މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ބަސްއަހާ މޮޅު ކުއްޖަކަށް ވާށޭ، މަގޭ ކުޑަ ދަރިފުޅާ |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 01 ނޮވެމްބަރ 2009، 14:14 އާދީއްތަ | |||
![]() ޖަޢުފަރު ޢަބްދުއްރަޙުމާން ބަސްއަހާ މޮޅު ކުއްޖަކަށް ވާށޭ، މަގޭ ކުޑަ ދަރިފުޅާ ބަސްއަހައިގެންނޭ
އޮތީމޮޅުވާން! އެނގޭހޭ ދަރިފުޅާ ކަންކަމަށް ފަރުވާ ބަހައްޓާށޭ، ބަލައިގެން ދަރިފުޅާ ކަންކަމުން
މޮޅުނަން ލިބޭނީ، އޭރުނޭ ބަލަ ދަރިފުޅާ މާތްވިދީނާ މާތްފޮތަށްވެސް، ބޯލަނބާށޭ ދަރިފުޅާ މާތް އިލާހުގެ ޙިކުމަތޭ، އޭގާވަނީ ބަލަ ދަރިފުޅާ ފަސްނަމާދު އަދާކުރަން ފަސްނުޖެހި، ދާށޭ ދަރިފުޅާ ފަސް ވަގުތު
ފުރިހަމަކުރުން، ވާޖިބުވެޔޭ ބަލަ
ދަރިފުޅާ ހެޔޮބަހެއްނޫނީ ދުލުން ނުބުނާށެ، ނަމަނަމަދަރިފުޅާ ހެޔޮކަމެއް
ނޫނީ ކުރަން، ހިތުގައިނުލާ!
ބަލަދަރިފުޅާ ދޮގުހަދައިގެން ހޯދިދާނެ މޮޅެއްނެތޭ، ހަމަދަރިފުޅާ ދޮގުހެދީމާ
ވާންއޮތީ، ބޭޒާރެކޭ ބަލަ ދަރިފުޅާ ބޮޑެތިމީހުންނާ ރިވެތިކޮށް، ބަސްބުނާށޭ ދަރިފުޅާ ބޮޑެތިމީހުން
ލޯބިވާނީ، އޭރުނޭ ބަލަ ދަރިފުޅާ ހޭއަރާށޭ ބޭރުތަކެތިން ރޭރުނުވެ، ހުރެ ދަރިފުޅާ ހޭއަރާށޭ
ދުނިޔެވީ ޢިބުރަތްތަކުން، ބަލަ ދަރިފުޅާ ހަތުރަކަށް މިތުރެއްކަމަށް ނުހިތާށެ، ޢަމްދުން ދަރިފުޅާ ކަތުރުފަނިހެން ނޭނގިހުއްޓާ ލަނޑުދެޔޭ ބަލަ
ދަރިފުޅާ
|
| ހަމަ މި ގަލަމުން |
|---|