ފަންވަތް ދިވެހި ޅެންބަހުރުވަ ބުނާއެއްޗެއް ނޭނގިގެން
ބެލި ޢަދަދު: 172
ބުނާއެއްޗެއް ނޭނގިގެން ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 2
ދެރަވަރަށްމޮޅު 
ދިވެހި - ވަޒަންބަހުރުވަ
07 ފެބްރުވަރީ 2010، 22:45 އާދީއްތަ


(މިއީ އަލްފާޟިލް މުޚްތާރު ޢަބްދުއްރަޙްމާނު، ފަންވަތަށް ހަދިޔާ ކުރެއްވި ފޮތްތަކުގެ ތެރޭން ފޮތެއްގައި އޮތް ޅެމެކެވެ.  މި ޅެން ހެއްދެވި ތާރީޚެއްކަމަށް، ޅެމުގެ މަޢުޟޫޢުގެ ތިރީގައި ޖައްސަވައިފައިވަނީ، 1403-4-10 އެވެ.)
                                                                  = އިދާރާ =                                                                               
 
މުޚްތާރު ޢަބްދުއްރަޙްމާނު، ނޫރާނީގެ/ށ. މިލަންދޫ                                                                             
ކާކުތޯ ލަވަޔަށް ކިޔާ ތިޔަ ބެރުޖަހާ ނަށަނީ މިހާރު،
          ތާކު ދެން އަހަރެން ޖަވާބެއް ވެސް ނެތޭ ހިތުގާ ލިޔާ

ބޭވަފާތެރިކަމުގެ ދަލުގާ ޖެހި މި އަދުތޯ ތާށިވީ؟
         ލޭފަވެތި ހަންހާރަކަން، ލައިފިން މަގޭ ހިތު އޮތް އޮޔާ

ކޮންމެ ފަދަ ޢަމަލެއް ނުބައި، ކޮށްފައި ތިމާ ރެކި މަތިކުރާން،
         އޮންނަނީ ކޮން ހަމަޔަކުން ޤަދަރާ ޤަޟާ މަތިވާ ނިޔާ

ހިލިމުޅިން ދިޔަތަން ފަހުންތޯ ތި އެނގުނި ފޭރާން އޮޑީ،
         އިލިވަރަށް ދުއްވައިލުމުން ކަނޑުއޮއިތެރޭ   ރާޅާ އޮޔާ

ހީލަތުގެ ގަޓަރީތަކެއް ބަނތް ލިބުނު މަންފާތޯ ކުޑައި،
         ނީލަމުގެ ބިމަކަށް ލިޔަސް، ގަންނާނެޔޭ އިބްލީސް ތިޔާ

ފާރުތައް ހިތުގައި ކުރިންލީ ލަކުނު ވެސް ފޮހެވިއްޖެޔޭ،
         ދައުރުވާ ގޮތުގާ ދުނިޔެ މާޒީ    ވެގެން އެކުގާ  އެޔާ

އަރަތަކަށްވުރެ މާނަފުން ނަފުރަތުތަކެއް އޮތް ހިތްމަގޭ،
         ޙަރަކަތުންވީ ބޭވަފާ، ފިރުޤަށް ކުރާ  ޢަދުލުގެ   ނިޔާ

ހުސް އަނގަޔަކަށް ހުނިލުމުން، ހަމަ އަނގަކެނޑޭނޭ ބުނުމަކީ،
         މުސްކުޅިން ބަހެކޭ އިހުއްސުރެ ބުނެއުޅޭ   މީހުން ކިޔާ

ސުންނަތޭ ރައްބީގެ ނެތްތެލުގާ ތިމާ ވޮށް ދިއްލުމީ،
         ފުށް އަނދައިދާނޭ،ކުރިން މަޤުޞަދު ނުވެވި ޙާޞިލް ކޮޔާ

ނެތްތިމާ ފޭރާމުގާ ހެދިލަންވެގެން ބޭލީ ފަސާހު،
         އޮތްފޮށާ އަތު ގެއްލުނީ،    ވީގޮތް އެނގޭ އޮރިޔާން  ތިޔާ

ފިނިކަމެއް ހޯދާން އިތުރުތޯ، ގިނި އުނދުނަކަށް ވަދެގަތީ؟
         މި ނިވަނެއްކަމުގާ ސިކުނޑިވަންޏާ     ދެމޭ ސާބަސް ކިޔާ

ކަށިކުނބުރުކަން ތޫނު، އެނގިހުރެ ވަނތް ތިޔާ ޖަންގަލިތެރޭން،
         ހަށިގަނޑަށް ތި ލިބޭ ޢަޒާބަށް، ކެތް ނުވެވުނަސް ޝުކުރިޔާ!

(ނިމުނީ)

ހަވާލާ؛

މުޚްތާރު ޢަބްދުއްރަޙުމާނުގެ ޅެންފޮތެއް (ޗާޕު ނުވެ އޮތް)
މި ފޮތުގައި އެކި ދުވަސްވަރުގެ ޅެން އެބަހުރި.
ގިނައިން ހުރީ 1980ގެ އަހަރުގެ ޅެންތައް.


މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (0)Add Comment

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 


އިތުރު މަޒްމޫނު


މިވަގުތު ފަންވަތުގައި

މިވަގުތު 31 ކިޔުންތެރިން އޮންލައިން

ހޮޅުއަށީގައި

އެކަކުވެސް ނެތް

ފަންވަތުގެ ޖަވާހިރު


''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.''
- މުޙަންމަދު އަމީން-

ދެކޭގޮތް

މިވެބްސައިޓް
 

މެހެމާނުނުންގެ އަދަދު

މިހާތަނަށް : 718217
ބެލި ޢަދަދު: 172