މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (21) |
|
|
| ދިވެހި - ވާހަކަ | |||
| 20 ޑިސެމްބަރ 2011، 17:53 އަންގާރަ | |||
|
ގައްދޫ މުޙަންމަދު ރަޝީދު [ޔަޤީން ނުކުރެވި ދާނެއެވެ. ވިސްނިދާނެއެވެ. ތިޔައީ ހައްތާވެސް ޖަޔާގެ މުދަލެވެ.] ފައުޒިއްޔާ ހީނލާފައި ބުންޏެވެ.[އެކަމަކު..........] [ކީކޭ ހެއްޔެވެ............؟] [އަޅުގަނޑު މިއުޅެނީ އެކަންޏެވެ.] [އެހެންދޯއެވެ....... ޖަލާލީ އަދިވެސް ނާދޭ ހެއްޔެވެ؟] [ނުދުރުވެއެވެ.] [އަތުވެދާނެއެވެ.] [ކޮންއިރަކުން ތޯއެވެ؟] ޖަޔާ ބުންޏެވެ. [އިންތިޒާރުގެ ގަޑިތައް ގުނުމަކީ ވަރަށްފޮނި މީރު ކަމެކެވެ. އަދި ބުނަން ހެއްޔެވެ.] [ކީކޭތޯއެވެ؟] [ޖަލާލީ، ޖަޔާއަށްޓަކައި ވަރަށްގިނަ ކަންތައްތައް ކޮށްފާވެއެވެ.] [އަޅުގަނޑު ތިޔަކަން ޤަބޫލުކުރަމެވެ.] ]ޖަޔާވެސް ޖަލާލީއަށްޓަކައި ވަރަށްގިނަ ކަންތައްތަކެއް ކުރަން ޖެހޭނެއެވެ. ކާވެނީގެ ޙަޔާތް ހިނގަމުންދަނީ އެކަކު އަނެކަކަށް ދިނުމާ އަތުލުމުގެ ފޯމިއުލާގެ މައްޗަށެވެ. ޖަޒުބާތުގައި ނުޖެހޭށެވެ. އިންސާނާ ދެނެގަތުމަކީ ކޮންމެހެން ބޭނުން ކަމެކެވެ. ބޭރު ފުށުން ފެންނަ އެއްޗަކީ އެއްވެސް އާރެއްނެތް އެއްޗެކެވެ.] [ކީކޭތޯއެވެ.....] ޖަޔާއަށް އަކެއްޗެއްވެސް ނުވިސްނުނެވެ. އަނެއްކާވެސް ފައުޒިއްޔާ ސީރިއަސްވެފައި ބުންޏެވެ. [މާތްރަސްކަލާނގެ ޖަޔާއަށް ހެޔޮ ނަސީބު ދެއްވާށިއެވެ.] ޖަލާލީއާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ބޭނުންކަމެއް ނޫން ކަމުގައި އޭނާ ދެކެނީ ކަންނޭގެއެވެ. ދެވަނަކަމަކީ މިހާރު އޭނާ ދައްކާނެ ވާހަކައެއް ޚުދް އޭނާއަކަށްވެސް ނޭގެއެވެ. ޖަލާލީގެ ސިފައާ ބެހޭގޮތުން ތަފްޞީލުކޮށް އޮޅުންފިލުވާ ދެވިފައި ނުވާކަމެއް އޭނާއަކަށް ނޭގެއެވެ. ޖަޔާގެ މައިންބަފައިން އެކަމާމެދު އެއްވެސް ފަރުވާލެއް ބެހެއްޓި ހެނެއް ހިއެއް ނުވެއެވެ. އިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު ފައުޒިއްޔާ [ޚުދާޙާފިޡް] ބުނުމުން ޖަޔާ ކަންބޮޑުވެފައި ބުންޏެވެ. [ފައުޒިއްޔާ ދައްތާއެވެ. މިގެއަށް ދުރުވެ ދެއްވަންވީ ނޫންތޯއެވެ.] [ޖަޔާއެވެ. އަހަރެމެން ހޮނިހިރު ދުވަހު ދާނަމެވެ. ހުރިހާ ރަޙްމަތްތެރިންނެވެ. އެދުވަހު ދެވޭނީވެސް ތިޔަ ދެމަފިރިން ހަނީމޫނަށް ނުގޮސް ތިބިއްޔާއެވެ.] ޖަޔާ އެކައްޗެކޭވެސް ނުބުނެއެވެ. ފައުޒިއްޔާ ހަވީރު ފޯނުކުރާނެ ވާހަކަ ބުނެފައި ފޯނު ބާއްވައިފިއެވެ. ***************** މިސިޒް ހެރަލްޑް ޖަޔާ ގޮވައިގެން ގެއިން ބޭރަށްވެސް ނުކުމެއްޖެއެވެ. ގަރާޖުގައި ހުރި ކާރުތައް ދެއްކިއެވެ. [މިއީ ޖަލާލީގެ ކާރެވެ. އަމިއްލައަށް ދުއްވާ ކާރެވެ.] [މިއީ އަހަރެން ދުއްވަން ދެއްވާފައި އޮންނަ ކާރެވެ.] [މިއޮތީ ސްޕޯޓްސް ކާރެވެ.] [ދެން މިއޮތް ނޫކުލައިގެ ކާރަކީ ޖަޔާއަށް ޖަލާލީ ގަނެދެއްވާފައި އޮތް ކާރެވެ. މިއީ ޖަޔާގެ އަމިއްލަ ކާރެވެ.] ޖަޔާ ޝައުޤުވެރި ކަމާއިއެކު ކާރުތަކަށް ބަލާލިއެވެ. ކާރުތައް އޭނާއަށް ރީތިވެއްޖެކަމުގެ އަސަރުތައް މޫނުމަތިން ފެނިގެން ދިޔައެވެ. އޭނާ ވަރަށް ފަޚުރުވެރި ކަމާއިއެކު ކާރުތަކާއި ބެހޭގޮތުން ވާހަކަ ދައްކަން ފަށައިފިއެވެ. މިސިޒް ހެރަލްޑް ޖަޔާއަށް ފެންގަނޑުވެސް ދައްކައިފިއެވެ. އެފެންގަނޑުގެ ވަށައިގެންވާ ކޮޓަރިތަކަށްވެސް ޖަޔާ ގޮވައިގެން ދިޔައެވެ. އަދި އަވަށްޓެރިންނާ ބެހޭގޮތުންވެސް ވަރަށްގިނަ ވާހަކަ ހެރަލްޑް ދެއްކިއެވެ. އެކިމީހުން ވަކިވަކިން ތަޢާރަފް ކުރިއެވެ..... މިހިސާބަށް ދިޔައިރު ޖަޔާ ކޮޑަކޮށް ވަރުބަލިވާގޮތް ވެއްޖެއެވެ. އެހެންކަމުން ހެރަލްޑް ދައްކާ ވާހަކަވެސް މާ ރަނގަޅަކަށް އިވޭކަމަކަށް ނުވެއެވެ. [މިސިޒް ހެރަލްޑެވެ. ދެން ދަމާ ހިނގާށެވެ.] [އެންމެ ރަނގަޅެވެ. ހަމަ މިހާރު ދާންވީއެވެ.] [ދެން ހިނގާށެވެ.] ދެމީހުން އެކުގައި ހިނގާފައި އެނބުރި ގެއަށް އަތުވެއްޖެއެވެ. ޖަޔާ ކޮޓަރިއަށް ވަދެފައި ގޮނޑިއެއްގައި އޮށޯވެލިއެވެ. ދެން ލޯމަރާލިއެވެ. އޭނާގެ ސިކުނޑި އޮތީކަންނެތް ވެފައެވެ. ޙަޔާތަށް ކުއްލިއަކަށް މިހާބޮޑު ބަދަލެއް އައުމުން އެކަމަށް ހޭނުމަށް ވަގުތު ބޭނުންވެއެވެ. މިސިޒް ހެރަލްޑް މަސައްކަތުގައި މަޝްޣޫލު ވެއްޖެއެވެ. އޭނާ މުޅިގެ ފޮޅާ ސާފުކުރިއެވެ. ދެން ބަދިގެއަށް ހިނގައްޖެއެވެ. ޖަޔާ ފަސޭހަކަމާއިއެކު ލޯމަރާލައިގެން ގޮނޑީގައި އޮތެވެ. އެގޮތަށް އޮތީ ކިހާއިރެއް ވަންދެން ކަމެއް ނޭނގެއެވެ. ދެން ކޮންމެވެސް ކަހަލަ ޖަޒްބާތެއް އޭނާ ސިއްސުވާލިއެވެ. އަދި ތެދުވެގެން ޑްރެސިންގރޫމަށް އަތުވެއްޖެއެވެ. އޭނާ އަލަމާރީގެ ދޮރު ހުޅުވާލިއެވެ. ކޮނޑުތަކުގައި އަޅުވާފައިވާ ތަފާތު ވައްތަރު ވައްތަރުގެ ހެދުންތަކަށް ބަލަން ފަށައިފިއެވެ. [މިހެދުންތައް ހެޔޮވަރުތޯ ބަލާލުން ކިހިނެއްވާނެ ހެއްޔެވެ. ވަގުތު ހޭދަކޮށްލުމަށް މިއަށްވުރެ ރަނގަޅުގޮތެއް ކޮބައި ހެއްޔެވެ.] އޭނާ ވިސްނާލިއެވެ. ދެން........... އަލަމާރިން އަގުބޮޑު މެކްސީއެއް ނަގައިފިއެވެ. ކަރުބޮޑު މެކްސީއެކެވެ. ހިމަހިމަ ރިބަން ފަށްތަކަކުން ކޮނޑު މައްޗަށް ވާގޮތަށް ގޮށެއް ޖަހާފައިވެއެވެ. އޭނާ މެކްސީލާފައި ބަލާލިއެވެ. ހަށިގަނޑުގެ ހާމަކަން ބޮޑުކަމުން އޭނާ ލަދުން ހަލާކުވާ ވަރުވެއްޖެއެވެ. ކޮޓަރިއަކު އެއްވެސް މީހަކު ނެތެވެ. އެކަމަކުވެސް އޭނާހުރީ ހާސްވެފައެވެ. ޖަޔާ ލޯގަނޑުން ބަލަމުން ގެންދިޔައެވެ. މިއަދު އޭނާ ކަނދުރާޔާ މޭމަތިން ފެންނަން ހުރި ހިސާބަކީ ރީތި އަސަރު ކުރުވާފަދަ ގުނަވަންތަކެއްކަން ފުރަތަމަ ފަހަރަށް އިޙްސާސް ކުރެވުނެވެ. މެކްސީ ބާލާފައި އޭނާ ޖިންސެއް ލައިފިއެވެ. ރަތްކުލައިގެ ބްލައުޒަކާއެކު ފެނުމުން އޭނާގެ ހަށިގަނޑުގެ ރީތިކަން އެނގުނެވެ. ލޯގަނޑުގެ ކުރިމަތީގައި ހުރެގެން ތަފާތު ގޮތްގޮތަށް ބަލަމުން ގެންދިޔައެވެ. އަދި ތަފާތު ހެދުންތައް އަޅަމުން ފަރިބަލަމުން ދިޔައެވެ. ކޮންމެއަކަސް މިކުޅިގަނޑުންވެސް އޭނާގެ ހިތް ފުރިއްޖެއެވެ. ސޫޓްކޭހުން އޭނާގެ ހެދުން ނަގައިގެން ގަޔަށް ހެއުވަރު ކޮށްލިއެވެ. އަދި ބޮލުގައި ގޮށެއް ޖަހާލުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ހިތް ފުރިގެން އަތުވެއްޖެއެވެ. ދެން ބާލީހުގައި މޫނުފޮރުވައިގެން ރޯންފަށައިފިއެވެ. މަންމަގެ މަތިން ހަނދާންވީއެވެ. ބައްޕަގެ މޫނު ލޯމައްޗަށް ސިފަކުރެވުނީއެވެ. އެއްބަނޑު އެއްބަފާ ކުދިންގެ ހަނދާންތައް ސިކުނޑީގައި ހަލަބޮލިކަން އުފެއްދިއެވެ. އޭނާ އެންމެނާ ގުޅުން ކަނޑާލާފައި މިތަނަށް އައީއެވެ. އެތައްހާސް މޭލު ދުރަށެވެ. ބީރައްޓެހި ރަށަކަށެވެ. މިތަނުން މަންމަގެ ސިފައެއް ނުފެންނާނެއެވެ. ބައްޕަގެ އަޑެއްބަޑެއް ނީވޭނެއެވެ. ކޮއްކޮމެންނާ ސަމާސާވެސް ކޮށްނުލެވޭނެއެވެ. ބޭބެމެންނަށް ލޯތްބެއް ނުދެވޭނެއެވެ. އޭނާ ވިސްނަމުން ދިޔަވަރަކަށް ހިތްފުރި އަރަމުން ދިޔައެވެ. އަދި ސިއްރުން ކަރުނަ އޮހޮރުވަމުން ދިޔައެވެ. އެކަނިވެރިކަމާއި ރައްކާތެރިކަން ކުޑަކަމުގެ މައްޗަށް ގަންނަބިރުވެސް އެކަރުނައިގައި ޝާމިލުވެއެވެ. ރޮމުން ރޮމުންގޮސް އޭނާއަށް ނިދުނީ ކިހާއިރަކު ކަމެއް ނޭނގެއެވެ. ކުއްލިއަކަށް ލޯހުޅުވިއްޖެއެވެ. ހޭލެވުނު ސަބަބެއް ނޭނގުނެވެ. އެއްވެސް މީހަކު ނުގޮވައެވެ. ހަމަ ކުއްލިއަކަށް ހޭލެވުނީއެވެ. ރަނގަޅަށް ނުނިދެނީ ކަމުގައިވެސް ވެދާނެއެވެ. ފުރިހަމައަށް ނިދުނުނަމަ ދޮރުގައި ކިތަންމެ ވަރަކަށް ޓަކިޖެހި ކަމުގައި ވިޔަސް އޭނާއަކަށް ނުހޭލެވޭނެއެވެ. އޭނާއަށް މަންމަގެ ބަސް ހަނދާން ވެއްޖެއެވެ. ޖަޔާއެވެ. ކަލޭ ނިދާލާފައި އޮންނައިރު ހީވަނީ އެއްވެސް ފިކުރެއްނެތި އޮންނަހެންނެވެ. ކައިރީގައި ބެރުދުންމާރި ތާޅަފިލި ފުމުނަސް ހޭލެވޭގޮތެއް ނުހުރެއެވެ. ނިންޖަކަށް އެއްވެސް ދަތިކަމެއް ނުލިބެއެވެ. ޖަޔާ ފުންނޭވާއެއް ދޫކޮށްލަމުން ވަރަށް ދިގުކޮށް މޯޅިއަކަށް ދެމިލިއެވެ. އޭނާގެ ކަށިތަކުގައި ރިހުމެއް އެކުލެވިފައިވެއެވެ. އެނދުގައި އޮވެ ކަނާތް ފަރާތަށް ފަރޮޅިލިއެވެ. އަދި ވަޔާ ހެލިލަ ހެލިލާހުރި ފަށުވި ފަރުދާއަށް އެއްވެސް މާނައަކާނުލައި ބަލަން ފަށައިފިއެވެ. ކުއްލިއަކަށް އޭނާގެ ކަންފަތުގައި ކޮންމެވެސް މީހަކު ވާހަކަދައްކާ އަޑު އިވިއްޖެއެވެ. ވަރަށް ރީތި އަޑެކެވެ..... އޭނާ ބާލީހުން ބޯއުފުލާލާފައި އަޑު އަންނަ ފަރާތެއް ދެނެގަތުމަށްޓަކައި ހިނދުކޮޅަކު ހިމޭންވެލިއެވެ. އަޑު އަންނަނީ ޖެހިގެންހުރި ކޮޓަރިންނެވެ. ކޮންމެވެސް މީހަކު ފޯނުކުރަނީއެވެ. ވާހަކަދައްކަނީ އުރުދޫ ބަހުންނެވެ. ބަރު އަދި އަސަރުގަދަ އަޑު މިއުޒިކަކަށް ވެގެން ޖަޔާގެ ކަންފަތަށް ވަންނަން ފަށައިފިއެވެ. އެއަޑުގައި ފޮނިކަން އެކުލެވެއެވެ. ރިހުން އެކުލެވެއެވެ. ދިލަ އެކުލެވެއެވެ. މިކަހަލަ އަޑެއް އަބަދުވެސް އޭނާގެ ސިކުނޑީގައި ގުގުމައެވެ. ޒުވާން ކޮންމެ އަންހެން ކުއްޖަކު ފަދައިން އޭނާވެސް ވަރަށް ގިނައިން ސިކުނޑިއާ ވާހަކަ ދައްކައެވެ. މިގޮތަށް ވާހަކަ ދައްކާ ކޮންމެ ފަހަރަކު މިކަހަލަ މިއުޒިކެއްގެ އަޑު ކަންފަތަށް ވަންނަމުން ދެއެވެ. އޭނާ އެއިނީ އެއަޑުގެ ސިހުރުގައި ޖެހިފައި ނޫންކަމެއް ނޭނގެއެވެ. ކުއްލިއަކަށް ހިތް ތެޅިގަތެވެ. މިގޭގައި އުރުދޫ ބަހުން ވާހަކަ ދައްކާނީ ކާކު ހެއްޔެވެ........؟! އަނެއްކާ....... އެއީ ޖަލާލީ ހެއްޔެވެ؟ ހަމަ ދުރުވީ ބާވައެވެ......؟! އޭނާގެ ހިތް ހަޅޭލަވައި ގަތެވެ. ބިރުވެރިކަމާއި ހާސްކަން އޭނާގެ މުޅި ހަށިގަނޑަށް ވެރިވެގަތެވެ. ގެނބުރަށް ދިއުމުގެ އިޙްސާސަކާއި އައްސޭރި އަތުލެވުމުގެ އިޙްސާސް ލާމެހިފައިވެއެވެ. އޭނާ ހިނދުކޮޅަކު ލޯމަރާލައިގެން އިނެވެ. ދެން ރަޖާގަނޑުން މޫނު ފޮރުވައިފިއެވެ. އަދި މުޅި ހަށިގަނޑުވެސް ފޮރުވައިފިއެވެ. ލަދުވެތިކަމުގެ ސަބަބުން އޭނާގެ މޫނު ރަތްވާން ފަށައިފިއެވެ. ހިތް ހަމައިން ނެއްޓިގެން ތެޅެން ފަށައިފިއެވެ. އަތްފައިން ލޮނުދާ ހިއްލަން ފެށިއެވެ. މިގޮތުގައި އެތައް އިރެއްވޭތުވެ ހިނގައްޖެއެވެ. ފޯނުން ވާހަކަ ދައްކާ އަޑު ކެނޑިއްޖެއެވެ. ޖަޔާވެސް ތެދުވެ އިށީނދެއްޖެއެވެ. މިހާރު ޖެހިގެންހުރި ކޮޓަރީގައި އެއްވެސް މީހަކު ނެތީ ކަންނޭގެއެވެ. އެހެންކަމުން ހިތްހަމަޖެހުމުގެ ނޭވާއެއް ލުމާއެކު އޭނާއަށް ކުޑަކޮށް ހިނިތުން ވެވިއްޖެއެވެ. [މާތް ކަލާކޯއެވެ.] އެނާ ދެއަތުން މޫނުފޮރުވަމުން ފޮނިކަން އެކުލެވޭ ހާސްކަމާއެކު ވިސްނާލިއެވެ. [އަހަރެން... އަހަރެން އޭނާގެ ކުރިމައްޗަށް ދާނީ ކިހިނެއް ހުރެގެން ހެއްޔެވެ........ އެކަންޏެވެ...... އަސްތާއެވެ..... އަހަރެން އެކަންޏެވެ. އަދި ........ އަދި......... އޭނާ........] ބޭއިޚްތިޔާރުގައި ޖަޔާ ހީނގަތެވެ. އަމިއްލަ މޮޔަކާއިމެދު އޭނާއަށް ހެވުނީއެވެ. [ކޮންމެ އަންބަކު ތިމާގެ ފިރިމީހާއާއި ބައްދަލުކުރަނީ ހަމަ އެކަންޏެވެ. ގޭގައި ކިތަންމެ ބަޔަކު ތިއްބަސް ވަރިހަމައެވެ....... އެކަމަކު ކޮންމެ އަންބަކަށްވެސް މި މަރްޙަލާ އަންނާނެއެވެ.] އެކަނިވެރިކަމުގެ އިޙްސާސްތައް ސިކުނޑިން ނުރެލުމަށްފަހު އޭނާ އެނދުން ތެދުވެއްޖެއެވެ. މިހާރު ކޮރިޑޯ ތެރޭން ވާހަކަ ދައްކާ އަޑުއިވެއެވެ. އެއީ މިސިޒް ހެރަލްޑް ކަންނޭގެއެވެ. އެކަމަކު އޭނާއާއި އެމުޚާޠަބު ކުރަނީ ކާކު ހެއްޔެވެ؟ އޮޅުން ފިލުވުމުގެ ހިއްސުތައް އޭނާއާ އެހީވެދީފިއެވެ. އަދި ކޮރިޑޯއަށް ދާންހުރި ދޮރުކަރިއަށް އޭނާ ހިނގައްޖެއެވެ. [މިސްޓަރ ޖަލާލީއެވެ....] އޭނާއަށް އިވުނީ ހެރަލްޑް ހަމައެކަނި މިހެން ބުނެލި އަޑެވެ. ކުރީގައިވެސް އޭނާއަށް އޮތީ ޔަޤީން ކުރެވިފައެވެ. މިހާރު ދެން ފުރިހަމަ ވީއެވެ. އެއީ ހަމަ ޖަލާލީކަމާއި މެދަކު ޝައްކެއްވެސް ނެތެވެ. އެރީތި އަޑުގެ ވެރިޔަކީ ހަމަ ޖަލާލީއެވެ. މިޔުޒިކީ އަޑެވެ...... ރިހުން އެކުލެވޭ ރާގެވެ...... މިސިޒް ހެރަލްޑް ދައްކަނީ ކޮންވާހަކައެއް ކަމެއްނޭނގެއެވެ. ދެނީ ކޮންކަހަލަ ޖަވާބެއް ކަމެއްވެސް ނޭނެގެއެވެ. ޖަޔާއަކަށް އަޑެއް ނީވެއެވެ..... އެދެމީހުން މަޑުމަޑުން ބޭރަށް ނުކުންނަން ދަނީއެވެ. ޖަޔާގެ ހިތުގައި ޝައުގުވެރިކަމުގެ ޠޫފާނެއް އުފެދިގަތެވެ. ފައިގައި ލަދުވެރިކަމުގެ ހިލިހިލާ އެޅިފައިވެއެވެ. އެކަމަކު......... ޖަލާލީ ހަމައެންމެ ފަހަރަކު ނަމަވެސް ދުށުމުގެ އެދުން އޭނާގެ ހިތުގައި ވަރަށްބޮޑަށް އެކުލެވިފައިވެއެވެ. އޭނާ ސިހުނެވެ..... އެކަމަކު...... އެންމެފަހުން ހިތްވަރު ކޮށްލުމާއިއެކު ކުރިއަށް ޖެހިލާފައި މަޑުމަޑުން ދޮރުފަތް ހުޅުވާލިއެވެ. އަޑެއް ބަޑެއް ނީވި ދޮރުފަތް ކުޑަކުޑަކޮށް ހުޅުވިއްޖެއެވެ......... ޖަޔާ ދޮރުކަނީގެ ނިވަލުގައި ހުރެފައި ކުޑަކޮށް ބޯގުދުކޮށްލިއެވެ. އަދި މަޑުމަޑުން ކޮރިޑޯއަށް ބަލާލިއެވެ. ދެން އަނެއްކާވެސް ކުއްލިއަކަށް ފަހަތަށް ޖެހިލިއެވެ. އޭނާގެ މޫނުމަތިން އެތައް ކުލައެއް ފެނިގެން ދިޔައެވެ. ހިތްތެޅެން ފަށައިފިއެވެ. ހީވަނީ ހަމަދެންމެ ދެންމެ ހިތުގެ ވިންދު ހުއްޓިދާނެ ހެންނެވެ. އޭނާ ދުވެފައި ޑްރޯއިންގރޫމަށް އަތުވެއްޖެއެވެ. އަދި ކޮނޑުތަކުގައި އެލުވާފައި ހުރި ހެދުންތަކުގެ ނިވަލުގައި ފިލަން މަސައްކަތް ކުރަން ފަށައިފިއެވެ. ހިނދުކޮޅެއް ވަންދެން ހިތުގެ ވިންދު ހަމައަކަށް އެޅުވޭތޯ އޭނާ ހިތްވަރު ކުރަމުން ދިޔައެވެ. އެންމެފަހުން އޭނާ އެކަން ކޮންޓްރޯލް ކޮށްފިއެވެ. އޭނާ ކިހާ މޮޔަހެއްޔެވެ..... ކިހާ ނުވިސްނޭ ހެއްޔެވެ....... އޭނާ ހެދުންތަކުގެ ތެރެއިން ނުކުމެއްޖެއެވެ...... އެވަގުތު އޭނާގެ ލޮލުގައި އުންމީދުގެ އަސަރުތަކެއް އެކުލެވިފައިހުއްޓެވެ. ތުންފަތުގައި ހިނިތުންވުމެއް ކުޅެލަކުޅެލާ ހުއްޓެވެ. އިސްކޮޅުން ދިގު ސްމާރޓް ޖަލާލީ އޭނާއަށް ފެނުނީ ފުރަގަހުންނެވެ. އޭނާ މިސިޓް ހެރަލްޑާ ވާހަކަ ދައްކަމުން ބޭރަށް ނުކުންނަން ދިޔައީއެވެ. ********************** [މިސްޓަރ ޖަލާލީއެވެ. ތިޔައީ ވަރަށް ރަނގަޅު ބޭކަލެކެވެ.] މިސިޒް ހެރަލްޑް ނިތްކުރީގައި އަތުން ޖަހާލާފައި ބުންޏެވެ. [މިސިޒް ހެރަލްޑެވެ. ނާކާމިޔާބުގެ ބިރަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ.] ޖަލާލީ މަޑުމަޑުން ބުންޏެވެ. [ނާކާމިޔާބު ވެދާނެކަމުގައި ޤަބޫލުކުރައްވަނީ ކީއްވެގެން ތޯއެވެ.] [ތިޔަކަމުގެ ޗާންސްތައް ވަރަށް ގިނައެވެ.] [ހުރިހާ ވަހުމެއް ހިތުން ފޮހެލައްވާފައި ޖަލާލީގެ މިސިޒްގެ ގާތަށް ދުރުވާށެވެ. އޭނާ ކަލާއަށް އިންތިޒާރު ކުރައްވަނީއެވެ.] ޖަލާލީ ފުން ނަޒަރަކުން ހެރަލްޑަށް ބަލާލިއެވެ. އަދި މަޑުމަޑުން ބުންޏެވެ. [ހެރަލްޑަށް ހީވަނީ އޭނާ އަހަންނަށް އިންތިޒާރު ކުރަނީ ކަމުގައި ހެއްޔެވެ؟] [މިކަމުގައި ހީއެއްވެސް ކުރެވޭނެ ތަނެއްނެތެވެ. ޖަލާލީ ދުރުވެއްޖެއޭ އޭނާ ގާތުގައި އަޅުގަނޑު ބުނި ވަގުތު އުފަލުންގޮސްއޭނާގެ މޫނުފޮޅިގެން ދިޔަތަން އަޅުގަނޑު ދުށީމެވެ.] [ހަމަ ރަނގަޅަށް ހެއްޔެވެ؟] ޖަލާލީ ބޭއިޚްތިޔާރުގައި ގޮނޑިން ތެދުވެއްޖެއެވެ. [ލައްބައެވެ. ޖަލާލީއެވެ. އޭނާ އެއިންނަނީ ވަރަށް އުފާވެފައެވެ. ހުރިހާ ހެދުމެއްވެސް މިހާރު ގަޔަށް ހެޔޮވަރު ކޮށްފިއެވެ. އަބަދުވެސް ހުންނަނީ ގަހަނާ އަޅާ ޒީނަތްތެރި ވެގެންނެވެ.] މިސިޒް ހެރަލްޑް ތަމްސީލު ދައްކަމުން ބުންޏެވެ. ޖަލާލީ ހިނި އަތުވެއްޖެއެވެ. [ޖަލާލީއެވެ. ހިތްވަރާއެކު ކުރިއަށް ހިންގަވާށެވެ. ހުރިހާކަމެއް ހަމަޖެހިދާނެއެވެ.] [ހެރަލްޑް ތިޔަބުނަނީ ހަމަ ރަނގަޅަށް ހެއްޔެވެ.] --------------- (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ މާކުންނަ, 2011-12-23 16:23:10
ޖަޔާޢާ ޖަލާލި ހާދަހާގިނަ ދުވަހު ދުރުގަ ޖަޔާޢަށް ޖަލާލިގެ
ޖަޒުބާތު ނިދީގަ ނަމަވެސް ލިބޭނެ ގޮތެށް އަދިވެސް ސުހާގު ރާތުނާދޭ ޖަޔާއަށް ޖަލާލި ގެ ބީހްން ނިދީގެ ނަމަވެސް ލިބެންވީ ވަރަށް ރީތިވާހަކަ ި ިިި ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|