މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ރަމަޟާން މަސް އަންނަނީ ކީއްކުރަން؟ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 29 އޮގަސްޓް 2009، 15:26 ހޮނިހިރު | |||
|
އާދަމް ނަޞީރު އިބްރާހީމް (2001) ނަފުސު ހޭލައްވާލަ ދޭށޭ އަންނަނީ ރަމަޟާން ކަރީމް ޣަފުލަތާ ދުރުކޮށްލަދޭށޭ އަންނަނީ ރަމަޟާން ކަރީމް ދެއްވި ފޯރުންތެރިކަމާއެކު ވެސް ތަދާ ހައިހޫނުގާ، ކެތްކުރަން ތަމްރީނު ދޭށޭ އަންނަނީ ރަމަޟާން ކަރީމް ދަތިކަމާ ހިތިކަން ލިބޭ ދެރަ ނިކަމެތީންގެ ޝުޢޫރުތައް ކަތިނުލަން އިންޒާރު ދޭށޭ އަންނަނީ ރަމަޟާން ކަރީމް ނުނިޔަތާ ކިބުރާ ބޮޑާކަން ނަފުސުތަކުގައި ރޯކުރާ ގިނި މުޅިން ނިއްވާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް އަޚުކަމާ ކުލުނާއި ހަމަހަމަކަމުގެ ލޮބުވެތި ހިޔަލުގާ އަޚުތަކުން ހެއްވާލަ ދޭށޭ އަންނަނީ ރަމަޝާންކަރީމް އުރެދުމާ މަގުފުރެދުމާ ގުޅިފައިވި ހުރިހާ ބާރުތައް ދުރުދުރަށް ފައްސާލަދޭށޭ އަންނަނީ ރަމަޝާން ކަރީމް ކުރެވިދާނެތީ ކުށެއް ފާޙިޝް އެފަދަ ހުރިހައިނުބައި ދޮރުތަކެއް ލައްޕާލަދޭށޭ އަންނަނީ ރަމަޟާން ކަރީމް އަޅުކަމާ ހެޔޮ ޒިކުރު ކުރުމާމެދު ވެވުނު އިހުމާލަކުން، ފަޅުވިހިތް އާބާދު ކޮށްދޭށޭ އައީ ރަމަޟާން ކަރީމް ޙުރުމަތާ އެކުގައި ތަދައްބުރު ކޮށްލުމަށް ޤުރުއާންކަރީމް ފުރުޞަތެއް ފަހިކޮށްލަދޭށޭ އަންނަނީ ރަމަޟާންކަރީމް ކޫރުތައް ފާފައިގެ ފޮހެލައި ރޫޙު ޠާހިރު ކޮށްލަދީ، ނޫރުތައް ދިއްލައިލަދޭށޭ، އަންނަނީ ރަމަޟާން ކަރީމް އެރެޔަކުން އެއްހާސް އެތައް ގިނަ މައްސަރެއްގެ ސަވާބުދީ، އެ ރެޔަކުން ހަދިޔާ ކުރާށޭ އަންނަނީ ރަމަޟާން ކަރީމް ރަޙްމަތާ ތައުބާގެ ދޮރުކޮޅު ހުޅުވިފައިވާ ޙާލުގާ، ރަޙްމަތުގެ މޭވާ ބަހާށޭ، އަންނަނީ ރަމަޟާން ކަރީމް އެ ފަދައެއް ނެތް އެންމެ މަތިވެރި ވީ އިލާހުގެ ޙަޟްރަތާ، ނަފުސުތައް ގުޅުވާލަދޭށޭ، އަންނަނީ ރަމަޟާން ކަރީމް ------------- 26 އޯގަސްޓް 2001
|
| ހަމަ މި ގަލަމުން |
|---|