މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ދިވެހި މުސްލިމުންނޭވެ ، ހޭވެރިވެ ތިބޭށެވެ. |
|
|
| ދިވެހި - ވަޒަންބަހުރުވަ | |||
| 19 ޑިސެމްބަރ 2009، 00:01 ހޮނިހިރު | |||
|
އަޙުމަދު ޝަމީނު ދޮންމަނިކު މިއީ 2006 ވަނަ އަހަރު އޮތް ދީނީ ޅެންހެދުމުގެ މުބާރާތުން 2 ވަނައަށް ހޮވިފައިވާޅެމެވެ. މިޅެމުގެ ބައިތުތައް 2006 އަށްވުރެ 2009 އާއި މާ ގުޅޭކަމަށް ފެންނާތީ ފަންވަތުގެ ކިއުންތެރިންނާ ހިއްސާ ކޮށްލީއެވެ.މިތާއޮތް ޙައްޤު ދީނީ އާދެ "عند الله..." އަލްއިސްލާމް، ހިތާއަތް ނުރުހިގެން މިކަމާ އެނަޞްރާނީންގެ މޭކަރަނީ ސަމާޙަތްތެރި މިދީނުގެ ސޫރަޔާ ކުޅެ ސިފަ ހުތުރުކަމަށް، އަމާނެއް ނެތްގޮތެއްގައި މަންޒަރާ އަޑުތައް ގެނެސްދެވެނީ މަނާހިޖު އާދެ! ތަޢުލީމީ ޒަމާނަށް ފެއްތުމަށް ގޮވަމުން، ބިނާވީ ރީތި އަޚުލާޤީ ފަނާރުގެ ހުޅުކޮޅޭ ނިވަނީ މަދަރުސާ ހަސްފަތާލުތަކާ އަސާސީ އެހެނިހެން ޚިދުމަތް މަދަދު ކުލުނާއި ރަޙުމުން ކުރެވިގެން ގިރިޓީ އެއޮއް ދެވެނީ މުސީބާތުގެ ވަގުތުތަކުގައި "އެހީތައް މާތްވި ފޮތުގައިވީ"، ވެސީދާ އަތްތަކަށް ނިކަމެތި އެހިތްތައް ދެން އެ ލޮއްސުވަނީ ރަޙުމު އޮތް ޤައުމުގައި ނެތިކޮށް، ޢަޤީދާ މަހުމުގައި ކުށްކޮށް، ގަހުގެވެރިޔާ އަތުން ގަސް ކެނޑުވުމަށް، މުސްތަޝްރިޤުން ހޮވެނީ މިބައިގަނޑު ޤައުމުގައި އެކިވަރުވަރުން ފިތުނައިގެ އޮށް އިންދާ ނުބައިން ނުބަޔަށް، ނިމުންނެތް ގިނަ ޚިލާފުތަކެއް އެތިބަ ރުވަނީ މިއާއެކު ބަޔަކު ތެދުވާ އިރު "ލިބޭންއޮތް ޙައްޤުތައް" ހޯދަން ހިޔާ ދީނީ ލިބޭ ޝަރުޢީ ނިޒާމުން ދެން މި ބޭރުވަނީ (ނިމުނީ)
|
| ހަމަ މި ގަލަމުން |
|---|
ދެން އެފޮޓޯ ނަގާފައިން ބޮލޮގް ފަންވަތުގެ އަހުލުވެރިންނާ ޙިއްޞާކޮށްލާ ހިތްވޭ...
http://siruart.blogspot.com