ފަންވަތް ދިވެހި ވާހަކަ ބިރުވެރި ސަމާސާ
ބެލި ޢަދަދު: 25804
ބިރުވެރި ސަމާސާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 142
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
20 މެއި 2009، 01:47 ބުދަ


އިބްރާހީމް ވަޙީދު / ބިންމާ

އޮފީހަށް ދިޔުމަށްޓަކައި އަހަރެން ތައްޔާރުވަމުން ގެންދިޔައީމެވެ. ނަބީލާ ސައި ތައްޔާރުކުރާ އަޑު އަހަންނަށް އިވެމުންދިޔަ އެވެ. އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅުނެވެ. އެއްކޮޅުންބަލާއިރު، އެއީ ކުރަންވާ ވަރުގެ ސަމާސައެއްބާ އެވެ؟ އަނެއްކޮޅުން ބަލާއިރު، އެ ސަމާސަ ކާމިޔާބުވާނެބާ އެވެ؟ އިނދެގެން އުޅޭތާ އަށާރަ އަހަރުވެފައިވާތީވެ، އަހަރެންގެ ހުރިހާ ހަގީގަތެއް ނަބީލާ އަށް އެނގޭނެ އެވެ. ދެން ހިތަށްއެރި އެވެ. މީ ދުވަހަކު ވެސް ނުކުރާ ކަހަލަ ސަމާސައެކެވެ. ފަހަރެއްގައި ކާމިޔާބު ވެދާނެ އެވެ. ކުއްލިއަކަށް ނަބީލާ ވަނެވެ.

    "ސައި ހެދިއްޖެ! އަވަހަށް އާދޭ!" ނަބީލާ ބުންޏެވެ.

    އަހަރެން ދެ ލޯ ބޮޑުކޮށްގެން ނަބީލާ އަށް ބެލީމެވެ. ނަބީލާ ފާޑަކަށް ބަލަން ހުއްޓެވެ. ކުއްލިއަކަށް އަހަރެން އެނދުމައްޗަށް ވެއްޓިގަތީމެވެ. ނޭވާ ނުލެވިގެން ތެޅެންފެށީމެވެ. ނަބީލާ އަޅާވެސްނުލި އެވެ. ދޮރުމަތީގައި ހުރީ އެވެ. އެތައްއިރަކު އަހަރެން ކެއްސަކެއްސާފައި، ނަބީލާ އަޅާނުލުމުން ބަލައިލީމެވެ. ނަބީލާ ހުރި ފިޔަވަޅުމަތިން ގުޑާ ވެސް ނުލި އެވެ.

    "ނިމުނީ؟" ނަބީލާ އެހި އެވެ. "ދެން އަންނަންވީނު ސައިބޯން. ތިހެން އުޅެނިކޮށް ގަޑިޖެހިދާނެ."

    އަހަރެން މަޑުމަޑުން ތެދުވެ، ގަމީސް ރީތިކޮށްލުމަށްފަހު ސައިބޯން ނިކުތީމެވެ.

    "ކިހިނެއް ނަބީ އަށް އެނގުނީ؟" ގޮނޑީގައި އިށީންނަމުން އަހަރެން އެހީމެވެ.

    "ބަލަ އަހަންނޭ ކޮންމެ ދުވަހަކު ކަލަންޑަރުން ދުވަސް ކަނޑަނީ.. އަހަންނަކަށް ނުފެންނާނެތަ މިއަދަކީ އެޕްރީލް އެކެއް ކަމެއް؟" ނަބީލާ އެހި އެވެ. "މި ފިރިހެނުން އަބަދު ވެސް ހީކުރާނީ އަހަރުމެން އަންހެނުންނަކީ މޮޔައިންކަމަށް. ރާޝިދު ކިހިނެއް މަ ފޫލް ހައްދާނީ؟"

    އޮފީހަށް ގޮސް މަސައްކަތުގައި ބިޒީވެގެން އުޅުނުއިރު ވެސް، ދެރަ ގަބޫލުކުރާކަށް އަހަރެން ބޭނުމެއްނުވި އެވެ. ނަބީލާ އަކީ އަހަރެންގެ އަންހެނުންނެވެ. އޭނަ އަށް ލަނޑެއްދޭން އަހަންނަށް އެނގެންޖެހޭނެ އެވެ. ކޮންމެވެސް ގޮތެއް އޮންނާނެ އެވެ. އަހަރެން ޝިފާއުއާ މަޝްވަރާކުރީމެވެ.

    "އަހަރެން ބޭނުން އޭނަ ފޫލްހައްދާލަން. ކަލޭ ގުޅާފަ ބުނެބަލަ އަހަރެން މަރުވެއްޖޭ!" އަހަރެން ބުނީމެވެ.

    "މަރާ ސަމާސަކުރާކަށް ނުވާނެ." ޝިފާއު ބުންޏެވެ. "އަހަރެން ދީފާނަން ރަނގަޅު އައިޑިޔާއެއް. އަހަރެން ނަބީ އަށް ގުޅާނީ އިނގޭ. ގުޅާފަ ބުނާނީ ފިރިމީހާ އެހެން ބިޓެއް ނަގައިފިޔޭ. އަހަރެން ބުނެފިއްޔާ ގަބޫލުކުރާނެ."

    "އޭރުންނޯ؟ އޭނަ ނައްޓައިފިއްޔާޔޯ؟ އަހަރެން އެހީމެވެ.

    "އޭރުން އޭނަ ފޫލްހެއްދުނީނު. ފަހުން އަހަރެން ގުޅާފަ ބުނާނަމޭ އެއީ އެޕްރީލް ފޫލެކޭ." ޝިފާއު ޚިޔާލުދިނެވެ.

    އަހަރެން އިރުކޮޅެއްވަންދެން ވިސްނާލީމެވެ. އަދި އެއްބަސްވީމެވެ. އެކަމަކު ކުޑަ ތަފާތަކާ އެކުގައެވެ.

    "ޝިފާއު ގުޅީމަ ވެސް އޭނަ އަށް ޝައްކުވެދާނެ.. މި ފަހަރު ޖެހޭނެ ނިކަން އަސްލާ އެއްގޮތް ކޮށްލަން. ހިނގާ މި ތަނުން ކޮންމެވެސް އަންހެން ކުއްޖެއް ލައްވާ ގުޅުވަން." އަހަރެން ބުނީމެވެ. "ލީޒާ ރަނގަޅުވާނެ. އޭނަގެ އެކްޓިންގް ވެސް ފައްކާވާނެ."

    އަހަރުމެން ލީޒާއާ ވާހަކަދެއްކީމެވެ. އޮފީހުގެ ނަންބަރު ނަބީލާ އަށް އެނގޭނެތީވެ، ލީޒާ ގުޅީ އޭނަގެ މޯބައިލް ފޯނުންނެވެ. އެންމެން ކަންފަތް ކައިރިކޮށްގެން، ނޭވާ ހިފާއްޓާލައިގެން ތިބީމެވެ. ލީޒާ ވަރަށް ކުޅަދާނަ އެވެ.

    "ތީ ކާކު؟" ނަބީލާ އެހި އެވެ.

    "އަހަރެން މީ އެ ގޭދޮށުގެ ގެއެއްގައި އުޅޭ މީހެއް. އެ އަންހެންމީހާ އަކީ ކުރިން އަހަރެންގެ ބޭބެއަކާ އިނދެގެން އުޅުނު މީހެއް." ވަގުތުން ލީޒާ ވާހަކައެއް ހަދާލި އެވެ. "އަހަރެން އެންމެ ފަހުން އަޑުއެހި ގޮތުގައި، ވަރަށް އަވަހަށް ނަބީލާ ވަރިކޮށްފަ، އެ އަންހެންމީހާއާ އިންނަން ފިރިމީހާ އުޅެނީ. ވީހާ ވެސް އަވަހަކަށް އެ ކަން ހުއްޓުވާ!"

    "ކޮބާ ހެއްކަކީ؟" ނަބީލާ ސީރިޔަސްވެފައި އެހި އެވެ.

    "މި ރޭ ފިރިމީހާ ކޮންމެވެސް އެއްޗެކޭ ކިޔައިގެން ގެއިން ނުކުންނާނެ. ފިރިމީހާގެ ޖީބު ޗެކް ކޮށްލާ. އޭރުން ޔަގީންވާނެ."

    އެ ހިސާބަށް ބުނެފައި ލީޒާ ފޯނު ކަނޑާލީ އެވެ. ނަބީލާ ވަގުތުން ގުޅި އެވެ. ލީޒާ ފޯނެއް ނުނެގި އެވެ. ތަކުރާރުކޮށް އެތައް ފަހަރަކު ނަބީލާ ގުޅުމުން ވެސް ލީޒާ ޖަވާބެއް ނުދިނެވެ.

    "ޖީބު ޗެކް ކޮށްލާށޭ؟ ކޯޗެއް ޖީބުގަ އޮންނާނީ؟" އަހަރެން އެހީމެވެ.

    "ޖީބުގަ ބާއްވާ އެޕްރީލް ފޫލް ޖަހާފަ އޮތް ކަރުދާސްކޮޅެއް. އޭރުން އިތުރު ވާހަކައެއް ދައްކަންނުޖެހި ސަލާމަތްވާނެ. އެނގޭނެ މިހާރު ނަބީ އެ ވާހަކަ ކިހާ ވަރަކަށް ގަބޫލުކޮށްފިކަން." ހީގެންފައި ލީޒާ ބުންޏެވެ. "ބެސްޓް އޮފް ލަކް!"

    އަހަރެންގެ އަށް ދިޔައީ ވަރަށް ފޮނި އުންމީދަކާ އެކުގަ އެވެ. އެހެންނަމަވެސް، ގެ އަށް ވަނުމުން ނަބީލާ ފެނިފައި، ހިތުގައި ރިހުމެއް އުފެދުނެވެ. ނަބީލާ އެހާ މާޔޫސްވެފައި ހުއްޓައެއް އަހަރެން ނުދެކެމެވެ. ކުރިން އަހަރެން ގެ އަށް ވަންނައިރަށް ދުވެފައި އައިސް ބައްދައިގަންނަ އަނބިމީހާ ހުރީ މުޅިން ހިމޭންވެފަ އެވެ. މުޅި މޫނު ހުރީ މިލާފަ އެވެ. އެއްވެސް ދިރުމެއް ނެތެވެ.

    "މި ރޭ އަހަރެން މި އުޅެނީ ވަރަށް މީރު އެއްޗެއް ހަދަން. ގޭގަ ހުންނާނަމެއްނުދޯ؟" ނަބީލާ އެހި އެވެ.

    "ހާދަ ދެރައޭ. މި ރޭ އެބަޖެހޭ އޮފީސް މީޓިންގަކަށް ދާން." އަހަރެން ބުނީމެވެ.

    "ކެންސަލް ކޮށްލާ!" ނަބީލާ ބުންޏެވެ.

    "ނުވާނެ.. ސޮރީ.. ވަރަށް މުހިންމު މީޓިންއެކޭ!" އަހަރެން ދެރަވެލާފައި ބުނީމެވެ. "ތަންކޮޅެއް ކުރިން ހަދައިފިއްޔާ އެތިކޮޅެއް ކާލައިގެން ދެވިދާނެ. ކޯޗެއް ހަދަން ތިއުޅެނީ؟"

    "އެއީ ސަޕްރައިޒެއް! ވަރަށް ބޮޑު ސަޕްރައިޒެއް!" ނަބީލާ ބުންޏެވެ.

    ރޭގަނޑު އަހަރެން ފެންވަރަން ހުރިއިރު ވެސް ވަރަށް ހިނިއައެވެ. އެކަމަކު، ހިތްވަރުކޮށްލައިގެން ހުރީ އެވެ. ހިތަށްއެރި އެވެ. ބުނާނީ އެންމެ ފަހު ވަގުތުގަ އެވެ. ނުކުތުމުގެ ކުރިން އަހަރެންގެ ޖީބު ވެސް ނަބީލާ ޗެކް ކުރާނެކަން އަހަންނަށް އެނގެއެވެ.

    ގަޑިން ރޭގަނޑު އަށްގަޑި ބައިވިއިރު، އަހަރެން ރީތިވެގެން ނުކުމެއްޖައީމެވެ. ހުރިލެއް ނުރަސްމީކަމުން ނަބީލާ ސުވާލުކުރި އެވެ.

    "ތި ލައިގެން މީޓިންގް އަށް ދަނީ؟" ނަބީލާ ޝައްކުގެ ނަޒަރަކުން ބަލަމުން އެހި އެވެ.

    "އާނ! ނުރަސްމީ މީޓިންގްއެކޭ!" އަހަރެން ބުނީމެވެ.

    ކާން ތައްޔާރުކޮށްފައި ހުރީ، ކުރިން އަހަރެން ނުދެކޭ އެއްޗެކެވެ. ހީވަނީ އާ ވައްތަރެއްގެ ބަތެއްހެންނެވެ. ފުރަތަމަ ސުވާ އަހަރެން އަނގަ އަށް ލީއިރު ވެސް، ފާޑަކަށް ބަލަހައްޓައިގެން ނަބީލާ އިނެވެ. އޭނަ ނުވެސް ކައެވެ.

    "އަހަރެން ކީއްކޮށްގެން ރާޝިދު އެހެން އަންހެނެއް ގާތަށް ތި ދަނީ؟" ނަބީލާ ކުޑަކޮށް ފެންކަޅިވެފައި އެހި އެވެ.

    "އެހެން އަންހެނެކޭ؟" އަހަރެން ވަރަށް ސީރިޔަސްވެފައި އެހީމެވެ. "ކާކު ބުނީ؟"

    "ދައްކަބަލަ ޖީބު؟" ނަބީލާ އެދުނެވެ.

    ވަގުތުން ޖީބުގައި އޮތް ކަރުދާސްކޮޅު މޭޒުމައްޗަށް ޖަހާފައި އަހަރެން އަޑުގެކޮޅަށް ހީގަތީމެވެ. ނަބީލާ ކަރުދާސްކޮޅު ނަގާފައި ނިއުޅުވާލި އެވެ.
    "އެޕްރީލް ފޫލް!" އަހަރެން ބުނީމެވެ.

    އެ ވަގުތު އަހަރެންގެ ބަނޑަށް ތަދެއް ވެސް އެރި އެވެ. ނަބީލާގެ ދެ ލޯ ތަންމިނަށް ހުޅުވިގެންދިޔަ އެވެ. އޭނަ ގަނޑުވެފައި ހުރީ އެވެ.
    "އެޕްރީލް ފޫލް؟ އެއީ ސަމާސައެއްތަ؟" ނަބީލާ ބިރުވެރި އަޑަކުން އެހި އެވެ. "އަޅޭ.."

    ނަބީލާ ބަލައިލީ ސިންކު ކައިރީގައި ހުރި މީދާ މަރާ ބޭސްފުޅިއަށެވެ. އަހަރެންގެ ބަނޑުގެ ރިހުން ތަންކޮޅެއް ގަދަވި އެވެ. އެ ހިސާބުން، ވަރަށް ގޯސްކަމެއް ވެއްޖެކަން އަހަންނަށް ޔަގީންވި އެވެ.

    "ކުރާ ކަންތައް.. އެމްބިއުލާންސަށް ގުޅާ.." ނަބީލާ ހަޅޭއްލަވައިގަތެވެ. "ކުރާ ކަންތައް."

    ބަނޑުގައި އުފެދެމުންދިޔަ ރިހުން ގަދަވާންފެށުމުން، އަހަރެން ބަނޑުގައި އަތް އަޅާފައި ގުދުވީމެވެ. ނަބީލާ އެ ފަދަ ކަމެއް ކޮށްފާނެކަމަކަށް އަހަރެން ހިއެއްނުކުރަމެވެ. ނަބީލާ އެމްބިއުލާންސަށް ގުޅި އެވެ.

    "އަޅެ އެންގޭޖް! ސައިކުގަ ދެވޭނެތަ؟ އަހަރެން ދުއްވަފާނަން.." ނަބީލާ ބުންޏެވެ.

    ފިރުކިފައި ނަމަވެސް ހޮސްޕިޓަލަށް ދާން އަހަންނަށް މަޖުބޫރެވެ. އޭރު، މަރުގެ ހިތި ރަހަ، އަހަރެންގެ އަރުތެރޭގައި ލާންފަށަފި ކަހަލަ އެވެ. އެއީ، އަހަރެންގެ މޮޔަކަމުން ވީ ގޮތެކެވެ. އެ ކަހަލަ ސަމާސަ ކޮށްގެން ނުވާނެ އެވެ. އިސާހިތަކު އަހަރުމެން ތިބީ ސައިކަލުގަ އެވެ. އަހަރެން އިނީ، ވަރަށް ބާރަށް ނަބީލާގެ ގައިގައި ހިފާއްޓައިގެންނެވެ. ދުއްވުނުހާ ބާރަކަށް ގޮސް، އޭޑީކޭ ހުރަސްކުރި އެވެ. ހާސްވެފައި ހުރިވަރުން ނަބީލާ އަށް ހޮސްޕިޓަލު ނުފެނުނީ އެވެ.

    "އެ ދިޔައީ ހޮސްޕިޓަލް!" އަހަރެން ބުނީމެވެ.

    "މިހާރު ދަސްވެއްޖެތަ ފޫލް ހައްދަން؟ އެ އަށް ގިތި ފަޅޯ އެޅީމަ ތި ބަނޑުގަ ރިއްސަނީ. ހަމަޖެހިބަލަ! ހާދަ ފިނޑި ފިރިހެނުން ވެސް އުޅެޔޭދޯ؟" ޗޮކެއްކަނޑާލާފައި ނަބީލާ ބުންޏެވެ. "މި ދަނީ ރެސްޓޯރަންޓަކަށް ކާށޭ!"
      (ނިމުނީ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (42)Add Comment
...
ލިޔުނީ 14029, 2009-05-20 02:51:54
oh. v salhi
...
ލިޔުނީ xaheena, 2009-05-20 04:49:39
very nice, good story
...
ލިޔުނީ fanvathuge ahuluveri eh, 2009-05-20 07:49:32
varah furihama bimmaa ge konme vaahaka eh ves varah kamudhey
...
ލިޔުނީ hussain Sujau, 2009-05-20 13:40:26
hiikuri gothakasheh noon nimunu iraku v keeHam aslugaves mikahala kameh hingee dhw
...
ލިޔުނީ ahoooo, 2009-05-20 15:03:25
vvvvv nice story eh varah furihama
...
ލިޔުނީ tha..., 2009-05-21 02:56:31
heheheh vv rythi .....dhen bunaane ehcheh nei
...
ލިޔުނީ it's me, 2009-05-22 03:20:07
mee varah salhi vaahaka eh ... binmaage hurihaa vaahaka eh ves varah kamudhey ...adhives mikahala vaahaka thah genes dheyne kamah umeedhu kuran..thi beyfulhun thikuraa masahkathah hama saabas...
...
ލިޔުނީ އައިޝް, 2009-05-24 10:49:38
ވަރަށް ވަރަށް ރީތި ވާހަކައެއް. ބިންމާގެ މިކަހަލަ ވާހަކަތައް މިސައިޓުން ގިނަގިނައިން ފެއްނާނެކަމަށް އުއްމީދުކުރަން
...
ލިޔުނީ ބިންމާ, 2009-05-25 05:34:53
އަޅުގަނޑުގެ ވާހަކަތަކަށް، ކިޔުންތެރިން ތިޔަ ދެއްވާ ތަރުހީބަށް ނިހާޔަތަށް ޝްކުރު ދަންނަވަން.
...
ލިޔުނީ azeema, 2009-09-04 05:59:52
vvvvv nice story
...
ލިޔުނީ Mua, 2009-09-09 07:06:15
varah salhi ingey
...
ލިޔުނީ އަމް, 2009-11-05 15:27:45
ވަކި ހިސާބަކުން ސިންކުކައިރީ ހުރި މީދާބޭސް ފުޅީގެ ވާހަކަ އައުމުން ޝައްކުވެއްޖެ.
...
ލިޔުނީ inaa, 2009-11-14 07:18:11
hey .. vv nyc ..
...
ލިޔުނީ nihan, 2010-01-01 08:20:42
varah majaa vaahakaeh
...
ލިޔުނީ Facebook user, 2010-01-02 07:24:19
vvvv perfect vaahaka eh ..thanks Binma !!!
...
ލިޔުނީ Facebook user, 2010-01-02 07:24:26
vvvv perfect vaahaka eh ..thanks Binma !!!
...
ލިޔުނީ aishath, 2010-03-02 12:37:40
very very nice
...
ލިޔުނީ aminath, 2010-03-02 12:39:44
very cool
...
ލިޔުނީ liu, 2010-05-13 05:13:14
anhenun maa gadha dhw ehn v ma....lol
...
ލިޔުނީ aisha, 2010-05-28 16:28:13
vvvvvvvvvvvvvvvvvvvvvvvvvvvv molhu vaahakaeh hehehehehehehhe
...
ލިޔުނީ aisha, 2010-05-28 16:30:15
v nice story eh ur no 1
...
ލިޔުނީ aisha, 2010-06-24 03:51:51
hama buneveny varah biruveri samaasa eke ;)
...
ލިޔުނީ Fathun, 2010-07-03 08:00:23
Varah majaa vaahakaeh.varah nice.
...
ލިޔުނީ Fat hi, 2010-07-03 08:04:12
Va rah var ah nice.
...
ލިޔުނީ ryshu, 2010-08-06 18:25:58
oh.. haadha gr8t story akey.. hama neyvaa hifahattaalaigenn kiyaa nimunu iru aharenn vz meenee fool hadhifa.. hehehe..!!!
...
ލިޔުނީ އައިޝާ, 2010-08-31 05:33:18
ވަރައްވެސް ފުރިހަމަ ބިރުވެރި ސަމާސާ އެއް......... ފޫލު ހެދޭނީ ދެން މި ވަރަކަށް...ހެހެހެ
...
ލިޔުނީ ss, 2010-09-17 10:37:27
ހައް ހައް ހާ.. ހާދަ މަޖަލޭ... ހީ ހީ ހަލާކް. ބިންމާ ގަދަ އިނގޭ...
...
ލިޔުނީ eena, 2010-09-27 10:24:48
varah salhi vaahakayeh kuriyah dhey
...
ލިޔުނީ ...., 2010-10-01 12:20:31
a vara salhi ingey mi vaahaka
...
ލިޔުނީ mishka, 2010-10-03 04:15:10
aslu vaahaka v v habeys
...
ލިޔުނީ ushaa, 2010-10-11 15:32:39
v majaa dw hehheee
...
ލިޔުނީ hamdhoona, 2010-10-18 09:17:32
v reethi mi vaahaka
...
ލިޔުނީ mary, 2010-12-11 17:17:10
varah salhi maves fool vehje
...
ލިޔުނީ riffexs, 2011-02-04 13:46:32
ya very nice
...
ލިޔުނީ nau, 2011-02-26 06:37:00
varah shalhi..!!!
...
ލިޔުނީ nau, 2011-02-26 06:38:00
varah hama reethi vaahaka eiiiii....hama ibraitherives me...
...
ލިޔުނީ aaya, 2011-03-01 08:35:37
v.rythi vaahaka
v kamudhey
...
ލިޔުނީ pudddy, 2011-05-26 10:37:18
ހަބޭސް ވާހަކަ އެއް...ވ ރީތި....
...
ލިޔުނީ ޔޫސުފް ޝަރީފް, 2011-05-30 15:50:06
މި ވާހަކަ ކިޔާލުމުން އެނގިގެން ދިޔައީ ލިޔުމުގެ ފެންވަރު ދައްކަން
...
ލިޔުނީ އައިސް, 2011-08-24 08:17:55
އެއްވެސް ކަހަލަ އަސަރެއްނެތް ފަހުބައިގައި.............ވަރަށް ފޫހި.........ހީވަނީ ވާހަކަ ލިޔަން ނޭގޭ މީހަކު ލިޔެފަ އިން ވާހަކައެއްހެން.................ހޫމް.............................
...
ލިޔުނީ xibu>>>>>>>>>>>>>>>, 2011-10-17 08:06:07
vara salhi vaahaka ey masala akee nimun ehaa ragalhu nun kun
...
ލިޔުނީ ޢާއިިޝަތު ޙަމްދާ, 2011-12-02 12:06:46
ވަރަށް ރީތި ވާހަކައެއް

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 25804
extra avandia and congestive heart failure