މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| އެމީހާގެކުށް އެމީހަކަށް ނުފެންނާނެއެވެ! |
|
|
| ދިވެހި - ވާހަކަ | |||
| 21 ޖޫން 2009، 00:29 އާދީއްތަ | |||
|
މުޚްތާރު އަބްދުއްރަޙްމާން ނޫރާނީގެ ށ.މިލަންދޫ ޖަންގައްޔެއްގައި ގަދަފަދަ ޝިކާރަވެރި ސިންގާއެއް އުޅުނެވެ. އެއްދުވަހަކު އެސިންގާ ރޮއި ހޭރޭއަޑު އިވިއްޖެއެވެ. އެޖަންގަލީގައި އުޅޭ ވަލުކުއްތާއަކަށް އެއަޑު އިވިގެން ސިންގާ ގާތަށްގޮސް ބުނެފިއެވެ. ކަނބުލޭގެ ތިޔަވަރަށް ހަޅޭލަވައި އަޑުގަދަކުރަނީ އަނެއްކާ އަލަށް ކޮންކަމެއް ޖެނުނީތޯއެވެ. ސިންގާ: މަނުރޮއި ކުރާނީ ކީއްތޯއެވެ؟ އަހަރެންގެ ކުޑަ ދެސިންގާ މިހޮހޮޅައިގައި ބައިތިއްބާފައި އަހަރެން ދިޔައީ އެ ކުދިންނަށް ދޭނެ ކާއެއްޗެއް ހޯދުމަށް ޝިކާރައެއް އަތުވޭތޯ އެވެ. ޝިކާރައެއް އަތުލައިގެން އައިއިރު ، މިހެންދިޔަ ޝިކާރަވެރިއަކު މަގޭ ލޯބި ދެދަރިން މަރައިލައި މަސްގަނޑު އެއްލާލާފައި ހަންގަނޑު ހިފައިގެން ހިނގައްޖެއެވެ. ވަލުކުއްތާ: ކަނބުލޭގެ ކިޔާއެއްޗެއް ކަނބުލޭގެއަށް އެބަ އެނގޭތަ؟ އެހެން މީހުންނާމެދު ކަނބުލޭގެ ކަންތައް ނުކުރާ ގޮތަކަށް ކަނބުލޭގެއާމެދު އެހެންމީހުން ކަންތައްކޮށްފާ އެބަވޭތަ؟ ސިންގާ: ވަލުކުއްތާ ތިޔަ ކީ އެއްޗެއް އަހަރެންނަކަށް އޮޅުމެއް ނުފިލިއެވެ. އޮޅުން ފިލާގޮތަށް ރަނގަޅަށް ކިޔައިދޭށެވެ. ވަލުކުއްތާ: މިހާރު ކަނބުލޭގެ އުމުރުން ކިތައް އަހަރު ވެއްޖެތަ؟ ސިންގާ: އަހަރެންގެ ޢުމުރުން 100 އަހަރު ވެއްޖެއެވެ. ވަލުކުއްތާ: ކަނބުލޭގެ ޢުމުރުން 100 އަހަރުވީއިރު ކަނބުލޭގެ ކައިއުޅުނީ ކޮންއެއްޗެއްތޯ އެވެ؟ ސިންގާ: ކައި އުޅުނީ ޖަނަވާރުގެ މަހެވެ. ވަލުކުއްތާ: ކަލެއަށް އެޖަނަވާރުތައް ދިނީކާކުހޭ ؟ ސިންގާ: މީހަކު ނުދެއެވެ. ޖަންގަލީތެރެއިން ހިފައިގެން ކަނީއެވެ. ވަލުކުއްތާ: ކަނބުލޭގެ ހިފައިގެންކާ ޖަނަވާރުތަކުގެ މަންމަ ، ބައްޕަ ، ބޭބެ ، ކޮއްކޮ ތިބޭނެތަ؟ ސިންގާ: އާނއެކެވެ. ތިބޭނެއެވެ. ވަލުކުއްތާ: އެޖަނަވާރުތަކުގެ މަންމައިންނާއި ބައްޕައިން ކަލޭ ރަހުމެއްނެތް އަނިޔާވެރިކަމުގެ ޙަމަލާތަކުން ލިބޭބިރުވެރިކަމާއި ރޯނޭރުއިން އޭރުކަލެއަކަށް ނޭގުނެވެ. ކޮންމެ އަނިޔާވެރިޔަކުވެސް ތިމާ އަނެކުންނަށް އަނިޔާކުރަމުން އަނިޔާވެރި ބަސްތަކުން ދުނިޔެ ފަސާދަކުރަމުން ދާއިރު ތިމާދެކެނީ ފަޚްރުވެރި ކަމެއްކަމުގަ އެވެ. އެކަމަކު ތިމާ އަނެކުންނަށް ކުރަމުންދާކަހަލަ އަނިޔާއެއް ތިމާއަށް ކިތަންމެ ކުޑަމިންވަރަކަށްވެސް ފޯރައިފިނަމަ އެކަން ދެކެނީ ޢަފޫ ކުރެވެންނެތް ކުށެއް ކަމުގައެވެ. ކަނބުލޭގެ 100 އަހަރު ވާނދެން ޝިކާރަކުރި ޖަނަވާރުތަކުގެ ސަބަބުން އެތައް ޢާއިލާއެއް ރޫޅި ނެތިފަނާވެ ދާނެކަމާއި ، އެތަކެތި ކުރާނެ ހިތާމަ ހިތަށްވެސް ނޭރިއެވެ. އެކަމަކު ކަނބުލޭގެ އެހެން ޖަނަވާރުތަކަށް ކުރި އަނިޔާގެ ނިސްބަތުން ، އެހެންމީހަކު ކުރި ކުޑަކުޑަ ކަމަކުން މިއަދު ކަނބުލޭގެ މިޖަންގަލި ފަޅިފަޅިވާވަރު ކޮށްފިއެވެ. އިންގޮނޑީގާ ޙުކްމުގެ ދުވަހު މިބަސް ބުނެވޭނޭ * އިންކުރާ ކާރު ކަތުންނަށް ރަޙްމެއް ނުވެވޭނޭ އިއްވި ޙުކުމެއް ދަށުވާ ދުވަހު ތިމާފަދަވާނޭ * އިންތަނަށް ޙާއްޖަތްދެވި ހާދަބިރެއް ގަންނާނޭ
|
| ހަމަ މި ގަލަމުން |
|---|