ފަންވަތް ދިވެހި ޅެންބަހުރުވަ ގުލްދަސްތާ
ބެލި ޢަދަދު: 1912
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ގުލްދަސްތާ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 3
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
16 އޮގަސްޓް 2009، 13:29 އާދީއްތަ

އަލްމަރުޙޫމު ޔޫސުފު މުޙަންމަދުފުޅު

މިވީ ކޮންފަދަ އަޖާއިބަކަށް، މަލުގެ ފިނިފެން މި ގުލްދަސްތާ
 ނުވީ ހިނދު ތިޔަ އެދުނު ގޮތްތައް، މަޢާފުކުރޭ މަގޭ ދައްތާ!

ކުރާނެކަމެއް ނެތޭ ހިތަކަށް   ނުލިބުނޭ އާރަކާ   ބާރެއް
މުރާދުގެ ކޮށްލުމަށް ތަނަވަސް އެދުނު ތިޔަ އުލްފަތުގެ ރަސްތާ

މިއީ ޖިންސުއްލަޠީފެއްކަން ޅަނދޮޅު ވިސްނައިނުލައި ތިޔަހެން
        މި އީދުގެ ތަހުނިޔާ ކުރުމުން ހަވާލު      ދިމާވި މީ ގޮތްތާ

ނުހަނު ބުރުސޫރަ ރީތި ޒުވާނަކަށް ތިޔަ ދެއްކުމުން އަހަރެން،
       ޒަޚުމުތައް އުފެދުނީ ހިތުގައި ނުވިސްނިކަމުން މި ބުނި ނުކުތާ

ހަވާލުވެވުނު ހިނދަކު ނޭނގޭ  މި މާބޮނޑި ރައްދުވާ އަތަކުން
       ޖަވާހިރު     ރިވެތި  ދީފާނޭކަމެއް       ލޯބީގެ ޔާޤޫތާ

ގުޅުން ލޯބީގެ ބަދަހި ކުރަން ކުރީ މެދުވެރި މަ ކޮން ހިތަކުން؟
       މޮޅިން ހެދުމެއް ނުލައި ވާނެ ގޮތެއް ދައްތާ!    ނުވާނެ މިތާ

ވެވުނު ހަދިޔާ ވަގުތު ބާޤާ ހަތަރުކަޅި ވީކަމުން ބައްދަލު،
       ދެވުނު މަސްތީ    އިޝާރާތުން    ހުރީމޭ ހުރިގޮތަށް ހުރިތާ

މަށަށް ޤުދުރަތް ޢިނާޔަތްކުރި ޒުވާނުން ހިތްޖެހޭ ގޮތްތައް
      ފަށަށް ކުރެވޭ ގަބޫލުއައީ    މި ފުރުޞަތަކުން      މުލާޤާތާ

މަލަށްވުރެ ތިޔަ އަސަރުގަދައީ ލޮލާ ތިޔަ ނާޒުކީ މޫނޭ
      ބެލުން ތަކުރާރުކޮށް      ބުނެލީ ދުލުން މާ ސާފުކޮށް އަސްތާ!

ފެނުނު ހިނދު ޖާޒުބީ ޝަޚުޞިއްޔަތެއް މި ކަހަލަ ކުރިން ނުދެކޭ
      ދިނުން މަޖުބޫރުވީ ވަގުތުން،     މަގޭ ހިތް ހަނދުމަތައް ނައްތާ

ވަހާކުލަ ރީތި ދަސްތާގައި އަސަރުއެކުލެވުނު ޖަޒުބާތުން
       ތަހާނީ ބަދަލުވީ     ޢިޝްޤަށް މުޅިން އޮޅި ގޮސް ތަނާ ވަގުތާ

ދުލެއް މަށަކަށް ނުކުރެވޭނޭ މި ފުރިހަމަ ރީތި އިންސާނާ
       ފުލުން ދިޔަޔަސް ތިމާގެ ކަމާއެކީ    އުޚްތެއްގެ  ތިޔަ ރިޝްތާ

ތިމާގެ އަމިއްލަ ކަމަކަށް އިސްކުރަންޏާ ބަލަ އެހެންމީހުން،
       ދިމާނުވެ ވެސް ނުދާނެ ގޮތެއްގެ މީ އަލިގަދަ      މިސާލެއްތާ! 
              
                     (ނިމުނީ)

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ މައިޝާއިރުތޯ ނެހީ, 2009-08-16 09:49:15
ވަރަށް ރީތި ޅެމެއް. ޅެން ވާހަކައެއް. ދައްތަ ދެން ހިތަށް އަރާނީ ކީކޭބާ؟ މާބޮނޑިދީފާ ކޮއްކޮ ފޮނުވީމާ މާބޮޑުބޮނޑިއެއްދޯ މި ލިބުނީ. ކަތިވަޅިގެއްލި ކޮށިދަނޑުގެއްލި ބޓގަނޑު ވެސް ގެއްލުނީދޯ!! ކޮންމެ އަކަސް ޅެން ގެނެސްދީފައި އޮތްލެއް ވަރަށްފުރިހަމަ.
...
ލިޔުނީ އަގަރް އެކް ޝާޔަރް ބީހ ތޯ ކިޔާ, 2009-10-10 07:14:06
ޔެހީހޭ އިޝްޤް އިސްމޭ ކުޗް އަސަރް ކަބްތަކް ކަހީ ރެހެޖާ
ވޮހީނ ޖޯ ކުޗްނެހީ މާލޫމް ކަހާ ކަބްތަކް ވޮ ލޭ މިލްތާ

ލޮލުން ދޭ ނަޒަރަކީ ލަގަނޭ، އެއަށް ދޭ ރައްދަކީ އަސްތާ
ލޮލުން ނުމެ ފޯރި ދިގު ރަސްތާ އެހިނދު ވޭ މުށުތެރޭ އަސްތާ

އެހެންވީމަ ލޯތްބަކީ.......

ހިލުން ލިހި ބާނިލާ ހިތްތައް ކުރާ ހައިޖާނު އަސަރެއްތާ
ހިތުން ހިތަކަށް ދެވޭ ރޫޙީ ވަރަށް އަގުހުރި ޣިޒާ އެއްތާ

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1912
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone