މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބިރުވެރި ފުރާވަރު |
|
|
| ދިވެހި - ވާހަކަ | |||
| 12 ޖޫން 2009، 02:23 ހުކުރު | |||
|
ޅޮހީ ޢަބްދުއްރަޙީމް މަނަދޫގެ ލޮލުގެ އޮޕަރޭޝަން ކުރިތާ ދެދުވަސްފަހުން މޫނުމަތީގައި ބަނދެފައި ހުރި ފޮތިގަނޑު ނައްޓަން ފަށައިފިއެވެ. އަހަރެންގެ ހިތް އަވަސް ވިއެވެ. ކުރިމަތިން ފެންނާނީ ކޮން އެއްޗެއް ކަމެއް ވަޒަން ކޮށްލެވޭ ގޮތެއް ނުވިއެވެ. ހިތަށް ހަމަ ސިފަ ނުކުރެވެނީ އެވެ. ލޮލުގެ ފެނުމުން ޙަޔާތުން މިވީ ހާ ދުވަހު މަހުރޫމުވެފައި ހުރެފައި ކުއްލިއަކަށް އެ ނިޢުމަތް ލިބުމަކީ ހާދަހާ ބޮޑު އުފަލެއް ލިބޭނެ ތަޙްމަތެއްތާ އެވެ. އެކަމަކު ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އެންމެންވެސް އުންމީދުކުރި ގޮތާ ޚިލާފަށެވެ. އަހަރެންގެ ދެލޮލުގެ ކަޅުކަޅިވަނީ ހުދުވެފައި ކަމަށް ޑަކްޓަރު ބުނާއަޑު އިވުނެވެ. އަހަރެންނަށް ވެސް ހުރިހާ ކަމެއް ގޯސްކަން އެނގުނީ ފޮތިގަނޑު ނައްޓައިގެން އެތައް އިރެއްވީ އިރުވެސް އަހަރެންނަށްވެސް އެހުރިހާ މީހުން ސިފަކޮށްދޭ ވައްތަރުގެ އެއްވެސް އެއްޗެއް ނުފެންނާތީއެވެ. އަހަރެންގެ ހިތް ތެޅެން ފެށިއެވެ. އަހަރެންގެ ލޯ ކުރިން ހުރި ގޮތަށް ނޫން އެހެންގޮތަކަށް މިހާރު ހުންނަވީ ކީއްވެބާ އެވެ. އަނެއްކާ އަހަރެންގެ ލޮލުގެ ކަޅުކުލައިގައި ހުރި ކަޅިއަށް ވީ ކިހިނެއްބާއެވެ. ކަޅާ ހުދުގެ ތަފާތެއް ނޭނގުނަސް އަހަރެންގެ ކަޅި ހުރީ ކަޅު ކުލައިންކަން އެންމެންގެ ވާހަކަތަކުން ދޭހަވާހައިވެ އެވެ. ލޮލަށް ކުލަތަށް ނުފެނުނަސް އަހަރެންގެ ހަވަނަ ހިއްސުން މިހުރިހާއެއްޗެއްގެ ތަފާތު ވަކިކުރާ ކަހަލައެވެ. ދެން އިވުނީ ޑަކްޓަރުގެ އަޑުލެއްވުންތަކެވެ. ވަރަށް ސިއްރުން މާދުރުގައި ހުރެގެން އެކިޔާ އެއްޗެހި ވެސް އަހަރެންނަށް އަޑުއިވެއެވެ. އަހަރެންގެ ހަވަނަ ހިއްސު ހާދަހާވައިތޫނީއެވެ. އެހެން މީހުންނަށް ނުއިވޭ ތަފާތު އަޑު އަހަރެންނަށް ފާހަގަކުރެވުނީއަކީ މަދެއްކޮށެއް ނޫނެވެ. " ދެން އުއްމީދެއް ނެތް. އެކަމަކު އަދި 5 އަހަރު ފަހުން އަނެއްކާވެސް މަސައްކަތްކޮށްލެވިދާނެ" ޑަކްޓަރުގެ މިޖުމްލަ އަހަރެންނަށް އަލެއް ނޫނެވެ. ކިތަންމެ ޑަކްޓަރަކު މިހެން ބުނާއަޑު އަހައިފީމެވެ. އެކި ކަރަކަރައިގެ ޑަކްޓަރުންނެވެ. އެއިން ކޮންމެ މީހަކަށްވެސް ދެއްކުމަށްޓަކައި އަހަރެންގެ މައިންބަފައިން ވަރަށްގިނަ ހޭދަކުރަމުން އަބަދުވެސް ދެއެވެ. ފައިސާ ލޮލަށް ނުފެނުނަސް އެއީ އެހެން ކަރުދާހާ ހިލާފުކަރުދާހެއްކަން އަތްލީމަ އެނގޭހައިވެއެވެ. ދެން އަހަރެންވެސް ލޮލަށް ނުފެނިގެން ޝަކުވާ ނުކުރާނީއެވެ. ނަމަވެސް ގެޔަށް ބަދަލުވިތާ ތިންދުވަސް ތެރޭ އަހަރެންނަށް ތަފާތު ބަދަލުތައް އަންނަން ފަށައިފިއެވެ. އަހަރެންގެ ލޮލުން މަންމަ މެނަށް ކޮންމެސް އެއްޗެއް ފެންނަނީއެވެ. އެއީ ކޯއްޗެއްބާއެވެ. އެންމެންވެސް އަހަރެންގެ ލޮލުގެ ކުލަ އެކި އިރަށް އެކި ކުލަޔަށް ބަދަލުވަމުންދާކަމަށް ބުނަންފަށައިފިއެވެ. ޑަކްޓަރަށް ގެންދިޔުމަށް ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އަހަރެން ލޮލުގެ މަތިން އުންމީދުކަނޑާލާފައި ގޭގައި ހުންނަން ނިންމީއެވެ. އަހަރެންނަށް ނިދަން އޮއްވާ މިރޭ ވެސް އަނެއްކާ ވެސް އަހަރެންނަށް ގޮތެއްވާން ފަށައިފިއެވެ. ލޮލަށް ބާރުގަނޑެއް އަރާފައި ދެން އެކި އެކި ސޫރަތައް ލޮލުގެ ކުރިމަތީގައި ސިފަވަނީއެވެ. އަހަރެންނަށްނަށް ފުރަތަމަ ކޮޅު އެކަންވީ މަޖަލަކަށެވެ. ނަމަވެސް.... ނަމަވެސް ކޮންމެސް ގޯހެއް އެބައުޅެއެވެ. އަހަރެންނަށް ނޭންގޭ ކަންތައްތަކެއް އަހަރެންގެ ވަށައިގެން ހިނގަމުންދާ ކަމުގެ އިހުސާސްކުރެވެން ފަށައިފިއެވެ. ކޮންމެ ރެޔަކުވެސް ވަކި ގަޑިއެއްގައެވެ. ބިރުން އޮތްނަމަ ވެސް މަންމަމެން ގާތު މިވާހަކަ ނުބުނީ މަންމަމެން ކަންބޮޑުވެގެން އުޅެފާނެތީއެވެ. މި ރޭވެސް އެ ވަގުތު ޖެހިއްޖެއެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގެ ކުރިމައްޗަށް އައިސް ހުއްޓުނީ ކަޅުބިޔަ މީހެކެވެ. އޭނާ އަހަރެންނަށް ގޮވަނީއެވެ. ކޮންމެ ވެސް ތާކަށް އައުމަށް ދައުވަތު ދެނީ އެވެ. ހަދާނެ ނަހަދާނެ ގޮތެއް ނޭނގިގެން އަހަރެން ހަޅޭއްލަވަން ފަށައިފީމެވެ. ނަމަވެސް އަޑުއިވޭ ހިސާބުގައި އެއްވެސް މީހަކުނެތެވެ. އެމީހަކު މަޑުމަޑުން އައިސް އަހަރެންގެ ދެ ލޮލަށްބަލާލިއެވެ. އަހަރެންނަށް ހަމަ އަސްލު ވެސް ފެންނަނީބާއެވެ. އިރުކޮޅެއްނުވެ އެމީހަކު އެނދުގެ ދަށަށް ގޮސް ގެއްލެނީއެވެ. ދެން އަނެއްކާ ވެސް އަހަރެންނަށް އެއްވެސް ތަނެއް ނުފެންނަ ގޮތް ވެއްޖެ އެވެ. ފެނުން ގެއްލެން ފެށި އެވެ. ކޮންމެރެޔަކު ހަމަ އެއްގަޑިއެއްގައި މި މަންޒަރު ތަކުރާރުވަނީއެވެ. ކޮންމެރެޔަކު ވެސް ތަފާތުމީހެކެވެ. ބޮޑު ފަލަ އަންހެނެއް ވެސް ބަޔެއް ފަހަރަށް ފެނެއެވެ. އަނެއްކާ މިއީ އަހަރެންނަށް ފެންނަ ހުވަފެނެއް ނޫންބާވައެވެ. މިގޮތަށް ތަކުރާރުވަނީ ހަފުތާޔަކު ހަތަރު ރެޔެވެ. މެދުކެނޑޭ ރޭރޭ ހަމަ އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. މިކަމާ އަހަރެން ވިސްނަން ފަށައިފީމެވެ. އެނދުގެ ދަށުގައިވަނީ އަނެއްކާ ކޮންއެއްޗެއްބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަހަރެން ކަހަލަ ކަނު އަނދިރި މީހަކަށް އެތަން ހޯދިޔަސް ފެންނާނީ ކޮންއެއްޗެއްބާވަ އެވެ. މި ރޭ މިއީ ހަމަ އެރެޔެވެ. ކޮންމެގޮތެއް ވިޔަސް އަހަރެން މި ވާހަކަ އެއްވެސް މީހެއްގާތުގައި ނުބުނާނަމެވެ. ހަމަ ވާގޮތެއް ބަލަން ހުންނާނީއެވެ. އަހަރެން މަޑުމަޑުން އެނދުގައި އޮށޯވެގެން އުޑުތިލަމަތިން އޮތީމެވެ. ދެލޯމަރައިގެންނެވެ. އެކަމަކު މިރޭ އެމަންޒަރުތައް ސިފަވާންފެށީ އެހެން ރޭރެޔާ ޚިލާފަށެވެ. އެމަންޒަރު ސިފަވަނީ ހިތަށެވެ. ދެމީހަކު އައިސް އަހަރެންގެ ގައިގައި ކޮއްޓަނީއެވެ. އެނދުގެ ދަށަށް އައުމަށް ހަނާއަޅަނީއެވެ. އަހަރެންގެ މޭގަނޑު ބަން ކިޔާފައި އަނގައިން ބޭރަށް އަތުވެދާނެހެންވެސް ހީވެއެވެ. ބިރުންނެވެ. އެކަމަކު އަހަރެން މިރޭ އެ އެނދުގެ ދަށުގައިވަނީ ކޮންއެއްޗެއްތޯ ބެލުމަށް މަސައްކަތްކުރާނަމެވެ. ލޮލަށް ނުފެނުނަސް އެތަނުގައި އެއްޗެއްވާނަމަ އަހަރެންގެ އަތުގައި ޖެހޭނެތާއެވެ. މަޑުމަޑުން އަހަރެން ބެޑުސީޓުގެ ދަށުން އެތެރެޔަށް ދެމިގަތީމެވެ. އެވަގުތު އަހަރެން ވަޅުގަނޑެއް ކަހަލަތަނަކަށް ވެއްޓިއްޖެއެވެ. ދެންވީ ގޮތެއް ހުދު އަހަރެންނަކަށްވެސް ނޭންގުނެވެ. ވާނުވާ އަހަރެންނަށް އެނގުނު އިރުއޮތީ ހޮސްޕިޓަލުގައެވެ. ހަމަ ކުރީންއޮތް ކަނު އަނދިރިކަމުގައެވެ. އަހަރެންގެ އަތްފައި ތަޅުވާހެން ހީވެގެން ނަރުސް ކުއްޖަކު އަހަރެންގެ ގައިގައި ހިފާ ތަޅުވައިގަތެވެ. އަދި "މީނަ މަރެއްނުވެޔޭ" ގޮވާ އަޑު އިވެން ފަށައިފިއެވެ. މަޑުމަޑުން ޑޮކްޓަރު އައިސް އަހަރެންގެ މޫނުގައި އަޅާފައި އޮތް ބެންޑޭޖުގަނޑު ނައްޓާލައިފި އެވެ. އަހަރެންގެ ދެލޮލަށް ހަމަ ހަގީގަތުގައިވެސް ފެންނަން ފެށިކަމާމެދު ޝައްކުކުރެވުނެވެ. ނަމަވެސް އަހަރެންނަށް ފެންނަން ފެށިއެވެ. ހުރިހާ ކުލަތައް މަޑު މަޑުން ސާފުވަމުން ގޮސް ހުރިހާތަނެއް ފެންނަން ފަށައިފިއެވެ. އަހަރެން ވީ އުފަލުން ހަޅޭއްލަވައިގަތީމެވެ. ހޭން ފެށުނީ ބޭ އިޚުތިޔާރުގައެވެ. " މީނަ މޮޔަވެފަބާ؟ " ޑަކްޓަރު މަޑު މަޑުން ނަރުހާ ކުރި ސުވާލު އަޑުއިވިފައި އަހަރެންނަށް ރޮއިގަނެވުނީ ކުރިން ހޭންފެށިވަރަށްވުރެ ބާރަށެވެ. " އަހަރެން މޮޔައެއްނުވެ. އަހަރެންގެ ލޮލަށް އަލަށް ފެނުނީމަ އަހަރެން ރޯންވީތޯ" އަހަރެން ބާރަށް ހަޅޭއްލަވައިގަތީމެވެ. ޑަކްޓަރުހުރީ ފާޑަކަށް ގަބުވެފައެވެ. "ކުރިން ލޮލަށް ނުފެނޭތޯ؟" ޑަކްޓަރުކޮށްލީ ސުވާލެކެވެ. އަޖާއިބުވެފައި ހުރި ބީރައްޓެހި ޑަކްޓަރު ނަރުހާ ދިމާޔަށް ބަލައިލީ އަޖާއިބުވެގެންނެވެ. މިވަނީ ކިހިނެއްބާއޭ ބުނާކަހަލަ ގޮތަކަށެވެ. އަހަރެންގެ އާއިލާމީހުން އަނެއްކާ ކޮބައިބާވައޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އޭރު ނޫކުލައިގެ ފާޑެއްގެ ހެދުމެއް ލައިގެން ތިބި ބަޔަކު އެތަނަށް ވަނުމަށްފަހު "މިއީ ފުލުހުންނޭ" ބުނުމަށްފަހު އެންމެން ފޮނުވާލައިފިއެވެ. ބޮޑު ބިޔަ އަންހެނަކު އަހަރެންނާ ގާތްވުމަށް ފަހު ސުވާލުތަކެއް ކުރަމުންދިޔައެވެ. "ތިޔަގޭގައި ތިބި އެންމެން ވީނުވީ ގޮތެއް ނޭނގިގެން އަވަށްޓެރިން ފުލުހުންނަށް ރިޕޯޓުކޮށްގެން ދިޔައީ. މީހުން ސަލާމަތްކުރާ މީހުންނަށް ހަމައެކަނި ވިންދުޖަހާ މީހަކަށްވެސް ފެނުނީ ކަލޭ. އެ ވެސް ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފަ އޮއްވާ. އެތަނުގައި އަންހެނަކާއި ފިރިހެނަކު މަރާލާފައިވެސް އޮތް. އެތަން ފެނުނީ ގެ ވަރަށް ރަނގަޅަށް ބަލާ ފާސްކުރަނިކޮށް. އަހަރެމެން ބެލި ބެލުމުން އެނގުނީ ތިގެޔަކީ މީގެ އަށްޑިހަ އަހަރުން ފެށިގެން ފަޅަށް ހުރި ގެޔެއްކަން. އެވަޅުގަނޑަށް ވެއްޓުނު އެއްވެސް ގޮތެއް އެނގޭތަ؟" އަންހެނާގެ ސުވާލުތައް ވަރަށްވެސް އަވަހެވެ. އެޔާއެކު އަހަރެން ބަޑި ފަޅައިގެން ހިނގައްޖެއެވެ. އަހަރެންގެ މަންމަޔާއި ބައްޕަ ފިޔަވައި ދެން މަރުވެފައި އޮންނާނީ ކޮންބަޔެއްބާވައެވެ. "އެމީހުން ކޮބާ؟" އަހަރެން މަޑު މަޑުން އަހާލީމެވެ. "އެއީ މީހުންތަކެއް ނޫން. އެއީ މީގެ އެތައް އަހަރެއް ކުރީން މަރުވެފައި ނުވަތަ މަރާލާފައި އޮތް ދެކަށިގަނޑު" އޭރު އަހަރެންނަށް ވީނުވީއެއް ކިރިޔާ ރޯފިލީއެވެ. މިޔޮއް ހުރިހާ ދުވަހު މައިންބަަފައިންކަމަށް ހީކޮށް މިއުޅެވުނީ ދެ ރޫޙާއެކުއެވެ. ލޮލަށް ނުފެނުނީ ދެލޯ ފަން ވީމައެއް ވެސް ނޫނެވެ. އެ ދެރޫހު އަހަރެންނަށް ފެންނަން ބޭނުން ނުވީއެވެ. އެހެން މީހުން ހީކުރީ އަހަރެން އެ ގޭގައި ދިރިއުޅުނީ އެކަނި ކަމަށެވެ. އަހަރެންގެ ވާހަކަތައް އެނގެންދެނެވެ. އެކަމު.... އެކަމަކު މިއަދު އަހަރެން ދޫކޮށްލާފައި އެދެ ރޫޙު އެ ދިޔައީ ކޮންތާކަށް ބާވައެވެ؟ އަހަރެންގެ ޙަޤީޤީ މައިންބަފައިން ކޮބާބާވައެވެ؟ އަހަރެންނަށް އެ ދެރޫޙުގެ ގަބުރަށް އަނިޔާ ދެވުމުން އަހަރެން ދޫކޮށްލީބާވަ އެވެ. ނަމަވެސް މިސުވާލުތަކުގެ ޖަވާބެއް އަހަރެންނަކަށް ހޯދަން އުޅެ އުޅެވެސް ނުލިބުނެވެ. އަދި ކުރިޔަށް އޮތްތަނުގައި ލިބޭނެ ކަމެއް ވެސް ނޭނގެ އެވެ. މިއީ އަހަރެންގެ ހަޔާތުގައި ހިނގި ޙަޤީޤީ ހާދިސާއެކެވެ. އަހަރެންނާއި ދިމާޔަށް މީހުން މަލާމާތަށް "ގޮސްޓު ގާލް" އޭ ގޮވަނީ މި ސަބަބުތަކާ ހެދި ކަމަށްވިޔަސް އަހަރެން ދެރައެއްނުވެއެވެ. އެދެ މީހުންދެކެ އަހަރެން އަދިވެސް ލޯބިވެއެވެ. ނޯޓު: މިއީ ވަރަށް އާދަޔާ ޚިލާފު ޑައިރީއަކުން ނެގިފައިވާ ހުލާސާ ވާހަކައެކެވެ. ވާހަކަ އެކުލަވާލެވިފައި މިވަނީ ފުރާވަރުގެ އަންހެން ކުއްޖަކަށް ދިމާވި ހާދިސާއަކުންނެވެ. މިހާދިސާ ހިނގީ އެމެރިކާގެ އަވަށެއްގައެވެ. ޑައިރީގެ ވެރިޔާ ބޭނުންވަނީ އެ ސިޓީގެ ނަން ހާމަނުކުރާށެވެ. މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (10)
![]()
...
ލިޔުނީ it's me, 2009-06-12 03:52:48
mee hama haqeeqatheh tha ?? haadha ehen kahala gothakah dhimaa vefa oy kamekey..meege ithuru thafseeleh dheven otheehyaa dhehvun edhen..mee varah kiyaalaa hih vi shauquveri vaahaka eh ..
...
ލިޔުނީ kidy, 2009-07-25 13:09:21
miee vvvv reethi vaahkaeh vv hama reethy ekam hageegatheybaavey hithay araa????vv kiyaahiy vaakahala vaahakeh konme akas
...
ލިޔުނީ ކިޔުންތެރިއެއް, 2009-11-17 07:29:28
މިއީ ވަރަށް ވަރަށް ވެސް ކިޔާލަން ރީތި ވާހަކައެއް" މި ވާހަކައިގެ އިތުރު ތަފްޞީލް ދެވެން އޮތިއްޔާ ދެއްވުން އެދެން "
...
ލިޔުނީ ޅޮހީ އަބްދުއްރަހީމް, 2009-11-21 05:50:34
ވަރަށް ބޮޑަށް ޝުކުރުވެރިވަން. ތިވާހަކައަކީ އަޅުގަނޑަށް ވެބްސައިޓަކުން ފެނުނު ހާދިޝާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެއް. ވާހަކައިގައި ހުރި މިންވަރަށްވުރެ ބޮޑު ތަފުސީލެއް އެ ސައިޓުގައި ނެތްވާހަކަ ހިތާމަޔާއެކު ދަންނަވަން. ހުރިހާ ކިޔުންތެރިންނަށް ވެސް ސުކުރިއްޔާ
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|