ފަންވަތް ދިވެހި ވާހަކަ ދިރިއުޅުން
ބެލި ޢަދަދު: 1303
 ބަރަކާތްތެރި ފިޠުރު ޢީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ފަންވަތުގެ އެންމެހާ ކިޔުންތެރިންނާއި ލިޔުން ތެރިންނަށް އަރިސްކުރަން...


"ހެލްޕް ޕާކިސްތާން" ފަންޑަށް އެސްއެމްއެސް މެދުވެރިކޮށް ފައިސާ ހަދިޔާ ކުރަށްވާ:

ވަތަނިއްޔާ ޕްރީޕެއިޑް ކަސްޓަމަރުން
5   ރުފިޔާ ހަދިޔާ ކުރެއްވުމަށް 4511 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
10  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4512 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
50  ރުފިޔާ ހަދިޔާ ކުރެއްވުމަށް 4513 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.
100 ރުފިޔާ ހަދިޔާ ކުރެއްވުމަށް 4514 އަށް ހުސެސްއެމްއެސް އެއް ފޮނުއްވާ.

ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން
HP  ޖައްސަވާފައި ހަދިޔާކުރަށްވަން ބޭނުންފުޅުވާ ފައިސާގެ ޢަދަދު (5، 20، 50، ނުވަތަ 100) ޖައްސަވާފައި 355 އަށް ފޮނުއްވާ.

BANK ACCOUNT DETAILS
PRIME MINISTER’S FLOOD RELIEF FUND 2010
HABIB BANK LTD., MALE’
ACCOUNT NO.: 2343‐56

ދިރިއުޅުން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
29 ޖޫން 2009، 00:15 ހޯމަ

ޙުސައިން ނިޒާމް، އެވަރބުލޫގެ / ލ.މާވަށް

އެދުވަހު ޙަމީދަކީ ރަންގަނޑެކޭ ހީނުކުރެވުނުނަމަ މިއަދު މާރަނގަޅުވާނެޔޭ އަހަރެންގެ ހިތަށްއަރައެވެ. އުމުރުން އެންމެ ނަވާރަ އަހަރުގައި ޙަމީދާ ކައިވެނިކުރީ ދުނިޔޭގެ އުފަލަކީ ހުރިހާ އުފަލެއްކަމުގައި  އިޙުސާސްކުރެވިގެންނެވެ. އެކުވެރިންގެ ނަސޭހަތްތަކުގައި ކޮޅުފައިން ޖަހާފައެވެ. އުމުރުން އެންމެ ސާދައަހަރުގައި ލޯބީގެ ގޮތުން ގުޅުނު ޒާހިރާއި ރުޅިހަދާލީ ޒާހިރަށް އެހެންމީހުންގެ އެހީ އެންމެ ބޭނުންވި ވަގުތުގައެވެ. ޒާހިރު ޝައްކުކުރާކަމަށް ބުނަމުންނެވެ. އެއްކިޑުނީގައި މަސައްކަތްކުރާ ޖިސްމަކަށް ވާތީއެވެ. ޒާހިރުގެ އެއްވެސް މުސްތަޤުބަލެއް ނެތްކަމަށްދެކިގެންނެވެ. ދައްތަގެ އެންމެ ގާތް އެކުވެރިޔަކީ ޒާހިރުކަން އެނގޭ ޙާލުގައެވެ.  އެކަމަކު މިހާރު އަހަރެންގެ  އޮތީ ކޮން މުސްތަޤުބަލެއްހެއްޔެވެ؟

ކައިވެނިކުރި އިރު ޙަމީދު އަދާކުމުންދިޔަ ވަޒީފާއިންވެސް ވަކިވެއްޖެއެވެ. މާލޭގައި ދިރިއުޅުން ދެމީހުންނަށްވެސް ކަމުނުދާތީއެވެ. ބޭންކުގައި ފުދޭވަރަށް ފައިސާ ވެސް ހުރީމައެވެ. އެކުވެރިންގެ ނަސޭހަތްތަކާވެސް ޚިލާފަށެވެ. ބައިވެރިވެގެން އުޅޭ ކޯހުން ފާސްވެ ރަށުން ޓީޗަރެއްގެ މަޤާމު ލިބޭނެކަމުގެ ފޮނި އުއްމީދުގައެވެ. ނަމަވެސް ޙަމީދު ފާހެއްނުވިއެވެ. އެކަމާ ޙަމީދުވެސް ވަރަށް ދެރަވިއެވެ. ނަމަވެސް އޭނާގެ އެކުވެރިންގެ ގާތުގައި މޭފުއްޕާލަނީ އޭނާއަކީ "ޒާލިމް" ކަމަށް ދެކިގެންނެވެ.

މިހިތާމައާއެކު ދެމީހުންވެސް ރަށަށް ބަދަލުވީ ފޮނި ދިރިއުޅުމެއްގެ އުއްމީދުގައެވެ. ޓިޔުޝަން ކުލާހެއް ހަދައިގެން އަހަރެންގެ މައިންބަފައިންގާތުގައި އުފާވެރިކަމުގެ ހަޔާތެއް ފަށަން ނިންމައިގެންނެވެ. ހަމީދު ކުރީގައި ބިނާކޮށްދޭންބުނި ގަނޑުވަރު މަތިން ހަނދާންނައްތާލައިގެންނެވެ. ނަމަވެސް ދިރިއުޅުމެއްގެ އިޙުސާސެއް އަހަންނަކަށް އަދިވެސް ނުލިބެއެވެ.

ޙަމީދަށް ހޭލެވުނަސް ތެދުވެވެނީ މެންދުރު ބާރައިގެ ފަހުންނެވެ. އަހަންނަށްވެސް ކޮޓަރިން ނުކުމެވޭނީ ހަމަ އެގަޑީގައެވެ. މަންމަ ހޭލަމޭލައަށް ގޭތެރޭގެ މަސައްކަތްތަކުގައި ހޭބޯނާރާ އުޅޭ އިރު އަހަރެން، ކަންނެތްކަމަށް ހެދިގެން ޖެހެނީ އޮންނާށެވެ. މިއީ ދުވަހަކުވެސް އަހަރެން އުޅުނުގޮތެއް ނޫނެވެ. އެންމެ ފަހުން ސިއްރު މައްސަލަތައް އާއިލާގައި ޖެހެން ފަށައިފިއެވެ. ކުރާނީ ކީއްހެއްޔެވެ. އެއީ އަހަރެންގެ ފިރިމީހާއެވެ.

ކައިވެންޏަށް ހަތަރުމަސް ވީއިރުވެސް ދިރިއުޅުމަށްޓަކައި ޙަމީދުގެ އަތުގެ އިނގިލިކުރިވެސް ހަލުވައެއްނުލައެވެ. ބޭންކުގައި ޖަމާވެފައި ހުރި ފައިސާވެސް އެކި ބޭނުމަށް ނަގަނަގާ ހުސްވަނީއެވެ. ނަމަވެސް ޙަމީދުގެ ވިސްނުމަކަށް އުޅުމަކަށް ބަދަލެއް ނާދެއެވެ. އަހަރެންގެ އާދޭސްތައް ކިތަންމެވަރަކަށް ވެސް އޭނާ އަހައެވެ. ނަމަވެސް އަމަލީ ސިފައެއް ނުފެނެއެވެ.

ކައިވެންޏަށް ހަމަސްވީއިރު އާއިލާއަށް އިތުރު މެންބަރަކު އިތުރުވުމުގެ ސިގުނަލްވެސް ލިބިއްޖެއެވެ. އަހަރެން ޙަމީދުގެ ކިބައިން އާދޭސްކުރުން އިތުރުކުރީމެވެ. ބަނޑުގައި އޮތް ދެމީހުންގެ ދަރިފުޅަށްޓަކައެވެ. މައިންބަފައިން ދިނީމާ ކާލައިގެން އުޅުން ހުތުރުކަމަކަށް ވާތީއެވެ. ދިރިއުޅުމުގެ އިޙުސާސްތައް ފުރިހަމައަށް އިހުސާސްކޮށްލުމަށްޓަކައެވެ. އުފާވެރި ފޮނި މުސްތަޤުބަލަކަށްޓަކައެވެ.

ޙަމީދު ނިންމީ އަހަރެން މާލެ ބަދަލުކުރުމަށެވެ. އެއްބަނޑުއެއްބަފާ ދައްތަގެ ގާތަށެވެ. އަދި ޙަމީދު ރިސޯޓަކަށް ދިޔުމަށެވެ. އަހަރެންވެސް އެގޮތާއި އެއްބަސްވީ ޙަމީދު ދިރިއުޅުމަށް މަސައްކަތެއް ކުރަން ޚިޔާލުކުރީތީއެވެ. ދިރިއުޅުމާއި މެދު ވިސްނަންފެށިކަމުގެ ވިންދެއް މިހިތުގައި ޖަހަންފެށީތީއެވެ. އާއިލާއާ މެދު ވިސްނާކަމުގެ އުފާކުރެވޭތީއެވެ.

ދެމީހުންއެކީގައި މާލެ އައުމަށްފަހު ޙަމީދު ދިޔައީ ރިސޯޓަށެވެ. އަހަރެން އިނީ ދައްތަމެން ކުއްޔަށްހިފައިގެން އުޅޭ އެޕާޓުމެންޓުގައެވެ. ރިސޯޓަށް ދިޔަތާ ކުރީކޮޅު ވަރަށް ގިނައިން ގުޅައެވެ. މަހުން މަހަށް ފައިސާ ވެސް ފޮނުވައެވެ. މަހަކު ދެތިން ހަތަރު ފަހަރު މާލެވެސް އާދެއެވެ. ނަމަވެސް އެކަންތަށް ދެމި އޮތީ ހަތަރު މަހެއްހައި ދުވަހުއެވެ. ޙަމީދު މުޅިން ބަދަލުވެއްޖެއެވެ.

ބަނޑަށް ނުވަމަސް ވީއިރު ހަމީދުގެ އެއްވެސް ޚަބަރެއް ނުވާތާ މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ. ދަރިފުޅު ވެސް ޖެހުނީ ފަޅާލާފައި ނަގާށެވެ. އެ ދަރިފުޅުގެ ފުރަތަމަ ރޯލުމުގެ އަޑުވެސް އަހަންނަކަށް ނީވުނެވެ. ހޭވެރިކަންވީ އިރު ދަރިފުޅު އެދަރިފުޅަށް ޚާއްޞަ މަކާނުގައި ވަޑުވާފައި އޮތެވެ. ދައްތައާއި ޒާހިރު ކައިރީގައި ތިއްބެވެ. އަހަންނަށް ލިބުނީ ކުއްލި ޝޮކެކެވެ. ޒާހިރު އެހާގާތުން ފެނުނީމައެވެ. ބޭ އިޚުތިޔާރުގައި ޒާހިރުގެ ކިބައިން މާފަށް އެދި ރޮއިގަނެވުނެވެ. ޒާހިރު އިންގޮނޑިންތެދުވެގެން އަހަންނަށް ފުރަގަސްދީފައި ބޭރަށް ނިކުމެގެން ދިޔައީ އަހަންނާ ދިމާއަށް ބަލާވެސް ނުލައެވެ.

(ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 87 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 366
އާދަމް ނަޞީރު އިބްރާހީމް: 142
އެޑްމިނިސްޓްރޭޓަރ: 109
ޢަބްދުﷲ ފާރޫޤު ޙަސަން: 52
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 45
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
މުޙަންމަދު ޝާހިދު ޙަލީމް: 22
ޙުސައިން ޝާކިރު: 22
ޙުސައިން ޞަލާޙުއްދީން: 22
އިބްރާހީމް ނަޢީމު : 19
މުޙަންމަދު ވަޙީދު - މަޑުލު : 19
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 18
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1444038

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 1303