ފަންވަތް ދިވެހި ޅެންބަހުރުވަ
ބެލި ޢަދަދު: 1346
ވަޒަންބަހުރުވަ
މާޒީގެ ހަނދާން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
31 ޖެނުވަރީ 2012، 08:02 އަންގާރަ

އާމިނަތު ނާޒްނީ، ތ. ހިރިލަންދޫ

ދުވަސް މާޒީގެ ވާ އެހަނދާން އުޅުނު ލޯބީގެ ރަންވި ޒަމާން
                  ނުވަން ދެގޮތެއް ތިލޯބީގައި  ކުރިން  އުންމީދު  މިލްކެއްވުން
ފެނުނު ފުރަތަމަ އެ ނަޒަރުންވެސް މަގޭ ހިތް ކަތި ތިބާ ކޮށްލީ
                  ދިނުން ލޯބިން މަގޭ މުޅި ހިތް  ތިބާއަށް އަދު މި ނިންމައިލީ
 
މަންމާ ތިއީ ....... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
27 ޖެނުވަރީ 2012، 00:19 ހުކުރު


ޙަސަން ޒާހިރު (ޢަންދަލީބު)

ނުވަމަސްދުވަހު  ގަދަވޭނުގައި،  "ހަށިފާރަ" އަށް   ހުސްވެސްވެފައި
             ނުވަ އެއް ދުވަސް  އިތުރަށް  ބަލާ،  މަންމާ  ތިއީ  ކެތްތެރިއެކޭ

ވިހުމުން   އެވާ ގާތްކަން  ބޮޑޭ،   ކަންނެތްވުމެއްނެތް  ބެލުމުގައި
             ވިހުމުން   ލިބޭ     އުފަލާއެކީ،   ދެގޮތެއްނުވާނެ    މިސާލެކޭ
 
ޙަޤީޤަތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
22 ޖެނުވަރީ 2012، 07:33 އާދީއްތަ


ޙަސަން ޒާހިރު (ޢަންދަލީބު)

މަލެއް   ހަމަ  ފޮޅިލުމާއެކުގައި، މަލަށް  އާދޭ  އެތައް  މާބުރު
             މަލެއް  ވަސްނެތި  މިލައިދިއުމުން، މަލަށް ނާދޭ ހިލާ މާބުރު
ކަމެއް  އެދިގެން  އުޅޭއިރުގައި ،  ގޮވައި އެކުވެރިވެލައި  ހަދަޔޭ
             ނަމެއް ހަމަ ލިބި އުހަށް އެރުމުން،ފިތޭއިރުގައި ނުވެސް ދަނެޔޭ
ނާގާނަމަ  ޣައިބުވެވި   ހުރެގެން   ވަގެއްވޭ   ޚާދިމެއްކަމުގައި
             ނާގާ  ބިތުފަންގި ދުވަހުންނޭ،  ވަނީ  ޚާދިމު  ވަގެއްކަމުގައި
 
މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން!! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 26
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
15 ޖެނުވަރީ 2012، 02:29 އާދީއްތަ

އާދަމް ނަޞީރު އިބްރާހީމް (2012)

މި ޅެން ފުރަތަމަ ކިޔަންވާނީ މަގޭ މުނިމުނި ދަރީންގެ ދަރީން
      މޮޅިން  ހިތް ދަތިވެ ގިސްލާނީ މި ޖީލުގެ  ތިޔަ ދަރީންގެ  ދަރީން
           --------000---------000--------
     
ކުދިންނޭ   ކާފަމެން  ބޮޑުވީ  ގޮބޮޅިޔާ  ގިތި ފަޅޯ ކައިގެން
   ރޮދިން ރޮދިހިލި، ކިލާވެ ހަފުސްވެފައިވާ  ސޯޓުބުރި ލައިގެން
       މަދިރި، ތަންމަކުނު، ސެއްޅި ހަފާވަރުން، ރޭ ނިދި ނުނިދި ތިބެގެން
          މި ޅެން ފުރަތަމަ  ކިޔަންވާނީ  މަގޭ  މުނިމުނި  ދަރީންގެ ދަރީން
 
ކުރިމަގަށް އާދެ! ޤައުމަށް އަމާންކަން ދެމާ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
12 ޖެނުވަރީ 2012، 13:52 ބުރާސްފަތި


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު



އިޖްތިމާޢީ ކޮރަޕްޝަން ހިނގާފިލުވަމާ!
     އަދި ސިޔާސީ ކޮރަޕްޝަން އެކީ ފޮހެލަމާ!
          އަދި އިދާރީ ކޮރަޕްޝަން މުޅިން ނައްތަމާ!
                 މުޅި ފަސާދައިގެ ގޮތްތައް މުލުން ލުހެލަމާ!
                          ކުރިމަގަށް އާދެ! ޤައުމަށް  އަމާންކަން ދެމާ!
 
ހުރެބަލާށެވެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 17
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
01 ޖެނުވަރީ 2012، 11:38 އާދީއްތަ

އާދަމް ނަޞީރު އިބްރާހީމް (2012)


ހުރެ ބަލާށޭ ޙައްޤު މަގު  ނުދެކެންވެގެން ލޯ  މަރަމަރާ
      ފުރެދުމާ ފާފައިގެ ވިހަ ކަށިތައް  ޟަމީރަށް    ހަރަހަރާ

               ===000===000===000===
 
ކަމަކު ނުދާނެ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
10 ޑިސެމްބަރ 2011، 04:48 ހޮނިހިރު


އާދަމް ނަޞީރު އިބްރާހީމް (1997)

ކަމަކު ނުދާނެޔެ ވަޢުދާ ހުވާ އުވާލައިގެން
        ފެޅި ލޯބީގެ ނިރަށް  ފެން ނުދީ  މަރާލައިގެން،

ޒުވާން ދެ ހިތުގެ ޝުޢޫރާ  ޚިޔާލު  އެކުލެވިގެން،
        ރުވާލި ބާޣު ދުވާލުގެ  އަވިން    މިލާލައިގެން،

ދުލުން  ވެވުނު އިޤުރާރުގެ  ހިޔާލިބޭ  ގަސްތައް،
        މުލުން އެކީ، ލުހެލައި  އަތުކޮޅަށް އުކާލައިގެން،
 
ދަރީންނަށް މަގު އޮޅުން ގާތޭ......... ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
22 ނޮވެމްބަރ 2011، 23:10 އަންގާރަ
          

އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ



ދަރީންނަށް މަގު އޮޅުން ގާތޭ،  ޝަރީޢަތް ރަނގަޅު ނޭނގެންޏާ،
        ހަރިންމައިން، މައިންބަފައިން ދީނީ،  ބަރީއަވެ އެއްކިބާ ވަންޏާ،

މި ދޭހަށް އެންމެ   ފުރަތަމަލާ،     އަލަތު ނޭވާ  ލުމާއެކުގާ،
        ބެދޭ މަޅިއެއްކަމަށް ނުބަލައި،  ބިދޭސީ   އުނގަކު  ވަޑުވަންޏާ  

އެދުން ހިތުގާ ހިނގާ މޮޅަކަސް، ކުދީންނަށް ލާބަ އެދެވުނަކަސް،
        މަދުންނަމަވެސް ބުނާ ބަސް ބަސް،  ދޮގުން ގިރިޓީ ކުރައްވަންޏާ
 
ޖަލާލުއްދީނުގެ ޅެންވަޒަނުގައި އަރަބި ނުފޫޒު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
20 ނޮވެމްބަރ 2011، 18:34 އާދީއްތަ

ދިރާސީ ލިޔުން:


ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުގެ ޅެންވެރިކަމުގެ ވަޒަންތަކަށް، ޢަރަބި ޅެންވަޒަނުގެ ނުފޫޒު ފޯރައިފައި ވޭބާވަ އެވެ؟


އާދަމް ނަޞީރު އިބްރާހީމް (2011)

ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ޢަބްދުﷲ ފަހުމީދީދީ) ގެ ޅެންވެރިކަމުގެ ވަޒަންތަކުގައި ޢަރަބި ޅެންވެރިކަމުގެ ވަޒަންތައް އެބަހުއްޓެވެ. ބައެއް ވަޒަންތައް ހުރީ ޢަރަބި ވަޒަނާ މުޅިން އެއްގޮތަށެވެ. ބައެއް ވަޒަންތައް ހުރީ ކުދި ކުދި ބަދަލުތަކާ އެކީގައެވެ. ބައެއް ފަހަރަށް ވަޒަނުގެ ތައްގަނޑު އިތުރުވާ ގޮތުގައެވެ. އަދި ބައެއް ފަހަރަށް ތައްގަނޑު އުނިވެގެންވާ ގޮތުގައެވެ.
 
ހެއްލުމެއް ގައި ގެއްލުމެއް ނޫނީ ނެތް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
11 ނޮވެމްބަރ 2011، 19:36 ހުކުރު

މުޙަންމަދު ޝާހިދު ޙަލީމް

ފެންގަނޑެއް  ގައި  ދިރިއުޅޭ  އެބަ  މަސްތަކެއް
    ގެން ވެ އެކުވެރި  ނެތި  ދެކޮޅުވެރި ވުން ތަކެއް

ހަގު  ދޮށީންނާ   އެކުއެކީ  ގައި   ދިރި  އުޅޭ
    މަގުމަތީގައި   ހީނ  އުފާ  ކޮށް   ކުޅެ  އުޅޭ
 
ޙައްޖުގެ އަޅުކަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
08 ނޮވެމްބަރ 2011، 15:27 އަންގާރަ

އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

ފަރުޟު ކަންތައްތަކުގެ ތެރެއިން  ޙައްޖަކީ،  މާތް ފަރްޟެކޭ
    ހަރުދަނާ    އެއްބާރުލުން    ތަމްސީލުވާ   "ތަޞްވީރެކޭ"

ނިސްބަތުން ބުރަ އަޅުކަމެއް ކަމުގައިވިޔަސް ޙައްޖުގެ ފަރުޟު
    ވިސްނަވާށޭ ހުރި ސަވާބަށް،  ދަރުމަ ހުރި  މާތް  ފަރްޟެކޭ
 
ނުނިމޭ އިންތިޒާރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 5
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
14 އޮކްޓޫބަރ 2011، 12:29 ހުކުރު

މުޙަންމަދު ޝާހިދު ޙަލީމް

ކޮންމެ ދުވަހަކު  އިރުއަރައި  ދަންފަޅި އެ ހަމަކޮށް  އޮއްސެޔޭ
    ކޮންމެ ރެއަކުމެ  ދަންވުމަށް  ފަހު  ފަޖުރުލައި  ދޮންކޮށްލަޔޭ
        ކޮންމެ ފަތިހެއް  ނިމި އަލުން އާ  ދުވަހަކަށް  ފެށިގެން ދެޔޭ
            ކޮންމެ ރެއަކާ  ކޮންމެ ދުވަހެއް  އެނބުރެމުން މި ގޮތަށް ދެޔޭ
 
ހިތުގެ އުކައިލުމެއް! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 8
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
11 ސެޕްޓެމްބަރ 2011، 00:15 އާދީއްތަ

 އާދަމް ނަޞީރު އިބްރާހީމް

1 ރުޅިޔަކީ   މޮޅިޔާ   ހަލާކާ   ގެއްލުމުގެ   ޠޫފާނެކޭ
        މުޅި ޙަޔާތް  ބަރުބާދު  ކޮށްލާ  ހޫނުގަދަ   އަލިފާނެކޭ

2 ބާރުގަދައީ އަސްލުގައި ބާރެއް ނެތަސް  ވެސް ޖިސްމުގާ
        ބާރު ރުޅި   މަތަކޮށްލެވޭފަދަ  އާރުލާ    އިންސާނެކޭ
              ---------------------------
 
ސަގާފީ ރޭ ކޭމުގެ މަސް ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
13 އޮގަސްޓް 2011، 00:00 ހޮނިހިރު
   

     ކަނީރު  ޢަބްދުއްރަޙީމް

     ރޯދަމަސް! ދިވެހީންގެ ބޮޑު މަސް،  މީރުކާތަކެތީގެ މަސް
              ރޯދަވީއްލަން މޭޒުމަތި  މުއްސަނދި ކުރާ މަޝްހޫރު މަސް
     
     ދެފުށުއެޅެމުން ގޮސް އެހާ ގިނަ ތަކެތި ބާޒާރުން  ގެޔަށް
              އެފުޅުބުނުމުން ކޮންމެހެންވެސް ގަނެ ގެނެސްދޭ ލޯބި މަސް
 
ވިސްނަވައިލެއްވީމުތޯ؟ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 4
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
09 އޮގަސްޓް 2011، 00:00 އަންގާރަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު, މާޒީ، ލ. މާވަށް

ވިސްނަވައިލެއްވީމުތޯ  ވަގުތާ  މެދަށް  ފާއިތު  މިވާ....؟
                އިސްވެ ދިޔަ މާޒީ އަލުން  އަންނާނެތޯއޭ؟ . . ރޭދުވާ

ކޮންމެ ދުވަހަކު އިރުއަރައި، މެންދުރުވެ، ދެން އިރު އޮއްސިގެން
                ކޮންމެ މަހަކާ  އަހަރަކާ  އަބަދާ އަބަދު  ފާއިތު މިވާ

އިއްޔެ ކުޑަކުޑަކުއްޖަކަށް ހުރެފައި  މިއަދު  ބޮޑު މީހަކަށް-
             ވިއްޔެ، މާދަން  ވާނެނީ  މުސްކުޅިޔަކަށް.... ބާރެއް ނުވާ
 
އިސްލާމީ އަދަބިއްޔާތުގެ ތެރެއިން: ބަދީޢިއްޔާތު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
08 އޮގަސްޓް 2011، 06:13 ހޯމަ

އިބްރާހީމް ރަޝީދު މޫސާ

ބަދީޢިއްޔާތަކީ މައިގަނޑު ނަމުގެ ގޮތުންނާއި އޭގެ ބާވަތުގައި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ޅެމުގެ ބާވަތެކެވެ. މައިގަނޑުނަމަށް ބަލާއިރު އެއީ މަދަޙައާއި ތާރީފުގެ ޅެންބައިތު ތަކެކެވެ. ނަމަވެސް އެއީ ޚާއްޞަ މަދަޙައެކެވެ. މި މަދަޙަވެރިޔާގެ ބޭނުމަކީ މަދަޙަ ދެންނެވޭ ފަރާތުގެ ރުހުމާއި އިނާމުތައް ޙާޞިލުކުރުމެވެ. ނަމަވެސް އެއީ ރަސްރަސްކަލުންނާއި ޚަލީފާއިންނާއި އަމީރުން ދެއްވާފަދަ އިނާމުތަކެއް ނޫނެވެ.
 
رمضان كريم ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
02 އޮގަސްޓް 2011، 15:38 އަންގާރަ


ޙަސަން ޝާކިރު މުޙައްމަދު

ރޯދި  ބަރަކާތާ    ނަސީބާއެކުއައީ  رمضان كريم
                ހޯދިދާ ނިޢުމަތުގެ ދޮރު  ހުޅުވައިލަދޭ  رمضان كريم

އަޅުކަމާ ތަޤްވާގެ  މަގުގައި  ކުރިއަރައި ދިޔުމަށްޓަކައި
                އަޅުތަކުންނަށް ލާބަހުރި ގޮތުގައި  އައީ رمضان كريم

ބިރުތަކާ ނާމާންކަމުގެ ބިޔަ ނަރަކައިން  މިންޖަށްއަދައި
                ނިރު ސަވާބުގެ އިންދުމަށް މިއައީއަލުން رمضان كريم
 
ރޯދަމަހާމެދު ކުރެވޭ މަތިވެރި އުއްމީދު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
01 އޮގަސްޓް 2011، 17:29 ހޯމަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ރަޙުމަތާ ބަރަކާތް އޮހޭ މޫސުމް މިއަދު ކުރިމަތިވަނީ
      އަހުލުނަށް ގިނަގުނަ ޘަވާބުން ކުރިމަގޭ ރޯޝަންވަނީ
             ވަހުމުތައް ދޫކޮށް  ޞިރާޠުލްމުސްތަޤީމަށް  ވަންނަނީ

ހެޔޮ ޢަމަލުތައް ގިނަކުރުން އޭ އޮތް ތިބާއަށް ފުރުޞަތެއް
      ހެޔޮ ކަމާ ގިނަ ދަރުމައިން މަންފާ ލިބޭނޭ މޮޅު ގޮތެއް
             ހެޔޮ ބަހެއް ނޫނީ ނުބުނެ ހުރުމޭ އަބަދު ލާޒިމު ވަނީ
 
ރޯދަމަސް އަންނާތީ! ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 1
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
30 ޖުލައި 2011، 13:01 ހޮނިހިރު


ކަނީރު ޢަބްދުއްރަޙީމު

ރޯދަމަސް އަންނަނީއޭ ހިނގާ! އެއްމެނޭ ގަދައަޅާން

       ރޯދަތައް އޭގެ ގޮތުގައި ހިފާ ހެޔޮ ޢަމަލުތައް ކުރާން

ހަސަދަޔާ ފޫހި ނަފުރަތު ދުރަށްލާށެ ހެޔޮމީސްވެލާން

       އަސަރު ރޯދައިގެއެދެވޭ ކުރާނޭ ގޮތުން ކަން  ކުރާން

 
މަރު ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
15 ޖުލައި 2011، 06:00 ހުކުރު

ކަނީރު ޢަބްދުއްރަޙީމު
  
ދަރުމަވާނޭ ހޭއަރާށޭ!   ގައިމެ   މަރު  އަންނާނެއޭ
      ހޮރުތެރޭގައި ވަދެއޮތަސް  މިންޖެއްވުމެއް  ނޯންނާނެޔޭ

ކަރުހިފައި ލޭއޮހޮރުވައިގެން ދުނިޔެރަންކޮށް އުޅުނަކަސް
      ބަރުނުވާނަމަ ހެޔޮރަނގަޅު ކޮޅު  ފިނިކަމެއް ނުލިބޭނެޔޭ
 


ސަފްހާ 1 ގެ 13
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1346
extra avandia and congestive heart failure