ފަންވަތް ދިވެހި ޅެންބަހުރުވަ ނާޒުކު އަސަރުން މި ހިތަށް އީމާނޭ އިތުރުވަނީ
ބެލި ޢަދަދު: 1849
ސައިޓްބޭނުންކުރެއްވުމުގައި ދިމާވާދަތިތައް އެންގެވުމަށް
 SMS: 7799077, email: admin@fanvai.info
ނާޒުކު އަސަރުން މި ހިތަށް އީމާނޭ އިތުރުވަނީ ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 6
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
25 ޖެނުވަރީ 2010، 14:43 ހޯމަ


އަލްމަރުޙޫމު ޔޫސުފް މުޙަންމަދުފުޅު (1989)

ނާޒުކު ޖިންސަށް ބެލުމީ ފާފައެކޭ ތިޔަ ބުނަނީ،
    ނާޒުކު އަސަރުން މި ހިތަށް އީމާނޭ އިތުރުވަނީ،

އިސްތަށިގަނޑު ރޫޅިވަޔާ، މޫރިތި ހަމަޔަށް ނެށިލާ،
    ތަސްބީޙަތަކާ    ގުޅިގެން  ދޫ ޙަރަކާތޭ ވެވެނީ

ނުބަލައި ހުރެވޭނޭހޭ، ނިޔަނެތި މޫނެއް ދެކެފާ،
    ސުބުޙާނަﷲ މަގޭ ހިތް    އަދު ކުއްތަން މިވަނީ

ލޮލުގެ ރިވެތި ކަޅިރަވަޔާ، ކުލަކަޅު ދިގު އެސްފިޔަޔާ،
      ބެލިބެލިހެން ޤުދުރަތްތެރިކަން ދެ ލޮލަށް ހާމަވަނީ

ތުންފަތް ހެލިލާ ގޮތަކުން، ހިނިތުންވެވިދާ ގޮތަކުން،
      ވަންތައެ ކުޅަދުންވެރިކަން ބިންވަޅު ހިތުގާ ނެގެނީ

ބާމަތި ތަނަވަސްކަމަކުން، ކަނދުރާގެ އެ ބައްޓަމަކުން،
      ހާމަ ''މުޞައްޥިރު''ގެ ފިޠުރަތޭ  ވެވި  އާޝޯޚުވަނީ

ފެންނަ ހިނދަކު ހެދިހުރި ހަށިގަނޑުގެ އެ ލޫޅާފަތިކަން،
    ވަންތަކަމޭ ޚާލިޤު     އަޅަކަށްމި  މަޢުރިފާ ވެދަނީ

ފަޖުރުގެ ނޫރެއްފަދަ އަލި، ދެއްވި ހަމުގެ ކުލަފެނިފާ،
     ސަޖިދަ ކުރާށެ ''ވަދޫދަށް'' ނިތްކުރި ތިރިކޮށްލެވެނީ

ޖެހުނު ޖެހުނުހެން މި ނަޒަރު ދެމެދު ބޮލާ ފައިތިލަޔާ،
    ''އަޙްސަނު ތަޤުވީމު''ގެ ބަސްފުޅުވެވި  މޭރުން މިދަނީ

ނުފެނުނު ނަމަވެސް ކައުނުން ''ޢަދުނު''ގެ ޙޫރެއް މި ލޮލަށް،
      އެފަދަ އަރާމާ ޤުއްރަތު ޢައިނުގެ ލައްޒަތު  ލިބުނީ

މޫރިތި ޤުދުރަތުގެ ނަމޫނާ މި ތަޞައްވުރުވެމުން،
     ކީރިތި އައުދާނަ ރުބޫބިއްޔަތަށޭ    ހިތް ލެނބުނީ

''ވީހުގެ'' ޢުމުރަށް ފެށިގެންދާ މި ޒުވާނީ ހިތުގާ،
       ބީހި މިދާ އިޙްސާސުން   ނޫރު   ހިދާއީ ލިބުނީ

ފެންނަ މި ސިފަތައްވި ޖަމާ، ނަން ހުސްކުރި ރިވެތިކަމާ،
       މިންވަރު އެކުރެއްވި ފަރާތަށް މި ތަވައްޖުހު ވެވުނީ

ޖެހުނު އަސަރުގާ މުޅި އިންސާނާ އިޞްލާޙުވެ ގޮސް،
        އިހުކުރެވުނު ޚުލްޤު ނުބައި ޢަމަލުތަކާ ވަކި ވެވުނީ

ފާފަޔެކޭ ތިޔަ ބުނި ކަންތައް މި ލޮލުން ކުރެވިއްޖޭ،
         މާފު މި އެދި ހެޔޮ ނިޔަތުން، ތައުބާއޭ އަދު މިވަނީ 

(ނިމުނީ)

ހަވާލާ؛

އަލްމަރްޙޫމް ޔޫސުފް މުޙަންމަދުފުޅު(1989).ފަތްތޫރަ (118). ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)Add Comment
...
ލިޔުނީ ކިޔުންތެރިއެއް, 2010-01-26 07:28:21
ރިވެތި މޫނުތަކަށް އެންމެން ބަލަނީ ނުބައި ނިޔަތެއްގައި ނޫންކަން ފާހަގަކޮށްލަން މިއީ ވަރަށް ވެސް ރަނގަޅު ދަނޑިވަޅެކެވެ. "ރިވެތި މޫނުތަކަށް ބެލުމަކީ އަޅުކަމެކޭ" ބުނާ ހަރުބަހަކީ، ޙަދީޘެއް ކަމަށް، މަޢުޞޫމު ހިތްތަކުގެ އަހުލުން ހީކުރެ އެވެ. އެ ހަރުބަހުގެ ޝަރަޙައަކަށް މި ޅެން ފުދެ އެވެ.
ރިވެތި މޫނެއް ފެންނަހިނދު، އެއީ ތިމަންގެ އުޚުތެއް ކަމުގައިވީނަމަ، ހާދަހާ އުފާކުރާނަމޭ ހިތަށް އަރާ މީހުން، މީސްތަކުންގެ ތެރެއިން ވެ އެވެ. އަދި އެއީ ތިމަންގެ ދަރިއެއް ކަމުގައި ވީނަމަ ހާދަހާ އުފާކުރާނަމޭ ހިތަށް އަރާ މީހުން ވެސް، މީސްތަކުންގެ ތެރެއިން ވެ އެވެ.
...
ލިޔުނީ fathun, 2010-02-13 06:12:44
its really wonderful

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 1849
extra escitalopram tramadol zoloft cheap hydrocodone side affects order hydrocodone