ފަންވަތް ދިވެހި ވާހަކަ ހިތްކިޔާ ކަހަލަ ގޮތެއް ހުރޭ )1(
ބެލި ޢަދަދު: 3852
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ހިތްކިޔާ ކަހަލަ ގޮތެއް ހުރޭ )1( ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 17
ދެރަވަރަށްމޮޅު 
ދިވެހި - ވާހަކަ
07 އޮގަސްޓް 2009، 03:26 ހުކުރު


ޙުސައިން އަސްލަމު


މަރިޔަމް ގޭތެރޭގައި ވަރަށް އަވަދިނެތި އުޅެމުން ދިޔައެވެ. ގޭތެރެ ފޮޅައި ސާފުކުރުމުގައެވެ. މަރިޔަމްގެ ފިރިމީހާ ވަލީދު ގޮޑިއެއްމައްޗަށް އަރައިގެން ފަންކާ ސާފުކުރަންހުއްޓެވެ. މަރިޔަމް އުޅޭ ގޮތުން ވަލީދު ހުންނަނީ ހެވިފައެވެ.

އެދެމަފިރިން އުޅެމުންދިޔަ ގޮތުން ހީވަނީ މީހަކު އެގެއަށް ޒިޔާރަތް ކުރަން އުޅެނީ ހެންނެވެ. ދެމަފިރިންވެސް ވަރަށް އަވަދިނެތި ގޭތެރެ ސާފުކުރުމުގައި އުޅެމުން ދިޔައެވެ.


"މަންދީ.. އެކަމަކުދޯ. ފަޔަށް ހިނި އަރަނީތަ؟ ހީވަނީ ދެފައިގައި އެއްޗެއް ތާށިވެގެން އުޅޭހެން. މައިތިރިވެގެންވެސް ތިކަންތަ ކުރެވިދާނެޔޭ.." ސިޓިންރޫމުގައި ހުރި ކަބަޑު ފޮހެން ހުރެފައި ވަލީދާއި ދިމާއަށް މަރިޔަމް ބުންޏެވެ.

"ކަމެއް ކުރެވެންނާއި މިހާރު ތިކަންވެސް ކޮށް ނިމޭއިރުވެއްޖައިސް. އަހަރެން ފާހަނާކޮށްލައިގެން އައިސް ތިހިރަ ކަބަޑު ސާފުކޮށް ނިނަމާލާފައި އައިސް މި ކަބަޑު ސާފުކޮށް ނިމުނުއިރުވެސް ކަލޭ ތިހުރީ ތި ފަންކާގަޑުގައި ފިރުމާލަ ފިރުމާލާ. ތީ ރީތި އަންހެންކުއްޖަކީތަ؟ ތިއަށްވުރެ ރަނގަޅުވާނެ މަގޭ އަތުގައި ބޮސްދޭން އޮތަސް.." މަރިޔަމް މަލާމާތުގެ ރާގަކަށް ވަލީދާއި ވާހަކަ ދެއްކިއެވެ.

"އައްދޭ. ތިއީ މުސްކުޅިއެއްނު. ޒުވާންކުއްޖެއް ނަމަ ރަނގަޅު ތިއަތުގައި ބޮސްދޭން." ވަލީދު ހިނިގަޑެއް ޖަހާލާފައި މަރިޔަމާއި ދިމާއަށް ފަންކާ ފޮހެން ގެންގުޅުނު ފޮތިގަނޑު އެއްލިއެވެ.

"މިހާރު މިނިމުނީ. މަންދި ތިހެން ހުއްޓާ އަހަރެން އަދި އެއްކަމެއް ކުރާނަން.." ވަލީދު ގޮޑިން ފައިބަމުން ވާހަކަ ދެއްކިއެވެ. އެވަގުތު ކޮޓަރީގެ ދޮރުހޅުވާލާފައި ނިކުތީ އެމީހުންގެ ހަގު ދަރިފުޅު ފަލަކެވެ.

"މަންމާ. ކޮޓަރި ސާފުކޮށް ނިމުނީ. އަދި ފާޚާނާއަށް ބޮތްކެއް ބޭނުންވާނެ. އެތަނުގައި ހަރުކޮށްފައި ހުރި ބޮކި ހުރީ އަނދާފައި." ފަލަކު ހެމުން ހެމުން އައިސް ވާހަކަ ދެއްކިއެވެ.

"ބައްޕަ މިރޭ އެކަން ކޮށްލާނަން. ދަރިފުޅު ދޭ ފެންވަރާލަން. މިހާރު އިރުއޮއްސެންވަނީ. މިރޭ ދޮންބެ އަންނަ ތަނަށް އެއަރޕޯޓަށް ދާންވާނެ.." ވަލީދު އެތަނުގައިހުރި ގޮނޑިއެއްގައި އިށީނނަމުން ބުންޏެވެ.

ވަލީދު އެހެން ބުނުމުން ފަލަކު ޖެހިގެން ހުރިކޮޓަރިއަށްގޮސް ވަނެވެ. މަރިޔަމް ކަބަޑު ސާފުކޮށް ނިންމާލުމަށްފަހު ބުންޏެވެ.

"ވަލީދު. ވަރުބަލިވެއްޖެދޯ. ފިނި ބުއިމެއް ގެނެސްދޭންތަ؟" މަރިޔަމްއެހެން ބުނުމުން ވަލީދު ބޯޖަހައިލިއެވެ.  މަރިޔމް  ކާކޮޓަރިއާއި ދިމާއަށް  ހިނގައިގަތީ ވަލީދަށް، ފިނި ބޯ އެއްޗެއް ބަލައިދިއުމަށެވެ.

"ބައްޕާ އަދިވެސް އިންނެވީތޯ؟ ދޮންބެ ބަލައިދުރުވަނީ ކޮން އިރަކުންތޯ؟" ފަލަކު ފެންވަރައި ނިމިގެން ކޮޓަރިން ނުކުމެގެން ވަލީދާ ވަރަށް އޯގާތެރިކޮށް ވާހަކަ ދެއްކިއެވެ.

"ނޫން ދަރިފުޅާ. ވަރުބަލިވެފައި ހުރި ވަރުން އިނދެވުނީ. ދެން އިރުކޮޅަކުން މިދަނީ ފެންވަރާލަން. ދަރިފުޅުވެސް ދެން ދޭ އެއްޗެއް ބޯލަން. މަންމަ ވެއްޖެ އެފަރާތު.." ވަލީދު އެހެން ބުނުމުން ފަލަކު ކާކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ގޭދޮރުމަތީގައި ވަލީދާ ފަލަކު މަރިޔަމް ނައިސްގެން ލަސްވެފައި ތިއްބެވެ. ފަލަކު އޭނަގެ އަތުގައި އަޅާފައި އޮތް ގަޑިއަށް ބަލައިލިއެވެ. ހީވަނީ އެއަރޕޯޓަށް ދާން ލަސްވަނީ ހެންނެވެ.

"ބައްޕާ. މަންމަހާދަ ލަސްވެއްޖެޔޭ. އަޅުގަނޑު އަންނާނަން މަންމަ ކޮބައިތޯ ބަލާލާފައި. މަޑުކޮށްލައްވައްޗޭ.." ފަލަކު އޭނަގެ ބައްޕައާއި ވާހަކަދައްކާ ގޮތަށް މާތް ކޮށްވާހަކަ ދެއްކިއެވެ.

"މަންމައަކީ ވަރެއްގެ މީހެއް. މުސްކުޅި ވީމަވެސް އުނގުޅާނެ އެއްޗެހި މަދުވަނީހެން. އެހަށް ދާންވީ މަންމަ ރީތިވާނެ އެތިކޮޅެއް ގަންނަން.." ވަލީދު މަރިޔަމަށް މަލާމާތްކޮށްލިއެވެ.

"ދަރިފުޅުވެސް އާދޭ. މަންމައާއި ދިމާކޮށްލަންދާން. އޭރުން އަވަސްކުރާނީ. އެހެން ނޫނީ ހުރެދާނެ ލޯގަނޑުކުރިމަތީގައި ފުނާއަޅާލަ އަޅާލަ.." ވަލީދު އެހެން ބުނުމުން ފަލަކު ހިނިގަނޑެއް ޖަހައިލިއެވެ.

"ބައްޕާ. އެކަމަކު މިހާރު ފުލައިޓް ޖައްސާނެ. ނޭނގެ މިހާރު ދޮންބެ ނާންނާނެ ކަމެއްވެސް.." ފަލަކު ގޭ ދޮރާށި ހުޅުވާލަމުން ބުންޏެވެ.

"ދެން ކީއްކުރާނީ. ޅަ ކިރުދޫންޏަކާއި އިނދެގެން ބައްޕަ މިއުޅެނީ. ހިނގާބަލަ މަންމަ ކުރާކަމެއް ބަލާލަންދާން.." ވަލީދު އެހެން ބުނުމުން ފަލަކު ގޭތެރެއަށް ވަނެވެ. ފަލަކުގެ ފަހަތުން ވަލީދުވސް ގޭތެރެއަށް ވަނެވެ.

ގެއަށްވަދެ ދެމައިންވެގެން ގޮސް މަރިޔަމް އުޅޭކޮޓަރީގެ ދޮރު މަޑުމަޑުން ހުޅުވައިލިއެވެ. އެވަގުތު ފަލަކު ހެމުން ހެމުން ފަހަތަށް ޖެހުނެވެ. ވަލީދު ބޯ ހޫރާލާފައި މަރިޔަމަށް ބަލަންހުއްޓެވެ.

މަރިޔަމް ލަވަޖަހާލައިގެން ލޯގަނޑުކުރިމަތީގައި ނަށާލަ ނަށާލާ ހުއްޓެވެ. ތުންފަތުގައި ލިޕްސްޓިކްޖައްސާލުމަށްފަހު ތުންފަތްވެސް ރީތި ކުރަމުން ދިޔައެވެ. ވަލީދު ކޮޓަރިއަށް ވަންކަމެއްވެސް މަރިޔަމަކަސް ނޭނގުނެވެ. ކޮޓަރިއަށް ވަނުމަށްފަހު ލަވަ ނިއްވާލިއެވެ. މަރިޔަމް ސިހިފައި އެދިމާއަށް ބަލައިލިއެވެ.

"ވަލީދޫ. ތިކުރީއްކީއްތަ؟ ޝަކީރާގެ އެ ލަވަ ހާދަ ރީއްޗޭ. އަހަރެން ވަރަށް ޝަކީރާއަށް ވާންބޭނުން.." މަރިޔަމް ނުރުހިފައި ކަހަލަ ގޮތަކަށް ވާހަކަ ދެއްކިއެވެ.

"ޝަކީރާއޭ. ބަލަ މުސްކުޅިވެގެން އަނގައިގެ ދަތްކޮޅުވެރި ޕޮޕްސް ލައްވަނީ. އެކަމަކު ބުނެފިއެއްނު ޝަކީރާއަށްވާށޭ. ކަލޭ ތިއްތިވާކަށް ވަގުތެއް ނެތް. އެސޮރު ބަލާއެއަރޕޯޓަށް ދާގަޑިވެސް ޖެހިއްޖެ. ދެން ކީކޭ ބުނާނީ. މިވަރު ޅަ ކުއްޖެއް ދެން ލިބޭނެ.." ވަލީދު މަރިޔަމް އުޅޭގޮތުން އަބަދުވެސް ދިމާކުރެއެވެ.

"ތެދެކޭދޯ. ބަލަ އެސޮރަށްވެސް އަހަރެން ފެނުނީމާ މަންމަ އަދިވެސް ހާދަ މޮޑިއުލްލޭ ބުނާއަޑު އަހާލަންވެސް އަހަރެން ބޭނުމޭ.." މަރިޔަމް އިނގިރޭސި ތަންކޮޅެއްލައިގެން ވާހަކަ ދެއްކިއެވެ. އިނގިރޭސިން ވާހަކަ ދައްކަން ނޭނގުނަސް މަރިޔަމް ވާހަކަ ދައްކާއިރު އިނގިރޭސި ބަސް ބައެއްފަހަރު ބޭނުން ކޮށްލާނެއެވެ. ވަލީދު ހިނިގަނޑެއް ޖަހައިލިއެވެ.

"މަންމާ. މޮޑިއުލެއް ނޫން. މޮޑެލް.." ފަލަކު ހެމުން ހެމުން ކޮޓަރިއަށް ވަނެވެ.

"ދެން ހެވޭ. ހިނގާދާން.." މަރިޔަމް ރީތިވެ ނިންމާލުމަށްފަހު ކޮޓަރިން ނުކުތެވެ. ކޮޓަރިން ނުކުމެފައިވެސް ލައިގެން ހުރި ހެދުން ރީތިތޯ ބަލަންފެށިއެވެ.

"އެކަމަކު ދޯ. މިހާރު އަށްގަޑި ބައިވީ. ނޭނގެ މިހާރު އެސޮރު މާލެވެސް ނާންނަކަމެއް. މިވަރުގެ މީހެއް ގޮވައިގެން ތަނަކަށް ދެވޭތަ؟" ވަލީދު ވާހަކަ ދެއްކީ ހިތް ހަމަނުޖެހިގެން ހުރެއެވެ.

އެންމެންނަށް  ދޮރާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ދޮރުހުޅުވާލާފައި އެތެރެއަށް ވަނީ އެމީހުންގެ ދޮށީދަރިފުޅެވެ. މަރިޔަމް އެސޮރާއި ދިމާއަށް ވަރަށް ރީއްޗަށް ބަލަން ހުރެފައި ހިނިތުންވެލިއެވެ.

"މަންމާ.." އޭނަ މަންމައަށް ގޮވައިލުމަށްފަހު ފޮށި ހިފައިގެން އެތެރެއަށް ވަނެވެ. މަރިޔަމް ހެމުން ހެމުން އެސޮރާއި ދިމާއަށް ހިނގައިގަތެވެ.

"ދަރިފުޅާ ހާޝިމް. އަދި މަންމަމެން މިއުޅެނީ ދަރިފުޅު ބަލާދާންވެގެން. ވަރަށް ބޮޑަށް ސޯރީ.." މަރިޔަމް އައިސް ހާޝިމްގެ ގައިގައި އޮޅުލައިގަތެވެ.

ވަލީދާއި ފަލަކު އުފަލުން ހާޝިމު ގާތަށް އައިސް ހުއްޓުނެވެ. މަރިޔަމް ހާޝިމް އަތުގައި ހިފައިގެން އެތެރެއަށް ވަނެވެ.

"މަންމާ. ކޮން ސޯރީއެއް. ސޮރީ އޭ ބުނެބަލަ. އަދިވެސް މަންމަ ހާދަ ޔަންގޭ." ހާޝީމް މަރިޔަމްގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

"ދަރިފުޅާ. މަންމަ ރީތިކަމުން ބައްޕަ ވަރަށް ދިމާކުރޭ. އެކަމަކު މަންމަ އަށްވުރެ ރީތި މީހެއް ބައްޕައަށް ލިބޭނެހެން ހީވޭތަ؟ އަބަދުވެސް ކިޔާނީ މަންމައަކީ ބޮޑު މުސްކުޅިއެކޭ. މަންމައަށް އެނގޭ މަންމައަކީ މޮޑިއުލެއްކަން. ދަރިފުޅުވެސް އެކަން ގަބޫލުކުރަމެއްނުދޯ.." މަރިޔަމް ދެއްކި ވާހަކައިން ހާޝިމަށްވެސް ހެވުނެވެ. މަރިޔމް އަބަދުވެސް އޭނަގެ ރީތިވާހަކަ ދައްކަން އުޅެއެވެ.

"މަންމާ. މަންމަ ތިއީ ޝަކީރާއެއްނު ދޯ.." ހާޝިމް އެހެން ބުނުމުންމަރިޔަމް ތުއިގޮތަކަށް ހނިތުންވެލިއެވެ. ވަލީދު ހޭންފެށިއެވެ.

"ޔަގީނެއްނު..." މަރިޔަމް ބުންޏެވެ.

"މަންދީ. ދެން ފޮނި ނުދައްކާ ހިނގާ ހާޝިމަށް ކާއެއްޗެއްދޭން. އެސޮރު އެހުރީ ވަރަށް ވަރުބަލިވެފައި. ދަރިފުޅު ދޭ ފެންވަރާލަން. " ވަލީދު އެހެން ބުނުމުން ހާޝިމް ވަނީ ކޮޓަރިއަށެވެ. ފަލަކުވެސް ބަދިގެ ފަރާތަށް މަރިޔަމާއެކީގައި  ދިޔައެވެ.

މަރިޔަމް ކާން ހަދާފައި ސޯފާގައި ޒީޓީ ވީ ބަލަން އިނެވެ. ފަލަކުވެސް ޖެހިގެން ޑްރާމާ ބަލަން އިނެވެ. ވަލީދު ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީނެވެ.

"މަންދީ. އަދިވެސް ހާޝިމް ފެންވަރާއިގެން ނާންނަނީތަ؟" ވަލީދު އެއްޗެކޭ ކިޔާހެންވެސް މަރިޔަމަށް ހީވެސް ނުވާކަހަލައެވެ. ޑްރާމާއަށް ގެއްލިފައި އިނީއެވެ.

"މަންމާ. ސިންދޫރާ މިފަހަރު ސަލާމަތްވާނެހެން ހީވޭތަ؟" ފަލަކުވެސް ޑްރާމާ ބަލަން އިނދެފައި ބުންޏެވެ. ފަލަކު ދެއްކި ވާހަކަވެސް މަރިޔަމަކަށް ނީވުނެވެ. މަރިޔަމް އިނީ ޑްރާމާއަށް ގެއްލި ހުސްވެފައެވެ.

(ނުނިމޭ)
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (14)Add Comment
...
ލިޔުނީ އަޅުގަނޑު, 2009-08-06 22:55:06
އަޅުގަނޑުގެ ވިސްނުމުގައި ކޮށިކަމެއް ހުރީބާ؟ ނޫނީ މިވާހަހަކައިގަ މިވާ ގޮތް ނުވިސްނެނީތަ؟
ކޮބައިބާ މިވާހަކައިން މިބުނެދޭ މެސެޖަކީ. ވަރަށް ވިސްނިއްޖެ. އެކަމަކު ނޭނގުނު.
...
ލިޔުނީ ކުރުވާހަކަ , 2009-08-06 23:14:24
ކުރުވާހަކަޔާ މެދު އެ ފަންނުގެ ޢިލްމުވެރިން ވިދާޅުވަނީ، ވާހަކައެއްގައި ނަމަ، ވާހަކައެއް އޮންނަންވާނެޔޭ. ހާދިސާއެއް އޮންނަންވާނެޔޭ. ކަމެއް ހިނގަންވާނެޔޭ..http://www.fanvai.info/dhivehi/thaulemm-tharubiyyath/739-2009-05-13-16-43-19.html މި ލިންކުން އިތުރު ތަފުޞީލު ހޯއްދެވުން އެދެން.

މި ލިޔުމުގައި ކުރުވާހަކައެއްގެ ސިފަތައް އޮތްކަމަކަށް ނުފެނޭ. ޑައިލޮގު ގިނަވެގެން ގޮސް އިސްރާފުކުރެވިފައިވޭ..
ކަރެކްޓަރ ބިލްޑު ކުރުން، ނުވަތަ ޝަޚުޞިއްޔަތު ބިނާ ކުރެވިފައެއް ނެތް.. މަރިޔަމްދީ ފެންނަނީ އެކި އިރު އެކި މީހުންގެ ގޮތުގައި.
ވާހަކައިގެ ފެށުމުން މައިގަނޑަށް ބަދަލުވެ ''ކިޔައިދިނުމުގެ ބައި'' އެއްގޮތަކަށް ވެސް ނުފެނޭ..
ވާހަކައިގެ ''ގޮށްމޮހާލާ ހިސާބު'' ފެންނާކަށް ނެތް.. ބޭރުގައި ކިޔަވަން ހުރި ކުށްޖަކު ކިޔަވައިގެން އެނބުރި ރަށަށް އައުމާއި، ގޭ މީހުންނަށް ނޭނގި އޭނާ ގެޔަށް ވަނުމާއި، ''ހިތްކިޔާ ކަހަލަ ގޮތެއް ހުރޭ'' މި ނަމާ އޮތް ގުޅުމަކީ ކޮބާ؟
މި ވާހަކައިން މެސެޖެއް ނުލިބުމާއި، މައްސަލަ ސާފު ނުވުން ގުޅިފައިވަނީ މި ފަދަ އެތައް ކަމަކާ... ކުރުކޮށް ދަންނަވާނަމަ، ދަންނަވާލަންޖެހެނީ މި ވާހަކަ އަކީ، ވާހަކަ ލިޔަން ދަސްކޮށްދޭ ކިލާހެއްގައި ފާޑު ކިޔަން ދަރިވަރުންނާ ހަވާލު ކުރަން ވަރަށް ކަމުދާ ވަރައްފައްކާ ވާހަކައެކޭ،،،
...
ލިޔުނީ ސްލީޕިންގ ބިއުޓީ, 2009-08-07 00:30:32
މިވާކަ ކިޔާލުމުން މިވާހަކަ ނިމިފައިވާކަމެއް އެނގޭކަށް ނެތެވެ. ފަންވަތާއި ސުވާލު ކޮއްލަންބޭނުންވަނީ މިވަނީ ނިމިފައިތޯއެވެ. އަދި ދަންނަވަމެވެ. މިފަދަ ވާހަކަ ގެނެސް ދެއްވާއި ނިމުނުނަމަ ނިމުނުކަން ނުވަތަ ނުނިމޭނަމަ ނުނިމޭ ކަމަށް ޖައްސަވާފައި އޮންނަ ނަމަ ކިޔުންތެރިންނަށް އެވާހަކައާއި މެދު އުފެދޭ ވަރަށްގިނަ ސުވާލުތަކަށް ޖަވާބުލިބޭނެވެ. ވާހަކަ އާއިމެދު ދަންނަވާލަންޖެހެނީ ވާހަކަ މިވަނީ މިހިސާބުން ނިމިފައިކަމަށްވާނަމަ މިއީ ވާހަކައެއް ނޫންކަމުގައެވެ. އޭރުން މިވާނީ މަޖާ ހާސަރަކަށެވެ. މިހެން މިދެންނެވީ މިވާހަކާގައި ވަރަަށް ހިނި އަންނަ ފާޑުގެ ޑައިލޮގްތަށް ވަރަށް ގިނައިން ހުރީމައެވެ،.
އެއާއިއެކު މިވާހަކާގައި ހުރި ބައެއް އިތުރު ކަންތަށްތަށް ފާހަގަ ކޮށްލާނަމެވެ. ވާހަކައިގައި އުޅޭ މަރިޔަނބުގެ އުމުރު އެނގެންނެތުން މިވާހަކައިގައި މަރިޔަނބުގެ އުމުރު ސާފުކޮން އެގެން އޮންނަން ޖެހެނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެ. ސަބަބަކީ މަރިޔަނބާއި ދިމާލަށް އެއްފަހަރު ޅަކުއްޖެކޭ އަނެއްފަހަރު މުސްކުޅިއެކޭ ބުނެފައޮތީމައެވެ. އަދި އިތުރު އެހެންކަމެއްވެސް ވަރަށްބޮޑަށް ފާހަގަ ކުރެވުނެވެ. ބައެއްތަންތާގައި ކަންކުރާމީހާ ނުވަތަ ވާހަދައްކާމީހާއާއި ރައްދުވާމީހާ އޮޅޭފަދަ ގޮތް އެބަހުއްޓެވެ. މިސާލަކަށް ""މަންދީ.. އެކަމަކުދޯ. ފަޔަށް ހިނި އަރަނީތަ؟ ހީވަނީ ދެފައިގައި އެއްޗެއް ތާށިވެގެން އުޅޭހެން. މައިތިރިވެގެންވެސް ތިކަންތަ ކުރެވިދާނެޔޭ.." ސިޓިންރޫމުގައި ހުރި ކަބަޑު ފޮހެން ހުރެފައި ވަލީދާއި ދިމާއަށް މަރިޔަމް ބުންޏެވެ.]'' މިއޮތީ ރައްދުވާފަރާތް އޮޅިފައެވެ. ވާހަކައެއް ލިޔުއްވާއިރު މިއީ ވަރަށް ސަމާލުކަން ދޭންޖެހޭކަމެކެވެ. ހާއްސަކޮން ޑައިލޮގް ތަކުގައި އެކަމަށް ހާސަ ސަމާލިކަމެއް ދޭންޖެހޭނެ އެވެ. ލިޔެ ނިންމާލުމަށްފަހު ކުރީބަޔާއި ގުޅުވާލުމުން އެކަން އެހެން ފަރާތަކަށް ރައްދުވޭތޯ ބަލަންވާނެއެވެ. އަދި މުޅިއެކު ލިޔެ ނިންމާލުމަށްފަހު ތަންކޮޅެއްފަހުން ރަނގަޅަށް ވިސްނައިގެން މަދުވެގެން އެއްފަހަރު ކިޔާލުމަށް ހާއްސަމާލުކަމެއް ދެއްވާނަމަ މިފަދަ ކުއްތަކުން ސަލާމަތް ވުމުގެ އިތުރުން ވާހަކައިގެ އެމުނި އެކުލެވުންވެސް ރަނގަޅުކުރެވޭނެއެވެ.
...
ލިޔުނީ އަރުޝަދު, 2009-08-07 01:42:22
ހާދަ ވަގުތެކޭ ބޭކާރު މިވީ.
...
ލިޔުނީ ދަސްކުރާ, 2009-08-07 03:47:59
ވަލީދާއި ދިމާއަށް މަރިޔަމް ބުންޏެވެ.
ލިޔުމުގެ ރަންގަޅުގޮތަކީ ވަލީދާއި ނުވަތަ ވަލީދުއާއިތަ؟
...
ލިޔުނީ Ha*san, 2009-08-07 11:40:07
މި ލިޔުން ވާހަކައަކަށް ނުވިތާ، މީގެ ސުރުޚީއާއި އެއްވެސް ގުޅުމެއް ލިޔުމުން ފެންނާކަށްނެތް. ފަންވަތުގެ ފެންވަރަށްވުރެ ދަށޭ ބުނެލަން ޖެހެނީ.
...
ލިޔުނީ އަޅުގަނޑު, 2009-08-07 12:02:50
ފަންވަތުގައި ޖަހާ ފެންވަރު ހުރި ވާހަކައެއްކަމަށް އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ.
މިކަހަލަ ތާކުންތާކު ނުޖެހޭ ލިޔުންތައް ފަންވަތުގެ ތެރެއަށް "ގަންނަވަމުން ދާނަމަ" ފަންވަތުގެ މަޤްބޫލުކަން ގެއްލިގެން ހިނގައިދާނެ.
ފަންވަތް ޓީމަށް ބުނެލަން އޮތީ ފަންވަތުގެ ކޮލިޓީ ހިފަހައްޓަން މަސައްކަތް ކުރައްވާށޭ. ނޫންނަމަ ފަންވަތްތައް ހިކި މުރަނަވެ ފަންވަތުގައިވާ ރީތި ފެހިކުލަ ގެއްލިގެން ހިނގައިދާނޭ.
...
ލިޔުނީ ފާތުން, 2009-08-07 13:03:18
ފަންވަތުގަ ޝާޢިއުކުރާ އެހެން ވާހަކަތަކަށްވުރެ ފެންވަރުދަށޭ ބުނެވޭނީ! އެއްވެސް ކަހަލަ މެސެޖެއް ނުލިބުނު ވާހަކަ ކިޔައި ނިމުނުއިރުވެސް! މިއަށްވުރެ ޢިބްރަތްތެރި، ރީތި ވާހަކައަކަށް އިންތިޒާރުކުރަން!
...
ލިޔުނީ އާދަމް ނަޞީރު އިބްރާހީމް, 2009-08-07 15:27:08
''ދަސްކުރާ'' ގެ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. ތިޔަ މައްސަލައިގައި ސުމުއްވުލްއަމީރު މުޙަންމަދު އަމީނު ދެކެވަޑައިގަންނަވާގޮތުގައި، ޚާއްޞަނަމެއް ނަމަ، އެ ނަމެއްގެ ފިއްޔަކަށް ބަދަލެއް ނާންނާނެ އެވެ. އެހެންކަމުން، އެ ވިސްނުންފުޅުގައި ރަނގަޅު ގޮތަކީ، ''ވަލީދުއާއި'' މި ގޮތަށެވެ.

އަލްއުސްތާޛު މުޙަންމަދު ޖަމީލު ދެކެވަޑައިގަންނަވާގޮތުގައި މި ގޮތް ރަނގަޅެއް ނޫނެވެ. ރަނގަޅު ގޮތަކީ، ޚާއްޞަނަމެއްކަމުގައި ވިޔަސް، އޭގެ ފިލި ބަދަލު ކުރުމެވެ. ''ވަލީދާއި'' މި ގޮތަށް ބޭނުން ކުރުމެވެ.

ދެ ފަރާތުން ދައްކަވައިފައިވާ ޙުއްޖަތްތަކަށް ބަލާއިރު، އަދި އަޅުގަނޑަށް މި މައްސަލައިގައި ބެލިފައިވާ ބެލުންތަކަށް ބުރަވާއިރު، އަޅުގަނޑަށް ރަނގަޅު ގޮތެއްކަމަށް ފެންނަނީ، ''ވަލީދާއި'' މި ގޮތެވެ.
...
ލިޔުނީ ابن محمد على , 2009-08-08 16:48:44
ކޮމެންޓް ލިޔުއްވި އަޅުގަނޑަށް
ވެދުން ސަލާމް،
ޙަޤީޤަތަކީ، މިފަދަ ލިޔުންތައްވެސް ޝާޢިއުކުރުމަކީ ދިވެހި އަދަބިއްޔާތަށް ލިބިގެން ދާނެ ކުރިއެރުމެއްކަން ޤަބޫލުކުރުމެވެ. ސަބަބަކީ، ތިޔަފަދަ ޒިންމާދާރު ފާޑުކިޔުންތަކަކީ މިދާއިރާ ކުރިއަރުވަންތިއްބަވާ ބޭފުޅުންނަށް ދެއްވޭނެ ރަގަޅު ރިސާލަތަކަށް ވާނެކަމެވެ. ދެން ބައްލަވާށެވެ. ވާހަކަ ލިޔުއްވާ ފަރާތަށްވެސް ކިހާ ރަގަޅު ރިސާލަތެއްތޮއެވެ. ދެން އުއްމީދު ކުރަނީ ވާހަކަ ލިޔުއްވާ ބޭފުޅުން މިކަހަލަ ޒިންމާދާރު ފާޑު ކިޔުންތަކަށް ބައްލަވާނެކަމަށެވެ.
...
ލިޔުނީ އެޗް.ބީ, 2009-08-13 09:38:25
މީ ރީތި ވާހަކައެއް ނޫން! ދެން ވާހަކަ އެއް ލިޔާއިރު ވަރަށް ވިސްނާފަ ލިޔާތި.ކުންނު ވަރަށް ވަރަށް މުހިއްމު.
...
ލިޔުނީ M, 2009-08-30 15:51:58
ވާހަކަ އަކަށްވުރެ ވައްތަރީ ޑައިރީ އަކާ. ކުރުވާހަކަ ވިދާޅުވެފައިވާ ގޮތަށް ފާޑު ކިޔަން ވަރަށް ރަނގަޅު.
...
ލިޔުނީ ifasha, 2009-09-10 03:59:10
varah furihama ma*sala akee meege anehbai neteema varah ibrahteri
...
ލިޔުނީ asley, 2009-10-13 08:00:32
libifai huri comments thakunves mikamugai kuriah diuma ithuru hiyvareh libigen higahje. vaaahaka vidaalhuvi kama ttaka v boda kiyuntherinna shukuru dannavan.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 3852
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone