ފަންވަތް ދިވެހި ވާހަކަ އެ ފާފަ
ބެލި ޢަދަދު: 3878
އެ ފާފަ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 9
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
08 ޖެނުވަރީ 2009، 04:09 ބުރާސްފަތި


ތަރުޖަމާ: ޝިފްޒާން އަޙްމަދު (ޒާން)

އެއްބަނޑު އެއްބަފައި ދެބެއިންނެވެ. އަންހެންވިޔަސް ފިރިހެން ވިޔަސް އެނޫން އިތުރު ކުއްޖަކު އެ އާއިލާޔަކު ނެތެވެ. ދެބެންނަކީ ވެސް ބައްޕަޔާއެކު ދަނޑުވެރިކަމުގެ މަސައްކަތްކުރާ ދެމީހުންނެވެ. އެކަކީ މީހަކާ އިނދެ ކުދީން ލިބިފައިވާ މީހެކެވެ. އަނެކަކުވެސް އުޅެނީ މީހަކާ ކާވަނި ކޮށްގެންނެވެ. އެކަމަކު މާތްﷲގެ މިންވަރު ފުޅު އޭނާއާ މެދު ހުރި ގޮތުން ދަރިޔަކު ނުލިބެއެވެ.



މި ދެމީހުންގެ ބައްޕަގެ ޙާލު އާދައިގެ ގޮތެކެވެ. އެހެންނަމަވެސް ބައްޕަގެ މުދަލުން ލިބޭނެ މިންވަރާ މެދު ހަނގަށް ހުރި މީހާ، ދޮށްޓަށް ހުރި މީހާގެ މައްޗަށް ހަސަދަވެރިވާން ފަށައިފިއެވެ. ތަރިކަ ބަހައިގެން އޭނާގެ ބޭބެއަށް ލިބޭނެ ބައިވަރާ މެދު ދަހިވެތިވާން ފަށައިފި އެވެ. ޝައިޠާނާ އޭނާއަށް ވަސްވާސް ދިނީ އޭނާގެ އަޚާ ޤަތުލުކުރުމަށެވެ. ބޭބެ މަރާލުމަށެވެ. އޭނާ އެގޮތަށް އެކަން ކުރިއެވެ. އޭނާއަކީ ބައްޕަގެ ހުރި ހަމައެކަނި ވާރުތަވެރިޔާކަމުގައި ވުމަށްޓަކައެވެ.



ބައްޕައަށް ދޮށީ ދަރިފުޅު ނުފެންނާތީ އެކަމުގެ ދަތިކަން އިޙްސާސް ކުރެވުނެވެ. އެކަމާ މެދު ހަގު ދަރިފުޅާ ސުވާލުކުރިއެވެ. ޖަވާބުގައި އޭނާ ބުނީ ބޭބެއަށް ވީގޮތެއް ނޭނގޭކަމަށެވެ. އެންމެފަހުން އޭނާގޮވައިގެން ބައްޕަ، ބޭބެ ހޯދުމަށް ނުކުތެވެ.
އަވަށު ތެރޭން ބަޔަކުވެސް އެހީތެރިވާން ނުކުތެވެ. އެހެންނަމަވެސް އޭން އެކަކަށްވެސް ގެއްލިގެންއްލުނު މީހާއެއް ނުފެނުނެވެ. ދުވަސްކޮޅެއް ފަހުން އޭނާގެ މަސްގަނޑު ފެނުނެވެ. މީހުން ބޭނުންނުކުރާ ފަޅު ވަޅެއްގެ ތެރެއިންނެވެ.
މަރުގެ ޙަޤީޤަތް ހޯދުމަށް ފުލުހުން ވަރަށް މަސައްކަތް ކުރިއެވެ. ޤާތިލު ހޯދައިގަނެވޭތޯ އެވެ. އެހެންނަމަވެސް އެހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ.

ދަރިފުޅު ގެއްލުމުން ބައްޕައަށް ކުރި އަސަރު ވަރަށް ބޮޑެވެ. ވަރަށް ބޮޑަށް ހިތާމަކުރި އެވެ. އަހަރެއްހާ ދުވަސްވެސް ނުވަނީސް މި ހިތާމައިގައި، ބައްޕަ މި ދުނިޔެ ދޫކޮށްފިއެވެ.

ބައްޕަގެ ތަރިކަ ހަގު ދަރިފުޅަށް ވާރުތަ އިން ލިބިއްޖެއެވެ. ބޭބެގެ ތުއްތު ދަރީންވެސް އޭނާއާ އެކީ އުޅެމުން ގެންދިޔައެވެ. އޭނާ އެތައް ކާވަންޏެއް ކުރިއެވެ. ކިތަންމެ މީހުންނަކާ އިނެވެ. ނަމަވެސް ދަރިޔަކުގެ ނިޢުމަތެއް ނުލިބުނެވެ. ނަތީޖާއަކަށްވީ އޭނާގެ އަޚާގެ ކުދިންގެ މައްޗަށް ވަރަށް ބޮޑަށް ކުލުނުވެރިކަމާއި ލޯބި އުފެދި އެކުދިންނާ އަޅާލައި ލޯބިދީގެން އުޅެން ފެށުމެވެ. ބައްޕަނެތް ދުނިޔޭގައި އެކުދިންވެސް އޭނާއާ މެދު ދެކެމުންދިޔައީ ބައްޕަކަމުގައެވެ.

ދުވަސްކޮޅެއްފަހުން ބަލި ހާލެއްގައި ޖެހި، މީނާ ވަރަށް ބަލިވެއްޖެއެވެ. ނިމުން ކައިރިވެއްޖެކަން ކަށަވަރުވެއްޖެއެވެ. ﷲތަޢާލާގެ އިންސާފުވެރި ދަރުބާރުގައި ހުއްޓެން ޖެހޭ ދުވަސް ގާތްވަމުން އަންނަކަން އެނގި ޔަގީންވެއްޖެއެވެ. ދިރިއުޅުމަކީ ހަމައެކަނި ހިތާމައާއި ކެކުޅުން ކަމުގައި އޭނާ އަށް ވެއްޖެއެވެ. ހުރިހާ ދިމާޔަކުން ބިރުވެރިކަން އައިސް އޭނާގެ ކުރިމަތީގައި އެތުރިއްޖެއެވެ. ތާ އަބަދު ކަރުނަ އަޅައި ރޯ މީހެއްކަމުގައި ވެއްޖެއެވެ. ދުވާލު ދިގުވެ ރޭތައް ނާމާން ވެއްޖެއެވެ.

އެއް ދުވަހަކު ޢާއިލާ މީހުންނާއި ބޭބެގެ ކުދީން އައިސް ބުންޏެވެ. ތިޔަ ވަރަށް ރޮއި ހިތާމަ ކުރަނީ ކީއްވެހެއްޔެވެ؟ މަރުގެ ވޭނަކީ ކުޑަ ވޭނެކެވެ. އެހާމެ އަވަހަށް ނިމިދާ ވޭނެކެވެ. ބިރު ނުގަންނާށެވެ. ހިތްވަރު އެލުވާނުލާށެވެ. ތިބާގެ ޢަމަލުތަކަކީ ޞާލިޙް ހެޔޮ ޢަމަލުތަކެވެ. ތިބާ ނަމާދުކޮށް ރޯދަ ހިފައި ޞަދަޤާތްކޮށް ޙައްޖުވެ އުޅުނީމުއެވެ. މިހިރީ ހައްތާ ވެސް ހެޔޮ ރަނގަޅު ޢަމަލުތައް ނޫންހެއްޔެވެ؟

އޭނާ ރޮއިގަންފައި ކިޔައިދޭން ފެށިއެވެ. " ތިޔަ ކުދީންނަށް އެނގެނީ ތިޔަކަންތައްތައް އެކަނި. އަހަރެން ވަރަށް ބޮޑު ނުބައި ފާފައެއް ސިއްރު ކުރިން. އެފާފަ ﷲ ނޫން ފަރާތަކަށް އެގިފައެއްނުވާނެ. މިސަބަބަށްޓަކައި މާތް ﷲގެ ޙަޒުރަތަށް ދިޔުމަށް އަހަރެން ބިރުވެތިވަން. އަހަރެންގެ ރުއިމާއި ނިކަމެތިވެގަތުމުގެ އަޞްލުސަބަބަކީ އެއީ. ގޭ އެއްމެން ގާތުގައި މިއަދު އެފާފައިގެ ވާހަކަ އަހަރެން ބުނާނަން. މާތް ﷲ އަހަންނަށް ޢަފޫކުރައްވާށި! ތިޔަ ކުދީން މާފު ކޮށްދޭނަމުތަ؟

އެމީހުން ބުންޏެވެ. ކޮން ފާފައެއް ހެއްޔެވެ؟

އޭނާ ބުންޏެވެ. އަހަރެންގެ ބޭބެ މެރާލީ އަހަންނެވެ.

މިހެން ހަމަ ބުނުމާއެކު، އެންމެން ހަމަހިމޭންވިއެވެ. ލިބުނު ސިހުމެއްގެ ބޮޑު ކަމުންނެވެ. އެވަގުތު އެއްމެން އެއް އަޑަކުން އެހިއެވެ. ތިބާގެ އަޚާގެ ޤާތިލަކީ ހަމަ ތިބާހެއްޔެވެ؟

އޭނާ ޖަވާބުގައި ބުންޏެވެ. އާއެކެވެ. ބައްޕަގެ ކިބައިން ބޭބެއަށް ލިބިދާނެ މުދަލުގެ ދަހިވެތިކަމުގައި ބޭބެ މަރައިލީ އަހަންނެވެ. އެހެންނަމަވެސް އޭގެ ފަހުން އަހަންނަށް އުފާވެރިކަމެއް ހަމަޖެހުމެއް ނުލިބުނެވެ. ހަމަ އެހެންމެ އަހަންނަށް ބޭބެގެ ސޫރަ ކޮންމެ އަބަދުވެސް ފެނިފެނި ހުރެއެވެ. އަހަރެންގެ މުދާ ބޭބެގެ ދަރިންނަށް ދީފީމެވެ.

އަދު ދެން ތިޔަ ކުދީން ހިތް ރުހޭ ގޮތަކަށް އަހަންނާމެދު ކަންތައް ކުރާށެވެ. އުންމީދުކުރަނީ މަޢާފުކުރާނެކަމަށެވެ. އެދި ދެންނެވެނީ މާތްﷲގެ ހެޔޮ ރަޙްމަތްފުޅު ލިބި، ދިންނެވުމަށެވެ.

އެކުދީންނާއި ގާތްތިމާގެ މީހުން އޭނާ އެ ޙާލުގެ މައްޗަށް ދޫކޮއްލިއެވެ. ހިތާމައާއި ހިތްދަތިކަމާއި ވޭނީ ބިރުވެރިކަމުގެ ދުނިޔެއަކަށް އޭނާ ވަދެ ނިމިއްޖެއެވެ. އެފަދަ ނިކަމެތި ޙާލުގައި އެކަނިމާ އެކަނި، މަހެއްހާ ދުވަހު ބަލި އެނދުގައި އޮތުމަށްފަހު އޭނާގެ ފުރާނަ އެއަށް ލިބިފައިވާ ނިކަމެތިި ހަށިގަނޑު ދޫކޮށް ދާއިމީ ގޮވައްޗަށް ދަތުރު ކޮށްފި އެވެ.

''ފާފަވެރިމަގުން ހޯދި މުދަލުން ކެކުޅުމާއި ކުކުރުން ފިޔަވައި މި ދުނިޔޭގައި އޭނާއަށް ލިބުނީ ކޮންއެއްޗެއް ހެއްޔެވެ؟''
-----------------------------

ނޯޓް: މިލިޔުމަކީ الأنباء އޭކިޔުނު މަޖައްލާގެ 698ވަނަޢަދަދުން ނަގާފައިވާ ލިޔުމެއްގެ ދިވެހިތަރުޖަމާއެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ ސަލީމް, 2009-01-08 02:12:56
ޝިފުޒާނަކީ، މަދުރަސީ ޙަޔާތުގައި މޮޅު ކުއްޖެެއް ކަމުގައިވިއެވެ. އަދި އަޚުލާޤު ރަނގަޅު ބަނިޔާދަން ދަރިވަރެއް ކަމުގައި ވެސް ވިއެވެ. މަދުރަސީ ޙަޔާތަށްފަހު، މިއީ، ލިއުންތެރިކަމުގެ މައިދާނުގައި ފައިތިލަ ސާބިތު ކުރުމަށްޓަކައި އެޅި ހަރުދަނާ ފިޔަވަޅެއް ކަމުގައި ވާނެ ކަމަށް އުންމީދުކުރަމެވެ. އަބަދުވެސް، ޝިފުޒާނަށް ކުރިއެރުމާއި ފާގަތި މުސްތަޤުބަލަކަށް އެދެމެވެ.
...
ލިޔުނީ ހެޔޮއެދޭ މީހެއް, 2009-01-08 02:16:06
ޝިފްޒާން ތި ސާބިތުކޮށްދިނީ ކުއްލިއްޔާގެ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ފެންވަރެވެ. ތަރުޖަމާ ކުރުމުގެ ކުޅަދާނަކަން އެބަހުއްޓެވެ. ކުއްލިއްޔާ ނިންމާ ޝިފްޒާން ފަދަ ދަރިވަރުންގެ ތި ފެންވަރު ހުންނާނެ ކަމަށް ހީކުރަމެވެ.
...
ލިޔުނީ ނަހޫ, 2009-01-08 04:29:04
ދާދި މިދާކަށް ދުވަހު ސްކޫލް ނިންމި ކުއްޖަކު، ފޭރާން ހެޔޮ ތަރުޖަމާއެއް ކުރީތީ އޭނާއަށް ހިތްވަރާއި ސާބަސް ދެމެވެ. ތިވާހަކައިގެ އަސްލާއި ތަރުޖަމާ އަޅާބަލާއިރު، ތަރުޖަމާ ކުރުމުގެ ހުނަރު، ޒާންގެ ކިބައިގައި އެބަހުރިކަން ގަބޫލުކުރަން ޖެހެއެވެ. ޒާންއާއެކު ކިޔަވަން އުޅުނު އަހުސަން އާއި އެހެން ކުދިން ކޮބާތޯއެވެ؟ އެކުދިންގެ ތަރުޖަމާކުރުމުގެ ފެންވަރު ވެސް ހަމަ ތިވަރު ވާނެތޯއެވެ؟ ތިޔަކުދިންނަކީ، މި ގައުމަށް ޚިދުމަތްކޮށްދޭނެ ތެދުވެރި ދަރިންތަކެއް ކަމުގައި ލެއްވުން އެދި ދައްތަ ދުއާކުރަމެވެ.
...
ލިޔުނީ ކުރީގެ ޓީޗަރެއް, 2009-01-08 09:44:31
ޝިފްޒާން ފަދަ ދޫ ފަރިތަ، ވާހަކަ ދައްކަން މޮޅު ކުއްޖަކު ތަރުޖަމާ ކުރަން ފެށީމާ ވަރަށް ބޮޑަށް އުފާކޮށްފީމެވެ. ހަރުބަހެއްގައި ވެއެވެ. "އެއްހާސް މޭލުގެ ދިގު ދަތުރު ފަށަނީ އެންމެ ފިޔަވަޅަކުންނެވެ." ތިޔައީ ރަނގަޅު ފިޔަވަޅެއް ކަމުގައި މާތްﷲ ލައްވާށިއެވެ.
...
ލިޔުނީ ªސުކީ, 2011-06-20 09:39:43
މިކަހަލަ ރީތި ވާހަކަތައް ލިޔުމުގައި ދެމިހުންނާނެކަމަށް އުއްމީދު ކުރަން......

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3878
extra avandia and congestive heart failure