ފަންވަތް ދިވެހި ޅެންބަހުރުވަ ރިހުން ނެތް ސާފު ލޯބި ދެކޭނެ ޢުމުރަށް އިޙްތިފާލު ކުރަން
ބެލި ޢަދަދު: 1633
ރިހުން ނެތް ސާފު ލޯބި ދެކޭނެ ޢުމުރަށް އިޙްތިފާލު ކުރަން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
29 ނޮވެމްބަރ 2008، 23:55 ހޮނިހިރު


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008) 
      (ޝާޢިރުލްމަޤުތޫލް) 

                                                                        

1- ހިތާއޭ    ދަސްކުރާށޭ      ލޯބިވާނަމަ     އިންތިޒާރު ކުރަން
                  ކެތާ ޞަބްރާނުލައި، ނުފަށާށެ    ނަމަ ނަމަ އިޙްތިޖާޖު ކުރަން 



2- ވަރަށް ލޯބިން ދެހިތް ގުޅުނަސް، ވަރަށް އެކުގައި އުޅެން އެދުނަސް
                 ދުރަށް ވެސް ދާން ޖެހޭ...   އެކަމަށް ޖެހޭނޭ އިޙްތިރާމުކުރަން


3- ޒަމާނެއްމީ  މަސައްކަތްގިނަ،   ސަމާ،  ނޫނީ ވަރަށްވެސް ބަނަ،
                މި މާހައުލާ    ޙަޔާތަށް،    އަދުޖެހޭނޭ   އިޢުތިމާދު    ކުރަން 



4- އަބަދު ހާސްކަންމަތީވާއިރު،   ސަބަބު    މަގުބޫލު  ބުނެދޭއިރު،  
                ޖަދަލުގައި    އޮޅުމަކުންވެސް    ނުތެދުވާށޭ    އިޢުތިރާޒު ކުރަން  



5- މަދަދުވެރިވާށެ ބުރަތަކުގާ،    ޤަދަރު އުފުލާށެ     ޙުރުމަތުގާ،   
               ބަދަލުގައި      ލޯބިވެރިޔާ،    ހިތް ލިބޭނެޔެ  އިފްތިތާޙު  ކުރަން 



6- ދިމާޔަށް ކުށް ނުފެންނަންޏާ،     ބިމާ އުޑު ވަކިވެ   ދަންޏަންޏާ،
                ސަމާލުވެ     އެހިތަކަށްވީ  ދާއިމަށްވެސް     އިޢުތިބާރު ކުރަން 



7- ދެވޭ ތުހުމަތުގެ ނަޒަރެއްގާ،     ފެވޭ ވަހުމެއްގެ  އަސަރެއްގާ 
               ހެވޭ ބުނެ އިސްނުވާށޭ      މާނައެއް ނެތް     އިންޤިލާބުކުރަން 



8- ނުބައި ހަތުރުންގެ ރޭވުންތައް،   ކޮބައިކަން ދަނެ އެ  ހީލަތްތައް، 
               އެބާވަތު      އަނދަވަޅުން   ރެކެވޭނެ   މަގުވީ  އިންތިޒާމުކުރަން 


                                 
9- ފިކުރު އެއްގޮތް ނުވެވިދާނޭ،    އެފަދަ   ވަގުތެއް   އަތުވެދާނޭ،
              އެކަމުގައި      މަޝްވަރާކޮށް ޙައްލު ހޯދަން     އިލްތިމާސު ކުރަން

10- ޚިޔާލާ ބުއްދި އިސްކޮށްގެން،   ނިޔާމަ ޙަޔާތަކަށް  އެދިގެން، 
               ނިޔާ، އިންސާފު،   ކުލުނާ ރަޙުމު ވާނީ     އިޚްތިޔާރު ކުރަން 



11- އެހެން ތަސްވީރުތައް ފެނުމުން، އެހެންތަދުބީރުތައް ކުރަމުން، 
               އެހެން އަސަރެއް ހިތަށް  ނޫޅޭށެ  އަމުދުން   އިންތިޚާބުކުރަން 



12- ވަފާތެރިކަމުގެ މާތް ސިފަތައް،      އުފާވެރިކަމުގެ  އާ ކުލަތައް   
              ތަފާތެއްނެތި ޖެހޭނޭ      ތާ އަބަދުވެސް    އިޝްތިހާރު ކުރަން 



13- ފެށޭ ގުޅުމެއްެގެ މުހުލަތުގާ،       ކޮށޭ ރާސްތާގެ މަގު މެދުގާ، 
             ގޮށެއް'' ނެތި ހެޔޮނުވާނެ އަރާމު ލައްޒަތު    އިމްތިޙާނު ކުރަން 


+++++    +++++     +++++    ++++                                     
14- މިހެން ކުރިނަމަ ޢަމަލު ދެހިތެއް، މިހާ ކެތްތެރި ރަނގަޅު ދެހިތެއް،
             ރިހުން ނެތް ސާފު ލޯބި ދެކޭނެ     ޢުމުރަށް އިޙްތިފާލު ކުރަން
                 -----------------------------------------
                             16 މޭ 2008
 


ފޮޓޯ: flickr.com/photos/mashafeeg/400780326/   

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (6)Add Comment
...
ލިޔުނީ ސަލީމް, 2008-11-29 17:32:07
ވަރަށް ވެސް ރަނގަޅު ވާހަކަތަކެއް.
...
ލިޔުނީ ފާއިޒު, 2008-12-05 20:44:59
އަލަށް ރަށްޓެވިހާ ދެ ޒުވާނަކަށް ދޭން ވަރަށް ރަނގަޅު ނަސޭހަތެއް. މި ގޮތަށް ކަންތައް ކޮށްފިއްޔާ ކާވަނިކޮށްގެން ކުރާނެ އާތަޖުރިބާއެއް އޮންނާނެ. އާ އުފަލެއް އޮންނާނެ. އަޅުގަނޑަށް ފާހަގަ ކުރެވުނު އެންމެ ރަނގަޅު އެއް ނަސޭހަތަކީ އެއީ. އެކަމަށް މި ޅެމުގާ ބާރުލާފައި އޮތުން.
...
ލިޔުނީ ނަޞީރަށް, 2009-04-15 19:56:39
http://www.fanvai.info/dhivehi...55-00.html
މީ ނަޞީރު ގެ އެންމެ ރީތި ޅެންތަކުގެ ތެރޭން ޅެމެކެވެ. މިޅެން އެކަމު "ހަމަ މި ޤަލަމުން" ގަހާފައިވާ ގޮޅިން ނުފެންނަނީ ކީއްވެގެންތޯއެވެ؟
...
ލިޔުނީ މަޤުތޫލު , 2009-04-15 22:05:45
ވަރަށް ބޮޑަށް ޝުކުރިއްޔާ އެވެ! ޅެންވިދާޅުވީތީއާ ފާޅު ކުރައްވާފައިވާ އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައެވެ. އަތްދަށުން ގޮސްފައިވާ ކަމެއް ސަމާލުކަމަށް ގެނެސްދެއްވީތީ، ހެޔޮ އެދުމާއެކު، އެކަން ވެސް ހަނދާން ކުރަމުންނެވެ. ކުރެއްވި ސުވާލުގެ ޖަވާބުގައި ދަންނަވާލަމެވެ. ''ހަމަ މިގަލަމުން'' މި ބަޔަކީ ފަންވަތް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ތެރޭން ތަންކޮޅެއް ފަހުން އިތުރު ކުރެވުނު ބައެކެވެ. އެހެން ކަމުން އެބައިގައި ލިޔުންތައް ހިމެނުމުގައި ޖެހުނީ ހަނދާން ކޮށްގެން ކުރިން ފަންވަތުގައި ޝާއިޢު ކުރެވިފައިވާ ލިޔުންތައް ފާހަގަ ކޮށް އެބައިގައި ހިމަނާށެވެ. މި ޅެމަކީ މި ގޮތުން ކުރެވުނު މަސައްކަތުގައި ހަނދާނަށް ނައިސް އޮތް ޅެމެކެވެ. އެހެން ނަމަވެސް ތިޔަ ދެއްވި އިޝާރާތާ ގުޅިގެން މިހާރު ''ހަމަ މިގަލަމުން''ގެ ބައިގައި މި ޅެންވެސް ހިމަނައިލެވިފައި ވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ. ވަކި ވެލަމުން ވެސް ފަށްފަށްކޮށް ޝުކުރާ ހެޔޮ ދުޢާ ދަންނަވާލަމެވެ. _އާދަމް ނަޞީރު އިބްރާހީމް_
...
ލިޔުނީ ސަމީޢު, 2009-07-27 16:37:12
ވަރަށް ރީތިޅެމެއް އަޅުގަނޑަށް އެންމެ ރީތީ 13 ވަނަ ބައިތު
...
ލިޔުނީ pari, 2010-06-12 18:42:03
ނަސޭހަތް ތެރި ތިބަސް ތަކުގާ، ހިފާނަން ތެދުމަގަށް އެދިގެން
ތިއުސްތާޒަށް ދުޢާ ކުރަމުން, މިނިންމާލަންށެ ގަސްތު ކުރީ ....

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން

މިވަގުތު ފަންވަތުގައި

މިވަގުތު 131 ކިޔުންތެރިން އޮންލައިން

އެންމެ ދީލަތި 20 ގަލަން

ޢަބްދުލްމުޢީދު ޙަސަން: 365
އާދަމް ނަޞީރު އިބްރާހީމް: 183
އެޑްމިނިސްޓްރޭޓަރ: 76
ޢަބްދުﷲ ފާރޫޤު ޙަސަން: 51
ބިންމާ އިބްރާހީމް ވަޙީދު: 50
ޢަބްދުﷲ ނަޢީމު އިބްރާހީމް: 42
މުޚްތާރު ޢަބްދުއްރަޙްމާނު: 36
ޢަބްދުﷲ ފިރާޤު: 35
އިބްރާހީމް ރަޝީދު މޫސާ: 33
ޝަމްސުލްފަލާޙު: 29
އަޙްމަދު ރަޝީދު: 23
އަޙްމަދު ފަހުމީ: 23
ޙުސައިން ޝާކިރު: 22
މުޙަންމަދު ޝާހިދު ޙަލީމް: 21
ޙުސައިން ޞަލާޙުއްދީން: 21
އިބްރާހީމް ނަޢީމު : 18
މުޙަންމަދު ވަޙީދު - މަޑުލު : 18
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު: 17
އަޙްމަދު މާޖިދު: 16
އިބްރާހީމް އަޙްމަދު : 16

މެހުމާނުނުންގެ އަދަދު

މިހާތަނަށް : 1429597

ފަންވަތުގެ ޖަވާހިރު


"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ."

(ޙަދީޘްފުޅެއްގެ މާނަ)

ދެކޭގޮތް

މިވެބްސައިޓް
 
free counters
ބެލި ޢަދަދު: 1633