ފަންވަތް ދިވެހި ވާހަކަ އިންސާނިއްޔަތު
ބެލި ޢަދަދު: 1730
އިންސާނިއްޔަތު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
16 ފެބްރުވަރީ 2009، 14:53 ހޯމަ

ޢަބްދުﷲ ނަޢީމު އިބްރާހީމް

އަހަރެން މިސްކިތަށް އެރީ ފަތިސް ނަމާދު ކުރާށެވެ. ނަމާދު ކޮށް ނިމިގެން ދުޢާ ކޮށް ޒިކުރު ކުރާން ކުޑަ އިރުކޮޅަކު މިސްކިތުގައި އިނީމެވެ. އެއީ އަހަރެންގެ އާދައެވެ. ބައެއް ދުވަސް ދުވަހު އިރު އަރަންދެން އެހެން އިންނަމެވެ. އެހެންނަމަވެސް މިއަދު ގޭގައި ކުރަން ހުރި ބައެއް ކަންތައްތައް ހުރީމާ ތަންކޮޅެއް އަވަހަށް މިސްކިތުން ފޭބީއެވެ.

ފޭބި އިރު މިސްކިތުގެ ދާލަމަތީގައި ވަރަށް ފަޤީރު މީހަކު އިށީނދެގެން އިނެވެ.
އޭނާ ލައިގެން ހުރި ގަމީސްގަނޑުން ނިވައިވާ ތަނަށް ވުރެ ބޮޑީ ނިވައި ނުވާ ތަނެވެ. ލައިގެން ހުރީ ވީދި ހަސް ނެތިފައިވާ ސޯޓު ބުރިއެކެވެ. އެއީ އޭނާ އަށް ފަހައިފައިވާ އެއްޗެއް ނޫންކަން ވަރަށް ރަނގަޅަށް އެނގެ އެވެ. ސޯޓު ބޮޑު ކަމުން ހުރީ އުނަގަނޑު މަތީން ރޯނު ފަށަކުން އައްސާފައެވެ.

     އަހަރެން ފޭބީމާ އޭނާ އަތުގައި އޮތް ދަޅެއް އަހަރެންނާ ދިމާ އަށް ދިއްކޮށްލިއެވެ.

     "ކޮންމެވެސް އެއްޗެއް ދެއްވާ- އަޅުގަނޑު ބަނޑުހައިހޫނު ކަމުގައި ހުންނަތާ އެތައް އަހަރެއް ވެއްޖެ-!"

     އަހަރެން ޙައިރާން ވިއެވެ. ބަނޑުހައިހޫނު ކަމުގައި މީހުން ތިބޭ ވާހަކަ އަހަމެވެ. އެހެން ނަމަވެސް އެ ގޮތުގައި އެތައް އަހަރެއް ވޭތު ކުރާ މީހަކު ދިރި ދުނިޔޭގައި ހުރުމަކީ ޙައިރާންވާ ވަރުގެ ކަމެކެވެ.

     އަހަރެން ޖީބު ހާވަން ފަށައިފީމެވެ. ފަޓުލޫނުގެ ޖީބުން ދެ ރުފިޔާ ފެނިއްޖެ އެވެ. އަހަރެން އެ ދެ ރުފިޔާ އެ ދަޅަށް ވައްޓާލައިފީމެވެ.

     އޭނާ ނުރުހިފައި އެ ދެ ރުފިޔާ އަހަރެންގެ އަތަށް ދިއްކޮށްލި އެވެ. "މިއެއް ބޭނުމެއް ނޫން-!"

     އަހަރެންވެސް ކުޑަކޮށް ނުރުހުން ވެފައި އަހައިލީމެވެ. "ތިޔަ ވަރު މަދީތަ-؟"

     އޭނާ މޮޅިވެރި ގޮތަކަށް ހިނިތުން ވެލި އެވެ. "ނޫން- އަޅުގަނޑަކަށް ތިޔައިގެ ބޭނުމެއް ނެތް-"

     އަހަރެން ބުނެލީމެވެ. "މި ދެ ރުފިޔާ އަށް ކާ އެއްޗެއް ގަނެވިދާނެއެއްނު-؟"

     އޭނާ ބުންޏެވެ. "އަޅުގަނޑު ބޭނުމީ ކާ އެއްޗެއް ނޫން-?"

     އަހަރެން ޙައިރާން ވެފައި އަހައިލީމެވެ. "ކަލޭ ބޭނުމީ ކޮން އެއްޗެއް-؟"

     އޭނާ ބުންޏެވެ. "އަޅުގަނޑު ބޭނުމީ ހެޔޮ ޢަމަލު-!"

     އޭނާ މިހެން ބުނީމާ އަހަރެން ބިރު ގެންޖެއެވެ. އެއީ އަނެއްކާ އިންސާނެއް ބާވައޭ ހިތަށް އެރިއެވެ.

     "ކަލޭ ތިޔައީ ކާކު-؟"

     އޭނާ ބުންޏެވެ. "އަޅުގަނޑަކީ އިންސާނިއްޔަތު-!"

     އަހަރެން ސިހިފައި އަހަރެންގެ ހެޔޮ ޢަމަލުގެ ކަންވާރަށް ބަލައިލީމެވެ. އެ އޮތީ މުޅީން ހުހަށެވެ. ދެން އެނބުރި ބަލައިލީ އިރު އިންސާނިއްޔަތު ޖެހުނުތާ ލަކުނު ވެސް ނެތެވެ. (ނިމުނީ)
 

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ .........., 2009-03-21 11:10:11
kihihetha mi vy.....???
...
ލިޔުނީ aisha, 2010-06-28 17:06:22
varah ibraitheri hadhisaeh

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1730
extra avandia and congestive heart failure