މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| މަޖުބޫރު ލޯބި (22) |
|
|
| ދިވެހި - ވާހަކަ | |||
| 01 ޖެނުވަރީ 2012، 02:20 އާދީއްތަ | |||
|
ގައްދޫ މުޙަންމަދު ރަޝީދު [ލައްބައެވެ. މިއީ ހަމަ ރަނގަޅު ވާހަކައެކެވެ. ހިންގަވާށެވެ.][އޭނާ މިހާރުވީ ކޮންތާކު ހެއްޔެވެ؟] [ޑްރޯއިންގރޫމްގައި މިހާރު އެބައިނެވެ.] ޖަލާލީގެ ޙާލަތު މިވަގުތު އެންމެ ރަނގަޅު ކަމުގައި ފެނެއެވެ. ޝައުޤުވެރިކަމާ ބިރުވެރިކަމުގެ ގުޅުމަކީ ވަރަށް އަޖައިބު ކުރުވަނިވި އެއްޗެކެވެ. އެކަމަކު...... އޭނާ ހުރީ މިފިޔަވަޅު އަޅަން ތައްޔާރަށެވެ. އޭނާ ހެނދުނު ކޮޓަރިއަށް ވަންނަނިކޮށް ފެނިފައި ޖަޔާ ދުވެފިލީއެވެ. އޭނާ މިހާދިސާ އިޙްސާސްކުރީ ނުލާހިކު ހިތިކަމާ އެކުގައެވެ. އެމަކްރޫހަ މޫނު އެވަގުތުން ފެށިގެން އޭނާ ބިރުގަންނަވަމުން ދިޔައެވެ. ގެނބެމުން ދިޔައެވެ. ހަމަ އެވަގުތު ފައުޒިއްޔާއަށް ފޯނުކޮށް އޭނާގެ ހުތުރުސިފަ ޖަޔާގެ ޢާއިލާއަށް ސިއްރުކުރީތޯ ނުވަތަ ނޫންތޯ އޮޅުން ފިލުވިއެވެ. ފައުޒިއްޔާ އޭނާއަށް ހިތްވަރު ދިނެވެ. އަނެއްކާވެސް ޖަޔާގެ ގޭގެ ޙަލަތާ މައިންބަފައިންގެ މަޖުބޫރީތައް ހާމަ ކޮށްދިނެވެ. އެމީހުން އުފާކުރާ ވަރުވެސް ބަޔާން ކޮށްދިނެވެ. [ހުތުރު ސިފަލިބުމަކީ ކުށެއްނޫނެވެ. ލަދުގަންނަންވީ ކަމެއްނޫނެވެ. އަދި އެއީ ޖަލާލީގެ އެއްވެސްކަމަކަށް ހުރަސް އަޅާނެ ކަމެއްވެސް ނޫނެވެ. އެއްގޮތަކަށްވެސް އެހާބޮޑަށް ތިޔަކަންތަކާ ބެހޭގޮތުން ފިކުރު ނުކުރާށެވެ. [ފައުޒިއްޔާ ބުންޏެވެ.] މިހާރު ވާންވީގޮތެއް ވެނިމިއްޖެއެވެ. ޖަޔާއަކީ ޖަލާލީގެ އަނބިމީހާއެވެ. އޭނާއަކީވެސް ކުޑަކުއްޖެއް ނޫނެވެ. ވިސްނުން ރަނގަޅު އަންހެން ކުއްޖެކެވެ. ޖަލާލީ އޭނާއަށް ވިސްނާދެވޭތޯ މަސައްކަތް ކުރާށެވެ. އޭނާއަށް ވިސްނާދެވޭނީ ޖަލާލީއަށެވެ.... ކޮންމެ ގޮތެއްވިޔަސް ތިޔަދެކުދިން މިހާރު ހަމައަކަށް އެޅެން ޖެހިއްޖެއެވެ. ދެމީހުންގެ މަސައްކަތުން އެކަން ކުރެވޭނެއެވެ. އިރާދަ ކުރެއްވިއްޔާ ގުޅޭނެއެވެ. އެއްގަލަކަށް އަރާނެއެވެ.] ފައުޒިއްޔާ ހުރިހާގޮތަކުން އޭނާގެ ހިތްވަރު އާކޮށްދިނެވެ. [ޖަލާލީ އެއަރޕޯޓަށް ދިއުން ކޮންމެހެން ބޭނުމެވެ. ހަމައެއްވެސް ކަމަކާނުލައި އޭނާގެ މޫޑު ގޯސްކުރީއެވެ. ކޮންމެއަކަސް އެއްވެސްކަމެއް ގޯހެއްނުވެއެވެ. މިއަދު ފިލައިގެން އުޅުމަށް ގަސްތުނުކުރާށެވެ. ޖަޔާއަކީ ވަރަށް ސީރިއަސް ކުއްޖެކެވެ.] ޙަޤީޤަތުގައިވެސް ޖަލާލީގެ ހިތްވަރު އާވެފައިވެއެވެ. އިރުއޮއްސުމާއެކު މިސިޒް ހެރަލްޑްގެ މަސައްކަތާއެކު އޭނާ ގެއަށް ވަދެއްޖެއެވެ. ހެރަލްޑްވެސް އޭނާއަށް ވިސްނައިދިނެވެ. [ތިޔަގޮތަށް ފިއްލަވައިގެން އުޅުއްވަން ވެއްޖެއްޔާ އިތުރު މައްސަލަތައް ނުކުންނާނެއެވެ. ކާވަންޏަށްފަހު ފިރިމީހާ ނުފެނި ވަގުތުތަކެއް ހޭދަވުމަކީ އެއްވެސް އަންހެނަކު ހިތްހަމަޖެހޭނެ ކަމެއްނޫނެވެ. އެއީ ވަރަށް ދެރަކަމެކެވެ. ގޯސް ކަމެކެވެ.] އެތައް އިރެއްވަންދެން އޭނާ ޖަލާލީއަށް ވިސްނައިދިނެވެ. ޖަލާލީ ޖެހި ބުދެއްހެން ހުރީއެވެ. އޭނާގެ ޖެހިލުންވުން ފެނިފައި ހެރަލްޑް ހަރުކަށި މަންމައެއްގެ ރޯލުކުޅެލިއެވެ. އަދި ޖަލާލީގެ އަތުގައި ހިފައިގެން ރުޅިއައިސްފައި ދަމަމުން ކަހަލަ ގޮތަކަށް ޑްރޯއިންގރޫމަށް އަތުވެއްޖެއެވެ. [މިސްޓަރ ޖަލާލީއެވެ. ޖަލާލީގެ އަލަތު އަނބި މިއިނީއެވެ.] އޭނާ ޖަޔާއާ ދިމާއަށް ޖަލާލީ ކޮއްޕާލިއެވެ. ޖަޔާ އެވަގުތު އިނީ ފިސާރިއަކަށް ނަލަ ހެދިލައިގެންނެވެ. އާދަކާދައިގެ މަތިން ބުރުގާ އަޅައިގެންނެވެ. މިސިޒް ހެރަލްޑްގެ އަޑު އޭނާއަށް އިވުނީ ފުރަގަހުންނެވެ..... ޖަލާލީގެ ނަންއިވުމާއެކު ޖަޔާގެ ހިތް އޮބިނޯންނަ ވަރަށް ތެޅިގަތެވެ. ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ބޭއިޚްތިޔާރުގައި ހެރަލްޑްގެ ގައިގައި ބައްދައި ގަތުމަށް އޭނާގެ ހިތަށް އެރިއެވެ. މާތް ކަލާކޯއެވެ. ކޮންފަދަ ޙިޖާބެއް ހެއްޔެވެ. ކޮންފަދަ ލަދުވެތިކަމެއް ހެއްޔެވެ. [ޚުދާ ޙާފިޡް އެވެ.] މިސިޒް ހެރަލްޑް ބުންޏެވެ. އަދި ދޮރުލައްޕާލާފައި ބޭރަށް ނުކުމެއްޖެއެވެ. ޖަލާލީ އެހުރިތާނގައި ގާވެފައި ހުރީއެވެ. އޭނާހުރީ ނޫކުލައިގެ ވަރަށްރީތި ހެދުމެއްގައެވެ. ޓައީވެސް އެހާމެ އަގު ބޮޑެވެ. އަދި ޖަހާފައި ހުރި ސެންޓްގެ ވަހުން މުޅި މާޙައުލު އެއްވަސް ކޮށްފާވެއެވެ. އެސެންޓްގެ ވަސް ޖަޔާއާ ހަމައަށްވެސް ފޯރާފައިވެއެވެ. މިފިރިހެން ސެންޓްގައި ފިރިހެން ވަންތަކަމުގެ ޖަޒުބާތު އެކުލެވިފާވެއެވެ. ޖަޔާ ޖަޒުބާތަކާއެކު އިންތަނުން ކުޑަކޮށް ހެލިލައިފިއެވެ. އޭނާގެ މިޙަރަކާތުގައި ވަނީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ކަމަކަށް ތައްޔާރުވުން ބާވައެވެ. ދަޢުވަތު ދިނުމެއް ބާވައެވެ. ނުވަތަ ދަމައިގަތުމެއް ބާވައެވެ. ޖަލާލީ ޖެހިލުންވުމާ ބިރުވެރިކަމުގެ ހުރިހާ ރޮނގެއް ހުރަސްކޮށްފިއެވެ. ވިސްނުމުގެ ވައްތަރު ބަދަލުކޮށްލުމުން ހުރިހާ ވަސްވާހެއް ފިލާ ހިނގައްޖެއެވެ. އޭނާއަކީ ހަމަ އިންސާނެކެވެ. އޭނާގެ ހިތަކީވެސް އެހެންމީހުންގެ އޮންނަ ކަހަލަ ހިތެކެވެ. އެކަހަލަ އެދުން ތަކެކެވެ. އުންމީދު ތަކެކެވެ. އެހެނިހެން ފިރިހެނުންނެކޭ އެއްފަދައިން ޖިންސީ ބައިވެސް އޭނާއަށް ލިބިފައިވެއެވެ. މިކަން އޭނާއަށް އިޙްސާސް ކުރެވުނީ މިހާރުއެވެ. އޭނާގެ ޚިޔާލުތައް މުޅިން ބަދަލުވެއްޖެއެވެ. އަދި........ ވަރަށް ހިތްވަރާއެކު ކުރިއަށް ފިޔަވަޅު އަޅާލިއެވެ. [ނާޖިޔާއެވެ!] އޭނާ ސޯފާގެ ފުރަގަހުން ޖަޔާގެ ކައިރިއަށް އައިސް ހުއްޓިފައި ބުންޏެވެ. ޖަޔާ އަދިވަކިން ބޮޑަށް އިސް އޮބާލިއެވެ. ޖަލާލީ ފިސާރި ތަހްޒީބާއެކު ސަލާން ކުރިއެވެ. [އިއްޔެ ނާޖިޔާގެ ކައިރިއަށް ނާދެވުނީތީ ވަރަށް ދެރަވަމެވެ.] ޖަޔާ ލަދުން ބޮނޑިވަމުން ދިޔައެވެ. ބޯތިރިވަމުން ދިޔައެވެ. [އަހަރެން އިށީންނަން ހެއްޔެވެ؟] ޖަލާލީ އަނެއް ފަރާތަށް އަތުވެއްޖެއެވެ. ޖަޔާ އެކައްޗެކޭވެސް ނުބުންޏެވެ. އޭނާ މިހާރު އިނީ ގުޅަވަރަކަށް ވެފައެވެ. ޖަލާލީ ނާޖިޔާއާ ހަމަކައިރީގައި، ސޯފާގައި އިށީނދެއްޖެއެވެ. [ނާޖިޔާއެވެ!] އޭނާ ޖަޒްބާތުން ފުރިފައިވާ އަޑަކުން ގޮވާލިއެވެ. ނާޖިޔާ ކޮނޑަށް ޙަރަކާތެއް ގެނައުމާއެކު އަދިވަކިން ބޮޑަށް ބޮނޑިވެގަތެވެ. ޖަލާލީގެ ހިތުގައި ހަލަބޮލިކަމެއް އުފެދެން ފަށައިފިއެވެ. ޝައުޤުވެރިކަން ހޭލަންފަށައިފިއެވެ. އަމިއްލަ ނަފްސުގެ މަތިން ހަނދާން ނެތިއްޖެއެވެ. އޭނާއަށް މިހާރު ފެންނަނީ ހަމައެކަނި ޖަޔާއެވެ. އާދެ، އެޖަޔާ ދެކެ އޭނާގެ ހިތާއި ރޫޙުން ލޯބިވާން ފަށައިފިއެވެ. މިލޯތްބަކީ އާ އެއްޗެއްނޫނެވެ. ވަރަށް ޒަމާންވީ އެއްޗެކެވެ. އޭނާގެ ވުޖޫދަށްވުރެވެސް ދުވަސްވީ ލޯތްބެކެވެ. މިލޯބި ދުނިޔެއަށް އައީ އޭނާ ދުނިޔެއަށް އައުމުގެ މާކުރީގައެވެ. އޭނާގެ ރޫޙު މާތްރަސްކަލާނގެ އުފެއްދެވީ އޭރު ނޫންކަމެއް ނޭނގެއެވެ. ރޫޙަކީ އަދި މާކުރީގެ އެއްޗެއް ނޫންތޯއެވެ. އޭނާގެ ލޯތްބަކީވެސް އޭގެ ގޮތުގައި ޒަމާންވީ އެއްޗެކެވެ. ވަރަށްފުން އަދި ވަރަށް އަޖައިބު ލޯތްބެކެވެ. ވަރަށް ސާފު ލޯތްބެކެވެ. ޖަޔާ ނުފެންނަ އިރުވެސް އޭނާހުރީ ޖަޔާ މޭގައި ޖައްސާލުމަށް އެދިގެންނެވެ. ކެތްމަދުވެފައެވެ. އޭނާގެ ރަޙްމަތްތެރިންވެސް ބުނެފައިވަނީ ޖަޔާ ވަރަށް ރީތި ކަމުގައެވެ. ވަރަށް ލޯބި ކަމުގައެވެ. ވަރަށް ސްމާޓް ކަމުގައެވެ. ހިތްތައް ލަންބުވާލާފަދަ ގޮތެއް ހުންނަ ކަމުގައެވެ. މިކަމަކީ ކުޑަކޮށްވެސް އޭނާ އަޖައިބުވާ ކަމެއްނޫނެވެ. ތިމާގެ ހުތުރުކަން އެއްފަރާތެއްގައި ބާއްވާފައި ރީތި ދޮން ކުދިންނަކީވެސް އޭނާގެ ޚިޔާލުގެ ބައެއް ކަމުގައި ވެފައިވެއެވެ. އޭނާ އެކަމާމެދު ކުޑަކޮށްވެސް ލަދެއް ނުގަނެއެވެ. ޖިންނިއާ ޕަރީންގެ ވާހަކައަކީވެސް ކޮންމެވެސް އިންސާނެއްގެ ޚިޔާލެކެވެ. މީގެ އެތައްޤަރުނެއްގެ ކުރީގެ އިންސާނަކު ޖިންނިއާ ޕަރީގެ ލޯބީގެ ވާހަކަ އުފައްދާފައިވެއެވެ. އެކުލަވާފައި ވެއެވެ. ވީއިރު މިއަދުގެ އިންސާނުން އެވާހަކަތައް ޙަޤީޤީ ވާހަކަތަކަށް ހަދަން ނޫޅެނީ ކީއްވެގެން ހެއްޔެވެ. މިއަދުގެ އިންސާނުންނަކީ ކުރީގެ މީހުންފަދަ މަޢުލޫމާތު މަދު ބައެއްނޫނެވެ. ޕަރީންގެ ހިތްތައް ދަމައިގަތުމުގެ ކިތަންމެ އުކުޅެއް އެމީހުންނަށް އެނގެއެވެ. އެމީހުންގެ ސިކުނޑިއަކީ ތަރުބިއްޔަތު ކުރެވިފައިވާ މޮޅު ސިކުނޑި ތަކެކެވެ. ޖަޔާ ހަމަ އިސްޖަހާލައިގެން އިނެވެ. ޖަލާލީ އޭނާއާ ހަމަކައިރީގައި އިނެވެ. އޭނާ ވަރަށް މަޑުމަޑުން ވާހަކަ ދައްކަމުން ދިޔައެވެ. ބައެއް ވާހަކަ ޖަޔާގެ ސިކުނޑިއަށްވެސް ވަދެއެވެ. އަދި ބައެއް ވާހަކަ އެއްގޮތަކަށްވެސް އޭނާއަކަށް ނުވިސްނެއެވެ. އޭނާގެ ހަށިގަނޑު ފަދައިން ސިކުނޑިވެސް މިހާރު އޮތީ ހިމޭންވެފައެވެ. އާކޮންމެ އަންހެން ކުއްޖެއް ފަދައިން އަލަތުކާވެނީގެ އަލަތު މަރުޙަލާގެ ނިމުމާމެދު ބިރުވެތިވެފައެވެ. ވާން މިއުޅެނީ ކިހިނެއްބާވައޭ ހިތައް އެރުމާއެކު ހާސްވެފައެވެ... މިއަންހެން ކުއްޖާވެސް ހަމައެފަދަ ބިރެއްގެ ސަބަބުން ތުރުތުރު އަޅައެވެ. އެކަމަކު މިބިރުވެރި ކަމުގައި އުފާވެރި ކަމެއްވެސްވެއެވެ. ލައްޒަތެއްވެސް ވެއެވެ. އެކަމަކުވެސް.......... އޭނާގެ އަތްފައިން ލޮނުދާ ހިއްލަން ފަށައިފިއެވެ. އޭނާއަށް އެކައްޗެއްވެސް ނުވިސްނެއެވެ. [ޖަޔާ ވަރަށްރީތި ވާހަކަ އަހަރެން އެހީމެވެ.] ޖަލާލީ އޭނާގެ ކޮނޑުމައްޗަށް ގުދުވެލަމުން ކަންފަތް ކައިރީގައި ވަރަށް ރީތި ރާގަކަށް ބުނެލިއެވެ. ޖަލާލީގެ ނޭވާގެ ހޫނުކަން އިޙްސާސް ކުރެވުމާއެކު، ޖަޔާ ރޫރޫ އަޅައިގަތެވެ. އޭނާގެ ނޭވާ ހީވަނީ އުނދުނަށް ފުމޭ އޮނުގަނޑަކުން ވައިއަންނަ ހެންނެވެ. ހިތްތެޅެން ފެށިލެއް ބާރުކަމުން ހީވަނީ ހަމަ މިހާރުވެސް އެހިތުގެ ހިނގުން މުޅިން ހުއްޓިދާނެ ހެންނެވެ. [ޖަޔާއެވެ......!] އޭނާ އެތައް އިރަކަށްފަހު އަނެއްކާވެސް ބުންޏެވެ. އޭނާ އެއިންނަނީ ޖަވާބެއްގެ އިންތިޒާރު ގައެވެ. އެތައް ފަހަރަކު އޭނާ މިގޮތަށް ގޮވިއެވެ. [ލަ......... ލައްބައެވެ!] ޖަޔާ ވަރަށް އުނދަގުލުން ބުންޏެވެ. [ޖަޔާގެ އަޑުއިވުނުކަމަށްޓަކައި ޝުކުރު ހުއްޓެވެ.] އޭނާ ޖަޔާގެ އުނގަނޑުގައި އަތްއަޅުވާލަމުން ބުންޏެވެ. އަސްތާއެވެ.... މިބީހުމުގެ ސަބަބުން ޖަޔާ ސިހިއްޖެއެވެ. އޭނާ އެއްފަރާތަކަށް ޖެހިލާފައި ޖަލާލީގެ އަތުގެ ތެރޭން ދެމިގަތުމަށް ހީކުރިއެވެ. [ޖަޔާ ވަރަށް ރީއްޗެވެ. އަދި އަހަންނަކީ ވަރަށް ހުތުރު މީހަކީމެވެ. އެކަމަކު އަހަރެންގެ މޭގައިއޮތީ ވަރަށްރީތި ހިތެކެވެ. ޖަޔާއެވެ. އަހަރެންގެ ސިކުނޑީގައިވާ މާތްކަން ޖަޔާއަށް އެނގޭނީ ޖަޔާގެ ލޯބި އަހަންނަށް ލިބުމަށް ފަހުގައެވެ. އަހަރެން އަޅުކަން ކުރަމުން މިގެންދަނީ އެލޯތްބަށެވެ. ޖަޔާއަކީ އަހަރެންގެ ލޯބީގެ ކަލާނގެއެވެ. އެލޯތްބަށް އަޅުކަންކުރުމަކީ އަހަރެންގެ ފަރްޟެކެވެ. އަހަރެން......... އަހަންނަކީ އެކައްޗެއްވެސް ނޫނެވެ. ޖަޔާއެވެ. އަހަރެން މީހަކަށް ވަންޏާވެސް ވާނީ ހަމަ ޖަޔާގެ ސަބަބުންނެވެ. އަހަރެންގެ ޢިއްޒަތް އޮތީ ޖަޔާގެ އަތްމަތީގައެވެ. ޖަޔާ ބޭނުންނަމަ އަހަރެންގެ ޤަދަރު ޤާއިމުވެ އޮވެދާނެއެވެ. ޖަލާލީ ހުއްޓަ ހުއްޓާފައި ބުނަމުން ދިޔައެވެ. އޭނާގެ އަޑުގައި އަސަރުކުރުވާފަދަ ރިހުމެއް އެކުލެވިފައިވެއެވެ. އަދި އެއަޑާ ދިމާއަށް ޖަޔާގެ ހިތް ދެމިގެންދާކަން ޖަޔާއަށް އިޙްސާސް ކުރެވެމުން ދިޔައެވެ........ ޖަލާލީ ޖަޒްބާތުގައި ވާހަކަ ދައްކަމުން ޖަޔާ ގަޔާ ކައިރި ކޮށްލިއެވެ. ޖަޔާއަކަށް ދެކޮޅެއް ނެހެދުނެވެ. ޖަލާލީގެ މޭގައި ޖެހިއްޖެއެވެ. ޖަލާލީގެ އެއްއަތް ޖަޔާގެ އުނަގަނޑުގައި އަޅުވާލާފައި އަނެއް އަތުން ބުރުގާ ނަގައިފިއެވެ. ޖަޔާ ދެއަތުން މޫނު ފޮރުވައިފިއެވެ. ޖަލާލީ ފުރިހަމައަށް ޖަޒުބާތުގައި ޖެހިއްޖެއެވެ. އޭނާއަށް ހީވީ އަނދިރި ރެއެއްގައި ސާދަވިލޭރޭގެ ހަނދު ދަޅައެއް ދައްކާލާފައި ވިލާތަކުގެ ނިވަލަށް ވަދެ ފިލީ ކަމުގައެވެ. ޖަލާލީގެ އެތެރެހަށީގެ ޒުވާނާ މޮޔަވަމުން ދާކަހަލައެވެ. އޭނާ ޖަޔާގެ ދެއަތުގައި ހިފަހައްޓައިފިއެވެ. ޖަޔާ ދެކޮޅުހެދިއެވެ. އެކަމަކު ބާރަށް ހިފަހައްޓާފައިވާ އަތަކަށް ދުލެއް ނުލިބުނެވެ. އޭނާ އިސްދަށަށް ޖެހުމާއެކު މޫނުފޮރުވަން މަސައްކަތް ކުރިއެވެ. ހަމައާއެކު ޖަލާލީގެ ތަނަވަސް މޭގައި އޭނާގެ ބޯޖެހިއްޖެއެވެ. ޖަލާލީ ބާރަށް ހިފަހައްޓައި ފިއެވެ. ޖަޔާގެ މުޅިހަށިގަނޑުގައި ކަރަންޓް އުފެދުނު ކަހަލައެވެ. ލަދުވެތިކަމުގެ ސަބަބުން މޫނު ރަތްވާން ފަށައިފިއެވެ. ލޯހުޅުވާލަން ހިތަށްވެސް ނާރައެވެ. --------------- (ނުނިމޭ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (7)
![]()
...
ލިޔުނީ މާކުންނަ, 2012-01-01 09:52:41
ވަރަރީތި މިފަހަރު ޖަލާލީއައް ޖަޔާގެ ލޯބީލބޭނެކަމައް އުން މީދުކުރެވޭ މިހާގެސީފަޔަވުރެން މުހިންމީ ލޯބި މިފަހަރު ޖަލޤާލީޔަށް ޖަޔާގެ ބީހުން އެންމެފުރިހަމަޔައް ލިބޭނެކަމަށް އުންމީދުކުރެވެނީ ޖަލާލީގެ ދިކުއިންތިޒާރީގަ ރަހަހިތިގޮތަކަށް ނުވާނެކަމަށް ހީކުރެވޭ ވަރަށްރީތި ހަމަހަބޭސް މިފަހަރު ކަރަންޓުދުވާލާގެންނަމަވެސް ޖަލާލީގެ ސުހާގުރާތު އެންމެ ފުރިހަމަގޮތުގައި ލިބެންވާނެ ސިފަހުތުރަކަސް ޖަޔާޔައް ޖަލާލީގެ ފްރާތުން ލިބޭ ހިންހަމަޖެހުން ހއެހެން މީހެގެފަރާތުން ނުލިބޭނެ ހިތޮވަރު ކޮލާފަ ޖަލާލީޔަށް ކުރިމަތިލާ ހަމަހަބޭސް
...
ލިޔުނީ keymaatu, 2012-01-10 13:35:15
ހާދަލަހޭ ވާހަކަ އަޕްލޯދުވާލެއް ވަރަށް އިންތިޒާރު ކުރެވޭ ޕުލީސް ޖަލާލީފެނުނީމަ ޖަޔާފިލާނެ ހަމަހަބޭސް ވަރަށްރީތި
...
ލިޔުނީ ގޮހޮރުބެ, 2012-01-10 13:43:59
މިވާހަކަ ވަރައް ރީތި ތަންކޮޅެއް ވާހަކަ ކުރީ މީވަރައް އިބުރަތް ތެރި ވާހަކަޔައް
...
ލިޔުނީ ޝިފާ, 2012-01-12 12:02:00
މީ ވަރަށް ރީތި ހަމަ އެހާމެ އަސަރުގަދަ ވާހަކައެއް! އަޅުގަނޑު މިވާހަކަ އެއްކޮށް ކިން!
... ލިޔުނީ އައްސޭރި., 2012-01-15 05:49:34
މާކުންނަގެ ޚިޔާލަށް ބޮޅެއް އިތުރުކޮށްލާނަން......އަހަރެންނަށް އަދި މާ އަވަސް ސުހާގުރާތް ގެންނަން.... މި ވަށްތަރު ލޯބީގަ ވާނެ ގޮތަކި ، ޖަޔާގެ ހިތުގައި ޖަލާލީގެ ލޯބީގެ ކުލަޖެހެންވާނީ މަޑުމަޑުން ލަސް ލަހުންނޭ، އޭރުން ޖަލާލީގެ ލޯބީގެ އިހްސާސް ތަށް ޖަޔާ ގެ ހިއްސު ތްކުގައި ވަކި ހިއްޕާލާނީ..... ފުރަތަމަ ބަށްދަލުވުމުން ސުހާގްރާތު ގެނައިމަ ފަހުން މާބޮޑު އަސަރެއް ނޯންނާނެ...... ހުރިހާ ކަމެއް އެއް ފަހަރުން ނިމުނީ........އަނެއް ގޮތަކީ ޖަޔާ އާ ބަށްދަލުވާ ކޮންމެ ވަގުތަކު ޖަލާލީ މާސްކެއް އަޅަންވީ......އޭރުން ވަގުތުގެ އަރާމާ ހިތްހަމަ ޖެހުން ހޯދާލާ ހޯދާލާ ހުރެދާނެނު.......ދެން އެނޫން ގޮތެއް ނެތެންނުދޯ.........ދެން ރަޝީދަށް އަޅުގަނޑު ދަންނަވާލާން އޮތީ އަޅުގަނޑުމެން ލައްވާ ވެސް ތި ކުރަށްވަނީ ޖަލާލީ ކުރަމުންދާ ކަހަލަ އިންތިޒާރެށްތޯ ؟ 23 ވަނަ ބައި އަވަހަށް ގެނެސްދެއްވާ... ޕްލީޒް. ޕްލީޒް ޕްލީޒް.....
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|