ފަންވަތް ދިވެހި ވާހަކަ ޗެޓްރޫމް
ބެލި ޢަދަދު: 4718
ޗެޓްރޫމް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 24
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
29 އެޕރީލް 2009، 21:02 ބުދަ

އިބްރާހީމް ވަޙީދު / ބިންމާ

އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ކޮޓަރީގައި އެކަނި އޮވެގެން، އެނދުގައި އެތައްއިރަކު ފުރޮޅުމަށްފަހު ތެދުވެއްޖައީމެވެ. ހިތަށްއެރި އެވެ. ނެޓަށް ވަދެލަންވީ އެވެ. އެކަމަކު، އޭރު ގަޑިން ދަންވަރު ދޭއް ޖަހަނީ އެވެ. ރައްޓެހި އެއްވެސް މީހަކު، އެ ވަގުތު އެމް.އެސް.އެން އިން ދިމާނުވާނެކަން ވެސް އެނގެ އެވެ. ކުރިން ފަތިސްވަންދެން ވެސް، އާގިލްއާ ޗެޓްކުރަން އިންނަމެވެ. އެއީ، އަހަރެން އެންމެ ފަހުން ރުޅިވި ކުއްޖާ އެވެ. އޭނައާ ރުޅިވިފަހުން، އަހަރެން އެހާ ޗެޓްކުރާ ހިތެއްނުވެ އެވެ. ދެޚިޔާލެއްގައި ހުރެގެން އެމް.އެސް.އެން އަށް "ލޮގިން" ކޮށްލިތަނާ، ރައްޓެއްސެއް ގޮތުގައި "އެޑް" ކުރުމަށްޓަކައި "ޑާރކް ބްލެކް" ވަނަމަކަށް ޖަހާފައިވާ މީހަކު ދައުވަތު ދިނެވެ. ވަގުތުގެ ފޫހިކަމާ އެކުގައި އަހަރެން އެ ނަން "އެޑް" ކުރީމެވެ.

އެހެން ދުވަހެކެވެ. އޮފީހުގައި ވަރަށް ބުރަކޮށް އުޅެއުޅެފައި، ހުސް ވަގުތެއް ލިބުމުން، އެމް.އެސް.އެން އަށް ވަދެލީމެވެ. އޭރު "ޑާރކް ބްލެކް" އިނީ "ސައިން އިން" ވެފަ އެވެ. އެކަން އަހަންނަށް ފާހަގަކުރެވުނީ އޭނަ "ހައި" ބުނުމުންނެވެ. އަހަރެން ވެސް ޖަވާބުދިނީމެވެ. ފުރުތަމަ ދެކެވުނީ ވަރަށް އާންމު ވާހަކަ އެވެ. ކޮންމެހެން އެއީ ކާކު ކަމެއް އަހަރެން ނާހަމެވެ. އެ ފަހަރު މާގިނަ ވާހަކަތަކެއް ދެއްކޭގޮތެއް ނުވެސް ވި އެވެ. ކުއްލިއަކަށް ކަމެއްޖެހިގެން އަހަރެން ދިޔައީ އެވެ. ވަގުތުން "ޑިސްކަނެކްޓް" ކޮށްލާފަ އެވެ.

އެ ދުވަހު އަހަރެންގެ ފޯނަށް މެސެޖެއް އައެވެ. އެއީ، "ޑާރކް ބްލެކް" ފޮނުވި މެސެޖެކެވެ.

"ކީއްވެ ގުޑްބައި ނުބުނެ ދިޔައީ؟" އެ މެސެޖުގައި ވެއެވެ.

އަހަރެންގެ ފޯނު ނަންބަރު އޭނަ އަށް އެނގުނީ ކިހިނެތް ހެއްޔެވެ؟ ފުރަތަމަ އުފެދުނު ސުވާލަކީ އެއީ އެވެ. އެކަމަކު، އަހަރެން އެ މެސެޖަކަށް ޖަވާބެއް ނުފޮނުވަމެވެ. އެއް ސަބަބަކީ، ކޮންމެހެން އެހާ މުހިންމު ނޫންވީމަ އެވެ. އަނެއް ސަބަބަކީ، އިންޓަރނެޓް މެދުވެރިކޮށް ފޮނުވާފައިވާ މެސެޖަކަށް ވާތީވެ، އަހަންނަށް ޖަވާބު ނުފޮނުވޭނެތީ އެވެ.

އަހަރެންގެ އުފަންދުވަހެވެ. މީހަކު ދޮރުގައި ޓަކިޖަހާލުމުން ދޮރު ހުޅުވީ މަންމަ އެވެ. އެ މީހަކު، ވަރަށް ބޮޑު މާބޮނޑިއެއް ދިނެވެ. އޭގައި ހުރީ ރަތް ފިނިފެންމަލެވެ. އެއީ، މާ ފިހާރައެއް މެދުވެރިކޮށް "ޑާރކް ބްލެކް" އަހަންނަށް ފޮނުވި އެއްޗެކެވެ. ތެދަށް ބުނާ ނަމަ، އެއީ، އެ ފަހަރު އަހަންނަށް ލިބުނު އެންމެ "ލޯބި" ހަދިޔާ އެވެ.

"މި ހަދިޔާ ގަބޫލުކުރާ ނަމަ، މި ރޭ ނުވައެއް ޖަހާއިރު ނެޓުން މީޓްކުރުން އެދެން!" މާތަކުގެ ތެރޭގައި އޮތް ކަރުދާސްކޮޅެއްގައި، އަތުލިޔުމުން ލިޔެފައިވެ އެވެ.

"ޑާރކް ބްލެކް" އެއީ ކާކުކަމެއް އަހަންނަކަށް ނޭނގެ އެވެ. އެކަމަކު، އަހަރެން ކަހަލަ، އުމުރުން 19 އަހަރުގެ އަންހެން ކުއްޖަކަށް، އެ ފަދަ "ރޮމޭންޓިކު" ޚިޔާލު ގެންގުޅޭ މީހެއް ހަނދާންނައްތާލެވޭނެ ހެއްޔެވެ؟ ކޮންމެހެން ލޯބި ނުވިޔަސް، އެ ގަޑީގައި، ނެޓުން ބައްދަލުކޮށްލަން އަހަރެން ބޭނުންވި އެވެ. ކުޑަމިނުން ޝްކުރުއަދާކޮށްލުމަށްޓަކާ އެވެ.

"ތެންކްޔޫ! މީޓްކޮށްލީތީ.." ޗެޓުން ބައްދަލުވުމުން ޑާރކް ބްލެކް ބުންޏެވެ.

"ތެންކްޔޫ!" ޔޫ ކެޕްޓަލް ކޮށްލާފައި އަހަރެން ބުނީމެވެ. "އެހާ ނައިސް ހަދިޔާއެއް ދިނީތީ.. ދެން ސޮރީ.. ކުރީ ދުވަހު ގުޑްބައި ނުބުނެވުނީތީ.."
އެ ފަހަރު ވާހަކަދައްކަން ފެށިއިރު، އިތުރު އެހެން ވާހަކައެއް ދައްކާކަށް އަހަރެން ނުވިސްނަމެވެ. އިތުރު ވާހަކަދައްކަން އަހަންނަށް މަޖުބޫރުވީ، އޭނަ ބުނި އެހެން އެއްޗަކުންނެވެ.

"ރޯސް އަށް ވުރެ ނައިސް ހަދިޔާ ވެސް ހުރެއެއްނު!" އޭނަ ބުންޏެވެ.

"މިސާލަކަށް؟" އަހަރެން "ހެޕީ ފޭސް" އެއް ފޮނުވާލާފައި އެހީމެވެ.

"ޑައިމަންޑް ރިންގް!" އޭނަ ބުންޏެވެ.

ކުޑަކުޑަ ޑައިމަންޑެއް ޖަހާފައިވާ އަނގޮއްޓިއެއް އާގިލް އަހަންނަށް ދިނެވެ. ރައްޓެހިވެގެން އުޅުނުއިރު އެވެ. އެ އަނގޮއްޓި އަހަރެން ނުއެއް އަޅަމެވެ. އަދި، ރުޅިވުމަށް ފަހުގައި، އާގިލް އަށް އަނބުރައި އެ އަނގޮއްޓި ރައްދެއް ވެސް ނުކުރަމެވެ. އެކަން އެނގޭނީ އާގިލް ނޫން އެހެން ކާކަށް ހެއްޔެވެ؟ އެހެންވިޔަސް، އެހެން ނަމެއްގައި އާގިލް އަހަންނާ ވާހަކައެއް ނުދައްކާނެ އެވެ. ސަބަބަކީ، އަހަރެން ރުޅިވުމުން އާގިލް ފާޑަކަށް މޮޔަވީ އެވެ.
ފަރުވާކުރަންވެގެން އޭނަ، ރާއްޖެއިން ބޭރަށް ގެންދިޔަގޮތަށް މާލެއަކަށް ނުގެނެ އެވެ. ދުރުދުރުން އެހިގޮތުގައި، އާގިލްގެ ހާލަތު، ދުވަހަކަށް ވުރެ ދުވަހެއް ދިޔައީ ގޯސްވަމުންނެވެ.

"ކާކު ތީ؟" އަހަރެން ވަގުތުން އެހީމެވެ. "ނަން ނުބުނަނީސް ދެނެއް ވާހަކައެއް ނުދައްކާނަން.."

"ޖާދުﷲ!" އޭނަ ބުންޏެވެ. "ކްލޯސް ފްރެންޑުން ކިޔާނީ ޖޭޑް!"

    އެ ވަރަކުން އަހަންނަކަށް ނުފުދުނެވެ. އިތުރު ތަފްސީލް ބޭނުންވި އެވެ. ދެން ހިތަށްއެރި އެވެ. ކޮންމެ އެއްޗެކޭ ވެސް އޭނަ ކިޔާފާނެ އެވެ.
    "ފޮޓޯއެއް އެބައޮތް؟" އަހަރެން އެހީމެވެ.

    ފޮޓޯއަކަށް އެހުމުން ބަހަނާ ދައްކާނެކަން އަހަންނަށް އެނގެ އެވެ. އޭގެ ބަދަލުގައި، ވަގުތުން "ޑީޕީ" އަށް އޭނަ ފޮޓޯއެއް ލި އެވެ. އަހަރެން ބަލައިލީމެވެ. އެއީ، ވަރަށް ސްމާރޓް، ރީތި ކުއްޖެކެވެ.

    "ތީ އަހަރެން ޕާސްޕޯރޓް ހައްދަން ނެގި ޕިކް އެއް!" އޭނަ ބުންޏެވެ.

    "ވެބްކެމް އެބަހުރިތަ؟" އަހަރެން އެހީމެވެ.

    "ޔޭސް!" އޭނަ ބުންޏެވެ.

    ކެމެރާއިން އޭނަ ދެއްކޭތޯ އޭނަ ވަރަށް މަސައްކަތްކުރި އެވެ. އެކަމެއް ނުވި އެވެ. އެއް ފަހަރު އޭނަގެ މޫނު، އަރިމަތިން ފެނުނެވެ. އެ ފަހަރު ސްޓަކްވުމުން، ޚަރަކާތްކުރާ އެއްވެސް މަންޒަރެއް ނުފެނުނެވެ. މައިކު ޖައްސަން އަހަރެން އެދުނީމެވެ. ޔަގީންކުރުމަށްޓަކާ އެވެ.

    "ފޮޓޯ ދައްކައިފިން.. ވެބްކެމް ޖައްސަން މަސައްކަތް ކޮށްފިން.. މައިކު ވެސް ގުޅޭތޯ ބަލާފާނަން.. އެކަމަކު ކޮމްޕަށް ވައިރަސް އަރައިގެން ވަރަށް ހާލުން މި ޗެޓްކުރަނީ ވެސް.. ކީއްވެ އަހަންނަށް ޓްރަސްޓް ނުކުރަން ތި އުޅެނީ؟" އޭނަ އެހި އެވެ.

    ތެދެކެވެ. އަހަރެން އެހާ "ސައިކޯ ވާކަށް" ނުވާނެ އެވެ. އެކަމަކު، އަޑުކޮޅެއް ރެކޯރޑް ކޮށްފައި އޭނަ ފޮނުވި އެވެ. އަހަރެން ދެކެ ލޯބިވާ ވާހަކަ އާއި، އޭނަ އަށް އަހަރެން ފެނުނީ ކިހާ ކުރިންކަން ވެސް އޭނަ ބުނެފައިވެ އެވެ. އެ ހިސާބުން އަހަރެން ގަބޫލުކުރީ އެވެ. އޭނަ އަކީ، މުއްސަނދި އާއިލާއެއްގެ ކުއްޖެކެވެ. އާގިލް އާއި އޭނަޔާ ހުރި ތަފާތަކީ، އަހަރެން ދެކެ އިންތިހާ އަށް ލޯބިވެފައި އަދި ކޮންމެ ކަމެއް އަހަރެން ރުހޭގޮތަށް އޭނަ އެއްބަސްވުމެވެ. އޭނަގެ ކޮންމެ ސިފަ އަކީ، އަހަރެންނަށް މަގްބޫލު ސިފައެކެވެ. އަހަންނާ އެހާ ގުޅޭ ދެ ވަނަ މީހަކު އަހަންނަކަށް ނުލިބޭނެ އެވެ.

    ރާއްޖެއިން ބޭރަށް އެކި ދަތުރުތައް ކޮށްފައި، ބަރާބަރަށް އޭނަ ފޮޓޯ ފޮނުވަ އެވެ. ވާހަކަދައްކާފައި އަޑު ފޮނުވަ އެވެ. އެ ގުޅުމަށް އަހަރު ހަމަވާން ކައިރިވީއިރު، އޭނަ ދެކެ އަހަންނަށް އިންތިހާ އަށް ލޯބިވެވިއްޖެ އެވެ. ކައިވެނިކުރަން އެއްބަސް ވެވިއްޖެ އެވެ. އަހަރެންގެ މައިންބަފައިންނަށް ޖޭޑްގެ ފޮޓޯ ދައްކައި، އެ މީހުންގެ ރުހުން ލިބިއްޖެ އެވެ. އޭރު ޖޭޑް ހުރީ ސްވިޒަރލޭންޑްގަ އެވެ. އަހަރުމެން އެއްބަސްވީ، އެ މަހު މާލެ އައިސް، ދެ ފަރާތުގެ މައިންބަފައިންނާ ވާހަކަދެއްކުމަށްފަހު، ކައިވެނި ކުރާ ތާރީޚް ކަނޑައަޅާށެވެ. އަދި، އަންނަންވާއިރަށް ގޭގައި ކުލަލައި، ކޮޓަރި ނިންމީމެވެ. ސަބަބަކީ، އަހަރެންގެ ގޭގައި އަހަރެން އުޅެން ބޭނުންވާތީ އެވެ. އޭގެ އިތުރަށް، ކައިވެނި ޕާރޓީގެ ކާރޑު ހަދާނެ ޑިޒައިން ވެސް ފާސްކޮށް ނިންމީމެވެ.

    "އަހަރެން ބޭނުމެއް ނޫން ކައިވެނީގެ އެއްވެސް ކަމަކަށް އެހެން މީހަކު ސްޕެންޑް ކުރާކަށް.. އެކަމަކު، މި ވަގުތު މި އުޅެނީ ވިސާ ކާރޑް ގެއްލިގެން.." ޖޭޑް ބުންޏެވެ. އެވެ. "މާލެ ގޮއްސަ ހުރިހާ ބިލަކަށް އަހަރެން ބޭނުން ޕޭ ކުރަން.."

އަހަރެންގެ ބައްޕަ އަކީ މާބޮޑު މުއްސަންޖެއް ނޫނެވެ. އެހެންވިޔަސް، އަތުގައި ހުރި ހުރިހާ ފައިސާއެއް އެ ކައިވެންޏަށް ޚަރަދުކުރި އެވެ. އޭގެތެރޭގައި، މަންމަ ގޮވައިގެން ބޭސްކުރަން އިންޑިޔާ އަށް ދާންހުރި ފައިސާ އާއި، ބައްޕަގެ އެކައުންޓުގައި ހުރި، ގާތްގަނޑަކަށް ހުރިހާ ފައިސާއެއް ހިމެނެ އެވެ. އަދި އަހަރެންގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކާއި، އިތުރަށް، ދަރަންޏަށް ވެސް އެކުވެރިން އަތުން ފައިސާ ނެގީމެވެ. ވެޑިން ޑްރެސް ފެއްސީ ލަންކާއިންނެވެ. ބެޑްރޫމް ސެޓް މެލޭޝިޔާ އިން ގެނެސްދިނީ ބޭބެގެ ޚަރަދުގަ އެވެ.

ޖޭޑް މާލެ އަށް އަންނަން އޮތް ދުވަހު، އަހަރެންގެ މައިންބަފައިންނާ އެކުގައި އަހަރެން އެއާރޕޯރޓަށް ދިޔައީމެވެ. ޖޭޑް ބުނިގޮތުގައި، އެންމެ ފަހުން ފޮނުވި ފޮޓޯއާ ޖޭޑް ވައްތަރުނުވެދާނެ އެވެ. އެހެން ހެދީ އަހަންނަށް ސަޕްރައިޒެއް ދިނުމުގެ ގޮތުންނެވެ. އެކަމަކު، ކަޅުކުލައިގެ ފިނިފެންމަލެއް އަހަންނަށް ހަދިޔާއަކަށް ޖޭޑް ގެންނާނެ އެވެ. ޖޭޑްގެ ކަމުދާ ސިފަ އަކީ އެއީ އެވެ. އަބަދު ވެސް، އެ ކަހަލަ، ރޮމޭންޓިކު ކަންތައް އޭނަ ކުރާތީ އެވެ.

އެއާރޕޯރޓްގައި ހުރިއިރު އަހަރެންގެ ފައި ތުރުތުރުއަޅައެވެ. އުފަލުންނެވެ. ހާސްވެގެންނެވެ. އެ ދުވަހުގެ މޫޑް ކުއްލިއަކަށް "އޯފް ވީ"، އާގިލް "އެރައިވަލް" އިން ނުކުތްތަން ފެނުމުންނެވެ. އޭރު ވެސް އޭނަ ހުރީ ވަރަށް ބަލިކޮށެވެ. އަހަރެން ފެނުމުން އޭނަ އެނބުރުނީ އަނެއްފަރާތަށެވެ. އޭނަގެ ކައިރީގައި ހުރި އަންހެން ކޮއްކޮ އާއި، އެ މީހުންގެ މަންމަ ވެސް މޫނުހަދާފައި އަނެއް ފަރާތަށް އެނބުރުނެވެ. ނުފެންނަ ކަމަށް ހަދައިގެން އަހަރެން ހުއްޓައި، އެ މީހުން ނުކުމެގެން ދިޔައީ އެވެ. ފުރަގަހުން މީހަކު އައިސް އަހަރެންގެ ގައިގަ ކޮއްޓާލި އެވެ. އަދި ކަޅު ފިނިފެންމަލެއް ދިއްކޮށްލި އެވެ. އަހަރެންގެ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ.

"އެންމެ ފަހު ވަގުތު ކައިވެނި ކެންސަލް ކޮށްލީމަ ހިތަށް ކުރާނެ އަސަރު މިއަދު ކަލެއަށް އިހްސާސް ކުރެވޭނެ! ދެން ރޮއެ!" އާގިލްގެ ކޮއްކޮ ހިނިތުންވެލާފައި ބުންޏެވެ.       

(ނިމުނީ)
                                           
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (19)Add Comment
...
ލިޔުނީ މޫސަބެ, 2009-04-29 17:25:34
ވަރަށް ހީނުކުރާ ކަހަލަ، އެހެނަސް ވަރަށް މޮޅު ނިންމުމެއް ގެނެސްފައި އޮތް ވާހަކައެއް. ..މިޒަމާނުގެ ޒުވާން ކުދިންގެ ޚިޔާލާއި ގުޅޭގޮތަށް މިފަދަ ގިނަ ވާހަކަތަކެއް ލިޔެވެން ފަށައިފިނަމަ ދިވެހި ވާހަކަތައްވެސް ކިޔާނެ މީހުން ވެގެންދާނެ. .އަޅުގަނޑުގެ އުއްމީދަކީވެސް އެކަން އެގޮތަށް ވެގެން ދިއުން
...
ލިޔުނީ fanvathuge ahuluveri eh, 2009-04-30 07:54:14
mikahala vaahaka varah kiyaa hiyy vey (chat room fadha)
...
ލިޔުނީ އަޙްމަދު ސަމީޢު29, 2009-05-01 12:07:31
މިވާހަކަ ވަރަށް ރަނގަޅު އެކަމަކު އަޅުގަނޑަށް ނުވިސްނުނު ބައެއްމައްސަލަ އެބަހުއްޓެވެ. މިސާލަކަށް އަންހެން ކޮއްކޮ އާއި، އެ މީހުންގެ މަންމަ އެނގޭއިރު ފިރިހެން ކޮއްކޮއެއް ހުރިކަންނޭގޭތީ
...
ލިޔުނީ މާރީތި, 2009-05-02 11:27:45
ވަރަށް ރީތި ވާހަކައެއް. ބިންމާގެ މިފަދަ އިތުރު ވާހަކަތައް މި ސައިޓުން ފެންނާނެކަމަށް އުންމީދު ކުރަން.........
...
ލިޔުނީ afu, 2009-05-03 12:29:22
wara nice wahaka e, wara dhvehi waahaka nukian ekan mivaaka wara nice
...
ލިޔުނީ fanvathuge ahuluveri eh, 2009-05-04 04:42:01
dhen neh tha mikahala vaahaka eh
...
ލިޔުނީ bloom, 2009-05-19 15:10:44
story v nice... nimmun vakin haa*sakoh.. v nice..
...
ލިޔުނީ princess of storys, 2009-06-03 11:31:53
varah nice vaahakaeh.zuvaanunnaa varah gulhey mikahala vaahaka thibeyne kamah ummeedhu kuran
...
ލިޔުނީ someone, 2009-06-16 08:31:42
v salhi vahaka eh.. v heeves nukura kahala gothakah nimuny..still visneny vahak r medhu...its kewl
...
ލިޔުނީ am, 2009-06-23 04:43:13
varah reethi vaahaka . adi mifada reethi vaahaka fennaane kamah umeedu kuran
...
ލިޔުނީ Maeescha, 2010-05-27 15:53:54
ހަމަ މިޔާ ވ.ގުޅޭ ކަމެއް ދިމާ ވިއެވެ.
...
ލިޔުނީ muna, 2010-07-17 11:56:04
bimma hadha molhey. vaahaka liyan dhas kohdhyba plx
...
ލިޔުނީ freemind, 2010-07-18 11:08:47
ވަރަށް ސަޅި ވާހަކައެއް. މިހާރުގެ ޒުވާންކުދިންނަށް އެއްޗެއް ވިސްނޭނެ ހެން ހީވޭ މިވާހަކަ ކިޔާލުމުން. އަސްލުވެސް ވަރަށް ރީތި
...
ލިޔުނީ shiu, 2010-08-14 07:40:59
mi ee varah salhi vaahakaeh binma haadha Mollee kihineh eha molhah vaahaka liyan daskuri
...
ލިޔުނީ shiuneez, 2010-08-26 07:00:03
kihinehtha fanvath ar register kuurani athi pay kuran jehey tha monthly
...
ލިޔުނީ ssssssssssssww, 2010-11-01 14:40:41
varah molhu varah reethi
...
ލިޔުނީ naani, 2011-01-08 06:18:43
mihaaruge mujthama aa v gulhun huri vaahakaeh vv salhi ibratheh l

...
ލިޔުނީ shama, 2011-03-03 14:57:54
varah salhi eyru shama kee vahaka thakuge therein ves hama best
...
ލިޔުނީ HOODH, 2011-05-23 07:28:07
ވަރަށް ސަޅި ވާހަކައެއް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 4718
extra avandia and congestive heart failure