ފަންވަތް ދިވެހި ވާހަކަ މެހުމާން
ބެލި ޢަދަދު: 1746
މެހުމާން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
01 ޖޫން 2009، 01:39 ހޯމަ

ޙުސައިން ނިޒާމް، އެވަރބުލޫގެ / ލ.މާވަށް

ކޮންމެ ދުވަހަކީވެސް ދުނިޔެއަށް ތަފާތުދުވަހެކެވެ. ނަމަވެސް އަހަންނަށްޓަކައި ތަފާތު އިޙުސާސްތަކެއް ދުނިޔެއިން ފާޅުނުވަނީ ކީއްވެގެން ހެއްޔެވެ؟ ކޮންމެ ދުވަހެއްވެސް ވަނީ ހާސްކަމުން ފުރިފައެވެ. ހިތްދަތިކަމުގެ ނިޝާންތައް އާވެއާވެ ހުންނަނީ ސިލްސިލާއެއްހެންނެވެ. ސަހަރޯއެވެ. މިނޫންގޮތެއް އަހަންނަށް ހަމަ ނެތީހެއްޔެވެ؟ ކުރާނީވެސް ވަކި ކީއްހެއްޔެވެ؟

އޭ ލެވެލް ނިންމާލުމަށް ފަހު ހިންދެމިލީ އެތައް ހިތި ހަނދާންތަކެއްގެ މައްޗަށް ފޮނިކަމުގެ އެންމެ ފޮނި މާމުއި އަޅާ އޮއްބާލަމުންނެވެ. ނަމަވެސް ހަޔާތުގައި ކުރެވުނު އެ ހިތި ތަޖުރިބާތައް ވީ މުޅިހަޔާތް ކޮށާ ކާނޭ ކަތުރު ފަންޏެއްކަމުގައެވެ. އޭރު ސައުވީސް ގަޑިއިރުން އެއްފަހަރު ބޯލެވޭ ދަޅަކާ ކާލެވޭ ބިސް ކޯދު ޕެކެޓަކީ މުޅި ދުވަހުގެ ކާނާކަމަށްވެގެން ދިޔައީ  އެހެން ގޮތެއް ނެތީމައެވެ. ހައި ހޫނުކަމާއެކު ސުކޫލުގައި ހޭދަކުރި ބައެއް ގަޑިތަކަކީ ޖިހާދެއްކަމަށް ބަލަންޖެހުނީ އެހެންފަދައެއް ނެތީމައެވެ. އިނގެރޭސި ގަޑިއާ ހިސާބު ގަޑީގައި ކުޑަދޮރުން ފުންމާލައިގެން ސުކޫލްކައިރީގައި ހުރި ފިހާރައަށް ދުވެދަނީ އެގަޑިތަކުގެ މުހިންމުކަން ތަސައްވަރު ނުވާތީއެއްނޫނެވެ. ކިޔަވާ ހިތްނުވާތީއާ ބޭކާރު ގަޑިތަކެއްކަމަށް އިހުސާސްވާތީއެވެ. ހައިހޫނުކަން ފިލުވާލުމުގެ އެދުން މާބޮޑުވީމައެވެ.

އޭރު މައިންބަފައިންނާ ދުރުގައި އެހެންރަށެއްގައި ކިޔެވުމަށް ކުރި މަސައްކަތަކީ މި ހަޔާތަށް އެޅޭނެ ނުރައްކާތެރި ހިޔަންޏެކޭ ހީކުރާނީ ކާކުހެއްޔެވެ؟ ނަމަވެސް ދިމާވާ ދަތި އުނދަގޫތަކާ މެދު ނުވިސްނާ ނުހުރެވުމުން ބޮވެންވީ ބޮނޑި ބޮވުނީއެވެ. ސިކުނޑިދުޅަވާބަލީގައި އުމުރު ނިންމާލަންޖެހުނީއެވެ. ނަމަވެސް އަހަރެންގެ ހިތްވަރު އެލުވައެއް ނުލަމެވެ. ނާޤާބިލު ބޭކާރު މީހެއްކަމުގައިވެސް ނުދެކެމެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ.އުމުރުން ބާކީއޮތް ކުރު މުއްދަތުގައިވެސް އަހަރެންގެ ފަރާތުން ހިނިތުންވުން ލިބޭނެ ބަޔަކު ތިބޭނެ ކަމަށް އުއްމީދުކުރެވޭތީއެވެ. އަހަންނަކީވެސް މުޖުތަމައުގައި ބޭނުންތެރި މީހަކަށް ވެވޭނެކަމުގެ ޔަގީންކަން ހިތުން ފިލައިގެން ނުދާތީއެވެ.

އިރާދަކުރެއްވިތީ ހިތުގެ އެދުން ހާސިލުކުރެވިއްޖެކަމުގެ އިހުސާސް އަހަންނަށް ކުރެވުނީ ނުލާހިކު އަވަހަށެވެ. އޭލެވެލް ނިންމި އަހަރުގެ ފަހު އަހަރުގައި ހެދި މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްވީ އަހަރެންގެ އުއްމީދުތައް ހާސިލުވުމަށް މެދުވެރިވި ވަރަށްވެސް ހެޔޮފާލެއްކަމުގައެވެ. މާލޭގައި އުޅުމަށް ދިމާވާ ދަތިތަކާ  ސިކުނޑިދުޅަވާބަލީގެ ޝިކާރައަކަށްވުމުން ދިމާވާތުރާތަކަށް ކެތްކުރެވުމުގެ ނަތީޖާ އަކަށްވީ އެއަހަރު ކޯސްނިންމާފައި ދަސްވެނިވި މަދު ދަސްވެނިންގެ ތެރޭގައި އަހަރެންގެ ނަންވެސް ހިމެނުމެވެ.

މިކަމާއުފާކުރީ ހަމައެކަނި އަހަންނެއްނޫނެވެ. އާއިލާއެވެ. އެކުވެރިންނެވެ. އެމީހުންގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލާފައިވާތަން ފެނުމުން ހުދު އަހަރެންގެ ކޯތާފަތްމައްޗަށްވެސް ކަރުނަ އޮހިގަތެވެ.  އެއީ ހަޔާތުގައި ހާސިލުކުރުމަށް ކަނޑައެޅި އެއް ލަނޑުދަނޑި ހާސިލްވެއްޖެ ކަމުގެ އިޙުސާސްކުރެވުނު ދުވަހަކަށްވީމައެވެ. މައިންބަފައިންގެ އެހީ އާއެކު އަމިއްލަފައިމައްޗަށް ތެދުވެހުރުމުން އެއްކިބާވެ އަމިއްލަ ފައިވާންމައްޗަށް ތެދުވުމުގެ އަޒުމު ކަނޑައެޅީވެސް ހަމަ އެދުވަހުއެވެ.

ތެދެކެވެ. މިއަދު އެ އުފާވެސް ހާސިލުވެއްޖެއެވެ. ސާނަވީއަށްކިޔަވައިދޭ ސުކޫލެއްގެ ސަނަވީ ގުރޭޑެއްގެ ދަރިވަރުންނަށް އުނގަންނައިދިނުމުގެ ފުރުޞަތުލިބި އެކުދިންގެ ލޯބިވެސް ލިބިއްޖެއެވެ. އަހަރެންގެ ފަރާތުން ހިނިތުންވުންތަކެއް އެކުދިންނަށް ލިބިއްޖެކަމުގެ އިހުސާސްވެސް ކުރެވިއްޖެއެވެ. މިއަދު މި ލޯމަރާލަނީ  ހިނިތުންވުމާއެކުގައެވެ. ހަމައެކަނި އެ ދަރިވަރުންނަށްޓަކައެވެ. އަހަރެންގެ ދަރިވަރުންނަށްޓަކައެވެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)Add Comment
...
ލިޔުނީ someone, 2009-06-04 00:12:32
hey i really dunno hw to commet... nix ah enge ehnu dats i always have loved this story a lot.. still i do... adhives it hurts to read this .. n its kewl n v v interesting
...
ލިޔުނީ sai, 2009-06-28 07:53:50
nice storyeh
...
ލިޔުނީ nihan, 2010-01-03 03:49:25
v reethi
...
ލިޔުނީ ‰‰‰މައިން , 2010-04-26 13:07:30
މީ ސާރ ގެ ހަޔާތް ތަ ....... ހީވަނީ އަސްލު ހެން .. ސާރ މަތިން ވަރަށް މިސްވޭ އިންގޭ .... ވަރަށް ސަލި މިވާހަކަ ކުލާހަށް ހުސަހެޅިން ދޯ މި ވާހަކަ..

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1746
extra avandia and congestive heart failure