މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
|
| އަލިކަމަށް ވާޞިލުވުން |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 30 އޮކްޓޫބަރ 2009، 00:07 ހުކުރު | |||
|
މުޞްލިޙު މުޙަންމަދު ރޭގަނޑު އަދިކަރިކަން ފަދައިން، އަހުރެންގެ ޙަޔާތުގެ ފާޢިތުވިތަން ވިޔަސް ހެވެ. އަލިކަން އަހުރެންގެ ޙަޔާތަށް އަނބުރައި ގެނައުމަށް އަހުރެން މުޅިއުމުރު ހޭދަ ކުރާނަމެވެ. ޔަޤީނުންވެސް އެއެއްޗެއް ވަނީ އަހުރެންގެ ލޮލުގެ ފެނުމަށް، އެހައި ދުރެއްގައެއް ނޫނެވެ.ޙަޔާތުގެ މިހަނގުރާމައިގައި އަހުރެންނަށް އެހީތެރިވާނޭ މީހަކު ވާނެ ބާއޭ ހިތަށް އަހަރެއެވެ. އެހީތެރިވާނެ އެއްވެސް މީހަކު ނުހުންނާނެކަން އަހުރެން ދަންނަމެވެ. އެކަންވީވެސް އެހެންނެވެ. އެކަމަކު، ހަމަ ޔަޤީނުންވެސް އެއަލިކަން ވަނީ އަހުރެންގެ ލޮލުގެ ފެނުމަށް، އެހައި ދުރެއްގައެއް ނޫނެވެ. އަހުރެންނަކީ ހަނގުރާމަވެރިއަކަށް ނުވާތީ އެކަނި ޙާލާއިގެން ހަނގުރާމައެއް ނުކުރެވޭނެއެވެ. އެހެން ނަމަވެސް އަހުރެންގެ ޙަޔާތް ބާއްޖަވެރިކުރުމަށް އަހުރެން މަސައްކަތް ކުރާނަމެވެ. ހަމަ ޔަޤީނުންވެސް އަހުރެންނަށް އެއަލިކަން ކިރިޔާ ފެންނަފަށަށް މިހާރު މިވަނީ އާދެވިފައެވެ. ޙަޔާތަށް އަލިކަން އަނބުރާ ގެނައުމުގެ އިންތިޒާރީގައި ހުންނާންޖެހޭނީ ކިހާ ދުވަހަކު ބާވައެވެ. އެއަލިކަމަށް ވާޞިލުވުމުގެ ކުރިން، ފަހަތަށް ބަލައިލުމެއް ނެތެވެ. ހަމަ ޔަޤީނުންވެސް މިހާރު އެއަލިކަން އަހުރެންގެ ލޮލަށް އެބަ ފެނެއެވެ. (ނިމުނީ) ނޯޓު: މިއީ، މިހާރު ދިވެހިންގެ ތެރެއަށް މަޝްހޫރު އިޖްތިމާޢީ ވިއުގައެއް ކަމުގައިވާ "ފޭސްބުކް" ގައި އަޅުގަނޑު ލިޔެފައިވާ ނޯޓުގެ ދިވެހި ތަރުޖަމާއެވެ. ފަންވަތްތެރިންނާއި ހަމައަށް އަޅުގަނޑުގެ މިލިޔުން ފޯރުކޮށް ދިނުމުގެ ޝައުޤުވެރިކަން ހިތުގައި ހިނގައި ގަތުމުން މިލިޔުން ފަންވަތަށް ފޮނުވީއެވެ.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |