މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އުއްމީދުގެ ހުޅުކޮޅު |
|
|
| ދިވެހި - ވާހަކަ | |||
| 01 މެއި 2009، 01:41 ހުކުރު | |||
|
އަޙްމަދު ރަޝީދު އެސްޖެހިގެ، ލ. ފޮނަދޫ މިއީ ޙަޤީޤީ ވާހަކައެކެވެ. ވާހަކަމިވަނީ ދިވެހި މުޖުތަމަޢަށް ފެތޭގޮތަށް ލިޔެފައެވެ. ޖޫން-ޖުލައިގެ ވިއްސާރަ މޫސުމުގެ ރެއެކެވެ. އިރާކޮޅު ވާރޭވެހުމަށްފަހު ހުއްޓާލާފައިއޮތްނަމަވެސް އެރެއަކީ ފިނިގަދަރެއެކެވެ. ހޮސްޕިޓަލުގެ ބޭރުގައި ހުރި ޖޯލިފަތިތަކުގައި ދެތިންމީހަކު ތިބިނަމަވެސް މުޅި މާހައުލު އޮތީ ގަދަ ގުގުރީގައި ނިދާފައިކަހަލައެވެ.ކުޑައިރުކޮޅެއްފަހުން ޑޮކްޓަރަކު، ހޮސްޕިޓަލަށް ވަދެގެން ހިގައްޖެއެެވެ. ޑޮކްޓަރުގެ ފިޔަވަޅުތަކުގެ މިސްރާބުހުރީ ވިހާމީހުންތިބޭ ކޮޓަރިއާއި ދިމާއަށެވެ. 56 ވަނަ ނަމްބަރު އެދުގައި އޮތް ދިޔާނާ ހަސަންގެ އެނދުކައިރީގައި ޑޮކްޓަރު ހުއްޓުނެވެ. އޮޕަރޭޝަންކުރުމުގެ ސަބަބުން އޭރުވެސް އޭނާއޮތީ ވަރުދެރަކޮށެވެ. ދިޔާނާގެ ފިރިމީހާ އޭނާގެ ކައިރީގައި އިށީދެލައިގެން އިނެވެ. ޑޮކްޓަރު އެއައީ އެމީހުންނަށް އެއްމެފަހުގެ ޚަބަރު ދޭށެވެ. އެދުވަހު - 10 މާރޗް 1991 ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ދިޔާނާގެ ޙާލުބޮޑުވުމުގެ ސަބަބުން ބަނޑަށް 24 ހަފްތާގައި އޮޕަރޭޝަންކޮށްގެން އާއިޝަތު ނަދުޙާ މިދުނިޔެއަށް ނޭވާލިއެވެ. ދުވަސްނުފުރާ ސިޒޭރިއަންއަކުން ނަގަންޖެހުނުއިރު ބަރުދަނުގައިހުރީ 1 ޕައުންޑު 9 އައުންސެވެ. ދިގުމިނުގައި ހުރީ ގާތްގަނޑަކަށް ފޫޓެކެވެ. ޑޮކްޓަރ އެމީހުނާއި ވާހަކަދައްކަމުން ގެންދިޔައީ ކިތަންމެ މަޑުމައިތިރިކަމާއި އޯގާތެރިކަމާއި އެކުގައިނަމަވެސް ޑޮކްޓަރުގެ ކޮންމެ ޖުމަލައެއް އެމީހުންނަށް ވެގެންދިޔައީ ވަރުގަދަ ބޮންތަކަކަށެވެ. "ހިއެއެއްނުވޭ މާގިނަދުވަހު ދުނިޔޭގައި އޮންނާނެހެނެއް!" ޑޮކްޓަރު އޯގާތެރިކަމާއިއެކު ބުނެލިއެވެ. "މިރޭ އަލިިވިލެންދެން ދުނިޔޭގައި އޮންނާނެކަމުގެ 10 ޕަސެންޓްވެސް ދެވެންނެތް..... އިރާދަފުޅުން ދުނިޔޭގައި އޮތްނަމަވެސް އޭނާގެ މުސްތަޤުބަލާމެދު ވަރަށް ކަންބޮޑުވޭ!" ޑޮކްޓަރުގެ ވާހަކަތައް ގަބުކަމާއި ޤަބޫލުކުރަން ދަތި ޙާލަތެއްގައި ތިބެގެން ޞާލިޙާއި ދިޔާނާ އަޑުއަހަމުން ދިޔައެވެ. ޑޮކްޓަރު އިތުރަށް ކިޔާދިންގޮތުން ނަދުޙާ ދިރިހުރިނަމަވެސް ނުހިގުން، ވާހަކަ ނުދެކެވުން، ލޮލަށްނުފެނުމާއި ވިސްނުމުގެ ނާޤާބިލުކަން ކުރިމަތިވުމާއި ސެރެބްރަލް ޕަލްސީ (ސިކުނޑީގެ ބައްޔެއް) ގެ ޢަލާމާތްތައް ފެނުން އެކަށީގެންވާކަމުގައިވެސް ބުނުއްވިއެވެ. ދިޔާނާއަށް ނޫނެކޭ ކިޔާ ބާރަށް ހަޅޭއްލަވައިގަނެވުނެވެ. ޞާލިޙުގެ އަނގައިން ބަސްހުސްވިއެވެ. އެ ދެމަފިރިންނާއި އެމީހުންގެ ފަސްއަހަރަށްދާ ފިރިހެންދަރިފުޅު ދާނިޝްގެ އުއްމީދުތައް ބިލާހަކަށްވެގެން ދިޔަކަހަލައެވެ. ޢާއިލާއަށް ހަތަރުވަނަ މެމްބަރަކު އައުމުން ލިބެންވީ އުފާވެރިކަމުން މަޙްރޫމްވިކަހަލައެވެ. އެހެނަސް ކުޑަހިނދުކޮޅެއްގެ ތެރޭގައި އެމީހުންގެ މި އުއްމީދުގެ ހުޅުކޮޅު ނިވިގެން ހިނގައިދާނެކަހަލައެވެ. އެރޭގެ ފަތިސްދަޅައިގައި ނަދުޙާގެ ޙާލުވަރަށް ދެރަވިއެވެ. އެވަގުތު ދިޔާނާއަށް އޮތީ ނިދިޖެހިފައެވެ. އޭނާގެ ދަރިފުޅު ސިއްޙަތުރަގަޅު ކުއްޖެއްގެ ގޮތުގައި ދުނިޔޭގައިހުރެ ބޮޑުވާނެ ކަމުގެ ހުވަފެންތައް ދެކެމުންނެވެ. އެހެނަސް ޞާލިޙް ހުރީ އޭނާގެ ދަރިފުޅު ބަރުދާސްތު ކުރަމުންދާ ވޭންތައް ފެންނަ ހިސާބުގައެވެ. ޑޮކްޓަރުން އެއްވެސް ފޮރުވުމެއްނެތި ހާމަކުރަމުންދާ ޙަޤީޤަތްތައް އަޑުއެހުމުގައެވެ. " ޑޮކްޓަރުން އެއްވެސް އުއްމީދެއް ނުދެއްވާ...." ދިޔާނާއަށް ހޭލެވުމުން ޞާލިޙް ބުނެލިއެވެ. "ނޫން.... ނޫން... ޑޮކްޓަރުން އެހެން ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން.. މަގޭ ދަރިފުޅު މަރެއްނުވާނެ... އޭނާ ރަގަޅުވާނެ..." ދިޔާނާއަށް ރޮއެގަނެވުނެވެ. ޑޮކްޓަރުންގެ މިންނަތް މަސައްކަތާއި ދިޔާނާގެ ދެމަފިރިންގެ ދުޢާގެ ސަބަބުން ނަދުޙާގެ ޙާލު އިހުނަށްވުރެ ރަގަޅުވާން ފެށިއެވެ. ހަފްތާތަކެއް ފާއިތުވެ ދިޔައިރު ނަދުޙާގެ ޙާލު އިހުނަށްވުރެންވެސް ރަގަޅުވެއްޖެއެވެ. ބަރުދަން އިތުރުވުމާއި ކޮންމެވެސް ވަރަކަށް ހެދިބޮޑުވުމުގެ ޢަލާމާތްތައްވެސް ފެންނަންފެށިއެވެ. ދެމަސްފަހުން ނަދުޙާ އުރާލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ. ދެމަސް ފާއިތުވެދިޔައިރުވެސް ޑޮކްޓަރުން ތިބީ ނާއުއްމީދުވެފައެވެ. އެހެނަސް ދިޔާނާ އުއްމީދުކުރިގޮތަށް ނަދުޙާ ގެއަށް ގެންދެވޭވަރަށް ޙާލަތު ރަގަޅުވިއެވެ.މިއަދު ފަސްއަހަރުފަހުން ނަދުޙާއަކީ ސިއްޙަތުރަގަޅު ފުރިހަމަ ކުއްޖެކެވެ. ދިޔާނާގެ ދެމަފިރިންގެ އުއްމީދުގެ ހުޅުކޮޅު ނިވުމެއްނެތި އުޖާލާކަމާއިއެކު އަނދަމުން އެހަރަ ދަނީއެވެ. މަޢުލޫމާތު: http://academictips.org މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
... ލިޔުނީ އަޙްމަދު ސަމީޢު29, 2009-05-01 16:51:38
މިވާހަކައިގައި ރަނގަޅުކުންނެއް އޮތްކަމުގައިވިޔަސް ވާހަކަ ލިޔުއްވި ބޭފުޅާ ވާހަކައިގެ ކުންނު ވަނީގެއްލުވާލައްވާފައެވެ.މިސާލަކަށް "މިރޭ އަލިިވިލެންދެން ދުނިޔޭގައި އޮންނާނެކަމުގެ 10 ޕަސެންޓްވެސް ދެވެންނެތް..... '' މިހިސާބަށް ދިޔުމުގެ ކުރިން ''ދިޔާނާގެ ޙާލުބޮޑުވުމުގެ ސަބަބުން ބަނޑަށް 24 ހަފްތާގައި އޮޕަރޭޝަންކޮށްގެން އާއިޝަތު ނަދުޙާ މިދުނިޔެއަށް ނޭވާލިއެވެ.''މިއިބާތް ގެނެސްފަވުމުން ޑަކްޓަރު އެބުނިބަހުން ހާސްވެ ވާހަކައިގެ ފޯރި ހިފާގޮތެއް ނުވޭ ސަބަބަކީ ކުއްޖާގެ ނަން ގެނެސްފަވުމުންނެވެ ނަންކިޔާނީ މަރުނުވެ ދުނިޔޭގައި ހުރީމައިކަން ކިޔާމީހާއަށްވެސް ޔަގީން ވާނެތީއެވެ.
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|