހަކު ގަންނަ ބައިވަރުގަނޑު ފެނިފައި ހިސާބުގަނޑުގެ މީހުން ޙައިރާންވަމުން ދިޔައެވެ. ޖަޔާގެ ވާހަކަ ދޫދޫމަތީގައި ދެކެވެން ފަށައިފިއެވެ. ޖަޔާއަށް ނަސީބު ލައްވައިފިކަމުގެ ވާހަކައެވެ. ގޭގެ އެންމެން ތިބެނީ އުފަލުންގޮސް ގޮތްހުސްވެފައެވެ........... ތާއަބަދު އިވެނީ ހުނުމުގެ އަޑެވެ. ރޭގަނޑުގެ އެތައްދަމެއް ވަންދެން ވާހަކަ މަޖަލުގައި ހޭލާ ތިއްބެވެ. ބައްޕަވެސް ހުންނަނީ ވަރަށް އުފާވެފައެވެ. [އިއްޔެ މީހަކު އަހަންނާ ސުވާލުކުރިއެވެ.] [މިއަދުވެސް އަހަރެން ގާތުގައި މީހަކު އެހިއެވެ.] [ކަރުގިލައިގެ ވާހަކަ ވަރަށް މައްޗަށް ހިނގައްޖެއެވެ.] [ޖަޔާގެ އެމެރިކާގެ ގޭގެ މީހުން ބާޒާރުކުރާ ވާހަކައެވެ.] [ޖަޔާގެ ނަސީބާމެދު މީހުންގެ މެދުގައި މިހާއަވަހަށް ވާހަކަ ދެކެވެން ފަށާފާނެ ކަމަކަށް އަހަރެން ފަހަރެއްގައިވެސް ހިއެއް ނުކުރަމެވެ........ މީހުންގެ ގާތުގައި މާގަދައަށް މިވާހަކަ ނުދައްކާށެވެ. އެސްފީނާ ޖެހިދާނެއެވެ.] ރިޔާޒް އަޙްމަދު މިވާހަކަތައް ޙާމިދާ ގާތުގައި ދައްކަމުން ދާއިރު އޭނާގެ ލޮލުންނާ ތުންފަތުން ހިނިތުންވުން ފާޅުވެގެން ދެއެވެ. މިކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާގެ ގައިގެ ކުލައަށްވެސް ބަދަލު އަތުވެއްޖެއެވެ. މޫނު ދޮންވެއްޖެއެވެ. ޢުމުރުވެސް ހަގުވެއްޖެ ކަމުގައި ހީކުރެވެއެވެ. ހުރިހާ ކުދިންވެސް ތިބީ ވަރަށް އުފާވެފައެވެ. ރައިޙާނު މިހާރުއްސުރެ ބޭރަށް ދިއުމުގެ ޕްރޮގްރާމް ތައްޔާރުކުރަން ފަށައިފިއެވެ. އޭނާ ހީނހީނފައި ބުނެއެވެ. [ޖަޔާއެވެ. އެމެރިކާއަށް ނޫނަސް އެންމެ ރަނގަޅެވެ. އިންގްލެންޑާ ހަމައަށް ފޮނުވާދެނިކޮށް އެންމެ ރަނގަޅެވެ. އެތާގައިވެސް ޖަލާލީގެ ވިޔަފާރި ހިނގާކަމުގެ ޚަބަރު ލިބެއެވެ. އަހަންނަށް މެނޭޖަރެއްގެ ވަޒީފާ ހޯދާ ދެއްޗެވެ.] [ޖަޔާއެވެ. އަހަރެން ޑުބާއީއަށް ފޮނުވާދޭން ވާނެއެވެ........] އަމްޖަދު ބުނެއެވެ. [މިއީ ޖަޔާއަށް މާކަ އުނދަގޫ ކަމަކަށް ނުވާނެއެވެ. އޭރުން އަހަރެމެންނަށްވެސް ދިރިއުޅުން ފެނިދާނެއެވެ.] އެއީ ސަމާސާއެއް ކަމުގައި ޖަޔާ ނުދެކެއެވެ. އޭނާ ހިތާހިތުން ދެބޭބެއިންނަން ވަޒީފާ ހޯދާދޭން ނިންމައިފިއެވެ. އޭރުން ގޭގެ ޙާލަތު ހަމައަކަށް އެޅިދާނެއެވެ. އޭނާ ހަގަށްތިބި އަންހެން ކުދިންނާބެހޭ ގޮތުންވެސް ވިސްނިއެވެ. ޖަލާލީއާ ގާތްމީހުންގެ ތެރޭގައި އެކުދިންނާ ގުޅޭ މީހުންވެސް އުޅޭނެ ކަންނޭގެއެވެ. އެހެން ވެއްޖެނަމަ އެކުދިންގެ ކާވެންޏާ ބެހޭގޮތުން އޭނާ މަސައްކަތް ކުރާނެއެވެ. ޖަޔާއަކީ މިހާރު ކުޑަކުއްޖެއްނޫނެވެ. ގެއަށް އަންނަން އުޅޭ އުފާވެރި އިންޤިލާބު އޭނާއަށް ފެނެއެވެ. އިޙްސާސް ކުރެވެއެވެ. އަދި މިއީ ހައްތާވެސް ޖަލާލީގެ ސަބަބުން ވަމުންދާ ކަންތައްތަކެއްކަން އޭނާއަށް އެނގެއެވެ. ނަވީދަކީ އޭނާގެ ކުޑައިރުގެ އެކުވެރިޔާއެވެ. އޭނާއާ ވަކިވުމުން ހިތަށް ދަތިކަމެއް ލިބުނުކަމީ ޝައްކެއްހުރި ކަމެއްނޫނެވެ...... އެހެން ނަމަވެސް މިކަން އޮންނަނީ ހަމައެކަނި އޭނާގެ ހިތުގައެވެ. މިގޮތުގައި މާގިނަ ދުވަސްތަކެއް ދިޔަނަމަ މިހިތާމަ އަބަދުގެ އަބަދަށް އޭނާގެ ހިތުގައި އާލާވީސް ކަންނޭގެއެވެ. އެކަމަކު މިހާރު އޭނާ ދެކެ ނަފްރަތުވެސް ކުރެވެން ފަށައިފިއެވެ....... ކުޑަދުވަސްކޮޅެއްގެ ޙާދިސާއެކެވެ. އޭނާ އެއްދުވަހު ބޮޑުދައިތަގެ ގެއަށް ދިޔައެވެ. ނަވީދުވެސް ހިނގައްޖެއެވެ. [ޖަޔާއެވެ..........] [ކީކޭ ހެއްޔެވެ؟] [ތިހިރީ ކިހިނެއްވެފާ ހެއްޔެވެ؟] [އެއްވެސް ކަމެއް ނުވެއެވެ.] [ހީވަނީ ކަމަކާ މާބޮޑަށް ހާސްވެފައި ހުންނަ ހެންނެވެ.] އޭނާ ހީނލާފައި ބުންޏެވެ. ޖަޔާ ފުން ނަޒަރަކުން ބަލާލިއެވެ. ދެން ތެދުވެގެން އެތެރެއަށްގޮސް ބޮޑުދައިތަ ކައިރީގައި އިށީދެއްޖެއެވެ. ނަވީދުވެސް އޭނާގެފަހަތުން އަތުވެއްޖެއެވެ. އެކިއެކި ވާހަކަދެކެވެން ފަށައިފިއެވެ. އެންމެފަހުން ނާދިރާގެ ފައިސާވެރިކަމުގެ މައްޗަށް ވާހަކަ ދެކެވެން ފަށައިފިއެވެ. ޢުޘްމާނާއި ޘަމީނާވެސް ތިއްބެވެ. [ނަވީދަށް ދުނިޔެ ފެނިއްޖެއެވެ.] ބޮޑުދައިތަގެ ދަރިފުޅު ޢުޘްމާނު ހީނލާފައި ބުންޏެވެ. [އަނގޮޓި ދައްކާލަ ބަލާށެވެ.] ނަވީދު ޢުޘްމާނަށްވުރެ ބޮޑަށް ނާޖިޔާއަށް ފެންނަގޮތަށް ދައްކާލަމުން ބުންޏެވެ. [ރަނގަޅެވެ. ބަލާށެވެ. ވަރަށް އަގުބޮޑު އަނގޮޓިއެކެވެ.] [ނާދިރާއަކީ އެކަނިހުރި ދަރިއެކެވެ.] ބޮޑުދައިތަ ލޯތްބާއެކު ބުންޏެވެ. [ހުރިހާކަމެއް ހުރީ ނަވީދަށް ނޫން ހެއްޔެވެ؟] [ތިޔޮތީ ހުރިހާކަމެއް ނިމިފައި ނޫން ހެއްޔެވެ؟] ޘަމީނާ ބުންޏެވެ. ނަވީދު ހިތްހަލާކު ކުރުވާފަދަ ގޮތަކަށް ޖަޔާއާ ދިމާއަށް ބަލަހައްޓައިގެން އިނދެ ހެމުން ގެންދިޔައެވެ. އެއާއެކު ޖަޔާ ވިސްނަމުން ދިޔައެވެ. ޙަޤީޤަތުގައިވެސް ފައިސާގެ ތަނަވަސްކަން ލިބުމުން އޭނާ އެހާބޮޑަށް އުފާވޭބާވައެވެ. ދެން............. އަނެއްކާވެސް އެހެން ދުވަހެކެވެ. ޖަޔާއާއި މާނޫ ބާޒާރަށް ދިޔައެވެ. މާނޫގެ ބޭނުމަކީ ފޮތިގަނޑެއް ގަތުމެވެ. ދެމީހުން ވާތްފަރާތުގައި ހުރި ފިހާރައަށް ވަދެއްޖެއެވެ. ފިހާރައިގައި ފުދޭވަރަކަށް މީހުން ތިއްބެވެ. ތަފާތު ކައުންޓަރުތައް ހުއްޓެވެ. އެއްޗެހި ގަންނަން އައިސްތިބި މީހުން ކައުންޓަރުތައް ވަށާލާފައިވެއެވެ. ޖެހިގެންހުރި ކައުންޓަރުގައި ވިއްކަންހުރީ ބަނާރަސީ ސާޅީއެވެ. ހަސީނާއާއި ރުޤިއްޔާ އަދި ނަވީދު އެތާނގައި ސާޅީތައް ބަލަން ތިއްބެވެ. ނަވީދަށް ފެނުމުގެ ކުރީގައި ފިހާރައިން ނުކުމުގެން ދިއުމަށް ޖަޔާގެ ހިތަށްއެރިއެވެ. އެކަމަކު އޭގެ ކުރީގައި ނަވީދު އޭނާ ދެކެފިއެވެ. އަދި ހަމަފެނުމާއެކު ބުންޏެވެ. [ޖަޔާއެވެ. އަންނާށެވެ. ކަލޭވެސް ޚިޔާލެއްދޭށެވެ. މިތަނުން އެންމެ ރީތީ ކޮންސާޅިއެއް ހެއްޔެވެ؟] ޙަސީނާ ތުން އަނބުރާލިއެވެ. ރުޤިއްޔާ ނިކްތުރިއަށް ރޫއަރުވާލިއެވެ. އެކަމަކު......... ނަވީދު ހުއްޓާނުލާ ކިޔަންފަށައިފިއެވެ. [ޖަޔާއެވެ. ނާދިރާއަށް ގަންނާނީ ކަލެއަށް ރީތިސާޅީއެކެވެ. ފެންވަރުމަތީ ސާޅީއެއް ނަގާށެވެ. އަގަކަށް ބަލާނެކަމެއް ނެތެވެ.] ޖަޔާ ހިތާދެކޮޅަށް ކައުންޓަރު ކައިރިއަށް އަތުވެއްޖެއެވެ. ޙަސީނާ ބައިވަރު ކިޔައިގަތެވެ. ]ޖަޔާ އެންމެ ގިނައިން ގަންނަނީ މިކަހަލަ ސާޅީވިއްޔާއެވެ. އޭނާއަށް އެނގެނީ ކޮންއެއްޗެއް ހެއްޔެވެ؟..........] ރުޤިއްޔާވެސް މަލާމަތުގެ ގޮތަކަށް ހީނލިއެވެ. [ޖަޔާއެވެ. އެނގިދާނެއެވެ. ޖަޔާއަށް ފެންނަ ސާޅީއެއް ނަގާބަލާށެވެ. އޭރުން ތަޖްރިބާވެސް ކުރެވިދާނެއެވެ.] ނަވީދު ސަމާސާ ކޮށްލިއެވެ. [ޖަޔާގެ ލޯތެމިއްޖެއެވެ. ހިތުން އާހެއްނުކުތެވެ. އަދި ކަތިލެވިފައިވާ ހިތަކާއިގެން އަވަސް އަވަހަށް ފިހާރައިން ބޭރަށް ނުކުމެއްޖެއެވެ........... ނަވީދުގެ މިޒާޖާމެދު އޭނާ ރުޅިވެސް އަތުވެއްޖެއެވެ. އަމިއްލަ ނިކަމެތިކަމާ ފަޤީރުކަން ހިތަށް އަރާފައި ފުން އަސަރުތަކެއް ކުރިއެވެ. އޭނާ ވިސްނަމުން ދިޔައެވެ. ނަވީދު މިގޮތަށް އޭނާގެ ފަރާތުން ބަދަލު ހިފަނީ ހެއްޔެވެ. ނުވަތަ ޙަޤީޤަތުގައިވެސް އޭނާގެ ލޮލަށް ފައިސާގެ އަނދިރި އެޅުނީ ބާވައެވެ. [ޖަލާލީއެވެ. ކޮންމެ ގޮތެއްވިޔަސް ވަރިހަމައެވެ.... މިހާރު އަޅުގަނޑުމެންނަކީ އެކަކު އަނެކެއްގެ މިލްކެކެވެ. ޖަޔާ ފޮޓޯގަނޑު ނަގައިފިއެވެ. [އަޅުގަނޑުމެން ބުއްދީގެ ވިޔަފާރި ކޮށްފީމުއެވެ. ހިތުގެ ވިޔަފާރި ޖަޒްބާތުގެ އޮއިވަރުގައި ބެހިގެންދެއެވެ. އަދި ބައެއް ފަހަރަށް އައްސޭރިއާ ކައިރިވެ ގެނބިވެސް ދެއެވެ.] [ޖަޔާއެވެ...........] ތާނިޔާ ގޮވާލިއެވެ. ޖަޔާ އަވަސް އަވަހަށް ފޮޓޯގަނޑު ބާލީސް ދަށަށްލާ ފޮރުވައިފިއެވެ. [ޖަޔާއެވެ..........] އަނެއްކާވެސް ތާނިޔާ ގޮވާލިއެވެ. [ދައްތާއެވެ. ކިހިނެއްވީ ހެއްޔެވެ؟] [ނުދާނަން ހެއްޔެވެ؟] [އަނެއްކާ ކޮންތާކަށް ހެއްޔެވެ؟] [ސޯފިޔާގެ ގެއަށެވެ.] [ކީއްކުރަން ހެއްޔެވެ؟] [އެގެއަށްގޮސްފައި ބާޒާރަށް ދާން އެބަޖެހެއެވެ. ނުގަނެވިހުރި އެއްޗެހި ގަންނަންވެސް އެބަޖެހެއެވެ. ގަހަނާވެސް ގަންނަން ޖެހޭނެއެވެ.] ޖަޔާގެ ތުންފަތުގައި ހިނިތުންވުން ކުޅެލައިފިއެވެ. އެންމެފަހު ޖުމްލަ ތާނޫ ބުނީ ވަރަށް ބާރަށެވެ. ޖަޔާއަށް ވިސްނިއްޖެއެވެ. އެހާބާރަށް އެބުނީ ޖެހިގެންހުރި ބޮޑުބޭބެގެ ގެއަށް އިއްވަން ވެގެންނެވެ. -------------- (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]() ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|