ފަންވަތް ދިވެހި ވާހަކަ ވަފާތެރިޔާ
ބެލި ޢަދަދު: 3147
ވަފާތެރިޔާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
18 ފެބްރުވަރީ 2009، 01:39 ބުދަ


ޢަބްދުﷲ ނަޢީމު އިބްރާހީމް

ދެ މީހުންވެސް މަސައްކަތް ކުރަމުން ދިޔައީ ސާހިބުމީހާ ރުއްސާށެވެ. އެ ކަމުގައި އެކަކު އަނެކަކަށްވުރެ ކުރިއަށް އަރަން މަސައްކަތް ކުރަނީއެވެ. ބައިވެރީންގެ ވަފާތެރިކަމުގެ ސަބަބުން ސާހިބުމީހާ ހުރީ ވަރަށް ބޮޑަށް ހިތް ހަމަ ޖެހިފައެވެ. އެ ކަހަލަ ވަފާތެރި ބައިވެރީން ތިބުމަކީ ކިހައި ބޮޑު ފައިދާއެއް ކުރާ ކަމެއްކަން ސާހިބުމީހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.


ސާހިބުމީހާ ކާން ބޭނުން އެއްޗެއް ބޭނުން ވަގުތަކު ހުރި ތަނަކުން ހޯދައިގެން ގެނެސް ދިނުމަކީ އުފަލެއް ކަމަށް ދެ މީހުންވެސް ދެކެއެވެ. ސާހިބުމީހާ އުފާ ކުރުވުމުގެ ބޭނުމުގައި ލަވަ ކިޔައި ނަށައި ހަދައެވެ. ދެ މީހުންގެ ލަވަ ކަމު ނުދާހެން ހީވެއްޖެ ނަމަ ނާޗަރަންގީ ބާއްވާ ބަޔަކު ގެނެސްގެން ނަމަވެސް ސާހިބުމީހާގެ ހިތް އުފާ ކުރުވައެވެ.
ސާހިބުމީހާ އޮތީ އެނދުގައި އޮށޯވެލައިގެން އަރާމު ކުރާށެވެ. އެނދުގެ ފައިލާކޮޅުގައި ދެ މީހުން އިށީނދެގެން ތިއްބެވެ. ސާހިބުމީހާގެ ފައި މޮޑެނީއެވެ. އެކަކު ކަނާތު ފައެވެ. އަނެކަކު ވާތު ފައެވެ.
ކާނަތުފައި މޮޑޭ މީހާ ބުންޏެވެ. "ނިކަން ދެކިބަލާށެވެ. ސާހިބުމީހާގެ ފައި ކިހައި ރީތި ހެއްޔެވެ؟ ދޮން ދޮން ފައިގައި ކަޅު އިސްތަށި ފަޅައިފައި ހުންނަ އިރު ކިހައި އަސަރު ގަދަ ހެއްޔެވެ؟ ފައިގެ މިހިރަ އޮމާން ކަމެއްވެސްތާ ދޯއެވެ!"
ވާތުފައި މޮޑޭ މީހާ ބުންޏެވެ. "މި ފައި ވަކީން ހުތުރެއް ނޫނެވެ. އިސްތަށިވެސް މިހިރީ ހަމަ އެއް ވަރަކަށެވެ. ދޮންކަންވެސް އެއްވަރެވެ."
ކަނާތު ފައި މޮޑޭ މީހާ ކުޑަކޮށް ނުރުހުން ވެފައި ބުންޏެވެ. "އެހެންނެއް ނުވާނެއެވެ. މި ފައި މާ ރީއްޗެވެ. ތިޔަ ފަޔަކު ކަޅު ތިލައެއްވެސް ނެތެވެ. އިސްތަށިވެސް މިހައި ގިނައެއް ނޫނެވެ. އަނެއްކާ އަވީގެ ސަބަބުން ތިޔަ އޮތީ އަނދައިވެސްފައެވެ. މި ފައިގައި އެ ކަހަލަ އެއްވެސް އުނި ކަމެއް ނެތެވެ."
ވާތުފައި މޮޑޭ މީހާގެ ގާތަށް ރުޅި އަތުވެއްޖެއެވެ. "ތިޔައީ ރޯމަރު ދޮގެވެ. މި ފައި ކުޑަކޮށް ކަޅުވީ ކަލޭގެ ސަބަބުންނެވެ. ސާހިބާ އަތްވަށް ނުކުތީމާ ތިޔަ ފައި ފޮރުވާފައި މި ފައި ނުފޮރުވައި ބޭއްވީ ކަލެއެވެ. އެހެންވީމާ ކުޑަކޮށް ކަޅުވެފައި ހުރީއެވެ. އެކަމަކު ރީތި ކަމަކަށް ހަމަ އެއްވެސް ބަދަލެއް ނާދެއެވެ."
ކަނާތު ފައި މޮޑޭ މީހާ ވަރަށް ރުޅި އައިސްފައި ސާހިބުމީހާގެ ވާތު ފައިގައި ހިފައި ދަމައިގެންފިއެވެ. "ހުންނާށެވެ. ރީތިކަން އަންގައިލަ ދޭނަމެވެ. ފައިގައި އެންމެ އިސްތަށްޓެއްވެސް ނުބަހައްޓާނަމެވެ." މިހެން ބުނެފައި ސާހިބުމީހާގެ ވާތު ފައިގައި ހުރި އިސްތަށި އުފުރަން ފަށައިފިއެވެ.
ވާތު ފައި މޮޑޭ މީހާ އައި ރުޅީގައި އެއް ފަރާތުގައި އޮތް ދަނގަޑު ބުރިއެއް ނަގައިފިއެވެ. "ތިޔަ ފައިގެ ރީތިކަން ދާއިމަށް ހުރޭތޯ އަހަރެންވެސް ބަލާނަމެވެ." މިހެން ބުނެފައި ކަނާތު ފައިގައި ހެސް ކިޔާފައި އެ ދަގަނޑު ބުރިން ޖަހައިފިއެވެ.
ކަނާތު ފައި މޮޑޭ މީހާވެސް ދުލެއް ނުކުރެއެވެ. ކައިރީގައި އޮތް ލަކުޑި ބުރިއެއް ނަގައި ސާހިބުމީހާގެ ވާތު ފައިގައި ޖަހައިފިއެވެ. "އަހަރެންގެ ސާހިބާގެ ކަނާތު ފައި ބިންދާލާފައި ތިޔަހެން ހުރެވިދާނެ ހެއްޔެވެ؟"
ދެ މީހުންގެ އަރައިރުން ވަރަށް ބޮޑު ވެއްޖެއެވެ. އެކަކު ދަގަނޑު ބުރިއަކުން ތަޅަނީއެވެ. އަނެކަކު ލަކުޑި ބުރިއަކުން ތަޅަނީއެވެ. އިސާހިތަކު ސާހިބުމީހާގެ ދެފައިގެ ބޭނުން ކެނޑިއްޖެއެވެ. ދެ މީހުން ސާހިބުމީހާގެ މޫނަށް ބަލައިލިއެވެ. އޭރު ސާހިބުމީހާގެ ލޮލުން ހޯސް ލާފައި ކަރުނަ އޮހެނީއެވެ.
އޭނާ އަކީ ނުކުޅެދޭ މީހަކަށް ހެދީ އޭނާގެ އެންމެ ގާތް ދެ މީހުންނެވެ.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ Aminath, 2009-05-20 08:08:46
varahves reethi misaaleh varah reethi vaahakaeh
...
ލިޔުނީ hana, 2009-06-01 16:27:07
vahaka v salhi.........ekm kithah aranee e saahibu meehage fayah evaru kuri iruves saahibu meeha ah thadhehves nuvatah ihusaasehves nuvanee heyyey............strange.........
...
ލިޔުނީ angel, 2010-08-21 08:48:51
miee story akah vure bodah vahthary joke akaa, isnt it? dhen ekam konmes ehcheh get vehje mi kiyaafa. aslu emyhun ekahala fight koh koh saahib myha ah vaahaka eh nudhekkey dho ehenve evarah thelhi iruves ehves ehchekey nubune othy, dhen 2 baiverinnaky moyain thakeh. mi kiyaafa understand v migothah
...
ލިޔުނީ ahmed, 2010-11-08 09:18:33
saahibu meehakee hissukendifai vaa meehetha alhe.evarukuriiru reakaaves nuliviyyaa...

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3147
extra avandia and congestive heart failure